މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,983 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,983 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2983 ޚަބަރުގެ ތެރެއިން
އެސްޖީގެ މައްސަލާގައި ސީއެސްސީން އިހަވަންދޫ ކައުންސިލް ގޮވައިގެން ކޯޓަށް 📍 ހއ. އިހަވަންދޫ

އެސްޖީގެ މައްސަލާގައި ސީއެސްސީން އިހަވަންދޫ ކައުންސިލް ގޮވައިގެން ކޯޓަށް

ހއ. އިހަވަންދޫ ކައުންސިލަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން ޢައްޔަނުކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) އަށް އިހަވަންދޫ ކައުންސިލްގައި ވަޒީފާ އަދާކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކޮށް ދިނުމަށް އިހަވަންދޫ ކައުންސިލްގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި ސީއެސްސީން އެ މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ. ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް އައްޔަނުކުރުމުގައި ދިމާވެފައިވާ މައްސަލަތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާނެ ފަރާތެއް ނެތް ރަށެއްގެ މ...

ޔުމްނާ ޢަލީ
ހޯރަފުށި ސަލީމަށް ހާޓް އެޓޭކެއް ޖެހި، ފަރުވާ ދެނީ 📍 ހއ. ހޯރަފުށި

ހޯރަފުށި ސަލީމަށް ހާޓް އެޓޭކެއް ޖެހި، ފަރުވާ ދެނީ

ރާއްޖޭގެ ކުޅަދާނަ ނޫސްވެރިޔާ ހޯރަފުށީ މުހައްމަދު ސަލީމަށް ރޭ ހާޓް އެޓޭކެއް ޖެހި ފަރުވާދޭން ފަށައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ ސީސީޔޫ ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސަލީމްގެ ހާލު ގޯސްވީ ރޭ ފަތިހުގެ ވަގުތެއްގައެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށް ނޫސްވެރިކަމުގައި ފާހަގަ ކޮށްލެވުނު ސަލީމް ވަނީ ‘ހަވީރު’ ނޫހުގެ ސަބް އެޑިޓަރުކަމާއި ‘މިއަދު’ ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއިން ގައުމީ އިނ...

މުޙައްމަދު އަފްރާޙް
ދިއްދޫ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ 1 ވަނަ އޭއާރު އަށް 📍 ހއ. ދިއްދޫ

ދިއްދޫ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ 1 ވަނަ އޭއާރު އަށް

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަނބަލުންގެ ވާދެމުމުގެ މުބާރާތުގެ ޗެމްޕިއަންކަން އޭއާރު ޓީމުން ހޯދައިފިއެވެ. މި މުބާރާތް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، އޭއާރު ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ސްކޫލް ޓީމް ބަލިކޮށްގެންނެވެ. މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން އަމިއްލަ ފަރުދުންނަށް ވެސް ޓީމް ރަޖިސްޓަރީ ކުރުމުގެ ފުރު...

އިބްރާހިމް ޚަލީލް
ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީގައި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ ޖޫނިއާ ކޮލެޖާއި އަލިފުށީގައި ޓިވެޓް ސެންޓަރު ހިންގާނެ ބަޔަކު ހޯދަނީ

ހއ. ދިއްދޫގައި އަޅާ ޖޫނިއާ ކޮލެޖާއި ރ. އަލިފުށީގައި އަޅާ ޓިވެޓް ސެންޓަރ ހިންގާނެ ފަރާތްތަކެއް ހޯދަން އިއުލާން ކޮށްފިއެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި މަސައްކަތަށް ސައުގުވެރިކަން ހުރިފަރާތްތަކުން ރިކުއެސްޓް ފޯރ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް 27 މާރޗް ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ހުށައެޅުމަށް އެދޭ ކަމަށެވެ. ރިކުއެސްޓް ފޯ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެއެވެ. […]

މުޙައްމަދު އަފްރާޙް
މޮޅަދޫގައި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް 📍 ހއ. މޮޅަދޫ

މޮޅަދޫގައި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް

ހއ. މޮޅަދޫގައި އިޖުތިމާއީ ގޮތުންނާއި ނަފުސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށްގެން ނިންމައި، އެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ސެޝަންތަކަކީ މޮޅަދޫ ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންތަކެކެވެ. މި ސެޝަންތަކުގައި މައުލޫމާތު ދެއްވާނީ ނަފުސާނީ ބަލިތަކުގެ ޑަކްޓަރު އައިޝަތު ޢަލީ ނާޒެވެ. މާރިޗު 9 ވަނަ (ބުރާސްފަތި) ދުވަހު އޮންނަ މި ސެޝަންތައް ވަނީ ދެ ބަޔަކަށް ބަހާލާފައެވެ. މި...

