މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ހަނިމާދޫ (781 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
781 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހަނިމާދޫގެ އެންމެ ފަހުގެ ޚަބަރުތައް

781 ޚަބަރުގެ ތެރެއިން
ވަގަށް ޗޮކުލެޓު ކައިގެން 15 ދުވަހަށް ބަންދުކުރީ، އާންމުކޮށް ހޮޓާތަކުން ކައިގެން ފިލާ މީހެއް! 📍 ހދ. ހަނިމާދޫ

ވަގަށް ޗޮކުލެޓު ކައިގެން 15 ދުވަހަށް ބަންދުކުރީ، އާންމުކޮށް ހޮޓާތަކުން ކައިގެން ފިލާ މީހެއް!

ރެޑްވޭވް ޕްލާޒާއިން 14 ރުފިޔާގެ ޗޮކުލެޓެއް ވަގަށް ނަގައި ކެއުމުގެ މައްސަލައިގައި ހދ. ހަނިމާދޫ، ޝުރައިޚު ޝަރީފް (37 އަހަރު) 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. މިއީ މީގެ ކުރިންވެސް ހޮޓާތަކުން ކައިގެން ބިލު ނުދައްކައި ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވެއެވެ. މި މައްސަލައިގައި ޝުރައިޚު ވަނީ ރެޑްވޭވް ޕްލާޒާއަށް ވަދެ، “ސްކިނާ” ބްރޭންޑުގެ 50 ގްރާމްގެ ޗޮކުލެޓެއް ވަގަށް ނަގައި، އެ ކާލުމަށްފަހު އޭގެ ކަރުދާސްގަނޑު ޖީބަށް ލައިފައެވެ. މި މަންޒަރު ފިހާރައިގެ […]

އަލީ އާދިލް
ހަނިމާދޫއިން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައިފި 📍 ހދ. ހަނިމާދޫ

ހަނިމާދޫއިން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި އޮންނަ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ސީދާ ދަތުރުތައް މޯލްޑިވިއަން އިން ފަށައިފިއެވެ. ހަނިމާދޫއިން ސީދާ ބެންގަލޫރަށް ދަތުރުތައް މޯލްޑިވިއަން އިން އިއްޔެ (15 މެއި 2025) ފަށާފައިވާއިރު، ރާއްޖޭގެ އުތުރުގައި ބައިނަލްއަގުވާމީ ދަތުރުފަތުރު ފުޅާކުރުމަށް އެޅިގެންދިޔަ މި މުހިންމު ފިޔަވަޅު މޯލްޑިވިއަނުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ހަނިމާދޫއިން ބެންގަލޫރަށް ދަތުރުކުރި ފުރަތަމަ ފްލައިޓުގައި ދަތުރުކުރި ފުރަތަމަ ފަސިންޖަރުންނަށް ހޫނު މަރު...

އިބްރާހިމް ޚަލީލް
ޖުލައި މަހުގެ ނިޔަލަށް ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިންމަނީ 📍 ހދ. ހަނިމާދޫ

ޖުލައި މަހުގެ ނިޔަލަށް ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ނިންމަނީ

މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމުމަށް އަމާޒު ހިފާފައިވާ ކަމުގައި ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ވިދާޅުވެއްޖެއެވެ. މުބީން މިހެން ވިދާޅުވެފައިވަނީ ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާއި މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ. މުބީން ވިދާޅުވީ މީހާތަނަށް އެއާޕޯޓްގެ ރަންވޭއާއި އޭޕްރަން އަދި އެއާޕޯޓާއި ގުޅޭ މަގުގެ މަސައްކަތާ އެމްއެންޑީއެފް ބްލޮކްގެ ހުރިހާ މަ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ކައުންސިލް އޮފީސްތަކުގެ ފުޓްސަލަ މުބާރާތުގެ ތަށި ހަނިމާދޫ އެއާޕޯޓުން ކާމިޔާބުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ކައުންސިލް އޮފީސްތަކުގެ ފުޓްސަލަ މުބާރާތުގެ ތަށި ހަނިމާދޫ އެއާޕޯޓުން ކާމިޔާބުކޮށްފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އިންތިޒާމް ކޮށްގެން، ހަނިމާދޫގައި ހުންނަ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބޭއްވި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގެ ފައިނަލުމެޗު ރޭ ހަނިމާދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ވާދަކޮށްފައި ވަނީ އެއާޕޯޓާއި ފެނަކައެވެ. އެއާޕޯޓުން ފައިނަލް މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއިން ފެނަކަ ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެއ...

