މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,984 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,984 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2984 ޚަބަރުގެ ތެރެއިން
އިހަވަންދޫ ކައުންސިލްގެ އެފްބީ ޕޭޖުގެ ކޮންޓްރޯލް އަނބުރާ ކައުންސިލް ދަށަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލްގެ އެފްބީ ޕޭޖުގެ ކޮންޓްރޯލް އަނބުރާ ކައުންސިލް ދަށަށް

ހެކްކޮށްފައިވާ ހއ.އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖްގެ ކޮންޓްރޯލް އަނބުރާ އެ ކައުންސިލްގެ ދަށަށް ގެނެސްފިއެވެ. އިހަވަންދޫ ކައުންސިލް ފޭސްބުކް ޕޭޖް ހެކްކޮށްފައި ވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އެ ކައުންސިލް ފޭސްބުކް ޕޭޖަކީ މީގެ ނުވަވަރަކަށް އަހަރު ކުރިން ހަދާފައިވާ ޕޭޖެކެވެ. އެ ޕޭޖަކީ ކައުންސިލުން ހިންގާ ހަރަކާތްތަކާއި، ކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ތަފާތު މައުލޫމާތު ތާޒާކަންމަތީ ފޯރުކޮށްދިނުމަށް އެ ކައުންސިލުން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ. ޕޭޖް ހެކްކުރުމަށް ފަހު، ޕޭ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ކައުންސިލުން ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލުން ތަރައްގީކުރި އައުޓްޑޯ ޖިމް ހުޅުވައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން “އިހަމަ” ނަމުގައި އެ ރަށުގައި ތަރައްގީކުރި އައުޓްޑޯ ޖިމް ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. “އިހަމަ” މި ނަމުން ރަމްޒު ކޮށްދެނީ އިހަވަންދޫ ހަށިހެޔޮ މައިޒާނެވެ. އެ ރަށު ޓާފް ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ހަދާފައިވާ އެ ޖިމް ރަސްމީކޮށް ހުޅުވާފައިވަނީ ރޭ އެކަމަށްޓަކައި އެ ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ މި އައުޓްޑޯ ޖިމާއި ގުޅޭގޮތުން މައުލޫމާތު ދެމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ބުނީ، މި ޕްރޮޖެކްޓަކީ […]

އިބްރާހިމް ޚަލީލް
ދިއްދޫ، އަތޮޅުގައި އޮތް ޒަމާނީ ފުޓްސަލް ދަނޑެއް ނެތް ހަމައެކަނި ރަށް 📍 ހއ. ދިއްދޫ

ދިއްދޫ، އަތޮޅުގައި އޮތް ޒަމާނީ ފުޓްސަލް ދަނޑެއް ނެތް ހަމައެކަނި ރަށް

ތިލަދުންމަތީ އުތުރުބުރީގެ ވެރިކަންކުރާ ދިއްދޫއަކީ އެ އަތޮޅުގައި އެންމެ އާބާދީ ބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ފުޓްބޯޅައާއި ފުޓްސަލް ކުޅުމަށް ލޯބިކުރާ ޒުވާނުންގެ ބޮޑު އާބާދީއެއް އޮތް އެ ރަށުގައި މިހާރު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ފުޓްސަލްއެވެ. ނަމަވެސް ހިތާމައަކީ އެ ރަށުގައި ޒަމާނީ ފުޓްސަލް ދަނޑެއްނެތުމެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކުދި މެޓް ޓާފް ފުޓްސަލް ދަނޑުތަކެއް އެޅިއެވެ. އެ ޕްރޮޖެކްޓްގެ ދަށުން ދިއްދޫގައި […]

އިބްރާހިމް ޚަލީލް
ކައުންސިލާއި ގުޅިގެން ކެލާގައި، އީދު ކުޅިވަރު ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ކެލާ

ކައުންސިލާއި ގުޅިގެން ކެލާގައި، އީދު ކުޅިވަރު ހަރަކާތްތައް ހިންގައިދޭނެ ބަޔަކު ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލާއި ގުޅިގެން އެ ރަށުގައި އަޟްހާ އީދު ކުޅިވަރުތައް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިއުލާން ކޮށްފިއެވެ. އެ ކައުންސިލުން މި އަހަރު ބޮޑު އީދު ފާހަގަ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ އެ ރަށުގެ ކުލަބް ޖަމިއްޔާތަކަށެވެ. އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެ ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ސަގާފަތް ދިރުވައި އާލާކުރުމާއި އަންނަން އޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލް ކުރުމަށްޓަކައި މި...

