މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫގައި މާސްކު ބަހަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި މާސްކު ބަހަނީ

ހަނިމާދޫގައި ދިރިއުޅޭ މީހުން ކޯވިޑަށް ރައްކާތެރިކޮށް ދިނުމަށް އެހީތެރިވުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން ފޭސް މާސްކު ބަހަން ފަށައިފިއެވެ. އިއްޔެ ހަނިމާދޫގައި މާސްކު ބަހަން ފަށާފައިވާއިރު، އިއްޔެ ވަނީ 700 ފޭސް މާސްކު ބަހާފައި ކަމަށް ހަނިމާދޫ ކައުންސިލުން ބުންޏެވެ. އެ ކައުންސިލުން ބުނީ މާސްކު ބަހަން ނިންމީ ގެސްޓް ހައުސްތައް ވެސް ހުޅުވުމާއިއެކު އެރަށަށް ފަތުރުވެރިން ވެސް އަންނަން ފަށާފައިވާތީއާއި ވެސް އެކުގައި ކަމަށެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުއްސަލާމް ޢަލީ ”ތިލަދުން” އަށް ވިދާޅުވީ، […]

ޔުމްނާ ޢަލީ
ހަނިމާދޫން 2 ވަނަ ކޯވިޑް ކޭސްއެއް، މިފަހަރު ބިދޭސީއެއް

ހަނިމާދޫން 2 ވަނަ ކޯވިޑް ކޭސްއެއް، މިފަހަރު ބިދޭސީއެއް

ހދ. ހަނިމާދޫގައި ހުރި ބިދޭސީއެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހަނިމާދޫގައި ހުރި ބިދޭސީއެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ހާމަ ކުރެއްވި މަޢުލޫމާތުތަކުން ވަނީ ހާމަ ވެފައި އެވެ. އެޗްޕީއޭއިން ރޭ ހާމަކުރަށްވާފައިވާގޮތުން ހަނިމާދޫން ޕޮޒިޓިވް ވެފައިވަނީ ފުރަން އުޅުނު މީހެކެވެ. ހަނިމާދޫން އިތުރު ކޯވިޑް ކޭހެއް ފެނުމާއި ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވްވީ ހަނިމާދޫގައި ހުންނަ ސިޓީ ހޮޓަލުގައި ހުރި މީހެއް ކަމަށެވެ. އޭނާއަކީ […]

ޔުމްނާ ޢަލީ
ހަނިމާދޫ ސްކޫލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލް ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ހަނިމާދޫ ސްކޫލުން އިންތިޒާމް ކޮށްގެން އެ ސްކޫލްގެ ދަރިވަރުންގެ މެދުގައި ބޭއްވުނު “ހަނިމާދޫ ސްކޫލް އޮންލައިން ޤުރުއާން މުބާރާތް 2020 ” ގެ ނަތީޖާ ފާޅުކޮށްފިއެވެ. ދަރިވަރުންގެ ހިތުގައި ޤުރުއާނަށް ލޯބިޖައްސައި، ތަޖުވީދުގެ ހަމަތަކަށް ޤުރުއާން ކިޔެވުމަށް ބާރުއަޅައި، ދަރިވަރުންގެ މެދުގައި ޤުރުއާން ކިޔެވުމުގެ ރޫޙް އާލާކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި މުބާރާތުގެ ޖުމްލަ 67 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ 22 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހުގެ ރޭ ޒޫމް […]

އިބްރާހިމް ޚަލީލް
ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހަނިމާދޫގެ މަގު ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ހދ. ހަނިމާދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަޝްރޫޢުގެ %67 މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. މި މަޝްރޫޢުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމުގެ އިތުރުން މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަޙައްދެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 19,679.7 އަކަ މީޓަރުގެ ސަރަޙައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރެއިން ކޮށް ނ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ

ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް މިއަދު އަލުން ހުޅުވާލާއިރު 9 ރަށެއްގެ 16 ގެސްޓް ހައުސްއެއް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަނ...

