މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,984 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,984 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2984 ޚަބަރުގެ ތެރެއިން
އުތީމު ކައުންސިލްގެ އިހްތިސާސްގައި ރަށެއް ހިމަނައިދޭން އެދިއްޖެ 📍 ހއ. އުތީމު

އުތީމު ކައުންސިލްގެ އިހްތިސާސްގައި ރަށެއް ހިމަނައިދޭން އެދިއްޖެ

ހއ. އުތީމު ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ރަށެއް ހިމަނައިދިނުމަށް އެ ރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި މިއަދު އެދިއްޖެއެވެ. ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތިން ވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ އުތީމަށް ވަޑައިގެންފައެވެ. އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭ...

ޔުމްނާ ޢަލީ
ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް 📍 ހއ. ވަށަފަރު

ވަށަފަރު ސިޓީ ހޮޓާ ތަރައްގީކުރުމަށް ފުރުސަތު ފަހިކޮށްދޭނަން: ރައީސް

ހއ. ވަށަފަރު ސިޓީ ހޮޓާ ތަރައްގީ ކުރުމަށް މަގުފަހިކޮށްދީ، އެކަން ފުރިހަމަކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އަށް ވަޑައިގެން ފިއްލަދޫ ރައްޔިތުންނާ ބައްދަލުކުރަށްވާ ދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސްގެ ވާހަކަ ފުޅުގައި ވަށަފަރުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ދޫކޮށްފައި އޮތް ބިމަށް އިޝާރާތް ކުރަށްވައި ވިދާޅުވީ، އެތަން ނިންމުމަށް  ފުރުޞަތުތައް ފަހިކޮށްދީ، އެކަންވެ...

ޔުމްނާ ޢަލީ
ފިއްލަދޫއަށް ތަރައްގީގެ ފުރުސަތު ބޮޑު، ދިވެހި ގިނަ ރައްޔިތުންނަށް ފައިދާ ކުރާނެ: ރައީސް 📍 ހއ. ފިއްލަދޫ

ފިއްލަދޫއަށް ތަރައްގީގެ ފުރުސަތު ބޮޑު، ދިވެހި ގިނަ ރައްޔިތުންނަށް ފައިދާ ކުރާނެ: ރައީސް

ހއ. ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ދެވަނަ މަންޒިލެއްގެ ގޮތުގައި ފިއްލަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، ފިއްލަދޫގެ ތަރައްޤީއިން ދިވެހި ގިނަ ރައްޔިތުންނަށް ފައިދާތަކެއް ކުރާނެއެވެ. މިގޮތުން މި ސަރަހައްދ...

ޔުމްނާ ޢަލީ
ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވައިފި

ހއ. ފިއްލަދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސް ޑރ. މުހައްމަދު މުޢިއްޒު އާއި މިއަދު އެ ރަށު ކައުންސިލުން ހިއްސާކުރަށްވައިފިއެވެ. ހއ. އަތޮޅުގެ 10 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގޮތުގައި ރައީސް ވަނީ ފިއްލަދޫ އަށް ވަޑައިގެންފައެވެ. އެރަށަށްކުރެއްވި ޒިޔާރަތުގައި ރައީސް ވަނީ ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަށްވާ...

ޔުމްނާ ޢަލީ
މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދޭނަން: ރައީސް 📍 ހއ. މުރައިދޫ

މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދޭނަން: ރައީސް

މުރައިދޫ ބަނދަރު ބޭރުތޮށީގެ މައްސަލަ ހައްލުކޮށްދީ، މަގު ހެދުމުގެ ވައުދު ފުއްދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެެއެވެ. ރައީސް މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ހއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މުރައިދޫގެ ތަރައްޤީއަށް ރާއްވަވާފައިވާ ކަންކަމަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މުރައިދޫއަ...

ޔުމްނާ ޢަލީ
މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި 📍 ހއ. މުރައިދޫ

މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި ރައީސް ބައްދަލުކުރަށްވައިފި

ހއ. މުރައިދޫ ކައުންސިލާއި އަންހެނުންގެ ކޮމެޓީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ބައްދަލުކުރަށްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ރައީސް ހއ. އަތޮޅުގެ 10 ރަށަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ފުރަތަ މަންޒިލެއްގެ ގޮތުގައި މުރައިދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ މުރައިދޫއަށް ބޭނުންވެފައިވާ ކަންކަން ރައީސަށް ދަންނަވާފައެވެ. މިގޮތުން ކައުންސ...

ޔުމްނާ ޢަލީ
މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އޭޓީއެމް އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. މުރައިދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ބިންގާއަޅައި، އެރަށުގައި ބަހައްޓާ އޭޓީއެމް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މިކަންކަން ކުރިއަށް ގެންގޮސްފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހއ. އަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު މުރައިދޫއަށް ކުރަށްވާ ޒިޔާރަތުގެ ތެރެއިންނެވެ. މުރައިދޫ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މުރައިދޫގައި ބޭންކް އޮފް މޯލްޑިވްސް ގެ އޭޓީއެމް ޤާއިމުކުރުމުގެ އެއްބަސްވުމުގ...