އިބްރާހިމް ޚަލީލް
ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހަމްނާ 📍 ހއ. ދިއްދޫ

ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހަމްނާ

ދިވެހި ދިފާއީ ޤައުމީ ބާރަށް ސިފައިން ތަމްރީނު ކުރުމަށް ހިންގި  އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ޕްރައިވެޓް ހަމްނާ ރަޝީދު ހާސިލްކޮށްފިއެވެ. ހއ. ދިއްދޫ އަށް ނިސްބަތްވާ ހަމްނާ ރަޝީދު މި ފަޚްރުވެރި މަޤާމު ހޯދި 70 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ ހަވީރު ސިފައިންގެ ތަމްރީނު މަރުކަޒު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަމްނާ ހިމެނޭހެން ކޯހުގެ […]

ޔުމްނާ ޢަލީ
ތުރާކުނުގެ އިހުތިސާސްތެރޭ ވަނގާރު ހިމަނައިފި 📍 ހއ. ތުރާކުނު

ތުރާކުނުގެ އިހުތިސާސްތެރޭ ވަނގާރު ހިމަނައިފި

ތިލަދުންމަތީ އުތުރުބުރީ ތުރާކުނާއި ގާތްގަނޑަކަށް ދެ ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅުރަށެއްކަމަށްވާ ވަނގާރު، ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމަނައިފިއެވެ. ބޮޑުމިނުގައި އެގާރަ ހެކްޓަރު ހުންނަ ވަނގާރު ތުރާކުނުގެ އިހްތިސާސްގެތެރޭ ހިމެނިކަން ހާމަކޮށް މިއަދު ރައީސް އޮފީހުން ނެރުނު ގަރާރެއްގައި ބުނީ ވަނގާރަކީ ތުރާކުނުގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ރައީސަށް ލިބިދޭ ބާރުގެ ދަށުން ކަނޑައަޅާފައިވާ ކަމަށެވެ. ވަނގާރުގައި ރިސޯޓް ތަރައްގީ ކުރުމަށް ދޫކ...

އިބްރާހިމް ޚަލީލް
ދިއްދޫގެ ކަނބަލުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގެ ކަނބަލުންނަށް ބާއްވާ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ.ދިއްދޫ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން، މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކަށް ބާއްވާ އަންހެނުންގެ ފުރަތަމަ ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ. އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ކަނބަލުންގެ މެދުގައި ކުޅިވަރުގެ ރޫހު ދިރުވުމާއި އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ރޫހު ދިރުވައި އާލާކުރުމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ދިއްދޫގެ ސަރުކާރު އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ...

އިބްރާހިމް ޚަލީލް
ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަން ދިއްދޫ ފެނަކަ މެނޭޖަރު ގޮވާލުމުން ޕީއެންސީން ކުށްވެރިކޮށްފި 📍 ހއ. ދިއްދޫ

ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަން ދިއްދޫ ފެނަކަ މެނޭޖަރު ގޮވާލުމުން ޕީއެންސީން ކުށްވެރިކޮށްފި

ހއ. ދިއްދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ކަރަންޓު ދޫކުރަންވީ ހަމައެކަނި އެ ޕާޓީގެ މީހުންގެ ގެތަކަށް ކަމަށް ބުނެ ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވި މައްސަލަ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިން ކުށްވެރިކޮށްފިއެވެ. ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، “ކަރަންޓު ހަމައެކަނި ދޫކުރަންވީ ޕާޓީ ގެތަކަށް” ކަމަށް ބުނެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ރަޝީދު ދިއްދޫގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި […]

މުޙައްމަދު
ހޯރަފުށީގެ ކުޑަކުދިންގެ ރެސިޑެންޝަލް ސެންޓަރަށް މުވައްޒަފުން ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ކުޑަކުދިންގެ ރެސިޑެންޝަލް ސެންޓަރަށް މުވައްޒަފުން ހޯދަނީ

ހއ. ހޯރަފުށީގައި ގާއިމުކޮށްފައިވާ ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. ޖުވެނަލް ޖަސްޓިސް ޑިޕާޓްމަންޓުން ކުރި އިއުލާނެއްގައި ވަނީ އެސިސްޓެންޓް ކައުންސެލަރާއި ޕްރޮގްރާމް އޮފިސަރު އަދި ސީނިއާ ޖުވެނަލް ޖަސްޓިސް އޮފިސަރުގެ އިތުރުން މަސައްކަތު މީހުންނާއި ޗައިލްޑް ކެއާ އެޓެންޑުން ބޭނުންވާ ކަމަށެވެ. އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކު...

