މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހިރިމަރަދޫ (72 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
72 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހިރިމަރަދޫގެ އެންމެ ފަހުގެ ޚަބަރުތައް

72 ޚަބަރުގެ ތެރެއިން
ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހަރިކޭންއަށް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހަރިކޭންއަށް

ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބޭއްވި “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” ގެ ޗެމްޕިއަންކަން ހަރިކޭންއިން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ހިރިމަރަދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ހަރިކޭންއާއި ޔެޓީއެވެ. ފައިނަލް މެޗު ހަރިކޭންއިން ކާމިޔާބު ކޮށްފައި ވަނީ 9-2 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހަރިކޭންގެ ޖޯޒީ ނަމްބަރު 99، އިބްރާހީމް އަޝްފާޤެވެ. […]

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ހަރިކޭންއާއި ޔެޓީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތުގެ ފައިނަލުގައި ހަރިކޭންއާއި ޔެޓީ

ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” ގެ ފައިނަލުން ހަރިކޭންއާއި ޓީމް ޔެޓީ ޖާގަ ހޯދައިފިއެވެ. މުބާރާތުގެ ފައިނަލުން ހަރިކޭން ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލިބުނު 9 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގެ ފައިނަލުން ޓީމް ޔެޓީ ޖާގަ ހޯދާފައި ވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ލިބުނު 6 ޕޮއިންޓާއިއެކު ޕޮއިންޓް ތާވަލުގެ […]

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތް ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ޑޮމިނޭޓާރސް ފުޓްސަލް މުބާރާތް ފަށައިފި

ހދ.ހިރިމަރަދޫ ކުލަބް ޑޮމިނޭޓާރސް އިން އިންތިޒާމް ކޮށްގެން ބާއްވާ “ޑޮމިނޭޓާރސް ފުޓްސަލް ކަޕް 2022” މިއަދު ފަށައިފިއެވެ. ކުލަބް ޑޮމިނޭޓާރސްއިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި މޮޅެތި ފުޓްސަލް ކުޅުންތެރިންތަކެއް އުފެއްދުމާއި އެ ރަށުގެ ޒުވާނުން ދުޅަހެޔޮކަން އިތުރުކޮށް، ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމެވެ. މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމެއް ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޓީމް ޔެޓީ، އެފްސީ ހިރި، ޓީމް ރޯޔަލްގެ [...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް އަންނަ ޖޫން މަހު 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް އަންނަ ޖޫން މަހު

ހދ. ހިރިމަރަދޫ ކައުންސިލްގެ ފަރާތުން ބާއްވާ، “ހިރިމަރަދޫ ކައުންސިލް ޤުރުއާން މުބާރާތް 2022” އަންނަ ޖޫން މަހު ބާއްވަން ނިންމައި، ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެ ކައުންސިލުން މި އަހަރު ބާއްވާ ޤުރުއާން މުބާރާތް މިއަހަރުގެ ޖޫން 24 އަދި 25 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިމުބާރާތް ހުޅުވާލާފައި ވަނީ ހިރިމަރަދޫ ރައްޔިތުންގެ ޤުރުއާން ކްލާހުގެ ދަރިވަރުންނަށެވެ. އެހެންކަމުން މި މުބާރާތުގައި ބައިވެރިކުރައްވަން ބޭނުންވާ އެ ޤުރ...

ޔުމްނާ ޢަލީ
ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް ހިރިމަރަދޫ ކައުންސިލުން އިލްތިމާސް ކޮށްފި 📍 ހދ. ހިރިމަރަދޫ

ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް ހިރިމަރަދޫ ކައުންސިލުން އިލްތިމާސް ކޮށްފި

ހދ. ހިރިމަރަދޫގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ނުކެނޑުމަށް އެ ރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. އެކަން ހާމަކޮށް ހިރިމަރަދޫ ކައުންސިލުން އިއްޔެ އާންމު ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތަކަށް ގެއްލުންދީ، ކަނޑައި ހަދާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ރަށުގެ ހޭޅިފަށުގައި ހެދިފައި ހުންނަ ބޮޑެތި ގަސްތައް ކެނޑުމާއި، އެންދުމާއި، ގެއްލުން ދިނުމުގެ އިތުރުން ހޭޅިފަށް ހިމެނޭ ސަރަޙައްދުން ތަންތަނ...