އިބްރާހިމް ޚަލީލް
މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު 📍 ހދ. ހަނިމާދޫ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހަނިމާދޫ އާއި ފިއްލަދޫއިން 5 މީހަކު ހައްޔަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ހދ.ހަނިމާދޫ އާއި ހއ.ފިއްލަދޫއިން 5 މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މިމަހު 29 ވަނަ ދުވަހު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އަޕަރ ނޯތު ޕޮލިހާއި ޑްރަގް އެންފޯސްމަންޓު އަދި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް އާއި ގުޅިގެން ހދ. ހަނިމާދޫއާއި ހއ. ފިއްލަދޫ ގައި ދެ އޮޕްރޭޝަނެއް ހިންގާފައިވާކަމަށެވެ. މި އޮޕަރޭޝަންތަކުގައި މަސްތުވަތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 5 މީހަކ...

އައިޝަތު އައިނީ އާމިރު
ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެ، ހަނިމާދޫގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ

ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެ، ހަނިމާދޫގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ

ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ރޯވެ، ހދ. ހަނިމާދޫގެ ދެކުނުން ކަރަންޓް ކެނޑިއްޖެއެވެ. ހަނިމާދޫން ކަރަންޓް ކެނޑިފައި ވަނީ އެރަށުގެ ދެކުނު ސަރަހައްދުގައި ހޮނޑައިދޫ އާއި ހަތިފުށިން ހިޖުރަކުރި މީހުން ދިރިއުޅޭ ސަރަހައްދުންނެވެ. ހަނިމާދޫން ވާހަކަދެއްކި މީހަކު ބުނީ ކަރަންޓް ދިޔަވަގުތު ބައެއް ގޭތަކުގައި ހުރި އިލެކްޓްރޯނިކް ތަކެތިން އަލިފާން އަރައި، ގިނަ އަދަދެއްގެ ތަކެތި އަނދައި ގެއްލުންވެފައިވާ ކަމަށެވެ. ’’ކަރަންޓް ވަރަށް ދަށްކޮށްލިބޭތާ ދުވަސްތަކެއް ފަހުން މިހެން މިވީ’’ އެރަށުން ވާހަކަދެއްކި މީހާ ބުންޏެވ...

ޔުމްނާ ޢަލީ
މާނިއު އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް މިދަނީ ފޯރުކޮށްދެމުން: ފިލިޕީންސްގެ އެކަޑަމީ 📍 ހދ. ހަނިމާދޫ

މާނިއު އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް މިދަނީ ފޯރުކޮށްދެމުން: ފިލިޕީންސްގެ އެކަޑަމީ

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށް ތަމްރީނުގެ ތެރޭ ލިބުނު އަނިޔާއާއި ގުޅިގެން ހުރިހާ ގޮތަކުން ވެސް މާނިއުއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށް މާނިއު ތަމްރީނު ހަދަމުންދާ ފިލިޕީންސްގެ އެއާވޯކްސް އޭވިއޭޝަން އެކަޑަމީން ބުނެފިއެވެ. 12 އޭޕްރިލް 2025 ވަނަ ދުވަހު ހެނދުނު ހިނގި މި އެކްސިޑެންޓުގައި މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނިން ހެެދުމަށް މަތިންދާ ބޯޓު ދުއްވުމަށްފަހު ފޭބި ވަގުތު ބޮލަށް އެނބުރުން އަރައިގެން ބޯޓުގެ ބުރަފައްޗާ ދިމާއަށް […]

