މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,983 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,983 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2983 ޚަބަރުގެ ތެރެއިން
މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކޮށްފި

ހއ. މުރައިދޫ ކައުންސިލްގެ ލޯގޯ އާއި ޔުނިފޯމު އަދި ވެބްސައިޓް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުރައިދޫ ސްކޫލްގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި މުރައިދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކޮށްދެއްވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ވެބްސައިޓް އިފްތިތާޙްކޮށް ދެއްވުމަށްފަހު އަތޮޅު ރައީސް ރަސްމިއްޔާތުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކާގައި ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން މިނިވަންކަމާއެކު މަސައްކަތްކުރަމުންދާ ތަނަކަށްވާތީ، މިފަދަ މ...

ޔުމްނާ ޢަލީ
މޮޅަދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ހއ. މޮޅަދޫ

މޮޅަދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ހއ. މޮޅަދޫ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި ފެރީ ހަޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ކިއޮސްކަކާއި ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ހަދައިފައެވެ. މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. ޒޯން 1 ގައ...

އަޙްމަދު ވަހީދު
އިހަވަންދިއްޕޮޅު ''ރަސްތަރި'' ޤުރްއާން މުބާރާތުގެ އުލިގަމު އޮޑިޝަންގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދިއްޕޮޅު ''ރަސްތަރި'' ޤުރްއާން މުބާރާތުގެ އުލިގަމު އޮޑިޝަންގައި ބައިވެރިވާން ހުޅުވާލައިފި

އިހަވަންދިއްޕޮޅު ‘ރަސްތަރި’ ގުރްއާން މުބާރާތުގެ އުލިގަމު އޮޑިޝަންގައި ބައިވެރިވާން ހުޅުވާލައިފި އެވެ. މި މުބާރާތަކީ އިހަވަންދިއްޕޮޅުގެ ފަސް ރަށަށް ހުޅުވާލައިގެން އިހަވަންދޫ ކައުންސިލުން ބާއްވަން ނިންމާފައިވާ މުބާރާތެކެވެ. ތިލަދުންމަތި އުތުރުބުރި އުލިގަމު ކައުންސިލު އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 17 އިން 20 ގެ ނިޔަލަށް ބާއްވާ މި މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވާ ކަމަށެވެ. އެހެންކަމުން މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަ...

މުޙައްމަދު އަފްރާޙް
މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، ދިއްދޫ ކޯޓަށް 📍 ހއ. ދިއްދޫ

މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް، ދިއްދޫ ކޯޓަށް

ހއ.މުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމުގައި ހުންނެވި، ހއ.އުތީމު، ސީވިއު، އަލްއުސްތާޛު ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކުރައްވަން ނިންމަވައިފިި އެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިކަން އިޢުލާންކުރައްވާފައިވަނީ މިއަދު އެވެ. ޖޭއެސްސީން ވިދާޅުވީ، ޙަސަން ފަޔާޟް، ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ކަމަށެވެ. މީގެ އިތުރުން ޖޭއެސްސީން ވިދާޅުވީ، ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތަކަށް ފަނޑިޔާރުން ހޯދުމަށް އ...

އިބްރާހިމް އަސްވާޤް
ފިރާޟް އަށް މަޖިލީހުން ރުހުން ދީފި 📍 ހއ. އިހަވަންދޫ

ފިރާޟް އަށް މަޖިލީހުން ރުހުން ދީފި

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ނައިބު ރައީސްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އައްޔަންކުރައްވާފައިވާ، މުޙައްމަދު ފިރާޟް އަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. އޭނާއަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓްޕްރައިސް (އެސްއޯއީ) ކޮމިޓީން ދިރާސާ ކުރުމަށްފަހު، ކޮމެޓީން ވަނީ އޭނާ އަށް ރުހުންދޭން ފެންނަ ކަމަށް ފާސްކޮށްފައެވެ. އެއަށްފަހު އޭނާ އަށް ރުހުން އޮތްތޯ ބަލަން މަޖިލީހުގެ ތަޅުމު...

