މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫގެ ކޯވިޑް ހާލަތާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް "ރަށުހާލު"

ހަނިމާދޫގެ ކޯވިޑް ހާލަތާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް "ރަށުހާލު"

ހަނިމާދޫގެ ކޯވިޑްގެ ހާލަތާއިގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ފަސޭހަކަމާއި އެކު އެންމެހާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް “ރަށުހާލު” ގެ ނަމުގައި ވެބްސައިޓެއް ލޯންޗުކޮށްފިއެވެ. ހަނިމާދޫ ކެތިއަރާ ޖަމްޢިއްޔާގެ ފަރާތުން ހަނިމާދޫ ސިއްހީ މަރުކަޒާއި ގުޅިގެން ތައްޔާރު ކޮށްފައިވާ މި ވެބްސައިޓް ލޯންޗު ކޮށްފައިވަނީ 24 މެއި 2021 ވީ ހޯމަ ދުވަހު ހަވީރު މިކަމަށްޓަކައި ހަނިމާދޫ ސިއްހީ މަރުކަޒުގައި ބޭއްވި ކުޑަކުޑަ ހަފްލާއެއްގައެވެ. މި ވެބްސައިޓުން ލިބެން ހުންނަ މަޢުލޫމާތުތަކުގެ ތެރޭގައި އެ ވަގުތެއްގެ ހަނިމާދޫގައި ކޯވިޑ...

އިބްރާހިމް ޚަލީލް
ހަނިމާދޫން އިތުރު 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫން އިތުރު 4 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ތިބި 4 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ހަނިމާދޫ ގައި ހޯމް ކަރަންޓީން ގައި ތިބި 4 މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރިއިރު އެ މީހުން ކޯވިޑް ޕޮޒިޓިވްވެފަ ވާކަމަށެވެ. މިއާއެކު މިވަގުތު އެރަށުގަ އެކްޓިވް ކޭސްތަކުގެ އަދަދު 6 އަށް އަރާފަވާ ކަމަށް ސިއްހީ މަރުކަޒުން ވަނީ ވިދާޅުވެފަ އެވެ. ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވިއިރު، ރާއްޖޭގެ މީހުން އުޅޭ 70 […]

ޔުމްނާ ޢަލީ
ހަނިމާދޫ ސްކޫލަށް 52 އަހަރު! އުންމީދުތައް ފުރިހަމަކުރުމަށް ހައްލުކުރަންޖެހޭ އެތައްކަމެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ސްކޫލަށް 52 އަހަރު! އުންމީދުތައް ފުރިހަމަކުރުމަށް ހައްލުކުރަންޖެހޭ އެތައްކަމެއް

ހދ ހަނިމާދޫގައި، އެކިސިފަސިފާގައި ތަޢުލީމް ފޯރުކޮށްދެމުން އަންނަތާ މިހިގާ 2021 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހަށް 52 އަހަރު ފުރުނީއެވެ. ހަނިމާދޫގައި ފުރަތަމަ ތަޢުލީމް ފޯރުކޮށް ދިނުމަށްޓަކައި ޢިމާރާތެއް ކުރެވިފައިވަނީ، އައްޑިހައިގެ އަހަރު ތަކުގެ ފަހުކޮޅުއެވެ. “ފީރޯޒްވިލާ” ކިޔާ ބިމުގައެވެ. “ހަނިމާދޫ މަކްތަބް”ގެ ނަމުން ނަންދެވުނު އެ މަދަރުސާގައި 1993 ވަނަ އަހަރާ ހިސާބަށް ތަޢުލީމް ފޯރުކޮށްދީފައި ވެއެވެ. ހަނިމާދޫ ރައްޔިތުން، ހަނިމާދޫ ހަނދުވަރީމަގާ ދިމާ އަތިރިމަތީގައި މަދަރުސާއެއް ބިނާކޮށް، އެ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް

ހދ. ހަނިމާދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ. މި ހިނގާލުމަކީ ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ހަދައި، އިޒްރޭލްގެ އަމަލުތައް ކުއްވެރި ކުރުމަށް ހަނިމާދޫ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ހަނިމާދޫގެ ހާހެއްހާ ރައްޔިތުން ބައިވެރިވި މިހިނގާލުން އޮތީ މިއަދު ހަވީރުއެވެ. ހަނިމާދޫ ކައުންސިލް އިދާރާ ކުރިމަތިން ފެށި ހިނގާލުން ނިންމާލީ ބަނދަރު ސަރަހައްދު ސްޓޭޖް ކައިރިއަށެވެ. ހިނގާލުން ނ...

