މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ހިރިމަރަދޫ މީހުން ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ބޭއްވުނު މަޝްވަރާތައް ވަރަށް ކާމިޔާބު: ވަޒީރު 📍 ހދ. ހަނިމާދޫ

ހިރިމަރަދޫ މީހުން ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ބޭއްވުނު މަޝްވަރާތައް ވަރަށް ކާމިޔާބު: ވަޒީރު

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ހަނިމާދޫގައި ކުރިއަށް ގެންދެވުނު މަޝްވަރާތައް ވަރަށް ކާމިޔާބު ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު އިއްޔެ ވަނީ ހަނިމާދޫއަށް ވަޑައިގެން، ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ. އެ ބައްދަލުވުމަށް ފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ...

އިބްރާހިމް ޚަލީލް
ހދ.އޭއީސީގެ ސެން ކުލާހުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތެއް 📍 ހދ. ހަނިމާދޫ

ހދ.އޭއީސީގެ ސެން ކުލާހުގެ ދަރިވަރުން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތެއް

ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެން ކުލާހުގެ ދަރިވަރުން އެ އަތޮޅު ހަނިމާދޫގައި ހުންނަ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރާތްކޮށް މައުލޫމާތު ހޯދައިފިއެވެ. އަދި ދަރިވަރުންނާ އެކީ 13 މުދައްރިއްސުންވެސް ވަނީ ބައިވެރިވެފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަގުސަދަކީ އެގްރިކަލް ސެންޓަރުގައި ހުރި ތަފާތު ގަސްގަހާގެއްސާއި ގުޅޭ މަޢުލޫމާތު ހޯދައި، ގަސް ހައްދާނެ ގޮތް ގޮތާއި ގަހަށް ދޭން ޖެހޭނެ އަޅާލުން ފަދަ ކަންކަން ދިރާސާ ކުރުމެވެ. އެގްރިކަލްޗަރ ސެންޓަރުގެ އިތުރުން ދަރިވަރުން ވަނީ ހަނިމާދޫ ސްކޫލަށް އަދި […]

އައިޝަތު އައިނީ އާމިރު
ހަނިމާދޫގައި ބޭއްވި "އިގްރައު" ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ބޭއްވި "އިގްރައު" ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ “އިގްރައު” ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. އިގްރައު ޕްރޮގްރާމަކީ ހަނިމާދޫގައި ޤުރުއާން ކިޔަވާކުދިންގެ، ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށާއި ކުދިންނަށް އަދަބު އަހުލާގު ދަސްކޮށްދީ އިމާމުވެ ނަމާދުކުރަން ބޭނުންވާ ކުދިންނަށް އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ފާއިތުވި އަހަރުގެ އޮކްޓޯބަރ މަހުގެ 1...

އިބްރާހިމް ޚަލީލް
ހަނިމާދޫއަށް ޑްރަގް އެތެރެކުރަން އުޅުނުކަަމަށް ތުހުމަތުވާ ބަޔަކު ހައްޔަރުކޮށްފި

ހަނިމާދޫއަށް ޑްރަގް އެތެރެކުރަން އުޅުނުކަަމަށް ތުހުމަތުވާ ބަޔަކު ހައްޔަރުކޮށްފި

ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުނުކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުނުކަމުގެ ތުހުމަތުގައި އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކުހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ / މޯނިންގސަން، ފާޠިމަތު ޝާޙާ ޙަސަ...

ޔުމްނާ ޢަލީ
ހަނިމާދޫގައި ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ ދެމައިން ހައްޔަރުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫގައި ޑްރަގްގެ ވިޔަފާރިކުރަމުން ދިޔަ ދެމައިން ހައްޔަރުކޮށްފި

ހދ. ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ އިދާރާގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ފެބުރުވަރީ 12 ވަނަ ދުވަހު ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަ...

ޔުމްނާ ޢަލީ
ބޭންކެއް އަޅަން ހަނިމާދޫން ހިލޭ ބިން ދެނީ 📍 ހދ. ހަނިމާދޫ

ބޭންކެއް އަޅަން ހަނިމާދޫން ހިލޭ ބިން ދެނީ

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް އަޅަން ބޭނުންވާ، ބޭންކަކަށް ހިލޭ ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. އެ ކައުންސިލުން މި ނިންމުން ނިންމާފައިވަނީ އިއްޔެ ބޭއްވި ކައުންސިލްގެ 166 ވަނަ އާންމު ބައްދަލުވުމުގައެވެ. ހަނިމާދޫގައި ބޭންކެއްގެ ބްރާންޗެއް ގާއިމްކުރަން ބޭނުންވާ ބޭންކަކަށް 3000 އަކަފޫޓުގެ ބިމެއް 50 އަހަރު ދުވަހުގެ މުއްދަތަށް ހިލޭ ދޫކުރުމަށް ކައުންސިލުގެ ޖަލްސާއިން ނިންމާފައިވަނީ ބައިވެރިވި 5 މެމްބަރުންގެ އިއްތިފާގުންނެވެ. މިކަމާއި ގުޅޭގޮތުން މި ނޫހަށް...

