މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނައިވާދޫ (154 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
154 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނައިވާދޫގެ އެންމެ ފަހުގެ ޚަބަރުތައް

154 ޚަބަރުގެ ތެރެއިން
ގައުމަށް ތަށި ހޯދައިދިނުމަށްފަހު ނައިވާދޫ ތިން ކުޅުންތެރިން ރަށު ޓީމާ ގުޅެނީ 📍 ހދ. ނައިވާދޫ

ގައުމަށް ތަށި ހޯދައިދިނުމަށްފަހު ނައިވާދޫ ތިން ކުޅުންތެރިން ރަށު ޓީމާ ގުޅެނީ

ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ހޯދައިދިން ޓީމުގައި މުހިންމު ދައުރެއް އަދާކުރި ހދ. ނައިވާދޫ ކުޅުންތެރިން ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯނުގައި ވާދަކުރާ ރަށު ޓީމާއި ގުޅުމަކީ ހދ. ފުޓްސަލް ކިންގަށް ލިބިގެންދާނެ އިތުރު ހިތްވަރެކެވެ. ނައިވާދޫ ވަނީ 22 ޖެނުއަރީ 2025 ގައި ކުޅުނު ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅު ފައިނަލްގައި 4-2 އިން ނޮޅިވަރަންފަރު ބަލިކޮށް، 8 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި […]

ޔުމްނާ ޢަލީ
މުހިންމު ތިން ކުޅުންތެރި ނެތި ނުކުނެ ނައިވާދޫ 8 ވަނަ ފަހަރަށް ތަށި ހޯދައިފި 📍 ހދ. ނައިވާދޫ

މުހިންމު ތިން ކުޅުންތެރި ނެތި ނުކުނެ ނައިވާދޫ 8 ވަނަ ފަހަރަށް ތަށި ހޯދައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ނައިވާދޫ ހޯދައި 8 ވަނަ ފަހަރަށް އެ ތަށި ހޯދައިފިއެވެ. ނައިވާދޫ ހދ. ފުޓްސަލް ކިންގްގެ މަގާމު ދެމެހެއްޓީ މިރޭ ކުޅުނު ފައިނަލްގައި ނޮޅިވަރަންފަރު 4-2 އިން ބަލިކޮށްގެންނެވެ. ނައިވާދޫ މި މުބާރާތަށް ނުކުތީ ޓީމުގެ މުހިންމު ތިން ކުޅުންތެރިން ގައުމީ ފުޓްސަލް ޓީމުގައި ރާއްޖެ ތަމްސީލްކުރަން ދިޔުމުން އެ ކުޅުންތެރިން ނުލައެވެ. އެއީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި […]

ޔުމްނާ ޢަލީ
ގޯލްޑަން ފުޓްސަލް ހދ. ފައިނަލުގައި ނައިވާދޫ އާއި ނޮޅިވަރަންފަރުގެ ކުރިމަތިލުމެއް 📍 ހދ. ނައިވާދޫ

ގޯލްޑަން ފުޓްސަލް ހދ. ފައިނަލުގައި ނައިވާދޫ އާއި ނޮޅިވަރަންފަރުގެ ކުރިމަތިލުމެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ހދ. އަތޮޅުގެ ފައިނަލުގެ ޖާގަތައް، ނޮޅިވަރަންފަރާއި ނައިވާދޫއިން ކަށަވަރުކޮށްފިއެވެ. މުބާރާތުގެ ފައިނަލުގެ ޖާގައެއް ނޮޅިވަރަންފަރުން ފުރަތަމަ ފަހަރަށް ކަށަވަރުކުރީ ސެމީ ފައިނަލުގައި ފިނޭގެ މައްޗަށް 0-3 އިން ކުރިހޯދައިގެންނެވެ. މި މެޗުގައި ނޮޅިވަރަންފަރަށް ލަނޑުތައް ޖަހައިދިނީ އަކްރަމް އަބްދުލް ރަޝީދާއި އިބްރާޙީމް ވަހީދު ހަސަން (އިއްބެ) ގެ އިތުރުން މުޙައްމަދު ރިޔާޒެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަންފަރުގެ އަކްރަމްއެވެ. ނޮޅިވަރަންފަރުން ސެމީ ފައ...