ޔުމްނާ ޢަލީ
ބާރަށު ޒުވާނުންގެ ދިރުމުން، އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕް ފަށައިފި 📍 ހއ. ބާރަށް

ބާރަށު ޒުވާނުންގެ ދިރުމުން، އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕް ފަށައިފި

ހއ. ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ޖަމިއްޔާއިން އިންތިޒާމް ކޮށްގެން، އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕެ ފަށައިފިއެވެ. އިއްޔެ މި ކޭމްޕް ފަށާފައިވާއިރު، މިއީ ބާރަށު ޒުވާނުންގެ ދިރުމާއި ބާރަށު ޕޮލިސްޓޭޝަން ގުޅިގެން 15 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޭމްޕެކެވެ. ދެ ޖިންސުގެ ބައިވެރިން ހިމެނޭހެން ޖުމްލަ 37 ބައިވެރިންނާއިއެކު ކުރިއަށް ގެންދާ މި ކޭމްޕް، ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ބާރަށުގައި ވޮލީއަށް އޮންނަ ލޯބި އިތުރު ކުރުމާއި، ވޮލީ […]

އިބްރާހިމް ޚަލީލް
ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތް މި އަހަރުގެ ރަމަޟާން މަހު އޮންނާނެ 📍 ހއ. ދިއްދޫ

ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތް މި އަހަރުގެ ރަމަޟާން މަހު އޮންނާނެ

ހއ. ދިއްދޫގައި ފާހަގަ ކޮށްލެވޭފަދަ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން، އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤުރްއާން މުބާރާތް 1444” ބޭއްވުމަށް ނިންމާފައިވާ ކަމުގައި އެ ކުލަބުން ހާމަކޮށްފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން ވަނީ “ހއ.ދިއްދޫ އެންމެ އަލިގަދަތަރި ޤްރުއާން މުބާރާތް 1443” ފާއިތުވި އަހަރުގެ ރަމަޟާން މަހުގެ ތެރޭ ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންގޮސްފައެވެ. މިއީ މި މުބާރާތް އެ ކުލަބުގެ ފަރާތުން ބާއްވާ ދެވަނަ […]

އިބްރާހިމް ޚަލީލް
ހެލްތު މިނިސްޓަރު ނަސީމަކީ ތާރީހުގައި ނަން ލިޔެވޭނެ ބޭފުޅެއް: ޝިފާޢު 📍 ހއ. އިހަވަންދޫ

ހެލްތު މިނިސްޓަރު ނަސީމަކީ ތާރީހުގައި ނަން ލިޔެވޭނެ ބޭފުޅެއް: ޝިފާޢު

ހެލްތު މިނިސްޓަރު އަހްމަދު ނަސީމަކީ، ތާރީހުގައި ނަން ލިޔެވޭނެ ބޭފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރާއި ސުވާލުކުރެއްވުމުގެ ތެރޭގަ އެވެ. ޝިފާއު ވިދާޅުވީ ރާއްޖޭގެ ސިއްހީ ހާލަތު ވަރަށް ދަށު ދަރަޖައިގައި އޮއްވައި މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން ވަރަށް ގިނަ ރަށްރަށުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް އެމްބިއުލާންސް ގެންނަވާފައިވާ ކަމަށެވެ. އެގޮތު...

މުޙައްމަދު އަފްރާޙް
މާރަންދޫ އިންޖީނުގޭގެ 2 ލައްކަ ރުފިޔާއަށް ޚިޔާނާތްވުމުން 1 ލައްކައިގެ ޖޫރިމަނާއެއް 📍 ހއ. މާރަންދޫ

މާރަންދޫ އިންޖީނުގޭގެ 2 ލައްކަ ރުފިޔާއަށް ޚިޔާނާތްވުމުން 1 ލައްކައިގެ ޖޫރިމަނާއެއް

ހއ. މާރަންދޫ އިންޖީނުގޭގެ 224،000 އަށް ވުރެ ގިނަ ރުފިޔާއަށް ޚިޔާނާތްތެރިވި މީހާ ޖަލަށް ނުލާ، 111،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. 2012 އިން ފެށިގެން 2014 އާ ހަމައަށް މާރަންދޫ އިންޖީނުގެ ހިންގުމާ ހަވާލުވެ ހުރި އެރަށު ފަޒާ މުހައްމަދު އަރީފު ޚިޔާނާތްތެރިވީ އެތަނުގެ 224،000ރ. އަށެވެ. ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ހުކުމްކުރީ އަރީފް ކުށަށް އިންކާރު ކުރިޔަސް، ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެކަމަކު ކޯޓުން […]

ހުސައިން ހަބީބް
ޔޮހާނީ މިއަދު ހއ. ދިއްދޫ އަށް، ފޮޓޯ ނަގަން ފުރުސަތު ލިބޭ! 📍 ހއ. ދިއްދޫ

ޔޮހާނީ މިއަދު ހއ. ދިއްދޫ އަށް، ފޮޓޯ ނަގަން ފުރުސަތު ލިބޭ!

