ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ތަމްރީން ޕްރޮގްރާމެއް ފަށައިފި
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫގައި ހައިޑްރޯފޯނިކްސްއާއި ހޯމް ގާޑެނިންއާއި ގުޅޭ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ. ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އެ ކައުންސިލާއި، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ. އާދީއްތަ ދުވަހު ފެށި މި ޕްރޮގްރާމްގައި އެރަށުގެ ދެ ޖިންސުގެ 41 މީހުން ބައިވެރިވެފައި ވ...