މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހަނިމާދޫއިން އަނެއްކާ ވެސް 6 މީހުން ޕޮޒިޓިވް 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން އަނެއްކާ ވެސް 6 މީހުން ޕޮޒިޓިވް

ހދ.ހަނިމާދޫއިން އަނެއްކާ ވެސް 6 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިމަހުގެ 22 ދުވަހު ނެގުނު 121 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 6 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިހާރު ހަނިމާދޫގައި މި ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 56 އެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އެނގިފައި ވަނީ މިމަހުގެ […]

އިބްރާހިމް ޚަލީލް
ހަނިމާދޫން އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫން އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، މިމަހުގެ 21 ދުވަހު ނެގުނު 70 ސާމްޕަލްގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 6 ސާމްޕަލެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ސިއްހީ މަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ކޯވިޑަށް ޕޮޒިޓިވްވީކަން އިނގުނީ މިމަހުގެ 9 ވަނަ ދުވަހުއެވެ. ސިއްހީ މަރުކަޒުން ވިދާޅުވި ގޮތުގައި އެ ދެބެން މިހާރު ވަނީ ބަލިން […]

ޝިއުނާ އާދަމް
ވަކި ބަޔަކު ދަނީ ދޮގު މައުލޫމާތު ފަތުރަމުން، އެކަމުގައި ބައިވެރިވާ ޖަމިއްޔާތަކާއި، ނޫސްތަކަށް ފިޔަވަޅު އަޅާނަން: ހަނިމާދޫ ކައުންސިލް 📍 ހދ. ހަނިމާދޫ

ވަކި ބަޔަކު ދަނީ ދޮގު މައުލޫމާތު ފަތުރަމުން، އެކަމުގައި ބައިވެރިވާ ޖަމިއްޔާތަކާއި، ނޫސްތަކަށް ފިޔަވަޅު އަޅާނަން: ހަނިމާދޫ ކައުންސިލް

ހަނިމާދޫ އެއަރޕޯޓް ޑިވެލޮޕްމަންޓްއަށް ބޭނުންވާ ބިމާބެހޭގޮތުން ހަނިމާދޫގައި ވަކިބަޔަކު އިސްނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެގޮތަށް އަމަލުކުރާ ފަރާތްތަކަށާއި، އެރަށުގެ ކްލަބް ޖަމިއްޔާ ތަކާއި އަދި ބައެއް ނޫސް ތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފިއެވެ. ހަނިމާދޫ ކައުންސިލުން މިހެން ބުނީ މިއަދު އެ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި އާންމުކުރި ނޫސް ބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައި ވަނީ، ހަނިމާދޫ އެއަރޕޯޓް ޑިވެލޮޕްމަންޓްއަށް ބޭނުންވާ ބިމާބެހޭގ...

ޔުމްނާ ޢަލީ
ހަނިމާދޫ ބިމުގެ މައްސަލާގައި މާދަމާ މުޒާހަރާކުރަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ ބިމުގެ މައްސަލާގައި މާދަމާ މުޒާހަރާކުރަނީ

ހަނިމާދޫ މީހުން ދިރިއުޅޭ ސަރަހައްދުން 400000 އަކަފޫޓްގެ ބިމެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ސަރަހައްދުގެ ބައެއްގެ ގޮތުގައި އިތުރުކުރުމަށް ހަނިމާދޫ ކައުންސިލުން މާދަމާ ފާސްކުރަން އުޅޭތީ، އެކަމާއި ނުރުހުން ފާޅުކޮށް މާދަމާ އެރަށުގައި މުޒާހަރާއެއް ކުރަން ތައްޔާރުވާން ފަށައިފިއެވެ. މީގެއިތުރުން އެރަށަށް ނިސްބަތްވާ ގިނަ ބަޔަކު ދަނީ، ބިން ދިނުމާ ދެކޮޅުކަން އަންގައިދީ އެމީހުން ފޭސްބުކް ޕްރޮފައިލް ބަދަލުކޮށް، ނުރުހުންފާޅުކުރުމުގެ އެކި މެސެޖްތައް ދިނުމުގެ ކެމްޕޭނެއްވެސް ހިންގަމުންނެވެ. ހަނިމާދޫ އެއާ...

