📍 ހދ. ހަނިމާދޫ
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް 2023 ޖޫންގެ ނިޔަލަށް ނިމޭނެ
1.3 މިލިއަން މީހުންނަށް ޚިދުމަތް ދެވޭހެން ތަރައްޤީކުރުމަށް ނިންމާފައިވާ، “ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް” ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޓައިމްލައިން ސަރުކާރުން މިއަދު އާންމުކޮށްފި އެވެ. މިގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއިން މިއަދު އާންމު ކުރެއްވި ޓައިމްލައިންގައިވާ ގޮތުން މި މަޝްރޫޢުގެ މަސައްކަތް 2023 ވަނަ އަހަރުގެ ޖޫން 29ގެ ނިޔަލަށް ނިންމާލާނެއެވެ. މި މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓާއި ޕްރީކޮލިފިކޭޝަން މަސައްކަތް މިހާރު ނިންމާފައިވާއިރު، މި މަޝްރޫއުގެ ޓޭންޑާ މަސައްކަތ...