📍 ހއ. އިހަވަންދޫ
އިހަވަންދޫ ފެހިކުރުމަށް މާފަހިން ގަސް ހަދިޔާކޮށްފި
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ފެހިކުރުމަށް ބޭނުންވާ ގަސް އެ އަތޮޅު މާފަހިން ހަދިޔާކޮށްފިއެވެ. ހއ.މާފައްސަކީ ސީގަލް ގްރޫޕުގެ ފަރާތުން ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. ސީގަލް ގްރޫޕްގެ ފަރާތުން އިހަވަންދޫ ފެހިކުރުމަށް ބޭނުންވާ ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ވަނީ 205 ގަސް ހަދިޔާކޮށްފައެވެ. ހަދިޔާކޮށްފައިވާ ގަސްތަކުގެ ތެރޭގައި ހިޔާލިބޭފަދަ ގަސްތަކާއި ބަގީޗާ ގަސްތައް ހިމެނެއެވެ. އިހަވަންދޫ ފެހިކުރުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުމުން އެ ރަށު ކައުންސިލުގެ ރައީސް އަހްމަ...