މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ޚަލީލުގެ ގަލަމުން ހަނިމާދޫ ސްކޫލުގެ ހަނދާންތައް 📍 ހދ. ހަނިމާދޫ

ޚަލީލުގެ ގަލަމުން ހަނިމާދޫ ސްކޫލުގެ ހަނދާންތައް

19 މެއި 2020 މިއަދަކީ ހަނިމާދޫ ސްކޫލުގެ ފަންސާސް އެއްވަނަ އަހަރީ ދުވަހެވެ. އަޅުގަނޑުވެސް ތަޢުލީމު ހާސިލުކުރީ ހަނިމާދޫ ސްކޫލުންނެވެ. އުންގެނުމުގެ މަރުހަލާގެ އެތައް އަހަރެއް އެތަނުގައި ހޭދަކުރެވިފައި ވުމާއިއެކު، ހަނިމާދޫ ސްކޫލުގެ ނަންގަނެވުނު ކޮންމެ ވަގުތެއްގައި ނުވަތަ ކޮންމެ ތަނެއްގައި، އެ ދުވަސްވަރާއި ގުޅޭ ގިނަ ހަނދާންތަކެއް އާވެގެންދާނެކަމީ ދެބަސް ވެވެން ނެތް ހަޤީޤަތެވެ. މިފަދަ ހަނދާންތަށް ނުވަތަ މި ޚިޔާލުތަށް އެއްކޮށް ލިޔެ ހުއްސާކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ކޮންމެވެސް މިންވަރެއ...

އިބްރާހިމް ޚަލީލް
ޕްރެގާރސް އެމްވީގެ އެހީތެރިކަން ހަނިމާދޫއަށް 📍 ހދ. ހަނިމާދޫ

ޕްރެގާރސް އެމްވީގެ އެހީތެރިކަން ހަނިމާދޫއަށް

ކޯވިޑް-19 ގެ ހާލަތުގައި ހދ. ހަނިމާދޫއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ޕްރެގާރސް އެމްވީގެ ފަރާތުން 1000 އަންގި ހަނިމާދޫ ކައުންސިލަށް ހަދިޔާކޮށްފިއެވެ. ޕްރެގާރސް އެމްވީ ގެ ފަރާތުން ހަދިޔާކުރި އަންގި ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދިނީ ހުސެން ޝާފިޢު އަލީ އެވެ. ހަނިމާދޫ ކައުންސިލް އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ. މި ތަކެއްޗާއި ހަވާލުވެއްވުމަށްފަހު ދެއްކެވި ވާހަކާގައި ކައުންސިލްގެ ރައީސް ސަލާމް ވިދާޅުވީ މިފަދަ ދަޑިވަޅެއްގައި ޕްރެގާރސް އެމްވީ މިހަދީ...

ޔުމްނާ ޢަލީ
އައްޑޫ ކްލަބަކުން ހަނިމާދޫއަށް އެހީތެރި ވެދީފި 📍 ހދ. ހަނިމާދޫ

އައްޑޫ ކްލަބަކުން ހަނިމާދޫއަށް އެހީތެރި ވެދީފި

ކޯވިޑް-19 ހާލަތުގައި ބޭނުން ކުރެވޭނެ ބައެއް ތަކެތި، އައްޑު އަތޮޅުގެ ހިތަދޫއަށް ނިސްބަތްވާ ފުޓްބޯޅަ ކުލަބެއް ކަމުގައިވާ އެފްސީ ޒެފިއާ އިން ހދ. ހަނިމާދޫއަށް ހަދިޔާ ކޮށްފިއެވެ. މިގޮތުން މިއަދު ހަދިޔާ ކުރި މިތަކެތި އެފްސީ ޒެފިއާގެ ފަރާތުން ހަނިމާދޫ ކައުންސިލަށް ހަވާލު ކޮށްދެއްވީ އަޙުމަދު ނާފިޒްއެވެ. ހަނިމާދޫ ކައުންސިލްގެ ފަރާތުން އެތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް އަބްދުލް ސަލާމް ޢަލީ އެވެ. ” ރާއްޖޭގެ ދެ ބިތުގައި ތިބި ކަމުގައި ވިޔަސް ދިވެހިންނަކީ އެއްބައިވަންތަ އަހުވަންތަ ބައެއްކަން […]