ޔުމްނާ ޢަލީ
މިދިޔަ އަހަރު ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ، ކުރިނބީ އަދި ނައިވާދޫގައި ކައިވެންޏަށްވުރެ ވަރި އިތުރު 📍 ހދ. ހިރިމަރަދޫ

މިދިޔަ އަހަރު ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ، ކުރިނބީ އަދި ނައިވާދޫގައި ކައިވެންޏަށްވުރެ ވަރި އިތުރު

2025 ވަނަ އަހަރު ހދ.އަތޮޅުގައި ޖުމްލަ 393 ވަރިކައިވެނިކޮށްދީފައިވާކަން ”ހދ. ޖުޑީޝަލް ދާއިރާގެ ތަފާސްހިސާބު – 2025” އިން ދައްކައިފިއެވެ. މި ތަފާސްހިސާބުން ފެންނަ ގޮތުގައި މިދިޔަ އަހަރު ހދ.އަތޮޅުގެ ކުޅުދުއްފުށީ ސިޓީ ހިމެނޭހެން އަނެއް 12 ރަށުގައި ޖުމްލަ 225 ކައިވެނި އަދި 168 ވަރި ސާބިތުކޮށްފައިވެއެވެ. މި ހިސާބުން ފެންނަގޮތުގައި ހަތަރު ރަށެއްގައި ކައިވެންޏަށްވުރެ ވަރި އިތުރެވެ. އެއީ ނޭކުރެންދޫ، ހިރިމަރަދޫ، މަކުނުދޫ އަދި ކުރިނބީއެވެ. ނޭކުރެންދޫގައި މިދިޔަ އަހަރު 7 ކައިވެނިކޮށްދީފައިވާއިރު 8 […]

ޔުމްނާ ޢަލީ
ތިލަދެކުނު ފުޓްސަލް: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫ އަށް 📍 ހދ. ކުމުންދޫ

ތިލަދެކުނު ފުޓްސަލް: ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫ އަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ނައިވާދޫގެ ޓްރޭނާސް ސްޕޯޓްސް ކްލަބް ހޯދައިފިއެވެ. ރަށުގައި ތަށި ބެހެއްޓުމުގެ އަޒުމުގައި ނުކުތް ނައިވާދޫ ޗެމްޕިއަންކަން ހޯދީ ދެ ތަށި ރަށަށް ގެންދިޔުމުގެ އުންމީދުގައި ނުކުތް ކުމުންދޫގެ ބީޗު ސިޓީ 2-0 އިން ބަލިކޮށްގެންނެވެ. ނައިވާދޫގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފު ނިމެން ދަނިކޮށެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ މުޅި މުބާރާތުގައި ވެސް އިތުބާރާއެކު ކުޅެމުން އަނ...

ޔުމްނާ ޢަލީ
ނައިވާދޫ ދެ ޓީމުގެ ކުރިމަތިލުގައި ޓްރެއިނާސް މޮޅުވެ ފައިނަލަށް 📍 ހދ. ނައިވާދޫ

ނައިވާދޫ ދެ ޓީމުގެ ކުރިމަތިލުގައި ޓްރެއިނާސް މޮޅުވެ ފައިނަލަށް

ހދ.އަތޮޅު ކަންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ “ތިލަދެކުނު ފުޓްސަލް މުބާރާތް 2025″ގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗު ނައިވާދޫ ޓްރޭނާސް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ. އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މުބާރާތުގެ ފިރިހެން ޑިވިޜަން ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ މުބާރާތް އޮންނަ ރަށަށް ނިސްބަތްވާ ޓްރޭނާސްގެ އިތުރުން އަޅޭ އެފްސީއެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލީޑުނެގީ ޓްރޭނާސް އިންނެވެ. އެއީ ފުރަތަމަ […]

ޔުމްނާ ޢަލީ
ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް 📍 ހދ. ނައިވާދޫ

ނައިވާދޫގައި ވޮލީ ތަމްރީން ޕްރޮގްރާމެއް

ހދ. ނައިވާދޫގައި 96 ބައިވެރިންނާއެކު ވޮލީ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމަކީ ނައިވާދޫ ކައުންސިލް އަދި ނައިވާދޫ ޕޮލިސް ޕޯސްޓް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހދ. ޕޮލިހުން ބުނިގޮތުގައި އެ ރަށުގެ ދެޖިންސްގެ ކުދިބޮޑު އެންމެނަށް ކުރިއަށް ގެންދެވުނު ވޮލީ ޓްރެއިނިންގ ޕްރޮގްރާމްގައި ޖުމްލަ 96 ފަރާތުން ވަނީ ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވި 96 ބައިވެރިންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެއީ އަންހެން 40 ބައިވެރިންނެވެ. އަދި ކުޑަކު...

ޔުމްނާ ޢަލީ
ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ނައިވާދޫއިން 18 ބިމެއް ކުއްޔަށް ދޫކުރަނީ 📍 ހދ. ނައިވާދޫ

ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ނައިވާދޫއިން 18 ބިމެއް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ އިން އެރަށުން އެކި އެކި ބޭނުންތަކަށް ޖުމްލަ 18 ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމައި، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދަނޑުވެރިކަމާއި، ކޮމާޝިއަލް ބޭނުންތަކަށް ޚާއްސަކޮށްގެންނެވެ. ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު، ދަނޑުވެރިކަމަށް 4 ބިން، ކެފޭ/ރެސްޓޯރަންޓަށް ޚާއްސަ 1 ބިން، ރެސްޓޯރަންޓަށް ޚާއްސަ 1 ބިން، ސްވޮނިއަރ...