ޙުސައިން ޝަހުދީ
އިޒްރޭލަށް ތާއީދުކުރި ހަނިމާދޫ ސްކޫލްގެ އިންޑިއާ ޓީޗަރު ފުރުވާލައިފި 📍 ހދ. ހަނިމާދޫ

އިޒްރޭލަށް ތާއީދުކުރި ހަނިމާދޫ ސްކޫލްގެ އިންޑިއާ ޓީޗަރު ފުރުވާލައިފި

ހައްދު ފަހަނާ އަޅާފައިވާ އިޒްރޭލަށް ތާއީދު ކުރި ހަނިމާދޫ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރު ފުރުވާލައިފިއެވެ. އޭނާ ފުރުވާލީ 1850 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި މޯލްޑިވިއަންގެ ފްލައިޓުންނެވެ. އެ ޓީޗަރު ހަނިމާދޫ ސްކޫލްގައި މަސައްކަތް ކުރާތާ މި ހިނގަނީ 9 ވަނަ އަހަރެވެ. އޭނާއަކީ މި މުއްދަތުގައި މިއަދާއި ހަމައަށް ހަނިމާދޫގެ ގިނަ ބަޔެއްގެ ލޯތްބާއި، އިޚްތިރާމް ހޯދައިގެން ހުރި މީހެކެވެ. ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބުދުލް މުޙްސިން އަބުދުލްލަތީފް “ތިލަދުން”އަށް ވިދާޅުވީ، އެ ބިދ...

ޝިއުނާ އާދަމް
އިޒްރޭލަށް ތާއީދުކުރި ހަނިމާދޫ ސްކޫލްގެ އިންޑިއާ ޓީޗަރު މިއަދު ފޮނުވާލަނީ 📍 ހދ. ހަނިމާދޫ

އިޒްރޭލަށް ތާއީދުކުރި ހަނިމާދޫ ސްކޫލްގެ އިންޑިއާ ޓީޗަރު މިއަދު ފޮނުވާލަނީ

ފަލަސްތީނު ނެތިކޮށްލައި، އެ ގައުމުގެ މުސްލިމް ނަސްލު ނައްތާލުމުގެ ޖަރީމާ އިންގަމުންދާ ހައްދު ފަހަނާ އަޅާފައިވާ އިޒްރޭލަށް ތާއީދު ކުރި ހަނިމާދޫ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރު މިއަދު ފޮނުވާލުމަށް މަސައްކަތް ކުރަށްވަމުން ގެންދަވާ ކަމަށް ހަނިމާދޫ ސްކޫލުން ވިދާޅުވެއްޖެއެވެ. އެ ސްކޫލުގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަޤާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަން ވަނީ، ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ޙަރަ...

ޔުމްނާ ޢަލީ
އިޒްރޭލަށް ތާއީދު ކުރި އިންޑިއާ ޓީޗަރުގެ އެ އަމަލު، ހަނިމާދޫ ސްކޫލުން ކުށްވެރިކޮށްފި 📍 ހދ. ހަނިމާދޫ

އިޒްރޭލަށް ތާއީދު ކުރި އިންޑިއާ ޓީޗަރުގެ އެ އަމަލު، ހަނިމާދޫ ސްކޫލުން ކުށްވެރިކޮށްފި