ޝިއުނާ އާދަމް
ހަނިމާދޫއަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫއަށް ހޮނު އަޅައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

މިދިޔަ ބުރާސްފަތި ދުވަހު ރޭ ހދ. ހަނިމާދޫއަށް ކުރި ވިއްސާރާގައި އެރަށަށް ހޮނު އަޅައި، އެ ރަށުގެ ގޭ ބިސީތަކުގެ ބައެއް ތަކެއްޗަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ. ހަނިމާދޫއަށް ކުރި ވިއްސާރާގައި މެއި 7 ވަނަ ދުވަހުގެ ރޭ 11:00 އިން އެރޭ 1:00 އާއި ދެމެދު ވަނީ ވަރަށް ބާރަށް ގުރުމާއި، އެކު އެރަށަށް ވިއްސާރަ ކޮށްފައެވެ. ހޮނު އަޅާފައި ވަނީ އެރަށުގެ މީހުން ދިރި އުޅޭ އާބާދީގެ މެދެއްހާ ހިސާބެއްގައި ހުންނަ ގެއެއްގެ ގޯތި […]

އަލީ އާދިލް
ހަނިމާދޫ ކައުންސިލަށް ވާދަކުރާ ހުސްނުބާން ނިޔާވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލަށް ވާދަކުރާ ހުސްނުބާން ނިޔާވެއްޖެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމް.ޑީ.ޕީ) ގެ ޓިކެޓުގައި ހދ. ހަނިމާދޫ ކައުންސިލަށް ވާދަކުރާ ހުސްނުބާން އަބްދުލް ރަހުމާން ނިޔާވެއްޖެ އެވެ. ހުސްނުބާން  ނިޔާވެފައި  ވަނީ  ކުޑަދުވަސްކޮޅަކު  ބަލިވެ  އުޅުމަށް  ފަހު 01  މެއި  2020  ވީ  ހުކުރު  ދުވަހު  ކުޅުދުއްފުށީ  ރީޖަނަލް ހޮސްޕިޓަލުގައެވެ.  ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމް.ޑީ.ޕީ ޓިކެޓް ލިބިފައިވާ ހުސްނުބާން ނިޔާވުމާއި ގުޅިގެން އެ އާއިލާއަށް ތައުޒިޔާ ކިޔައި އަދި އެ ހިތާމާގައި ބައިވެރިވެ  އެމް.ޑީ.ޕީންވަނީ  ޓުވީޓެއް ކޮށްފައެވެ. އެޓުވީ...

އިބްރާހިމް ޚަލީލް
ކޯވިޑް 19 އާއި ގުޅިގެން ހަނިމާދޫގައި ޢަމަލު ކުރާނެގޮތް ހާމަކޮށްފި 📍 ހދ. ހަނިމާދޫ

ކޯވިޑް 19 އާއި ގުޅިގެން ހަނިމާދޫގައި ޢަމަލު ކުރާނެގޮތް ހާމަކޮށްފި

ކޯވިޑް 19 އާއި ގުޅިގެން ހދ. ހަނިމާދޫގައި ޢަމަލު ކުރާނެގޮތް، ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. އެކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލުން ނެރެފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުއި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެންފަށައި، އުތުރުގައިވެސް އެ ނުރައްކާތެރި ބައްޔަށް މީހަކު ފައްސި ވެ ބިރުވެރި ޙާލަތަށް ގޮސްފައިވާތީ، އެކަމުން ރައްކާތެރި ވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ހުރިހާ ފަރާތަކުން އަޅަމުން ގެންދާ މިދަނޑިވަޅުގައި ހުރިހާ ފަރާތެއް...