އިބްރާހިމް ޚަލީލް
ހިރިމަރަދޫގައި ޖަމާއަތްތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގައި ޖަމާއަތްތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަނީ

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއިން އެ ރަށުގައި ޖަމާއަތްތެރިކަމަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގަން ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 17 އޭޕްރިލް 2022 އިން 19 އޭޕްރިލް 2022 އަށެވެ. މި ޕްރޮގްރާމުގައި ހިމެނިގެން ދީނީ ނަސޭހަތް ދިނުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތް: ފުލުހުން 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ނެތް: ފުލުހުން

ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުން ބުނީ ހިރިމަރަދޫ ގައި މީހަކު މަރުވެފަ އޮއްވާ ފެނިފައިވާކަމުގެ މައުލޫމަތު އިއްޔެގެ 13:30 އެހާކަންހާއިރު ފުލުހުންނަ ލިބިފައިވާކަމަށެވެ. މަރުވެފަ އޮއްވާ ފެނިފައިވަނީ 71 އަހަރުގެ އަންހެނެކެވެ. އެމީހާ ފެނިފައިވަނީ ހިރިމަރަދޫ އަތިރިމަތިން ރާޅު ޖަހާ ހިސާބު މޫދުގައި އޮއްވާކަމަށާއި މިހާތަނަށް ބެލިބެލުމުން ހަށިގަންޑުގައި އެއްވެސް ޒަހަމެއް ފެންނާކަށް ނެތްކަމަށް...

އިބްރާހިމް އަސްވާޤް
ހިރިމަރަދޫގައި އިތުރު މިސްކިތެއް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގައި އިތުރު މިސްކިތެއް، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އޭސީ ކުރާނެ

ހދ ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުމުގެ އެއްބަސްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ހިރިމަރަދޫގައި މިސްކިތެއް އިމާރާތް ކުރުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވުމުގައި ސޮއިކުރީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި އެކުއެވެ. މި އެއްބަސްވުމުގައި ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓާ އިސްމާއިލް ޖަލީލެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. މި މިސްކިތުގެ ޢަމަލީ މަ...

އަޒްފާ ރަޝީދު
ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ބަނދަރު ސަރަޙައްދުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ. ހިރިމަރަދޫ ބަނދަރު ސަރަހައްދުގައި ރަށުގެ ނަން ރަމްޒު ކޮށްދޭ މޮނިއުމެންޓެއް ހަދާއިދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފިއެވެ. ހިރިމަރަދޫ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މޮނިއުމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް އިއުލާނު ކޮށްފައިވާނެ ކަމަށާއި އެ އިއުލާނަށް އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށައަޅާފައިނުވާތީ ދެވަނަ ފުރުސަތަކަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2021 ވާ އަ...

އައިޝަތު ނަސާޔާ
ހިރިމަރަދޫ އަދި ގޮއިދޫ ސްކޫލް ހިމެނޭހެން 6 ސުކޫލަކަށް ޕްރިންސިޕަލުން ހޯދަނީ 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ އަދި ގޮއިދޫ ސްކޫލް ހިމެނޭހެން 6 ސުކޫލަކަށް ޕްރިންސިޕަލުން ހޯދަނީ

ހދ. ހިރިމަރަދޫ ސްކޫލާއި، ށ. ގޮއިދޫ ސްކޫލް ހިމެނޭހެން 6 ސުކޫލަކަށް ޕްރިންސިޕަލުން ހޯދަން ޢިއުލާންކޮށްފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވެފައިވާ ގޮތުން އެ ދެރަށުގެ ސްކޫލްތަކުގެ އިތުރުން ދެން ޕްރިންސިޕަލުން ހޯދަނީ ގއ. ކޮނޑޭ ސްކޫލާއި ވާދޫ ޖަމާލުއްދީން ސްކޫލާއި މ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ނ. މަގޫދޫ ސްކޫލަށް ކަމަށެވެ. ޕްރިންސިޕަލްކަމުގެ ތަފާތު ހަތް ރޭންކެއް ހިމެނޭއިރު އެންމެ ދަށް ރޭންކުން އެ މަގާމަށް ހޮވޭ މީހަކަށް ވެސް އަސާސީ […]

ޝިއުނާ އާދަމް
ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް، ފެން ކުންފުނި، އެމްޑަބްލިއުއެސްސީން ފަށައިފިއެވެ. މިއަދު ހިރިމަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖާއި އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދުއެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު އެރަ...