ހައްދު ފަހަނާ އަޅާފައިވާ އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް، ފަލަސްތީނަށް ތާއީދުކޮށް، ފަލަސްތީނުގެ ރައްޔިތުންނާއެކު މުޅި ހަނިމާދޫ ސްކޫލް ތިބިކަން ދައްކާލިތާ 24 ގަޑިއިރު ވެސް ނުވަނީ އެ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ނިސްބަތްވާ ޓީޗަރަކު، އިޒްރޭލަށް ތާއީދުކޮށް ޢޭނާގެ ފޭސްބުކް ޕްރޮފައިލް ބަދަލުކޮށްފިއެވެ. އެ ޓީޗަރުގެ މިއަމަލާމެދު ކަންބޮޑުވުން ފާޅުކޮށް، އޭނާގެ އަމަލު ކުށްވެރިކޮށް ހަނިމާދޫ ސްކޫލުން ވަނީ މިއަދު ހެނދުނު ނޫސް ބަޔާނެއް އާންމު ކުރަށްވާފައެވެ. އެ ނޫސް ބަޔާނުގައި ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަ...

ތިލަދުން
ހަނިމާދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 8 އަށް އަރައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 8 އަށް އަރައިފި

ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ހަނިމާދޫގައި މިވަގުތު ތިބި އެކްޓިވް ކޭސްތަކުގެ އަދަދު 8 އަށް އަރައިފިއެވެ. ހަނިމާދޫއިން އިތުރު ދެ މީހަކު ޕޮޒިޓިވްވިކަން ހާމަކުރަށްވައި ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ހަނިމާދޫ ގައި ހޯމް ކަރަންޓީން ގައި ތިބި 2 މީހެއްގެ ކިބައިން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރިއިރު އެ ދެމީހުން ކޯވިޑް ޕޮޒިޓިވްވެފަ ވާކަމަށެވެ. މިއާއެކު މިވަގުތު އެރަށުގަ އެކްޓިވް ކޭސްތަކުގެ އަދަދު 8 އަށް އަރާފަވާ ކަމަށް […]

ޔުމްނާ ޢަލީ
ހަނިމާދޫއިން 3 މީހަކު ޕޮޒިޓިވްވެއްޖެ، އިންޑިއާ ސިފައިންގެ މީހެއް ވެސް ހިމެނޭ! 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން 3 މީހަކު ޕޮޒިޓިވްވެއްޖެ، އިންޑިއާ ސިފައިންގެ މީހެއް ވެސް ހިމެނޭ!

ހދ. ހަނިމާދޫއިން އިންޑިއާ ސިފައިންގެ މީހަކާއި، އިތުރު ދެ ދިވެހިން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނދުނީ ދެންމެ އެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، މިއަދު ޕޮޒިޓިވްވި އިންޑިއާ ސިފައިންގެ މީހާއަކީ ކުރިން ޕޮޒިޓިވްވި އިންޑިއާ ސިފައިންގެ މީހާގެ ޢާއިލާގެ ތިން މެންބަރުންނާ އެއް ގެސްޓް ހައުސްއެއްގައި ކަރަންޓީނުގައި ހުރި މީހެއް ކަމަށެވެ. “އެ ދުވަހު އެ ގެސްޓްހައުސްއިން 4 މީހުން ޓެސްޓް ކުރީ، […]

ޔުމްނާ ޢަލީ
ހަނިމާދޫއިން 3 މީހަކު ބަލިން ރަނގަޅުވެ، 8 ގެއެއް ކަރަންޓީނުންވީއްލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން 3 މީހަކު ބަލިން ރަނގަޅުވެ، 8 ގެއެއް ކަރަންޓީނުންވީއްލައިފި

ހދ. ހަނިމާދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި ތިންމީހެއް ބަލިން ރަނގަޅުވެ، އެކޭސްތަކާއި ގުޅުގެން ކަރަންޓީނުކުރި 8 ގެއެއް ކަރަންޓީނުން ވީއްލައިފިއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި އެ ދެކޭހާ ގުޅިގެން ނެގުނު ސާމްޕަލްތަކުން އިތުރު މީހެއް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހުއެވެ. އެއީ ޕޮޒިޓިވްވި އަންހެންކުއްޖާގެ މަންމައެވެ. އެމީހުންނާއި ސީދާ ބައްދަލުވި މީހުން ހިމެނޭ […]

ޔުމްނާ ޢަލީ
މުހައްމަދު މޫސާ (މަނިކު) ގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވަމާ! 📍 ހދ. ހަނިމާދޫ

މުހައްމަދު މޫސާ (މަނިކު) ގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް އެހީތެރިވަމާ!