އިބްރާހިމް ޚަލީލް
ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުން އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ: އަތޮޅު ކައުންސިލް 📍 ހދ. ހިރިމަރަދޫ

ހިރިމަރަދޫ މީހުން ހަނިމާދޫއަށް ބަދަލުކުރުމުން އަތޮޅުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނެ: އަތޮޅު ކައުންސިލް

ހދ.ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަކީ އަތޮޅު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދޭނޭ ނިންމުމެއް ކަމުގައި އެ އަތޮޅު ކައުންސިލުން ބުނެފިއެވެ. ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ އިއްޔެ ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި އެއްވެސް ފަރާތަކުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ. ސަރުކާރުގެ މި ނިންމުމާއި ގުޅިގެން މިއަދު ހދ.އަތޮޅު ކައުންސިލުން ނ...

އަލީ އާދިލް
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި 📍 ހދ. ހަނިމާދޫ

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި

ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ “ހިރިމަރަދޫގެ ރައްޔިތުން އެދުނު ގޮތަށް” އެ ރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. ހިރިމަރަދޫގެ އާބާދީ ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުން އެ ރަށު މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް ސަރުކާރުގައި އެދެމުން އަންނަތާ މިހާރު ވަނީ އެތައް އަހަރެއް ވެފައެވެ. އެކަމާ...

އިބްރާހިމް ޚަލީލް
ފަތުރުވެރިކަމުގެ ވިޔަފާރިއަށް އަނެއްކާވެސް ހަނިމާދޫއިން ބިން ދޫކުރަނީ 📍 ހދ. ހަނިމާދޫ

ފަތުރުވެރިކަމުގެ ވިޔަފާރިއަށް އަނެއްކާވެސް ހަނިމާދޫއިން ބިން ދޫކުރަނީ

ފަތުރުވެރިކަމުގެ ވިޔަފާރިއަށް ހަނިމާދޫއިން ބިން ދޫކުރުމަށް ނިންމައި އެ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ފަރުތުވެރިކަމުގެ ވިޔަފާރިއަށް މިފަހަރު އެ ރަށުން ދޫކުރަން ނިންމާފައި ވަނީ 5000 އަކަފޫޓުގެ 9 ބިމެކެވެ. ބިންތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ 50 އަހަރު ދުވަހުގެ މުއްދަތަށެވެ. އެ ބިންތަކުގެ ތެރެއިން ތިން ބިމެއް ދޫކުރަނީ އެ ރަށުގެ އުތުރުކޮޅުގައި ޓުއަރިޒަމް ޒޯންގެ ގޮތުގައި ލޭންޑްޔޫސް ޕްލޭންގައި ހިމަނާފައިވާ ސަރަހައްދުންނެވެ. ބާކީ ހަ ބިން ދޫކުރަން ނިންމާފައި...

އިބްރާހިމް ޚަލީލް
ޖަޕާނުގެ ތެރުކޯ ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި ތަޖުރިބާ 📍 ހދ. ހަނިމާދޫ

ޖަޕާނުގެ ތެރުކޯ ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި ތަޖުރިބާ

ޖަޕާނުގެ ތަރުކާރީ ރާއްޖޭގައި ހެދޭތޯ ބެލުމަށް، ޖަޕާނު ވޮލަންޓިއަރެއް ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ. މި ދިރާސާއަކީ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސް (ޖޭއޯސީވީ) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ގުޅިގެން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ޖޭއޯސީވީގެ ވޮލެންޓިއަރެއް ކަމަށްވާ މިސް ތެރުކޯ ވަނީ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޖަޕާނުގެ ތަރުކާރީ ހެއްދުމަށް އެއް އަހަރާއި ހަމަސް...