ޔުމްނާ ޢަލީ
އަންހެނުންގެ ދުވަސް ފާހަގަ ކުރަން ދިއްދޫގައި ވާ ދެމުމުގެ މުބާރާތެއް 📍 ހއ. ދިއްދޫ

އަންހެނުންގެ ދުވަސް ފާހަގަ ކުރަން ދިއްދޫގައި ވާ ދެމުމުގެ މުބާރާތެއް

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިއްދޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ “ކަނބަލުންގެ ވާދެމުމުގެ މުބާރާތް” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ދިއްދޫ ކައުންސިލާއި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ދިއްދޫގައި ހުރި މުއައްސަސާތަކުގެ ނަމުގައްޔާއި ކުލަބް ޖަމިއްޔާތަކުގެ ނަމުގައި ޓީމްތައް ބައިވެރި ކުރެވޭނެއެވެ. އަދި އަމިއްލަ ފަރުދުންނަށް ވެސް ޓީމް ހަދައި ޓީމް ރ...

އިބްރާހިމް ޚަލީލް
އިހަވަންދޫގައި އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި އަންހެން ބޭފުޅުންނަށް ހާއްސަ ދަރުހެއް

ހއ. އިހަވަންދޫގައި އެރަށު އަންހެން ބޭފުޅުންނަށް ޚާއްޞަ ދަރުހެއް ކުރިއަށް ގެންގޮސްފިއެވެ. މި ދަރުހަކީ، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔަ ދަރުހެކެވެ. މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު އިހަވަންދޫ ސްކޫލްގައި ކުރިއަށް ގެންދިޔަ މި ދަރުސްގެ މަޢުލޫއަކީ ”ރަމަޟާން މަހަށް ތައްޔާރުވަމާ” އެވެ. މި ދަރުސް ދެއްވާފައި ވަނީ ޑރ. އަނާރާ ނަޢީމް އާއި އައްސައިޚާ ހައްވާ ލަޠީފް އެވެ. މީގެ އިތުރުން އެ ދުވަހު ހެނދުނު ވަނީ އެރަށު އަންހެން […]

ޔުމްނާ ޢަލީ
ދިއްދޫ ކުރީގެ ބަނދަރުގެ ޕޭވްމަންޓް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކުރީގެ ބަނދަރުގެ ޕޭވްމަންޓް ނިންމާލައިފި

ހއ. ދިއްދޫ ބަނދަރު ތަރައްޤީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވި ކަމާއެކު ކުރިއަށެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ...

އަޙްމަދު ވަހީދު
ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ 📍 ހއ. ބާރަށް

ތެލުގެ ވިޔަފާރިއަށް ބާރަށުން ބިން ދޫކުރަނީ

ތެލުގެ ވިޔަފާރި ކުރުމަށް ތިލަދުންމަތީ އުތުރުބުރީ ބާރަށުން ބިން ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައި، ބިން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ބާރަށުގައި ތެލުގެ ވިޔަފާރި ކުރުމަށް އެ ރަށުގެ ސިނާއީ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 2000 (ދެހާސް) އަކަފޫޓުގެ އެއް ބިމެވެ. ތެލުގެ ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ، ޝަރުތުހަމަވާ ފަރާތްތަކުން، މި މަހުގެ 9 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ބީލަމުގައި ރަޖިސްޓަރީވުމަށް […]

އިބްރާހިމް ޚަލީލް
ހއ. އަތޮޅުގައި ގާނޫނުތަކަށް އަހުލުވެރިކުރުވުގެ ޕްރޮގްރާމްތަކެއް

ހއ. އަތޮޅުގައި ގާނޫނުތަކަށް އަހުލުވެރިކުރުވުގެ ޕްރޮގްރާމްތަކެއް

ހއ. އަތޮޅުގައި ގާނޫނުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ ހއ. އަތޮޅުގެ ހޯރަފުށި، އިހަވަންދޫ، އުލިގަމު، ތުރާކުނު އަދި މަނަފަރު ރިސޯޓުގައެވެ. މިދިޔަ ފެބްރުއަރީ މަހުގެ 24 އިން 28 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތަކާގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މިއީ، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން...