އަޙްމަދު ވަހީދު
ހިރިމަރަދޫ އަންހެނުންނަށް ހާއްސަކޮށްގެން ފަޔަރ އެވެއަރނެސް ސެޝަނެއް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ އަންހެނުންނަށް ހާއްސަކޮށްގެން ފަޔަރ އެވެއަރނެސް ސެޝަނެއް

ހދ. ހިރިމަރަދޫ އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން އެރަށުގައި ފަޔަރ އެވެއަރނެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އިއްޔެ ކުރިއަށް ގެންގޮސްފައިވާ މި ޕްރޮގްރާމްއަކީ ހިރިމަރަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އެމްއެންޑީއެފް ނޯދަން އޭރިއާއާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ބައިވެރިންނަށް ކިޔަވައިދެއްވަފ...

އައިޝަތު ނަސާޔާ
ހިރިމަރަދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށައިފި

ހދ. ހިރިމަރަދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިޔުއެސްސީއިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތެވެ. އަދި ފެނާއި ނަރުދަމާ ނިޒާމްޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު ވަނީ ހިރިމަރަދޫއަށް ގެންގޮސްފައެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ހިރިމަރަދޫގައި 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވ...

އަޙްމަދު ވަހީދު
ހިިރިމަރަދޫ ކައުންސިލާ އެމްޑަބްލިއުއެސްސީން ބައްދަލުކޮށްފި 📍 ހދ. ހިރިމަރަދޫ

ހިިރިމަރަދޫ ކައުންސިލާ އެމްޑަބްލިއުއެސްސީން ބައްދަލުކޮށްފި

ހދ. ހިރިމަރަދޫ ކައުންސިލް މެމްބަރުންނާ މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ބައްދަލުކުރައްވައިފި އެވެ. ޝާހު ކައުންސިލާ ބައްދަލު ކުރެއްވީ އެ ރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާ ކުރުމަށެވެ. ހިރިމަރަދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓުގައި 13.6 މިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފައެވެ. އެމްޑަބްލިއުއެސްސީން މިހާރުވެސް އަންނަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރަމ...

އަޙްމަދު ވަހީދު
މިއަދު ހިރިމަރަދޫ އެއްވެސް ކުއްޖަކު ސްކޫލަށް ނުފޮނުވާ 📍 ހދ. ހިރިމަރަދޫ

މިއަދު ހިރިމަރަދޫ އެއްވެސް ކުއްޖަކު ސްކޫލަށް ނުފޮނުވާ

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމުގެ ގޮތުން މިއަދު ސްކޫލުތައް ހުޅުވާފައިވާއިރު ހދ.ހިރިމަރަދޫ ސްކޫލުގެ ގިނަ ކަންތައްތަކެއް ފުރިހަމަނުވެ ހުރުމުން އެ ސްކޫލުގެ އެއްވެސް ކުއްޖަކު މިއަދު ސްކޫލަށް ގޮސްފައި ނުވާކަމުގައި “ތިލަދުން”އަށް މަޢުލޫމާތު ލިބިއްޖެވެ. ހިރިމަރަދޫ ސްކޫލަކީ ގްރޭޑް 10 އާއި ހިސާބަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ. އެ ސްކޫލުގައި ފަސްދޮޅަހާއި ގާތްކުރާ އަދަދަކަށް ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުން އަންނައިރު މިއަދު އެ ސްކޫލަށް އެއްވެސް ދަރިވަރަކު ހާޟިރުވެފައި ނުވެއެވެ. އެ ސްކޫލުގައި...

އިބްރާހިމް ޚަލީލް