ޝިއުނާ އާދަމް
ޚަލީލްގެ ކޮލަމް: ހަނިމާދޫ ބިމުގެ މައްސަލައަށް ނަޒަރެއް! 📍 ހދ. ހަނިމާދޫ

ޚަލީލްގެ ކޮލަމް: ހަނިމާދޫ ބިމުގެ މައްސަލައަށް ނަޒަރެއް!

ތިލަދުންމަތީ ދެކުނުބުރީ ހދ. ހަނިމާދޫއަކީ ދިވެހިރާއްޖޭގައި އޮތް ބިމުގެ ގޮތުން ފަސްވަނައަށް އެންމެ ބޮޑު ރަށެވެ. ހދ.އަތޮޅުގައި އާބާދީގެ ގޮތުން ބަލާނަމަ ތިންވަނައަށް އާބާދީބޮޑު ރަށެވެ. ދާދި ފަހަކާއި ޖެހެންދެން އުތުރުގައި އޮތް ހަމައެކަނި އެއާރޕޯޓް އޮތް ރަށަކީ ވެސް ހަނިމާދޫއެވެ. ހަނިމާދޫގެ ބިމުން ބޮޑުބައެއް 1989 ވަނަ އަހަރުން ފަށައިގެން އެއާޕޯޓަށް ވީ ބިމެއްގޮތުގައި އޮތީ ކަނޑައަޅާފައެވެ. އެ ބިން އަދިވެސް އޮތީ އެ ގޮތުގައެވެ. ހަނިމާދޫއަކީ ބިމުގެ ގޮތުން ބޮޑު ރަށެއް ނަމަވެސް މިހާރު […]

އިބްރާހިމް ޚަލީލް
އެއާޕޯޓަށް ބިން އިތުރުކުމަށް ހަނިމާދޫ ކައުންސިލުން މާދަމާ ގޮތް ނިންމަނީ 📍 ހދ. ހަނިމާދޫ

އެއާޕޯޓަށް ބިން އިތުރުކުމަށް ހަނިމާދޫ ކައުންސިލުން މާދަމާ ގޮތް ނިންމަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢުއަށް، ހަނިމާދޫގެ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ބިމުން ބަޔެއް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަރަހައްދަށް އިތުރުކުރުމާމެދު ގޮތެއް ނިންމަން ހަނިމާދޫ ކައުންސިލްގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މިގޮތުން މާދަމާ އޮންނަ ހަނިމާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 6 ވަނަ އާންމު ބައްދަލުވުމުގެ އެޖެނޑާ ނަމްބަރު 3 ގައި ވަނީ ހަނިމާދޫ އެއާޕޯޓްގެ ސަރަހައްދަށް ބިން އިތުރުކުރުމަށް ގޮތެއް ނިންމުމަށް އެޖެންޑާ ކޮށްފައެވެ. “މިނިސްޓްރީ އ...

ޔުމްނާ ޢަލީ
ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 48 އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫން އިތުރު ބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 48 އަށް

ހދ. ހަނިމާދޫން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު 48 ކަށް އަރައިފިއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އިއްޔެ އެރަށުން ނެގުނު 59 ސާމްޕަލްގެ ތެރެއިން، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު 9 ސާމްޕަލް ވަނީ ބައްޔަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެރަށުން އިއްޔެ ވެސް ވަނީ 9 މީހަކު ޕޮޒިޓިވްވެފައެވެ. މި މީހުންނަކީ ޖޫން 19 ވަނަ ދުވަހު ނެގި 59 ސާމްޕަލް ގެ ތެރެއިން ޕޮޒިޓިވްވި 09 މީހެކެވެ. […]