ޝިއުނާ އާދަމް
ހަނިމާދޫގެ 5 ގެއަކަށް މީހުން ވަދެ ނުކުތުން ވަގުތީ ގޮތުން މަނާ ކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ 5 ގެއަކަށް މީހުން ވަދެ ނުކުތުން ވަގުތީ ގޮތުން މަނާ ކޮށްފި

ކޯވިޑް-19 އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން ހަނިމާދޫގެ ފަސް ގެއަކަށް މީހުން ވަދެ ނުކުތުން މަނާކޮށްފައިވާ ކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ ފަސް ގެޔަކަށް މީހުން ވަދެ ނުކުތުން މަނާ ކުރީ ކުޅުދުއްފުށީ ސިޓީމަގުން ހަނިމާދޫއަށް އައި މީހަކާއި، އަދި އިއްޔެ ހަނިމާދޫ އެއަރޕޯރޓުމަގުން ވަށަފަރަށް ދަތުރު ކުރި މީހަކާއި ގުޅިގެން ހަނިމާދޫ ހެލްތު ސެންޓަރާއި، ހަނިމާދޫ ކޯވިޑް-19 ޓާސްކް ފޯހާއި، ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހުގައި ރަށު ފެންވަރުގައި އަޅާ ރައްކާތެރި […]

ޝިއުނާ އާދަމް
ތިން މަސް ދުވަހުގެ ކުނި އުކައި ދިނުމުގެ ފީ ހަނިމާދޫ ކައުންސިލުން މާފު ކޮށްފި 📍 ހދ. ހަނިމާދޫ

ތިން މަސް ދުވަހުގެ ކުނި އުކައި ދިނުމުގެ ފީ ހަނިމާދޫ ކައުންސިލުން މާފު ކޮށްފި

ހދ. ހަނިމާދޫ ކައުންސިލުން ދެމުން އަންނަ ކުނި އުކާލުމުގެ ހިދުމަތުގެ ފީ ތިން މަސް ދުވަހަށް ނުނެގުމަށް ނިންމައި، އެރަށުގެ ގޭބިސީ ތަކަށް ތިން މަސްދުވަހު ކުނި އުކައި ދިނުމުގެ ފީ މާފުކޮށްދީފިއެވެ. ހަނިމާދޫ ކައުންސިލުން ބުނީ އެ ކައުންސިލުން އެގޮތަށް ނިންމީ ނުރައްކާތެރި ކްރޯނާ ވައިރަސް އާއި ގުޅިގެން އެރަށުގެ ރައްޔިތުންނަށް ދިމާވާނެ އިގުތިޞާދީ ހީނަރުކަމަށް ބެލުމަށްފަހު، ކުރިމަތިވަމުން އަންނަ ބަރަކާތްތެރި ރަމަޟާން މަހުގައިވެސް އާއްމު ދިރިއުޅުމުގެ ޚަރަދު އިތުރަށް ބޮޑުވާނެއަތީ ރައްޔިތުންނަށް ލުއި ދިނުމުގެ [...

ޝިއުނާ އާދަމް
ހަނިމާދޫން ވެލި ނެގުމުގެ ހުއްދަ އޮންނާނީ ރަށުގެ ރައްޔިތުންނަށް: ކައުންސިލް 📍 ހދ. ހަނިމާދޫ

