މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ތިލަދުންމަތީގެ އިޤްތިސާދު ހިންގާލެވޭނީ، ހަނިމާދޫ އެއާރޕޯޓް ތަރައްޤީ ކޮށްގެން: އަމީން 📍 ހދ. ހަނިމާދޫ

ތިލަދުންމަތީގެ އިޤްތިސާދު ހިންގާލެވޭނީ، ހަނިމާދޫ އެއާރޕޯޓް ތަރައްޤީ ކޮށްގެން: އަމީން

ތިލަދުންމަތީގެ އިޤްތިސާދު ހިންގާލުމަށް އެންމެ ފަސޭހަ މަގަކީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް ތަރައްޤީ ކޮށްގެންކަމަށް ހދ. އަތޮޅު ކައުންސިލްގެ ނައިބް ރައީސް، އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެއްޖެ އެވެ. އަމީން މިހެން ވިދާޅުވީ، “އުތުރުގެ ތަރައްޤީއާ ގުޅިފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާރޕޯޓް” މިސުރުހީގެ ދަށުން މީސްމީޑިޔާގައި ހިއްސާ ކުރެއްވި ލިޔުމެއްގަ އެވެ. މިލިޔުމުގައި އަމީން ވިދާޅުވެފައި ވަނީ، އުތުރުގެ ތަރައްޤީ އާއި ހަނިމާދޫ އެއާރޕޯޓް ފުރިހަމަ އިންޓަނޭޝަނަލް އެއާރޕޯޓް...

އަލީ އާދިލް
ހަނިމާދޫ ޑަބްލިއުޑީސީން އެ ރަށުގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޑަބްލިއުޑީސީން އެ ރަށުގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފި

ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ  ކޮމެޓީގެ ފަރާތުން ހަނިމާދޫގައި ބާބެކިއު ސަރަހައްދެއް ތަރައްޤީކޮށް ހުޅުވައިފިއެވެ. ހަނިމަދޫ އުތުރު އަވަށު އަތިރިމަތީގައި ތަރައްޤީކޮށްފައިވާ ބާބެކިއު ސަރަހައްދު ރަސްމީކޮށް ހުޅުވާފައި ވަނީ މިއަދުއެވެ. އެ ސަރަހައްދު ރަސްމީކޮށް ހުޅުވައި ދެއްވީ ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނެވެ. އެ ސަރަހައްދު ހުޅުވުމުގެ ގޮތުން މިއަދު މެންދުރު 13:00 ގައި އެ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ހަނިމާދޫގެ ގިނަ އަދަދެއްގެ ބަޔަ...

އިބްރާހިމް ޚަލީލް
ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގު ހެދުމުގެ މަސައްކަތް ނިމުމަކާ ގާތަށް

ހދ. ހަނިމާދޫ މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މަގު ހެދުމުގެ މަސައްކަތުގެ 98 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި ޕަމްޕް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި، މަގުގައި ދަވާދު ލުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 16,518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކޮށް، 38,916 އަކަ […]

އަޙްމަދު ވަހީދު
ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި 505 ފޯމް 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް އެދި 505 ފޯމް

ހަނިމާދޫއިން މީހުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 200 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން 505 ފަރާތަކުން ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހަޅާފައިވާ ކަމުގައި ހަނިމާދޫ ކައުންސިލުން ހާމަކޮށްފިއެވެ. ހަނިމާދޫ ކައުންސިލުން މިއަދު ގޯއްޗަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައިވާއިރު، މި ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ 12 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ލިޔުމަކުން ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. ހަނިމާ...

އިބްރާހިމް ޚަލީލް
ހަނިމާދޫގައި ކުޑަކުދިންގެ ޕާރކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކުޑަކުދިންގެ ޕާރކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ހަނިމާދޫގައި ކުޑަކުދިންގެ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މި ކަމަށް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، 10 މެއި 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 އަށް  ހަނިމާދޫ ކައުންސިލް އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ. އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 19 މެއި 2022 ވާ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ދާލަ ކުލާހުގެ ޤުރުއާން މުބާރާތް ބާއްވައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ދާލަ ކުލާހުގެ ޤުރުއާން މުބާރާތް ބާއްވައިފި

ހދ. ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުނ އަންނަ ކުލާހެއް ކަމަށްވާ “ދާލަ” ކުލާހުގެ ދަރިވަރުންނަށް ހާއްސަކޮށްގެން، އެ ކުލާހުން ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ. މި މުބާރާތެއް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް ހިތްވަރު ދިނުމާއި، ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާނަށް ޝަޢުޤުވެރިކަން އުފެއްދުމުގެ އިތުރުން ޤުރުއާން ކިޔެވުމުގެ ފަންނު ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުން ކަމަށެވެ. މި މަހުގެ 23 ވީ ހޮނިހިރު ދުވަހު ދާލަ ކުލާ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ކެތިއަރާ ޖަމިއްޔާގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކެތިއަރާ ޖަމިއްޔާގެ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ހަނިމާދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ކެތިއަރާ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން މި އަހަރުގެ ފިތުރު ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރު މުބާރާތުގައި ބޮޑެތި މީހުންނަށް ހާއްސަކުރާ ބައިގައި އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭއިރު، ކުޑަކުދިންނަށް ހާއްސަކުރާ ބައިގަ ވެސް އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނެއެވެ. ކެތިއަރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިގައިވާ “ހަނިމާދޫ ކައުންސިލް ޤުރުއާން މުބާރާތް 1443” ގައި ބައިވެރި ވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގައި ދިރިއުޅޭ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނާއި މެދު ޝައުޤު އުފެއްދުމާއި ލޯބި އިތުރުކޮށް ކިޔެވުމުގެ ރޫޙު އާލާކުރުމާއި، ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތި ރާގުގައި ޤުރްއާން ކިޔަވާ ދިވެހި ދަރިންތަކެއް އުފެއްދުމާއި އަދި އެކަމަށް...

