📍 ހއ. ދިއްދޫ
ބައްސާމާ، ދިއްދޫގައި ހުރި ހަމައެނި ހާފިޒާ، ކާމިޔާބީއާއި ގުޅިފައި ވަނީ މަންމަ ދިން ހިތްވަރާއި ވަރުގަދަ އަޒުމް
ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން މި ރަމަޟާން މަހު އެ ރަށުގައި ކުރިއަށް ގެންދިޔަ “ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ކާމިޔާބުކޮށް ދިއްދޫގެ އެންމެ އަލިގަދަ ތަރިއަށް ހޮވުނު އަލް ހާފިޒާ ބައްސާމާ ސުލައިމާން، ފުނަކުރި / ހއ.ދިއްދޫ، އަކީ ޤުރުއާނުގެ ފަންނުގައި އެ ރަށަށް ވެސް އަދި އެ އަތޮޅަށް ވެސް އައު ނަމެއް ނޫނެވެ. އޭނާވަނީ އުމުރުން އެންމެ ސޯޅަ އަހަރުގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށް ޤުރުއާނާއި ބެހޭ […]