އަޙްމަދު އަރުޝަމް
ހަނިމާދޫގެ ހާލަތު ގޯހުން ގޯހަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ ހާލަތު ގޯހުން ގޯހަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫއިން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، 19 ޖޫން 2021 ގައި ނެގި 59 ސާމްޕަލް ގެ ތެރެއިން 09 ސާމްޕަލް ވަނީ ކޯވިޑް 19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓްވީ 6 ފަރާތަކާއި ރޯގާގެ އަލާމާތް ހުރެގެން ޓެސްޓުކުރި ދެ ސާމްޕަލަކާއި ރެންޑަމް ސާމްޕަލް އެކެވެ. މިއަދު ޕޮޒިޓިވްވި އެންމެންނަކީ ވެސް ހަނިމާދޫ އަށް ނިސްބަތްވާ މީހުންނެވެ. އިތުރު 9 މީހަކު […]

ޔުމްނާ ޢަލީ
ނަފުރަތުގެ އަމަލުގެ ބިލާއިމެދު ހަނިމާދޫގެ ދެ ޖަމްޢިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި

ނަފުރަތުގެ އަމަލުގެ ބިލާއިމެދު ހަނިމާދޫގެ ދެ ޖަމްޢިއްޔާއަކުން ކަންބޮޑުވުން ފާޅުކޮށްފި

ނަފުރަތުގެ އަމަލުތައް ހުއްޓުވުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށައަޅައި، މިހާރު ކޮމެޓީގެ މަރުހަލާގައި އޮތް އެ ބިލާއި މެދު ހަނިމާދޫގެ ދެ ޖަމްޢިއްޔާއަކުން ކަން ބޮޑުވުން ފާޅު ކޮށްފިއެވެ. މި ބިލު މިހާރު އޮތްގޮތަށް ފާސްވެ އެ ބިލަށް ޤާނޫނީ ބާރު ލިބިގެން ގޮސްފިނަމަ ސައްތައިންސައްތަ މުސްލިމުން ދިރިއުޅެމުން އަނަނަ މި މުޖުތަމަޢަށް ކޮށްފާނޭ ނޭދެވޭ އަސަރުތަކާއިމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާން ނެރެފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުންނެވެ. އެ ދެ ޖަމްޢިޢްޔާއިން...

އިބްރާހިމް ޚަލީލް
ހަނިމާދޫގެ އަދަދު މައްޗަށް، އިތުރު 5 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ހަނިމާދޫގެ އަދަދު މައްޗަށް، އިތުރު 5 މީހަކު ޕޮޒިޓިވްވެއްޖެ

ހދ. ހަނިމާދޫއިން އިތުރު 5 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު އަނެއްކާވެސް މައްޗަށް އަރައިފިއެވެ. އެރަށުން އިތުރު 5 މީހަކު ޕޮޒިޓިވްވުމުން މިހާރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 29 އެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، 17 ޖޫން 2021 ވަނަ ދުވަހު ނެގުނު 50 ސާމްޕަލްގެ ތެރެއިން 5 ސާމްޕަލް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށެވެ. އެއީ އަލާމާތް ހުރެގެން ޓެސްޓުކުރި 3 ފަރާތަކާއި ކަރަންޓީން ކޮށްފައިހުރި […]

ޔުމްނާ ޢަލީ
ހަނިމާދޫއިން ކޯވިޑަށް އިތުރު 11 މީހުން ޕޮޒިޓިވްވެ، އެކްޓިވްކޭސް 24 އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ކޯވިޑަށް އިތުރު 11 މީހުން ޕޮޒިޓިވްވެ، އެކްޓިވްކޭސް 24 އަށް

ހދ. ހަނިމާދޫއިން އިތުރު 11 މީހަކު ކޯވިޑަ-19 އަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދު 24 އަށް އަރައިފިއެވެ. ހަނިމާދޫއިން ސިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މިއަދު ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ނެގުނު 60 ސާމްޕަލްގެ ތެރެއިން މިއަދު ނަތީޖާ ލިބުނު 58 ސާމްޕަލުގެ ތެރެއިން 11 ސާމްޕަލެކެވެ. ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ މީގެކުރިން ހަނިމާދޫއިން މި ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ […]