ހދ.ހަނިމާދޫ ކޮކާހިޔާ މުހައްމަދު މޫސާ (މަނިކު) ގެ ދެ ކިޑްނީ ފެއިލްވެ ހަޔާތަށް ކުރިމަތިވި އެންމެ ދަތި ދުވަސްތައް ވީ ރާއްޖެއަށް ވެސް ދިމާވި އެންމެ އުނދަގޫ އެންމެ ދަތި ދުވަސްތަކަށެވެ. އެއީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. ކޯވިޑް ބަލި ރާއްޖޭގައި ފެތުރި މުޅި ރާއްޖެ ލޮކްޑައުން ކުރިވަގުތެވެ. ދަތުރުފަތުރު އެއްކޮށް ހުއްޓުނު ވަގުތެވެ. ސިއްހީ މައްސަލައެއް ދިމާވެއްޖެކަން އިހުސާސް ކުރެވެން ފެށިގޮތް ހިއްސާކުރަމުން މަނިކު ބުނެފައިވަނީ އެ ދުވަސްވަރު ކޮންމެވެސް ވަރަކަށް ފައިތިލަ ދުޅަވުން […]

އިބްރާހިމް ޚަލީލް
އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ހަނިމާދޫއިން ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ހަނިމާދޫއިން ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫ ގައި ހޯމް ކަރަންޓީނުގައި ތިބި އިންޑިއާ ސިފައިންގެ ޢާއިލާއެއްގެ ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ، އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އެމީހުން ތިބީ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަ ގެސްޓް ހައުސްއެއްގަ އެވެ. އެ ގެސްޓް ހައުސްގައި އިތުރުބަޔަކު ނުތިބެއެވެ. ހުސްވި އޭޕްރިލް މަހުގެ 20 ވަނަ […]

ޔުމްނާ ޢަލީ
ހަނިމާދޫ މޮނިޓަރިން ހާލަތުން ނަގައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ މޮނިޓަރިން ހާލަތުން ނަގައިފި

ހދ. ހަނިމާދޫއިން ތިން މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިއޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ. ހަނިމާދޫ މޮނިޓަރިން ހާލަތަށް ގެނައީ، މިމަހުގެ 22 ވަނަ ދުވަހު ހަނިމާދޫން ޕޮޒިޓިވް ދެ ކޭސް ފެނުނުމުން އެދުވަހުގެ ހަވީރުއެވެ. އެރަށް އެހާލަތުން ވީއްލީ މިއަދު ހަވީރުއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 […]

ޔުމްނާ ޢަލީ
ހަނިމާދޫއިން އިތުރު 20 ރެންޑަމް ސާމްޕަލް ނަގައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން އިތުރު 20 ރެންޑަމް ސާމްޕަލް ނަގައިފި

ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އިތުރު 20 ރެންޑަމް ސާމްޕަލްއެއް ނަގައިފިއެވެ. އެރަށުން ވަނީ މިމަހު 25 ވަނަ ދުވަހުގެ ރޭ ވެސް ރެންޑަމް 20 ސާމްޕަލެއް ނަގާފަ އެވެ. އެހުރިހާ ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން […]

ޔުމްނާ ޢަލީ
ހަނިމާދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް! 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް!

ހަނިމާދޫން ފެނުނު ކޯވިޑް-19 ތިން ޕޮޒިޓިވްކޭހާއި ގުޅިގެން އެރަށުގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް ނެގުނު ރެންޑަމް ސާމްޕަލްތައް ނެގެޓިވްވެއްޖެއެވެ. މިމަހުގެ 20 ވަނަ ދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ތިން މައިންގެ ތެރެއިން ދެމައިން ކޯވިޑް-19އަށް ޕޮޒިޓިވްވީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މީހުން ޕޮޒިޓިވްވުމުން އެ މީހުންނާއި ބައްދަލުވި މީހުންގެ ގޮތުގައި 20 މީހެއްގެ ސާމްޕަލް ނެގިއެވެ. އެ ސާމްޕަލްތަކުގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އެއީ ޕޮޒިޓިވްވި […]

ޙުސައިން ޝަހުދީ