މުޙައްމަދު
ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2024” ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މުބާރާތް ހޯސްޓް ކުރާރަށަކުން މުބާރާތުގެ ކުރިއަށް ގެންދިޔުމުގެ އެންމެހާ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ. މިކަމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 16 އޭޕްރިލްގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެދި ރަޖިސްޓަރީ ކުރަން ޖެހެއެވެ. ރަޖިސްޓަރީވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވ...

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް ރީޝް އަށް 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް ރީޝް އަށް

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރީގެ ޝަރަފް، ދިއްދޫ/ ވައްޓަރު ޢާއިޝަތު ރީޝް ނަސީމް ހޯދައިފިއެވެ. “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” އަކީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން އެ އަތޮޅު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުގެ ގްރޭން ފިނާލޭ ޝޯ ރޭ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ބާއްވާފައިވާއިރު، ޝޯ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ. މި މުބާރާތުގެ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ހޮވުން މިރޭ 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ހޮވުން މިރޭ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ގްރޭން ފިނާލޭ ޝޯ މިރޭ އޮންނާނެއެވެ. މުބާރާތުގެ ފައިނަލުގެ ފުރަތަމަ ކިޔުން ރޭ ބާއްވާފައިވާއިރު، މުބާރާތުގެ ގްރޭން ފިނާލޭ މިރޭ އޮންނާނެއެވެ. މިރޭ ޝޯގައި ވެސް ފަސް ބައިވެރިންގެ ކިޔެވުންތައް ފެނުގެންދާނެއެވެ. މިގޮތުން ކޮންމެ ބައިވެރިއަކަށް ބަލައިގެން ކިޔުމުން ސުވާލަކާއި ނުބަލާ ކިޔުމުން ސުވާލެއްގެ އިތުރުން ދީނީ އިލްމުންނާއި ޤުރުއާނުގެ ބައިން […]

އިބްރާހިމް ޚަލީލް
އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ 📍 ހއ. އުތީމު

އުތީމު އެންމެ އަލިގަދަ ތަރިއަކަށް މަރްޔަމް އަނާޔާ

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދިޔަ “އުތީމް އެންމެ އަލިގަދަތަރި” ޤުރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ މަރްޔަމް އަނާޔާ ހަބީބް ހޯދައިފިއެވެ. މި މަހު 19 ވަނަ ދުވަހު ފެށި މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ތިން ބުރަކަށް ބަހާލައިގެންނެވެ. މުބާރާތުގެ އެންމެ މޮޅު ހަތް ބައިވެރިންނާއިއެކު ފައިނަލް ޝޯ ބާއްވާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ. ފައިނަލް ޝޯގައި އެންމެ މަތިން މާކްސް ހޯދައި އުތީމްގެ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވައިފި 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ފައިނަލަށް ބައިވެރިން ހޮވައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ފައިނަލަށް ބައިވެރިން ހޮވައިފިއެވެ. ދެވަނަ ބުރުގެ ދެވަނަ ޝޯއިން ޖާގަ ހޯދި ދިހަ ބައިވެރިންނާއިއެކު ރޭ ޝޯ ކުރިއަށް ގެންގޮސްފައިވާއިރު، ރޭ ވަނީ ފައިނަލަށް ބައިވެރިން ހޮވާފައެވެ. ފައިނަލުން ފުރުސަތު ލިބިފައި ވަނީ ރޭ ޝޯގައި އެންމެ މަތިން މާކްސް ހޯދި 5 ބައިވެރިންނަށެވެ. އެ ބައިވެރިންނަކީ: މުބާރާތުގެ ފައިނަލުން ޖާގަ […]

އިބްރާހިމް ޚަލީލް
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރު މިރޭ ފަށަނީ 📍 ހއ. ދިއްދޫ

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރު މިރޭ ފަށަނީ

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ދެވަނަ ބުރު މިރޭ ފަށާނެއެވެ. މުބާރާތުގެ ދެވަނަ ބުރު ކުރިއަށް ގެންދަނީ ދެ ރެއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ރޭގެ ޝޯ މިރޭ 21:20 ގައި ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ ތިލައުތުރު މާލަމުގައި ފަށާއިރު، މި ޝޯގައި ފުރަތަމަ ބުރުން ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިން ވާދަ ކުރާނެއެވެ. މިރޭ ޝޯގައި […]

އިބްރާހިމް ޚަލީލް