ހަނިމާދޫން ވެލި ނެގުމުގެ ހުއްދަ އޮންނާނީ ރަށުގެ ރައްޔިތުންނަށް: ކައުންސިލް

ހދ. ހަނިމާދުގެ އިހުތިސާސްގެ ތެރެއިން ވެލި ނެގުމުގެ ހުއްދަ އޮންނާނީ ފަޅުތެރެއިން، ރަށުގެ ގޮނޑުދޮށުން ފެށިގެން 300 ފޫޓަށް ވުރެ ދުރުން ރަށުގެ ރައްޔިތުންނަށްކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރަށުން ބޭރު އެއްވެސް ފަރާތަކުން ހަނިމާދޫގެ އިހުތިސާސްގެ ތެރެއިން ވެލި ނަގަންވާނީ ރަށު ކައުންސިލުން ލިއުމުން ހުއްދަ ހޯއްދައިގެންކަމަށެވެ. ” ރަށުން ބޭރު މީހުން ލައްވާ ރަށުގެ ފަޅުން ވެލި ނެގުމުގެ ހުއްދަ ރަށުގެ އެއްވެސް ފަރާތަކަށް ދެވެން ނޯންނާނެތީއާއި […]

ޔުމްނާ ޢަލީ
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތުގެ ވަގުތު 12 ގަޑި އިރަށް! 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޚިދުމަތުގެ ވަގުތު 12 ގަޑި އިރަށް!

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޮޕަރޭޝަންގެ ވަގުތު މިއަދުން ފެށިގެން 12 ގަޑިއިރަށް ބަދަލު ކޮށްފިއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން ކާނޑެއްދޫ އެއާޕޯޓު އަދި ފުވައްމުލަކު އެއާޕޯޓުގެ އޮޕަރޭޝަންގެ ވަގުތު މިއަދުން ފެށިގެން 12 ގަޑިއިރަށް ވަނީ ބަދަލު ކޮށްފައެވެ. ޓްރާސްޕޯޓް މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި، ކޮވިޑް 19 ގެ ޙާލަތާއި ގުޅިގެން ފްލައިޓް ޙަރަކާތްތައް ވަރަށް ބޮޑަށް މަދުކޮށް ހަމައެކަނި ދުވާލުގެ ވަގުތުތަކަށް ބަދަލުކޮށްފައިވާތީ، ރީޖަނަލް އެއަރޕޯޓްސްގެ ފ...

ޝިއުނާ އާދަމް
ހަނިމާދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެރަށު ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފިއެވެ. ފުލުހުންބުނީ ހަނިމާދޫ ގެއެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މާރިޗު މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެ...

ޝިއުނާ އާދަމް
ކުޅުދުއްފުށި ސިޓީ އަދި ހަނިމާދޫއަށް އާ ޖަނަރޭޓަރު ސެޓެއް ފޮނުވައިފި 📍 ހދ. ކުޅުދުއްފުށި

ކުޅުދުއްފުށި ސިޓީ އަދި ހަނިމާދޫއަށް އާ ޖަނަރޭޓަރު ސެޓެއް ފޮނުވައިފި

ހދ. ކުޅުދުއްފުށި ސިޓީ އަދި ހދ. ހަނިމާދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އާ ޖަނަރޭޓަރު ސެޓެއް ފެނަކައިން ފޮނުވައި އިންސޯޓުލުކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެކުންފުނިން ބުނެފިއެވެ. ހދ. ކުޅުދުއްފުށި ސިޓީއަށް 800 ކިލޯ ވޯޓުގެ އާ ޖެންސެޓެއް ފޮނުވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ހަނިމާދޫއަށް 1 މެގަ ވޯޓުގެ އާ ޖެންސެޓެއް އެކުންފުނިން ފޮނުވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. HDh. Kulhudhuffushi ge karantuge haalathu ithurah rangalhu kurumahtakai erashah […]

އިބްރާހިމް އަސްވާޤް
ހަނިމާދޫގައި ތިބި ނިއުގެ ސަޕޯޓަރުން ނިއުއަށް އެހީވުމުގެ ހަރަކާތެއް ހިންގައިފި