ޝިއުނާ އާދަމް
ހަނިމާދޫއިން ކޯވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ

ހަނިމާދޫއިން ކޯވިޑަށް މީހަކު ޕޮޒިޓިވް ވެއްޖެ

ހދ. ހަނިމާދޫއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫން ކޯވިޑަށް މީހަކު ޕޮޒިޓިވްވެފައިވާކަން ހަނިމާދޫ ކައުންސިލުން ވަނީ ”ތިލަދުން” އަށް ކަށަވަރު ކޮށްދީފައި އެވެ. ހަނިމާދޫ ކައުންސިލުން ބުނީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. އޭނާ ޕޮޒިޓިވްވީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ސާމްޕަލުން ކަމަށް ކައުންސިލުން މަޢުލޫމާތު ދެއްވިއެވެ. ކޯވިޑާއި ގުޅިގެން ސިއްހީ ގޮތުން އެޗްޕީއޭއިން ދެއްވާފައިވާ އިރުޝާދުތަކަށް ހުރިހާ ރައްޔިތުން ވެސް އަމަލު ކުރަށް ވަމުން ގ...

ޔުމްނާ ޢަލީ
ހަނިމާދޫ ދިރުން ފިޝިންގ ޓީމް: ނުކުރާކަށް މަސްވެރިކަމެއް ނެތް! 📍 ހދ. ހަނިމާދޫ

ހަނިމާދޫ ދިރުން ފިޝިންގ ޓީމް: ނުކުރާކަށް މަސްވެރިކަމެއް ނެތް!

ހަނިމާދޫ ދިރުން ފިޝިންގ ޓީމުގެ ވާހަކަތަށް އޮޅުން ފިލުވައިލާހިތްވި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގެ ފޭސްބުކް ޕޭޖްގައި ހިއްސާކޮށްލާ ހިތްގައިމު ފޮޓޯތަކުގެ ސަބަބުންނެވެ. އެކިއެކި ވައްތަރުގެ މަސްމަހާއިއެކު ނަގާފައި ސޯޝަލް މީޑިއާއަށް އެ ދޫކޮށްލާ ފޮޓޯތަކަކީ މަސްވެރިކަމަށް ލޯބިކުރާ ހަމަ ކޮންމެ މީހަކު ވެސް ގަޔާވާނެފަދަ ފޮޓޯތަކެކެވެ. “ހަނދާނެއްނުވޭ ގޮނޑު ދޮށުގައި ރޯލު ހިފައިގެން ނޫޅޭ ހަނދާނެއް، އެންމެ ކުޑައިރުއްސުރެ ވެސް މަސްބާނަން ވަރަށް ޝަޢުގުވެރިކަން ހުރޭ، ފުރައިގެންދާނެ ބޮއްކުރައެއްފަދަ އެއްޗެއް ނުލިބޭއ...

އިބްރާހިމް ޚަލީލް
ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމާއި މެދު ސުވާލު އުފައްދައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ބޮޑު ކުރުމާއި މެދު ސުވާލު އުފައްދައިފި

700 މިލިއަން ޑޮލަރު ހޭދަކޮށްފައި ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫޢުއާއި މެދު ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ސުވާލު އުފަށްދަވައިފިއެވެ. ޝިޔާމް މިގޮތަށް ސުވާލު އުފެއްދެވީ އިއްޔެ އޮތް ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި ސަރުކާރުގެ ފަރާތުން، ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމ...

އަލީ އާދިލް
ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި އިންޑިއާ ސިފައިންގެ 19 މީހަކު ހޯމް ކަރަންޓީނުގައި

އަވަށްޓެރި އިންޑިއާގެ ސިފައިންގެ 19 މީހަކު ހދ. ހަނިމާދޫގައި، ހޯމް ކަރަންޓީނު ވެއްޖެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި 19 ސިފައިން ހަނިމާދޫއަށް ދިޔައީ މި ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ސިފައިން ހޯމް ކަރަންޓީނުގައި ތިބީ ހަނިމާދޫގެ ބައެއް ގެތަކާއި، ގެސްޓްހައުސް ހިމެނޭހެން އެ ރަށުގެ 5 ތަނެއްގައި ކަމަށް މަަޢުލޫމާތު ލިބިއެވެ. މިކަމާއި ގުޅިގެން ހަނިމާދޫ ކައުންސިލްގެ އޮފިޝަލަކު ބުނީ ދެ ދުވަސް ކުރީން އިންޑިއާ ސިފައިންގެ 19 މީހަކު ހަނިމާދޫގައި […]

އަލީ އާދިލް
ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި 📍 ހއ. ހޯރަފުށި

ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އަޅަން ސޮއިކޮށްފި

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާރފް ދަނޑުގެ ތެރެއިން ތިލަދުންމަތީގެ 5 ރަށެއްގެ ދަނޑުގައި ޓާރފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ. މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު މަޙްލޫފްއެވެ. މި 5 ރަށުގެ...