ޔުމްނާ ޢަލީ
އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުތެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 54 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަަތަށް ބޭނުންވާ ބޮޑުހިލައިގެ ހުރިހާ ޝިޕްމަންޓެއް ވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން […]

އަޙްމަދު ވަހީދު
ހއ. އަތޮޅު ސްކޫލްތަކަށް ސްޓަޑީ ކޭމްޕް ބާއްވަން މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ހއ. އަތޮޅު ސްކޫލްތަކަށް ސްޓަޑީ ކޭމްޕް ބާއްވަން މާލީ އެހީތެރިކަން ފޯރުކޮށްދެނީ

ތިލަދުންމަތީ އުތުރުބުރީގެ ރަށްތަކުގައި ހިމެނޭ ސްކޫލުތަކުން ސްޓަޑީ ކޭމްޕް ބާއްވަން މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅޭގޮތުން އެ އަތޮޅު ކައުންސިލުން ވިދާޅުވެފައި ވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަންނީ ޤާބިލް މީހުންގެ އެހީތެރިކަން ދަރިވަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި އެ އަތޮޅުގެ ރަށްތަކުގައި ހުރި ސްކޫލްތަކުން ހިންގާ ސްޓަޑީ ކޭމްޕްތަކަށް އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. ސްޓަޑީ ކޭމްޕް ބޭއްވުމަށް މާލ...

އިބްރާހިމް ޚަލީލް
ތަކަންދޫ ކައުންސިލުގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ ކައުންސިލުގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލް އިދާރާގެ ރަސްމީ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ތަކަންދޫ ކައުންސިލުގެ ލޯގޯއެއް ފަރުމާކުރުމުގެ ބޭނުމަކީ އެ ކައުންސލުގެ ރަސްމީ ލިޔުންތަކުގައި ބޭނުން ކުރާނެ ރަސްމީ ލޯގޯއެއް އޮތުންކަމަށާއި، އެ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ހަރަކާތްތަކާއި، އެކި އެކި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ކަމުގަ އެވެ. އެ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ފަރުމާކުރެވޭ ލޯ...

އިބްރާހިމް ޚަލީލް
ލަހުފާންގެ އަމާޒު ހުރީ ސީނިއާ ޤައުމީ ޓީމުން ފުރުޞަތު ހޯދަން! 📍 ހއ. ބާރަށް

ލަހުފާންގެ އަމާޒު ހުރީ ސީނިއާ ޤައުމީ ޓީމުން ފުރުޞަތު ހޯދަން!

ރާއްޖެތެރޭ ރަށެއްގައި ނަމަ ފުރަތަމަ ފުޓްބޯޅަ ދަނޑަކީ ގޭ ދޮށުގައި އޮންނަ ހުސްތަންކޮޅެވެ. ނުވަތަ ގޭ ކުރިމަތީ އޮންނަ މަގެވެ. އެއަށްފަހު އަތިރިމަތީ ރުއްވަލެވެ. މިއީ ރާއްޖެތެރޭ ގިނަ ކުދިން ފުޓްބޯޅަ ކުޅުން ފެށިގެން އަންނަ ގޮތެވެ. ހަގު އުމުރުގައި، ލަހުފާން އަޙްމަދު ޝަހީމް އަށް ވެސް ފުޓްބޯޅައިގެ ފެށުން އޮތީ މިގޮތަށެވެ. ލަހުފާން އަޙްމަދު ޝަހީމް ނިސްބަތްވަނީ ތިލަދުންމަތީގެ ދެ ރަށަކަށެވެ. ބައްޕަ ހދ. ވައިކަރަދޫ އަށް ނިސްބަތްވާއިރު މަންމަގެ ރަށަަކީ ހއ. ބާރަށެވެ. އުމުރުން ހަތް […]

އިބްރާހިމް ޚަލީލް
ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފި

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި އިމާމުންނާއި ޚަތީބުންނަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިސްނަގައިގެން ހއ އަތޮޅުގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމަށް ބޭއްވި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ދިއްދޫގައި ހުންނަ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައެވެ. މި ޕްރޮގްރާމުގައި އެ އަތޮޅު ހުރިހާ ރަށަކުން އިމާމުންނާއި ޚަތީބުން ހިމެނޭހެން ޖުމްލަ […]

އިބްރާހިމް ޚަލީލް