އިބްރާހިމް ޚަލީލް
ސާއްބަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަހުލީ އަށް 📍 ހދ. ހަނިމާދޫ

ސާއްބަ ކަޕްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް އަހުލީ އަށް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ދެވަނަ ފަހަރަށް އަހުލީން ކާމިޔާބު ކޮށްފިއެވެ. ރޭ ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ރޫހް އާއި އަހުލީއެވެ. މި މެޗު އަހުލީން ކާމިޔާބު ކޮށްފައި ވަނީ ރޫހުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ […]

އިބްރާހިމް ޚަލީލް
ސާއްބަ އެނިވާސަރީ ކަޕް ފައިނަލުގައި އަހުލީ އާއި ރޫހް 📍 ހދ. ހަނިމާދޫ

ސާއްބަ އެނިވާސަރީ ކަޕް ފައިނަލުގައި އަހުލީ އާއި ރޫހް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ފައިނަލުން އަހުލީ އާއި ރޫހް ފުރުސަތު ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އިއްޔެ ކުޅެފައިވާއިރު، ފުރަތަމަ ސެމީގައި އިއްޔެ ހަވީރު ބައްދަލު ކޮށްފައި ވަނީ ރޫހް އާއި ޔުނީފޯމެވެ. މެޗު 3-0 ލަނޑުން ކާމިޔާބުކޮށް ފައިނަލުން ޖާގަ ހޯދީ ރޫހް އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ރޫހްގެ އަބްދުﷲ މުހައްމަދެވެ. ސެމީ ފައިނަލް ދެވަނަ މެޗުގައި […]

އިބްރާހިމް ޚަލީލް
ސާއްބަ ކަޕް ސެމީގައި އަހުލީއާއި ރިއްލަ ސްޓާސް އަދި ޔުނީފޯމާއި ރޫހް 📍 ހދ. ހަނިމާދޫ

ސާއްބަ ކަޕް ސެމީގައި އަހުލީއާއި ރިއްލަ ސްޓާސް އަދި ޔުނީފޯމާއި ރޫހް

ހަނިމާދޫ ސާއްބަ އެކުވެރި ކުލަބުން އިންތިޒާމް ކޮށްގެން ބާއްވާ “ސާއްބަ އެނިވާސަރީ ކަޕް 2024” ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ. މުބާރާތުގެ ސެމީ ފައިނަލުން ރޫހް ޓީމުން ޖާގަ ހޯދާފައި ވަނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ގްރޫޕް އޭގެ ދެވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދި އަހުލީއެވެ. ގްރޫޕް ބީގެ އެއްވަނަ ހޯދާފައި ވަނީ […]

އިބްރާހިމް ޚަލީލް
މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭ ހަނިމާދޫ އެއާޕޯޓްގެ ހިދުމަތް ފަށަނީ 📍 ހދ. ހަނިމާދޫ

މަސައްކަތް ނިންމާ އަންނަ އަހަރު މެދުތެރޭ ހަނިމާދޫ އެއާޕޯޓްގެ ހިދުމަތް ފަށަނީ

އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ފޯރުކޮށްދެވޭ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމާ އަންނަ އަހަރުގެ މެދުތެރޭގައި ހިދުމަތް ފެށޭނެ ކަމުގައި ރީޖަނަލް އެއަޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ. އެ އެއާޕޯޓްގެ އަމަލީ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، ކާގޯ ޓާމިނަލުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ މިހާރު ނިމިފައެވެ. އެ އެއާޕޯޓުގައި ތަރައްގީކުރާ ޓަވަރުގެ 88 އިންސައްތް މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެ...

އިބްރާހިމް ޚަލީލް
ވަޒީރު މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރަށްވައި ރުކުމަޑި ކޮންޓްރޯލްކުރާ ޓީމާއި ބައްދަލުކުރައްވައިފި 📍 ހދ. ހަނިމާދޫ

ވަޒީރު މާރިޔާ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރަށްވައި ރުކުމަޑި ކޮންޓްރޯލްކުރާ ޓީމާއި ބައްދަލުކުރައްވައިފި

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އާއި ވަގުތީގޮތުން ހަވާލުވެހުންނެވި މިނިސްޓަރ ޑރ.މަރްޔަމް މާރިޔާ މިއަދު ހދ. ހަނިމާދޫއަށް ވަޑައިގެން “އެސިސްޓެންޓް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް” ޕްރޮޖެކްޓް ހަވާލުކުރެވިފައިވާ ޗައިނީސް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސެސް (ކެޓަސް)ގެ ފަންނީ ޓީމާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ކެޓަސްގެ ކުރު ތަޢާރަފަކާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ވަނީ މިނިސްޓަރާ ހިއްސާކުރެވާފައެ...

އިބްރާހިމް ޚަލީލް