މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ކ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (01:00 އިން 07:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,983 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,983 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2983 ޚަބަރުގެ ތެރެއިން
ހޯރަފުށީ މިސްކިތްތައް ސޯލާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ މިސްކިތްތައް ސޯލާކޮށްފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މިސްކިތްތަކުގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. ހޯރަފުށީ ކައުންސިލުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން އެ ރަށުގެ ތިން މިސްކިތެއް ވަނީ ސޯލާ ކޮށްފައެވެ. އެ ތިން މިސްކިތަކީ މަސްޖިދުލް އައްވާބު، މަސްޖިދުލް އިޚްލާސްގެ އިތުރުން މަސްޖިދުލް ސިއްދީޤެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވެފައި ވަނީ މި ޕްރޮޖެކްޓް ކައ...

އިބްރާހިމް ޚަލީލް
ބޮޑު ތިލަދުންމަތީގެ ހަތަރު ރަށެއް ހިމެނޭހެން ހަތް ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ބީލަމަށް 📍 ށ. ގޮއިދޫ

ބޮޑު ތިލަދުންމަތީގެ ހަތަރު ރަށެއް ހިމެނޭހެން ހަތް ރަށެއްގައި ސިއްހީ މަރުކަޒު އަޅަން ބީލަމަށް

ހަތް ރަށެއްގައި ސިއްހީ މަރުކަޒު އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއްޔެ ޢިއުލާންކޮށްފިއެވެ. ހެލްތު މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން މިފަހަރު ސިއްހީ މަރުކަޒު އެޅުމަށް ނިންމާފައިވާ ރަށް ތަކަކީ، ހއ. އަތޮޅުން މޮޅަދޫ އާއި ށ. އަތޮޅުން ގޮއިދޫ، ކަނޑިތީމު، މާއުނގޫދޫ، ނ. އަތޮޅުން ކުޑަފަރީ، ފޮއްދޫ އަދި މ. ނާލާފުއްޓެވެ. މިމަސައްކަތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލާފައިވާއިރު، މި މަސައްކަތްތަކަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަ...

ޔުމްނާ ޢަލީ
ދިއްދޫގައި އިސްލާމިކް ސެންޓަރެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި އިސްލާމިކް ސެންޓަރެއް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެދިލެއްވުމުގެ މަތިން ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިސްލާމިކް ސެންޓަރެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފިއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 ރުފިޔާ (ފަސްސަތޭކަ ރުފިޔާ) ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭއިރު، އެ ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ޖަނަވަރީ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް، ބަނޑޭރިޕޭ ޕޯޓަލް މެދުވެރިކޮށެވެ. މި ފައިސާ ދެއްކެވުމަށް ފަހު ރަޖިސްޓްރީވުމަށް އެދޭ...

އިބްރާހިމް ޚަލީލް
ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. އެ ރަށުގައި ބިނާކޮށްފައިވާ އެ ކައުންސިލުގެ ސްކޫލު އިމާރާތުގައި އިންޓަރނޭޝަނަލް ސްކޫލެއް ހިންގުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް އެދި ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ދީފައިވާ ލިންކް މެދުވެރިކޮށް މި މަހު...

އިބްރާހިމް ޚަލީލް
"އިހަވަންދިއްޕޮޅު ރަސްތަރި" ގެ އެއްވަނަ އިހަވަންދޫ ޔައިޝާ އަށް 📍 ހއ. އިހަވަންދޫ

"އިހަވަންދިއްޕޮޅު ރަސްތަރި" ގެ އެއްވަނަ އިހަވަންދޫ ޔައިޝާ އަށް

“އިހަވަންދިއްޕޮޅު ރަސްތަރި 2022” ގެ އެއްވަނަ ހއ. އިހަވަންދޫ / ދޭލިޔާގެ، ޔައިޝާ ޔާސިރު އިބްރާހިމް ހޮވިއްޖެ އެވެ. މިމުބާރާތުގެ 3 ވަނަ ބުރުގެ ފައިނަލް ބުރަށްފަހު، ވަނަތައް އިއުލާންކޮށްފައިވަނީ އިހަވަންދޫ ސްކޫލްގެ ހޯލްގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ. ޔައިޝާ އަށް، އަސްކޮއި ހައްޖު އެންޑް އުމުރާ ގުރޫޕުން ދޭ އުމުރާ ދަތުރަކާއި 5000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ލިބިފަ އެވެ. އަދި އެރިސް ޑެކަރ އިން ހުށަހަޅާފައިވާ 5500 ރުފިޔާގެ އަގުރި ޑައިނިންގ […]

މުޙައްމަދު އަފްރާޙް
ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން އިއްޔެ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ފިއްލަދޫ ޞިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލަކީ ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ، 497,422.28 ރުފިޔާ (ހަތަރު ލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ބާވީސް ރުފިޔާ އަށާވީސް ލާރި) އެވެ. މި މަސައްކަތް ލަކީ ހިޔާއާއި ހަވާލުކޮށްފަ...

ޔުމްނާ ޢަލީ
އިހަވަންދޫގައި މަސް ފެކްޓްރީ އާއި އެން ފެކްޓްރީ އެބަހުރިކަމަށް ވިދާޅުވެ މުހައްމާ ސަރުކާރަށް ޖޯކު ޖައްސަވައިފި

އިހަވަންދޫގައި މަސް ފެކްޓްރީ އާއި އެން ފެކްޓްރީ އެބަހުރިކަމަށް ވިދާޅުވެ މުހައްމާ ސަރުކާރަށް ޖޯކު ޖައްސަވައިފި

ހއ. އިހަވަންދޫގައި މިހާރު މަސް ފެކްޓްރީއާއި އެން ފެކްޓްރީ އެބަހުރިކަމަށާއި، މި ސަރުކާރުންވީ ވައުދުތައް ނުފުއްދޭ ކަމަށްވިދާޅުވެ، އިހަވަންދޫ ދާއިއިރާގެ ކުރީގެ މެންބަރު މުޙައްމަދު ޢަބުދުﷲ (މުހައްމާ) ސަރުކާރަށް ޖޯކު ޖައްސަވައިފިއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީޕީއެމް މާލޭ ޖަގަހާގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން މުހައްމާ ވަނީ މިސަރުކާރާއި، ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ތަކުރާރުކޮށް ވައްކަމުގެ ތުހުމަތު އަޅުވާފައެވެ. އޭނާ ވަނީ، ގައުމެއް ނެތް ކަމަށާއި، އެއީ އޭނާ...

ޔުމްނާ ޢަލީ
އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް މުރައިދޫއަށް 📍 ހއ. ބާރަށް

އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވެސް މުރައިދޫއަށް

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔަ ވޮލީ މުބާރާތުގައި ފިރިހެން ޑިވިޛަންގެ ޗެމްޕިއަންކަން ވެސް މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ހިންގި "ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމް ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ހިންގި "ހަށިހެޔޮ ދުޅަހެޔޮ" ޕްރޮގްރާމް ނިންމާލައިފި

ހއ. އިހަވަންދޫގައި ހިންގި “ހަށިހެޔޮ ދުޅަހެޔޮ” ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، އިހަވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި އެރަށު ކުލަބް ޕޯލް ސްޓަރ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިންމުމު ރަސްމިއްޔާތު ބާއްވާފައި ވަނީ، ޑިސެންބަރު 15 ވަނަ ދުވަހު (އިއްޔެ) އިހަވަންދޫ ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރ...

ޔުމްނާ ޢަލީ
ބާރަށުގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ބާރަށް

ބާރަށުގައި ބާއްވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ބާރަށުގައި ބާއްވާ ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފަހާ ކޯހަކީ ބާރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އައިސާޓް ގުޅިގެން ބާރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯހެކެވެ. މި ކޯސް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ކޯހުގެ މުއްދަތަކީ އެއް މަސްދުވަހެވެ. ފެހުމުގެ ތިން ލެވެލް އެއްގެ ކޯސް ހިންގުމަށް އިޢުލާން ކޮށްފައިވާއިރު، ހިންގުމަށް ހަމަޖެހިފައި ވަނީ އެތަނުން އެންމެ ގިނަ ފ...

އިބްރާހިމް ޚަލީލް
އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މުރައިދޫއަށް 📍 ހއ. ބާރަށް

އެސްޓީއޯ ބީޒެޑްޑީގެ 18 ވަނަ ވޮލީ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން މުރައިދޫއަށް

ހއ. ބާރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ބާރަށު ޒުވާނުންގެ ދިރުން (ބީޒެޑްޑީ) ގެ ފަރާތުން އިންތިޒާމް ކޮށްގެން އެންމެ އުތުރުގެ ދެ އަތޮޅު ކަމުގައިވާ ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން ދެ ޖިންސުގެ ޓީމްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ ވޮލީ މުބާރާތުގައި އަންހެން ޑިވިޛަންގެ ޗެމްޕިއަންކަން މުރައިދޫ ވޮލީ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ އަންހެން ބައިގެ ފައިނަލް މެޗު އިއްޔެ ހަވީރު ބާރަށު ވޮލީ ކޯޓުގައި ކުޅެފައިވާއިރު، ފައިނަލުގައި ބައްދަލު […]

އިބްރާހިމް ޚަލީލް
ތުރާކުނުގައި ކުރިއަށް ގެންދާ ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ތުރާކުނު

ތުރާކުނުގައި ކުރިއަށް ގެންދާ ފަހަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ.ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި އައިފާސް ޑްރީމްސް ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ ބޭސިކުން ފެށިގެން އެޑްވާންސް ލެވެލް 1 އަށް ކުރިއަށް ގެންދާ މި ކޯސް އެ ރަށުގައި ބޭއްވުމުގެ މަޤުޞަދަކީ ކޯހުގެ ޒަރިއްޔާއިން އެ ރަށުގެ ގިނަބަޔަކަށް ފެހުމުގެ ހުނަރު ދަސްކުރުމުގެ ފުރުޞަތު ލިބި، އެ ފުރުޞަތުގެ ބޭނުންހިފައި އެކަމުން އާމްދަނީ ހޯދުމުގެ މަގު ފަހިކޮށްދިނުމެވެ. މި ކޯހުގައި އަމިއްލައަށް މިންނަގައިގެން...

އިބްރާހިމް ޚަލީލް
ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ މަސައްކަތު ދުވަހުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި 📍 ހއ. ހޯރަފުށި

ހއ. އަތޮޅު މަދަރުސާގެ ޕީޓީއޭގެ މަސައްކަތު ދުވަހުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ހއ. ހޯރަފުށީ ހުންނަ އެ އަތޮޅު މަދަރުސާގެ ބެލެނިވެރިންނާއި މުދައްރިސުންގެ ގުޅުން (ޕީޓީއޭ) ފަންޑަށް ފައިސާ ހޯދުމަށް ފާހަގަ ކުރެވުނު މަސައްކަތު ދުވަހު، އެ ފަންޑަށް ތިން ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފިއެވެ. މިދިޔަ ހޮނިހިރު ދުވަހު އެ ސްކޫލުގެ ޕީޓީއޭ ފަންޑަށް ފައިސާ ހޯދުމަށް އެ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ގުޅިގެން ބޭއްވި މަސައްކަތު ދުވަހު ވަނީ، 301000.00 (ތިންލައްކަ އެއްހާސް) ރުފިޔާ ހޯދާފައެވެ. ކޮންމެ ގްރޭޑަކަށް ގްރޫޕެއް ހިމެނޭހެން ޖުމްލަ ބާރަ ގްރޫޕަކަށް ބަހާލައިގެން މަސައްކަތް […]

އިބްރާހިމް ޚަލީލް
ބާރަށު ކައުންސިލް ޔުނިޓީ ކަޕް އަންހެން ބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް އަށް 📍 ހއ. ބާރަށް

ބާރަށު ކައުންސިލް ޔުނިޓީ ކަޕް އަންހެން ބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް އަށް

ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ޔުނިޓީ ކަޕް ފުޓްސަލް މުބާރާތް 2022” ގެ އަންހެންބައިގެ ޗެމްޕިއަންކަން އޭލިއަންސް ކްއީންސް ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބާރަށު ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ އޭލިއަންސް ކްއީންސްއާއި ވިއޯރާ ސްޕަރ ކްއީންސްއެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޭލިއަންސް ކްއީންސްއެވެ. މި މެޗުގެ […]

އިބްރާހިމް ޚަލީލް
އުރީދޫ އިން މާރަންދޫ ސިއްހީ މަރުކަޒަށް ހެލްތު ކިޓް ހަދިޔާ ކޮށްފި 📍 ހއ. މާރަންދޫ

އުރީދޫ އިން މާރަންދޫ ސިއްހީ މަރުކަޒަށް ހެލްތު ކިޓް ހަދިޔާ ކޮށްފި

އުރީދޫ މޯލްޑިވްސް އުރީދޫ އިން ހއ. މާރަންދޫ ސިއްހީ މަރުކަޒަށް ހެލްތު ކިޓް ހަދިޔާ ކޮށްފި އެވެ. މި ކިޓު ހެލްތު އެ މަރުކަޒާ ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒެވެ. ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން އުރީދޫއިން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ވަނީ ނިންމާފަ އެވެ. ރާއްޖޭގެ […]

މުޙައްމަދު އަފްރާޙް