📍 ހއ. ދިއްދޫ
ދިއްދުއާއި އިހަވަންދޫ ހިމެނޭހެން 5 ރަށެއްގައި އައިސްޕްލާންޓް ބަހައްޓައިދޭނެ ބަޔަކު ހޯދަނީ
ހއ.ދިއްދުއާއި އެ އަތޮޅު އިހަވަންދޫ ހިމެނޭހެން ފަސްރަށެއްގައި އައިސްޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މި ޕްރޮޖެކްޓްގެ ދަށުން 50 ޓަނުގެ އައިސްޕްލާންޓް ބަހައްޓާ އަނެއް ތިން ރަށަކީ ށ.ކޮމަންޑޫ، ގދ.ރަތަފަންދޫގެ އިތުރުން އއ.ރަސްދޫ އެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސުން މިވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. މިއީ ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑި...