މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,982 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,982 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2982 ޚަބަރުގެ ތެރެއިން
ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ 📍 ހދ. މަކުނުދޫ

ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށް ވައިކަރަމުރައިދޫއަށް ގެންދިޔަ މީހުންނަށް ޖޫރިމަނާ

ހދ. ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއް ހައިޖެކްކޮށްގެން ހދ. ވައިކަރަމުރައިދޫއަށް ގެންދިޔަ ދެ މީހުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މީގެ 12 އަހަރު ކުރިން 2010 ވަނަ އަހަރު ކުޅުދުއްފުށްޓަށް ދިޔަ ލޯންޗެއްގެ ކެޕްޓަނާއި ފަޅުވެރިންނަށް ބިރު ދައްކައިގެން ހދ. ވައިކަރަމުރައިދޫއަށް އެ ލޯންޗް ގެންދިޔައީ ހދ. މަކުނުދޫ އުނިމާގޭ މުހައްމަދު ނާއިފު އާއި އެރަށު ގުލްއަލާގޭ މުހައްމަދު ޔާސިރެވެ. އެ މީހުންގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދައުވާއަށް އެ ދެ […]

އަލީ އާދިލް
ކެލާގައި ބާއްވާ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާގައި ބާއްވާ ޖަމާޢަތްތެރިން ތަމްރީނުކުރުމުގެ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ކެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ ކުރިއަށް އޮތް އޮކްޓޯބަރ މަހު ފެށުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމަކީ ކެލާ ކައުންސިލާއި ދާރުލް ޤުރުއާން ގުޅިގެން 3 ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ކޮންމެ ހަފްތާއަކު (ބްރާސްފަތި، ހުކުރު، ހޮނިހިރު) ތިން ދުވަހު ކިޔަވައި ދިނުމަށް ތާވަލުކޮށްފައިވާ މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ކުރިން އައިޑީކާޑް ކޮޕ...

އިބްރާހިމް ޚަލީލް
މި މަހުގެ ފަހު ހަފްތާގައި ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށަނީ 📍 ހއ. ހޯރަފުށި

މި މަހުގެ ފަހު ހަފްތާގައި ހޯރަފުށީ މަގުތަކުގައި ތާރު އަޅަން ފަށަނީ

ހއ. ހޯރަފުށީގެ މަގުތައް ހެދުމުގެ މަޝްރޫއުގެ ދަށުން މި މަހުގެ ފަހު ހަފްތާގައި ތާރު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ހޯރަފުށީ މަގުތަކުގައި ތާރުއަޅަން މިއަހަރު ޖުލައި މަހު ތައްޔާރުވި ނަމަވެސް މަސައްކަތް ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. ހޯރަފުށީ މަގުތައް ތަަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީއިން ފެށީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގައެވެ....

އަޙްމަދު ވަހީދު
ކެލާ ސަވާރީ ބޯޓު، ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެ 📍 ހއ. ކެލާ

ކެލާ ސަވާރީ ބޯޓު، ނޮޅިވަރަންފަރު ފަރުމައްޗަށް އަރައި އަޑިއަށް ހިނގައްޖެ

ހއ. ކެލާ ސަވާރީ ބޯޓް ނޮޅިވަރަންފަރު ފަރުމައްޗަށް އަރައިފިއެވެ. މިކަމާއި ގުޅިގެން އެމްއެންޑިއެފް އިން ވިދާޅުވީ ނޮޅިވަރަންފަރު ނެރުމައްޗަށް “ސަވާރީ” ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް އަރައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން 19:34 ހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ. އެ ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ މިރޭ 18:30 ހާއިރުކަމަށް ވެސް ވިދާޅުވި އެވެ. މި ހާދިސާއާއި ގުޅިގެން ތިލަދުން ނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ނޮޅިވަ...

އިބްރާހިމް ޚަލީލް
މަންޓާއިން ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތައް ފަށައިފި 📍 ހއ. ހޯރަފުށި

މަންޓާއިން ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތައް ފަށައިފި

މަންޓާ އެއާއިން ހއ. ހޯރަފުއްޓަށް ޗާޓަޑް ޝެޑިއުލް ދަތުރުތައް ފަށައިފިއެވެ. އެ އެއާލައިނުން މި ދަތުރުތައް ފެށީ މިއަދުއެވެ. މި ދަތުރުތަކުގައި ބޭނުން ކުރާނީ އެ އެއާލައިނުގެ ބީޗް ކްރާފްޓް 1900ޑީ ކަމަށް މަންޓާއިން ބުންޏެވެ. މަންޓާ އިން ހޯރަފުއްޓަށް ދަތުރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރާއި، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަދި މަންޓާ އެއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. މަންޓާ އެއާއިން ހޯރަފުއްޓަށް ދުވާލަކު ދެ ފްލައިޓް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މަންޓާއިން […]

އަޙްމަދު ވަހީދު
ހއ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ހއ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމަށް ބޭއްވި ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރު ކުރުމަށް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ހއ. އަތޮޅު ދިއްދޫގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރ...

ޔުމްނާ ޢަލީ
އިހަވަންދޫގައި އެޕާޓްމަންޓެއްގައި ރޯވެއްޖެ

އިހަވަންދޫގައި އެޕާޓްމަންޓެއްގައި ރޯވެއްޖެ

ހއ. އިހަވަންދޫގެ ގެއެއްގައި ވަކިން ހަދާފައިވާ ތިން ކޮޓަރީގެ އެޕާޓްމަންޓެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އެތަނަށް ގެއްލުން ވެއްޖެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ”ތިލަދުން” އަށް ވިދާޅުވީ މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު އެގާރަ ޖަހާކަށް ހާއިރުކަމަށެވެ. އަދި އެތަނުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިފައި ވަނީ މެންދުރުފަހު އެކެއްޖަހާކަށް ހާއިރުކަމަށް އޭނާ ވިދާޅުވިއެވެ. މި ހާދިސާގައި ރޯވެފައި ވަނީ، އެރަށު ނަލަ އައްސޭރި ގޭގައި ވަކިން ހަދާފައިވާ ތިން […]

ޙުސައިން ޝަހުދީ
ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ހއ. ދިއްދޫ

ދިއްދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް ވެސް […]

އަޙްމަދު ވަހީދު
އެމްއެންޑީއެފުން ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް

އެމްއެންޑީއެފުން ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް

އެމްއެންޑިއެފުގެ ފަރާތުން ހއ. އަތޮޅުގެ ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ކޮމްޕޯނަންޓުގެ ފަރާތުން އެރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް އެ ދެ ރަށުގައި ވެސް ކުރިއަށް ގެންދިޔައީ މި ހިނގާ އޯގަސްޓް 27 ވަނަ ދުވަހު އެވެ. މިގޮތުން ތަކަންދޫ ގައި ހިންގ...

އަލީ އާދިލް
ހއ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް

ހއ. އަތޮޅު ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް

ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ. މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކަ...

ޔުމްނާ ޢަލީ
އެއްވަނަ ޑިވިޝަނުގެ ގިނަކުޅުންތެރިންނާއި އެކު ދިއްދޫ ކައުންސިލް ކަޕް ފަށަން ތައްޔާރުވެއްޖެ 📍 ހއ. ދިއްދޫ

އެއްވަނަ ޑިވިޝަނުގެ ގިނަކުޅުންތެރިންނާއި އެކު ދިއްދޫ ކައުންސިލް ކަޕް ފަށަން ތައްޔާރުވެއްޖެ

ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކާއިއެކު ހއ ދިއްދޫ ކައުންސިލް ކަޕް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމަހުގެ 28 އިން އަންނަމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގރންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 6 ޓީމުވަނީ ބައިވެރިވެފައެވެ. މިމުބާރާތުގައި ރާއްޖޭގެ އުރީދޫ ޕްރިމިއަ ލީގު އަދި އެފް އޭ ކަޕްގެ ތަށި ކާމިޔާބު ކުރި މާޒިޔާގެ 4 ކުޅުންތެރިން ބައިވެރިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަންޕު) […]

އިބްރާހިމް އަސްވާޤް
އުތީމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އުތީމު

އުތީމު ފުޓުބޯޅަދަނޑުގެ ސަބްބޭސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އިޢުލާން ކޮށްފިއެވެ. މި މަސައްކަތް ކޮށްދުނުމަށް އެދި ކުންފުނިތަކަށާއި، އަމިއްލަ ފަރުދުން ރަޖިސްޓްރީ ކޮށްގެން ހިންގާ ވިޔަފާރިތަކަށާއި ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައިވާއިރު، މި މަސައްކަތް ކޮށްދިނުމަށް އެދި ހުށަހާޅާ ފަރާތުގެ ތަޢާރަފާއި މަޤުޞަދު ހުށަހަޅަން ޖެހެއެވެ. މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިޢުލާނުގައި މި މަސަ...

އިބްރާހިމް ޚަލީލް
ދިއްދޫގައި ހޭންޑް ބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް 📍 ހއ. ދިއްދޫ

ދިއްދޫގައި ހޭންޑް ބޯޅަ ކޯޗުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯޅަ ކޯޗުން ތަމްރީންކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ދިއްދޫ ކައުންސިލާއި ހޭންޑް ބޯލް މޯލްޑިވްސް ގުޅިގެން 10 ދުވަހުގެ މުއްދަތަށް ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވެލައްވަން ޝައުޤުވެރިވާ ފަރާތްތަކުން 28 އޯގަސްޓް 2022 އާދީއްތަ ދުވަހުގެ 14:00  ގެ ކުރިން ދިއްދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ ނުވަތަ އެ ދިދާރާގެ ފޯނު 6500019 އަށް ގ...

އިބްރާހިމް ޚަލީލް
އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައިފި 📍 ހއ. އުތީމު

އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ހއ. އުތީމުގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ތަމްރީން ޕްރޮގްރާމް ނިންމާލައި، ތަމްރީން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ތަމްރީން ޕްރޮގްރާމަކީ، އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަދި ހޭންޑް ވޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުން ފާސްވި ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މި ޕްރޮގްރާމުން ފާސްވި 26 ބައިވެރިއަކަށް ސެޓ...

ޔުމްނާ ޢަލީ
ދިއްދޫ ރަންތަރި ޤްރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ރަންތަރި ޤްރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ދިއްދޫ އުދަރެސް އަލްމަރްޙޫމާ ހަދީޖާ މުޙައްމަދާއި އަލްމަރްޙޫމް އިސްމާއީލް މުހައްމަދުގެ ހަނދާނުގައި އެ ރަށު އުދަރެސް އިބްރާހީމް ރަޝީދު ބާއްވާ “ރަންތަރި” ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ދިއްދޫ އެކުވެރިކަމުގެ ޗޭނު ޖަމިއްޔާއިން ހިންގުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި، ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ރައްޔިތަކަށް ވުން ނުވަތަ ދިއްދޫގައި ދިރިއުޅޭ ފަރާތަކަށް ވުމެވެ. މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫ ރައްޔިތުން...

އިބްރާހިމް ޚަލީލް