“މަނިކޭ މަގޭ ހިތޭ” ލަވައިން މަޝްހޫރުކަން ހޯދައިވާ އަވަށްޓެރި ސްރީލަންކާގެ މަޝްހޫރު ކަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ، ހއ. ދިއްދޫ އަށް މިއަދު ދިއުމަށް ހަމަޖެހިއްޖެ އެވެ. އެެރަށު ކައުންސިލުން ވިދާޅުވީ ޔޮހާނީ އަށް މަރުހަބާ ކިޔުން މިއަދު ހަވީރު 3 ޖަހާއިރު، އެރަށު ދެކުނު ސިޑި ސަރަހައްދުގައި އޮންނާނެ ކަމަށާއި ޔޮހާނީ އާއެކު ފޮޓޯ ނެގުން އޮންނާނީ ހަވީރު 5 ޖަހާއިރު ކަމަށެވެ. ފޮޓޯ ނެގުން އޮންނާނީ ސްވިމިންގ ޓްރެކް ސަރަހައްދުގައި ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވި އެވެ. […]

މުޙައްމަދު އަފްރާޙް
ބާރަށުގައި ހިންގާ ޕޭސްޓްރީ އެންޑް ޑެކަރޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ހިންގާ ޕޭސްޓްރީ އެންޑް ޑެކަރޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ އެންޑް ޑެކަރޭޝަން ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ރަށު ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ މި ކޯސް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ މަސް ތެރޭކަމަށާއި، ނަމަވެސް ކޯސް ކުރިއަށް ގެންދެވޭނީ މަދުވެގެން 20 ބައިވެރިން ލިބިގެން ކަމަށެވެ. ކޯހުގެ ބައިވެރިވާ ކޮންމެ ބައިވެރިއެއްގެ އަތުން 1...

އިބްރާހިމް ޚަލީލް
ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށް ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މި އަހަރުގެ މުބާރާތް އަންހެން ކެޓަގަރީއާއި ފިރިހެން ކެޓަގަރީ ހިމެނޭހެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، މުބާރާތުގައި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ވެސް އަދި އަމިއްލަ ފަރުދުންގެ ނަމުގައި ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ދިނުމަށް ވަނީ ހަމަޖެހ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ ހާފްވޭ ހައުސްގެ މަސައްކަތް ފަށައިފި

ހއ. ހޯރަފުށީގައި ހަދާ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގެ ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން މައުލޫމާތު ދޭގޮތުގައި މަސައްކަތުގެ އަމަލީ މަސައްކަތް ފެށީ މިއަދުއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ. ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންގެ […]

އަޙްމަދު ވަހީދު
ދިއްދޫ ވެޓަރަންސްކަޕްގައި މާރާމާރީ ހިންގި ކުޅުންތެރިޔަކު 5 އަހަރަށް ސަސްޕެންޑްކޮށް ޓީމުވެސް ޖޫރިމަނާކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ވެޓަރަންސްކަޕްގައި މާރާމާރީ ހިންގި ކުޅުންތެރިޔަކު 5 އަހަރަށް ސަސްޕެންޑްކޮށް ޓީމުވެސް ޖޫރިމަނާކޮށްފި

ހއ ދިއްދޫ ކައުންސިލްގެ 1 ވަނަ ވެޓަރަންސްކަޕް ފުޓްބޯޅަ މުބާރާތުގެ 8 ވަނަ މެޗުގައި ހިންގާފައިވާ ކުޅިވަރުގެ ރޫހާ ޚިލާފު ޢަމަލުތައް ހިންގިފަރާތާއި ޓީމަށް ފިޔަވަޅު އަޅައިފި އެވެ. ހަމަނުޖެހުން ހިނގީ މިދިޔަ ހޮނިހިރު ދުވަހު ހެނދުނު ކުޅެވުނު އެމުބާރާތުގެ 8 ވަނަ މެޗުގައެވެ. މި މެޗުގައި ބައްދަލުކުރީ ނާޑް ސްޕޯޓްސް ކުލަބް އަދި ޔޫތު ޗެލެންޖު ޓީމެވެ. އެ މެޗުގައި ކަން ހިނގާދިޔަގޮތާއި ބެހޭ ގޮތުން ދިއްދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ރިޕޯޓް އެކައުންސިލުން މިއަދު ވަނީ އާންމު […]

އަލީ އާދިލް
މުރައިދޫ ބަނދަރުގެ ބޮޑު ބައެއް ނިންމާލައިފި 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރުގެ ބޮޑު ބައެއް ނިންމާލައިފި

ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހާބަ ޕޭވްމެންޓް މަސައްކަތް އެއްކޮށް ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ޕޭވްމެންޓް މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި […]

އަޙްމަދު ވަހީދު