ޔުމްނާ ޢަލީ
ހަނިމާދޫ - ބެންގަލޫރު ދެކޮޅު ޓިކެޓަށް 6140 ރުފިޔާ 📍 ހދ. ހަނިމާދޫ

ހަނިމާދޫ - ބެންގަލޫރު ދެކޮޅު ޓިކެޓަށް 6140 ރުފިޔާ

ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހު 15 ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާއިރު، މި ދަތުރުތަކުގެ ބުކިންސް ވެސް މިހާރު ދަނީ ހަދަމުންނެވެ. މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. މޯލްޑިވިއަންގެ ރަސްމީ ވެބްސައިޓް އަދި އެޕުން ވެސް ހަނިމާދޫ – ބެންގަލޫރު ސެކްޓަރގެ ބުކިންސް ހެދެއެވެ. މޯލްޑިވިއަންގެ ވެބްސައިޓުން ދައްކާ ގޮތުގައި ހަނިމާދޫ- ބެންގަލ...

ޔުމްނާ ޢަލީ
ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ 📍 ހދ. ހަނިމާދޫ

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ފަރުވާދެނީ

ޕައިލެޓްކަން ކިޔަވަން ފިލިޕީންސްގައި ހުރި ހދ. ހަނިމާދޫ ކުއްޖަކަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް މައުލޫމާތު ލިބިއްޖެއެވެ. އަނިޔާވެފައި ވަނީ ހދ. ހަނިމާދޫ/ފަހި ރޯދި، އަބުދުލް މާނިއު އަށެވެ. މާނިއުގެ ޢާއިލާގެ ފަރާތުން ”ތިލަދުން” އަށް މައުލޫމާތު ދިން ގޮތުގައި މާނިއުއަށް ލިބުނު އަނިޔާގައި ޒަޚަމްވެގެން މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ޓެސްޓްތަކެއް ހެދުމަށްފަހު ސާޖަރީއަކަށް ތައްޔާރުވަމުން އަންނަކަމަށް ވެސް މައުލޫމާތު ލިބެއެވެ. މާނިއުއަށް އަނިޔާވެ ޒަޚަމްވީ ޓްރެއިނި...

ޔުމްނާ ޢަލީ
ހަނިމާދޫ ގައި ބިނާކުރަން ފަށާފައިވާ މިސްކިތް ނިންމަން އެމްޓީސީސީ އަށް 📍 ހދ. ހަނިމާދޫ

ހަނިމާދޫ ގައި ބިނާކުރަން ފަށާފައިވާ މިސްކިތް ނިންމަން އެމްޓީސީސީ އަށް

ހދ. ހަނިމާދޫ ގައި ސަރުކާރުން ބިނާކުރަމުންދާ މިސްކިތް ނިންމުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގައި މި މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އަދ،ި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާާގެ ފަރާތުން ސޮއިކުރެއްވީ ނައިބު ވަޒީރު އިބްރާހިމް އާސިމްއެވެ. މި ކަމާއި ގުޅިގެން އ...

ޔުމްނާ ޢަލީ
ހަނިމާދޫ، މިލަންދޫ ހިމެނޭހެން 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް 📍 ހދ. ހަނިމާދޫ

ހަނިމާދޫ، މިލަންދޫ ހިމެނޭހެން 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް

ހދ. ހަނިމާދޫ އާއި ށ. މިލަންދޫ ހިމެނޭހެން ރާއްޖޭގެ 18 ރަށެއްގައި ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް ބެހެއްޓުމުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި މަސައްކަތަކީ އެ މިނިސްޓްރީން ކުރިއަށް ގެންދާ އެކްސަލަރޭޓިން ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކ...

ޔުމްނާ ޢަލީ
"ހަނިމާދޫ އެއާޕޯޓްގެ ކުރިއެރުމަށް، ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވުން މުހިންމު" 📍 ހދ. ހަނިމާދޫ

"ހަނިމާދޫ އެއާޕޯޓްގެ ކުރިއެރުމަށް، ސަރަހައްދުގައި ފަތުރުވެރިކަން ފުޅާވުން މުހިންމު"

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އަމަލީ މަސައްކަތްނިމި އެ އެއާޕޯޓް ބޭނުން ކުރަން ފެށޭއިރު، އެ ސަރަހައްދުގައި ލޯކަލް ޓުއަރިޒަމް ފުޅާވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ހއ.އަތޮޅަށް ބީއެމްއެލް ގެސްޓްހައުސް ފައިނޭންސިންގް ތައާރަފްކުރުމަށް މިއަދު ހއ. ފިއްލަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ހަނިމާދޫ އެއާޕޯޓްގެ މަސައްކަތްތައް ނިމިގެންދާއިރު، އެ ސަރަހައްދުގައި އެކަށީގެ...