ޝިއުނާ އާދަމް
އިންޑިއާއިން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައި 📍 ހދ. ހަނިމާދޫ

އިންޑިއާއިން ރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ބާއްވާނީ ހަނިމާދޫ އެއާޕޯޓްގައިކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ އެ ގައުމުން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ ފްލައިޓަކީ ދެ ގައުމުގެ ދެމެދުގައި ކުރި މަޝްވަރާތަކުގެ ތެރެއިން ހަދިޔާކުރި މަތިންދާބޯޓެއް ކަމަށާއި މި ޑޯނިއާ އޮޕަރޭޓު ކުރާނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށާއި އަދި އެ އެއާކުރާފްޓް ބާއްވާފައި އޮންނާނީ ހަނިމާދޫ އެއާޕޯޓްގައި ކަމަށް ވެސް އެމްބަސީއިނ...

އަލީ އާދިލް
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން: ޝާހިދު 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން: ޝާހިދު

ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަގްސަދަކީ، ބޮޑެތި ބޯޓުތައް އައިސް އެ އެއާޕޯޓު ފުރާލުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކޯގާ ބޯޓުގެ ފުރަތަމަ ދަތުރުގެ ބޯޓު ބަނދަރުކުރުން ފާހަގަކުރަން އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ “އެގޮތުން ކާގޯ ބޯޓަށް ފަހު، ހދ. ހަނިމާދޫ އެއާޕޯޓު ބޮޑުކޮށް، ތަރައްގީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެ” ކަމަށާއި “މަގްސަދަކީ، […]

ޔުމްނާ ޢަލީ
ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން ކައުންސިލާއިއެކު މަޝްވަރާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢާއި ގުޅޭގޮތުން ކައުންސިލާއިއެކު މަޝްވަރާކޮށްފި

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ގުޅޭގޮތުން ދިވެހި ސަރުކާރާއި، އިންޑިއާ ސަރުކާރުގެ ކަމާބެހޭ ޓީމަކުން ހަނިމާދޫ ކައުންސިލާއިއެކު މިއަދު މަޝްވަރާކޮށްފިއެވެ. ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތުގައި ޝާމިލްވާ އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރުގެ ޓީމެއް ހަނިމާދޫއަށް ދިޔައީ މިއަދުއެވެ. މި ޓީމުގައި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަންގެ އޮފިޝަލަކާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން އިކޮނޮމިކް މިނ...

ޝިއުނާ އާދަމް
ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުން: ބިންގާ އެޅުން ނޮވެމްބަރުގައި މަސައްކަތް ފެށުން އަންނަ އަހަރު ޖެނުއަރީގައި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓު ތަރައްޤީކުރުން: ބިންގާ އެޅުން ނޮވެމްބަރުގައި މަސައްކަތް ފެށުން އަންނަ އަހަރު ޖެނުއަރީގައި

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބިންގާ އެޅުން މިއަހަރުގެ ނޮވެމްބަރު މަހުގައި އަދި މަސައްކަތް ފެށުން އަންނަ އަހަރު ޖެނުއަރީގައި އޮންނާނެ ކަމަށް ޓްރާންސްޕޯޓު އެންޑް ސިިވިލް އޭވިއޭޝަން މިނިސްޓްރީ އިން ބުނެފި އެވެ. ޓްރާންސްޕޯޓު މިނިސްޓްރީ އިން މިހެން ބުނެފައިވަނީ ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާ އެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމަށްފަހު އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ހދ. ހަނިމާދޫ […]

އިބްރާހިމް އަސްވާޤް
ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢުއާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއަރޕޯޓްގެ މަޝްރޫޢުއާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއި ގުޅޭ ގޮތުން އިންޑިއާ ސަރުކާރާއި، ދިވެހި ސަރުކާރާއިއެކު މަޝްވަރާ ކޮށްފިއެވެ. އިއްޔެ އޮންލައިންކޮށް މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާއިރު، މި މަޝްވަރާގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. މިބައްދަލުވުމުގައި އިންޑިއާ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ސަންޖޭ ސުދީރު އާއި އިންޑިއާ ސަރުކާރުގެ އިތުރު...

ޝިއުނާ އާދަމް