ޔުމްނާ ޢަލީ
ރައީސް ހއ. އަތޮޅަށް

ރައީސް ހއ. އަތޮޅަށް

ރައީސް  ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ(ހއ.އަތޮޅު)ގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ މި ދަތުރުފުޅުގައި ހއ.އަތޮޅުގެ 10 ރަށަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އެ ރަށްތަކަކީ ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ. ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގަންނަވާނީ މުރައިދޫއަށެވެ. މި ދަތުރުފުޅުގައި މި ރަށްތަކަ...

ޔުމްނާ ޢަލީ
ހއ.އަތޮޅު ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީ

ހއ.އަތޮޅު ކައުންސިލްތަކުގެ ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީ

ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. ހއ. އަތޮޅުގެ ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ފަންނީ ކޯސްތަކުގައި ކިޔަވާ މުވައްޒަފުންނަށް މާލީ އެހީތެރިކަން ދިނުމަށް ހއ. އަތޮޅު ކައުންސިލުން ނިންމީ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 149 ވަނަ ޢާންމު ބައްދަލުވުމުގައެވެ. މިގޮތުން މި އަހަރު އެ ކައުންސިލުން ހިންގުމަށް ނިންމާފައިވާ ޙަރަކާތ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އީދު ކުރިން ނިންމަނީ 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް އީދު ކުރިން ނިންމަނީ

ހއ. ދިއްދޫގައި ސަރުކާރުން ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތް އަންނަ އަޟްހާ އީދުގެ ކުރިން (6 ޖޫން 2025) ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމުގައި ކައުންސިލުން ބުނެފިއެވެ. މި ނޫހަށް މައުލޫމާތު ދެމުން ދިއްދޫ ކައުންސިލްގެ ރައީސް އިބްރާހީމް ރަޝީދު ބުނީ އެ ރަށުގައި ބިނާކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތް ކަމަށާއި، އަންނަ އަޟްހާ އީދުގެ ކުރިން މިސްކިތް އެއްކޮށް ނިންމައި ބޭނުން ކުރަން ފެށޭވަރު […]

އިބްރާހިމް ޚަލީލް
އުތީމް ކައުންސިލް ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފި 📍 ހއ. އުތީމު

އުތީމް ކައުންސިލް ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފި

ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރަސްމީ ލޯގޯއާއި ޔުނީފޯމް އިފްތިތާހް ކޮށްފިއެވެ. އުތީމު ކައުންސިލުގެ ރަސްމީ ލޯގޯއާއި ޔުނީފޯމް ރަސްމީކޮށް އިފްތިތާހް ކޮށްފައި ވަނީ އެކަމަށްޓަކައި ރޭ އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ބޭއްވި ހަފްލާގައެވެ. ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢުއެވެ. ލޯގޯއިން ރަމްޒުކޮށްދޭ ކަންކަން ލޯގޯގައި ދޯންޏެއްގެ ސިފައިގައި ރަމްޒުކޮށްދޭބައިން ބުނެދެނީ އުތީމު ތިންބެއިން ރާއްޖެ އިސްލާމް ކުރެއްވުމަށ...

އިބްރާހިމް ޚަލީލް
ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުން ހައްޔަރުކޮށްފި

ހއ. ހޯރަފުއްޓަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ ޅ. ހިންނަވަރު / ނަބީޒްގެ، އަޙްމަދު އަބޫބަކުރު (45އ) އާއި ހއ. ހޯރަފުށި / މާވާގެ، އަޙްމަދު ރަމީޒް (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހޯރަފުށީ މަގުމަތިން، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހޯރަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން […]

އަލީ އާދިލް
އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ

ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އަދި ށ. ފުނަދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތާއި އަދި ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ މި ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައެވެ. އަދި އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައެވެ. ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް [...

ޔުމްނާ ޢަލީ
ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ 📍 ހއ. ކެލާ

ހއ. ސެމީގައި ދިއްދޫއާއި މާރަންދޫ އަދި ވަށަފަރާއި ކެލާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުގައި ދިއްދޫއާއި މާރަންދޫ ބައްދަލުކުރާއިރު ވަށަފަރުން ކެލާ އާއި ވާދަކުރަން ޖެހިއްޖެއެވެ. ހއ.އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް އެންމެ ފަހު މެޗުތައް އިއްޔެ ކުޅެފައިވާއިރު ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ މާރަންދޫއިންނެވެ. މާރަންދޫއިން ވަނީ ކުޅުނު ހަތަރު މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕުން ދެވަނަ ޓީމްގެ ގޮތުގައި […]

އިބްރާހިމް ޚަލީލް
ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް

ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ 55 ރަށުގެ ތެރޭ ބޮޑުތިލަދުންމަތީގެ 16 ރަށެއް

55 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް އިއްޔެ ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާއިރު، އޭގެ ތެރޭގައި ބޮޑުތިލަދުންމަތީގެ 16 ރަށެއް ހިމެނިއްޖެއެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދިވެހި ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، މެލޭޝިޔާގެ ހެކްސްޓަރ ގްލޯބަލް އާއެވެ. މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިދާރާގެ އާ އިމާރާތް އަޅާ ރަށްތަކުގެ ލިސްޓް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު، އެކްސްގައި ކުރެއްވި...

ޔުމްނާ ޢަލީ