އިބްރާހިމް ޚަލީލް
ހަނިމާދޫ - ބެންގަލޫރަށް ދަތުރުތައް ފަށަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ - ބެންގަލޫރަށް ދަތުރުތައް ފަށަނީ

ޤައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ މޭމަހުން ފެށިގެން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ދަތުރުތައް ފަށަން ނިންމާފައިވާކަން މިއަދު ޢިއުލާންކޮށްފިއެވެ. މޯލްޑިވިއަންގެ ރަސްމީ އެކްސް އެކައުންޓްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް މިކަން ޢިއުލާންކޮށްފައިވާއިރު، މި ދަތުރުތައް ފަށަން ނިންމާފައި ވަނީ މި އަހަރުގެ މޭމަހުގެ 15 އިން ފެށިގެންނެވެ. މެއި 15 އިން ފެށިކޮށް ކޮންމެ ހަފުތާއެއްގެ އާދީއްތަ އަދި ބުރާސްފަތީގައި މިދަތުރުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމާފައެވެ. މި ދަތުރުތަ...

ޔުމްނާ ޢަލީ
ރައީސް ވަހީދުގެ ކުންފުންޏަކަށް ޓޫރިޒަމަށް ހަނިމާދޫން ހަތަރު ބިން 📍 ހދ. ހަނިމާދޫ

ރައީސް ވަހީދުގެ ކުންފުންޏަކަށް ޓޫރިޒަމަށް ހަނިމާދޫން ހަތަރު ބިން

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގެ ލޭންޑް ޔޫސް ޕްލޭނުގައި ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ބިމުން، ފަތުރުވެރިކަމުގެ ވިޔަފާރި ކުރުމަށް ބިޑް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގެ ދަށުން 10000 (ދިހަހާސް) އަކަފޫޓޫގެ ހަތަރު ބިން ކާމިޔާބުކުރި ފަރާތަށް އެ ބިންތައް ހަވާލުކޮށްފިއެވެ. 10000 އަކަފޫޓުގެ ހަތަރު ބިން ކާމިޔާބު ކޮށްފައިވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ކުންފުންޏެއްކަމަށްވާ “އޯސަމް ޕްރޮޕަޓީސް ޕލޑ” އިންނެވެ. މި ބިންތައް ހަވާލުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޯސަމް ޕްރ...

އިބްރާހިމް ޚަލީލް
ހަނިމާދޫ ހޮސްޕިޓަލާއި ކުޅުދުއްފުށީ ދަމަނަވެށި އަޅަން ހަވާލުކޮށްފި 📍 ހދ. ހަނިމާދޫ

ހަނިމާދޫ ހޮސްޕިޓަލާއި ކުޅުދުއްފުށީ ދަމަނަވެށި އަޅަން ހަވާލުކޮށްފި

ހދ. ހަނިމާދޫގައި ހޮސްޕިޓަލެއް އެޅުމަށާއި، ކުޅުދުއްފުށީ ސިޓީގައި ދަމަނަވެށި އެޅުމަށް މިރޭ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން މި ދެ ތަނުގެ މަސައްކަތް ހަވާލުކުރީ ސިއްހީ ޚިދުމަތްދޭ ނުވަ އައު އިމާރާތް އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައެވެ. މި ދެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ އާރުޑީސީ އާއެވެ. މި ދެތަނުގެ އިތުރުން އދ. މާމިގިލީ ހޮސްޕިޓަލް އެޅުމަށާއި، ކ. ގާފަރު ޞިއްޙީ މަރުކަޒު އަޅަން ވެސް މިރޭ އާރުޑީސީ އާއި ވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ހެލްތް […]

ޔުމްނާ ޢަލީ