އިބްރާހިމް ޚަލީލް
ކުޅުދުއްފުށިން އިތުރު 3 މީހުން އަދި ހަނިމާދޫއިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ 📍 ހދ. ހަނިމާދޫ

ކުޅުދުއްފުށިން އިތުރު 3 މީހުން އަދި ހަނިމާދޫއިން އިތުރު 2 މީހުން ޕޮޒިޓިވްވެއްޖެ

ކުޅުދުއްފުށި ސިޓީއިން އިތުރު 3 މީހުން އަދި ހަނިމާދޫއިން އިތުރު 2 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކޭސްތަކާއި ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ 16 ޖޫން 2021 ވީ ބުދަ ދުވަހުގެ ހެނދުނު ނެގުނު 12 ސާމްޕަލުގެ ތެރެއިން 3 ސާމްޕްލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ އެ ރަށު ސީކުއީން ބޯޓުން ޕޮޒިޓިވް ވީ މީހުންނާއި ގުޅުންހުރި އަދި މި ބަލީގެ އަލާމާތް ހުރެގެން […]

އިބްރާހިމް ޚަލީލް
ހަނިމާދޫން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 12 އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 12 އަށް

ހދ. ހަނިމާދޫއިން އިތުރު ތިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސް ތަކުގެ އަދަދު 12 އަށް އަރައިފިއެވެ. ހަނިމާދޫ މި މަހުގެ ނުވަވަނަ ދުވަހު އެޗްޕީއޭއިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެ ކޭސްތަކާއި ގުޅިގެން އިތުރަށް އެ ދުވަހު ނެގުނު 32 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލެއް މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އެ ދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި […]

އިބްރާހިމް ޚަލީލް
ހަނިމާދޫއިން ސިފައިންގެ ދެ މީހަކު ޖޫރިމަނާކޮށް ކަރަންޓީނަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ސިފައިންގެ ދެ މީހަކު ޖޫރިމަނާކޮށް ކަރަންޓީނަށް

ހދ. ހަނިމާދޫގައި ކަރަންޓީން ކޮށްފައިވާ ގެއަކަށް ހުއްދަ ނުހޯދާ ސިފައިންގެ ދެ ބޭފުޅަކު ވަތް މައްސަލައެއް ފެންމަތިވެއްޖެއެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ހަނިމާދޫ ޕޯސްޓްގައި މަސައްކަތް ކުރައްވާ ސިފައިންގެ މި ދެ ބޭފުޅުން ވަދެފައިވަނީ ހަނިމާދޫ، ނޫވިލު ކިއާ ގެއަކަށެވެ. އެ ގެއަކީ މި މަހުގެ ފަސްވަނަ ދުވަހު ހަނިމާދޫއިން ކޯވިޑަށް ޕޮޒިޓިވްވި، ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ޑރ. ވަހީދު ގެ ތިން ބޮޑީގާޑުން ކަރަންޓީން ކުރެވިފައިވާ ގެއެވެ. މިއަދުގެ ވަގުތެއްގައި މި މައްސަލަ ފެންމަތިވެފައިވާއިރު، […]

ޔުމްނާ ޢަލީ
ހަނިމާދޫ އެއާޕޯޓް ހިންގާނީ ސަރުކާރުން: ފައްޔާޒް 📍 ހދ. ހަނިމާދޫ

ހަނިމާދޫ އެއާޕޯޓް ހިންގާނީ ސަރުކާރުން: ފައްޔާޒް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަނީ އިންޑިއާގެ ލޯނެއްގެ ދަށުން ކަމަށްވިޔަސް، އެ އެއާޕޯޓް ހިންގާނީ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަކީ އިންޑިއާގެ އެގްޒިމްބެންކުގެ ލޯނު ފައިސާއިން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2,460 މީޓަރުގެ އާ ރަންވޭއަކާއި 111,000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ޢިމާރާތް...

ތިލަދުން