އިބްރާހިމް ޚަލީލް
ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް 📍 ށ. މިލަންދޫ

ހަނިމާދޫ އާއި މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް

ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން، 7 ރަށެއްގައި 30 އެނދުގެ ހޮސްޕިޓަލު އަޅަން ބީލަމަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިރޭ ކުރީ އިޢުލާނެއްގައި ބުނެފައިވަނީ، ކުވެއިތް ފަންޑް ފޯރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ)ގެ އެހީގެ ދަށުން ސްޓްރެންތެނިންގ އޮފް ހެލްތް ސެކްޓަރ ޕްރޮޖެކްޓު ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމާ އިޢުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާރޗް މަހުގެ […...

އަލީ އާދިލް
ހަނިމާދޫއާއި އިންޑިއާއާ ދެމެދުގެ ދަތުރުތައް އަލުން ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫއާއި އިންޑިއާއާ ދެމެދުގެ ދަތުރުތައް އަލުން ފަށަނީ

ހދ. ހަނިމާދުއާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ކުރަމުން އައި ދަތުރުތައް އަލުން ފަށަން ގައުމީ އެއާލައިން، މޯލްޑިވިއަން އިން ނިންމައިފިއެވެ. އެ އެއާލައިނުން ބުނީ މި ދަތުރުތައް އަލުން ފަށާނީ އަންނަ މެއި މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކަމަށެވެ. ހަނިމާދުއާއި ޓްރިވެންޑްރަމާ ދެމެދު ކުރަމުން އަންނަ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ ފެށޭ އަގަކީ 310 ޑޮލަރު (4،780ރ.)އެވެ. މޯލްޑިވިއަންގެ ވެބްސައިޓުންނާއި މޯބައިލް އެޕްލިކޭޝަނުން މިހާރުން ފެށިގެން ބުކިން ހެދޭނެއެވެ.

އަޙްމަދު ވަހީދު
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ހިންގައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ހިންގައިފި

ހދ.ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ހަރަކާތްތެރިވާނެ ގޮތް ވަޒަން ކުރުމަށް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. މި އެކްސަސައިޒް ބާއްވާފައިވަނީ 09 މާޗް 2022 ވީ ބުދަ ދުވަހުގެ ރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ރާއްޖޭގައި ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒެއް ރޭގަނޑު ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ. ހަނިމާދޫ އެއަރޕޯޓުގައި ހިނގާފާނެ ކުއްލި ހާދިސާއެއްގައި ކަމާބެހޭ ފަރާތްތައް ހަރަކާތްތެރިވާން ޖެހޭ ގޮތް ބަޔާންކޮށްފައިވާ ”އެއާޕޯޓް އިމަޖެ...

އިބްރާހިމް ޚަލީލް
ހަނިމާދޫ މަގު ހަދައި ނިމެނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ މަގު ހަދައި ނިމެނީ

ހދ. ހަނިމާދޫ މަގުހަދައި ނިމެން ކައިރިވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ މަސައްކަތުގެ 93 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، ސަބްބޭސް އާއި ސަބްގްރޭޑިން އާއި ތާރުއެޅުން އަދި ހިނގާ ސަރަހައްދުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރަމުން އަންނަނީ މަގުބައްތިއާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 16،518 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުމާއި، […]

އަޙްމަދު ވަހީދު
ހަނިމާދޫގައި ކުނިކޮށި އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ކުނިކޮށި އަޅައިދޭނެ ފަރާތެއް ހޯދަނީ

ހދ. ހަނިމާދޫގައި ކުނިކޮށި އަޅެމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އިއްޔެ އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކުނިކޮށި އަޅެމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅިގެން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 15 މާޗް […]

އިބްރާހިމް ޚަލީލް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީކޮށް ނިންމާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްޤީކޮށް ނިންމާލައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް، ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ މަސައްކަތް އެ ޖަމިއްޔާއިން ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން އެ ޖަމިއްޔާއިން ވަނީ ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެ ލައިބްރަރީގައި ރީޑިން ކޯނާއެއް ތަރައްޤީ ކޮށް، ފޮތް ބެހެއްޓުމަށް އެކި...

އިބްރާހިމް ޚަލީލް
ފިނޭ އަންހެނުންގެ ކޮމިޓީން ހައްދާފައިވާ ބަރަބޯ ބާޒާރަށް ނެރެފި 📍 ހދ. ފިނޭ

ފިނޭ އަންހެނުންގެ ކޮމިޓީން ހައްދާފައިވާ ބަރަބޯ ބާޒާރަށް ނެރެފި

ހދ. ފިނޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެރަށުގައި ހައްދަމުންދާ ދަނޑުތަކުގައިވާ ބައެއް ބާވަތްތައް ބާޒާރަށް ނެރެފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ފިނޭ އަންހެނުންގެ ކޮމިޓީގެ ނައިބު ރައީސާ ޝަކީބާ އަލީ ވިދާޅުވީ މިމަސައްކަތަކީ އެކޮމިޓީއަށް އާމްދާނީ ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މިހާތަނަށް އެދަނޑުތަކުގައި ހައްދާފައިވާ ތަކެތީގެ ތެރޭގައި ބަރަބޯ، ދަނޑި އަލުވި، ރަންގު ކައްޓަލައިގެ އިތުރުން...

އައިޝަތު ނަސާޔާ