އިބްރާހިމް އަސްވާޤް
ނައިވާދޫ ހަތަރު ބިމެއް ވިއްކުމަށް ހުޅުވާލައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ ހަތަރު ބިމެއް ވިއްކުމަށް ހުޅުވާލައިފި

ހދ. ނައިވާދޫއިން ވިއްކުމަށް ހަމަޖެހިފައިވާ 8 ބިމުގެ ތެރެއިން ނުވިކި އޮތް 4 ބިން ވިއްކުމަށް ނައިވާދޫ ކައުންސިލް އިދާރާއިން ނިންމާފައިވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު އެ އިދާރާއިން ހުޅުވާލައިފިއެވެ. މިއިން ކޮންމެ ބިމެއްގެ ބޮޑު މިނަކީ އިން 3000 އަކަފޫޓެވެ. ނައިވާދޫ ކައުންސިލުން އާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، އެ ރަށުން ވިއްކުމަށް ހަމަޖެހިފައިވާ 4 ބިން ވިއްކުމަށް ހުޅުވާލެވިފައިވާ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް -/250 ރުފިޔާކަމަށެވެ. އަދި މި ބިންތައް [...

އައިޝަތު އައިނީ އާމިރު
ނައިވާދޫ ބަނދަރު މަރާމާތުގެ މަސައްކަތުގެ 39 އިންސައްތަ ނިމިއްޖެ 📍 ހދ. ނައިވާދޫ

ނައިވާދޫ ބަނދަރު މަރާމާތުގެ މަސައްކަތުގެ 39 އިންސައްތަ ނިމިއްޖެ

ހދ. ނައިވާދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫޢުގެ 39 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދީފިއެވެ. މި ވަގުތު ބަނދަރުގެ ސަރަހައްދުގައި ބަނދަރު ތޮށިލުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ރަށުގެ ހުޅަނގު ދެކުނު ފަރާތުގައި ހަދަމުންދާ މި ބަނދަރުގެ މަސައްކަތުގެ ތެރޭގައި 72،257.88 ކިއުބިކް މީޓަރުގެ ފުންކުރުމާއި، ކޮނުމުގެ މަސައްކަތް ހިމެނެއެވެ. މ...

އަލީ އާދިލް
ނައިވާދޫއަށް ފުރިހަމަ ފުޓްބޯޅަ ދަނޑެއް، މަގު ހަދައިދީ ކަރަންޓްގެ މައްސަލަ ވެސް ހައްލުކޮށްދޭނެ 📍 ހދ. ނައިވާދޫ

ނައިވާދޫއަށް ފުރިހަމަ ފުޓްބޯޅަ ދަނޑެއް، މަގު ހަދައިދީ ކަރަންޓްގެ މައްސަލަ ވެސް ހައްލުކޮށްދޭނެ

ހދ. ނައިވާދޫގެ ރައްޔިތުންނަށް ވަޞީލަތް ފުރިހަމަ ފުޓްބޯޅަ ދަނޑެއް އަޅައިދީ، ރަށުގެ މަގުތައް ހަދައި، ކަރަންޓްގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ. ރަށުގެ ތަރައްޤީއަށް ކުރައްވާނެ މަސައްކަތްތަކުގެ ތެރޭގައި ބަނދަރު ތަރައްޤީކުރުން ހިމެނޭއިރު، ބަނދަރުގެ މަސައްކަތް ނިންމަވައިދެއްވާނީ ރައ...

ޔުމްނާ ޢަލީ
ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހދ. ނައިވާދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ. މިތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނައިވާދޫ އަށް ކުރެއްވި ޒިޔާރަތުގައެވެ. މިތަނުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ބެހޭ ވަޒީރު ޢަބުދުﷲ ރާފިއު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފާއި އަދި ނައިވާދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ބައިވެރިވެވަޑައިގެންނެ...

ޔުމްނާ ޢަލީ
ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ހދ. ނައިވާދޫ ކައުންސިލް އިދާރާގެ އައު އިމާރާތާއި ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ. މި ތަންތަނުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން ނައިވާދީޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. ނައިވާދޫ އިދާރާގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދްމް ޝަރީފު ޢުމަރެވެ. ނައިވާދޫ ކައުންސިލް އިދާރާގެ އިމާރާތް އަޅަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަ...

ޔުމްނާ ޢަލީ
ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި 📍 ހދ. ނައިވާދޫ

ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފި

ހދ. ނައިވާދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި މިއަދު ސޮއިކޮށްފިއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ. މި އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ...

ޔުމްނާ ޢަލީ
ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި 📍 ހދ. ނައިވާދޫ

ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ފަށައިފި

ހދ. ނައިވާދޫގައި އޭޓީއެމްގެ ޚިދުމަތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް މިއަދު ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ ރައީސް ޑރ. މިހައްމަދު މުޢިއްޒު މިއަދު އެރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ. ނައިވާދޫގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއި...

ޔުމްނާ ޢަލީ