ހަނިމާދޫގައި ތިބި ނިއުގެ ސަޕޯޓަރުން ނިއުއަށް އެހީވުމުގެ ހަރަކާތެއް ހިންގައިފި

ހދ. ހަނިމާދޫގައި ތިބި ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ސަޕޯޓަރުން އެކްލަބަށް އެހީވުމަށް ފަންޑް ރެއިސް ކުރުމުގެ ހަރަކާތެއް ހަނިމާދޫގައި ހިންގައިފިއެވެ. ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކްލަބް، ނިއުރޭޑިއަންޓް ސްޕޯރޓްސް ކްލަބްގެ ހަނިމާދޫގައި ތިބި ސަޕޯރޓަރުން، މިއަދު ހަވީރު 16:00 ގައި ހަނިމާދޫ ސްޓާރޓިންޕޮއިންޓް ފިހާރަ ދޮރުމަތީގައި ކުރިއަށް ގެންދިޔަ އެހަރަކާތުގައި، ނިއުގެ ޖާރޒީ ވިއްކުމާއިއެކު ފަންޑް ރެއިސްކުރުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެރަށުގައި ހުންނަ ސްޓާރޓިންގ ޕޮއިންޓުގެ ވެރިފަރާތ...

ޝިއުނާ އާދަމް
ހަނިމާދޫ-ކޮޗިން ދަތުރުތައް މެދުކަނޑާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ-ކޮޗިން ދަތުރުތައް މެދުކަނޑާލައިފި

އުތުރުގެ މައި ވައިގެ ދޮރާށި، ހަނިމާދޫ އިންޓަރނޭސަނަލް އެއަރޕޯޓާއި އިންޑިއާގެ ކޮޗިންއާއި ދެމެދު ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ކުރަމުންއައި ދަތުރުތައް މެދު ކަނޑާލައިފިއެވެ. ހަނިމާދޫ-ކޮޗިން ދަތުރުތައް މެދު ކަނޑާލިއިރު އެއަރލައިނުންދިޔައީ ހަފުތާއަކު 3 ދަތުރު ހަނިމާދޫއާއި ކޮޗިންނާއި ދެމެދު ބާއްވަމުންނެވެ. މިދަތުރުތައް މެދުކަނޑާލިތާ ދެ ހަފުތާވަރު ވެދާނެކަމަށް ހަނިމާދޫ އެއަރޕޯރޓުން ވާހަކަ ދެއްކި ފަރާތަކުން މައުލޫމާތު ދީފައިވެއެވެ. މިދަތުރުތައް މެދު ކަނޑާލި ސަބަބު ހޯދަން މޯލްޑިވިއަންނާއި ގުޅުމަށް ކ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ގާކޮށްލި 29000 ސިމެންތި ކޮތަޅު: ދައުލަތުގެ އެތައް ފައިސާއެއް އަޅިއަށް! 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ގާކޮށްލި 29000 ސިމެންތި ކޮތަޅު: ދައުލަތުގެ އެތައް ފައިސާއެއް އަޅިއަށް!

ހދ. ހަނިމާދޫގެ މަގުހެދުމުގެ ޕްރޮޖެކްޓްއަށް ރައީސް ޔާމީނުގެ ސަރުކާރުން އެރަށަށް ގެންދިޔަ ތިރީސް ހާސް ކޮތަޅު ސިމެންތީގެ ތެރެއިން ބޭނުން ނުކޮށް ހުރެ ނަވާވީސް ހާސް ކޮތަޅު ސިމެންތި ގާވެ ނިމިއްޖެއެވެ! 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޯމަތިވުމުން، 2018 ވަނަ އަހަރުގެ ޖޫން މަސްތެރޭ ހަނިމާދޫގެ މަގު ހެދުމުގެ ޕްރޮޖެކްޓަށް ތިރީސް ހާސް ކޮތަޅު ސިމެންތި އެރަށަށް އޭރުގެ ސަރުކާރުން ގެންދިޔައެވެ.  އެކަމުގެ މައުލޫމާތު އެނގޭ މީހުން ބުނާގޮތުން މަގު ހެދުމުގެ ޕްރޮޖެކްޓަށް އެ […]

އިބްރާހިމް އަސްވާޤް