📍 ހއ. ދިއްދޫ
ދިއްދޫ ދި-ފައުންޑޭޝަނުން ބާއްވާ ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ފެށިގެން ކުރިއަށް
ހއ.ދިއްދޫ، ދި-ފައުންޑޭޝަންއިން އެރަށުގައި ބާއްވާ ބޭސިކް ފޮޓޯގްރަފީ ވޯކްޝޮޕް ފަށައިފިއެވެ. މި ވޯކްޝޮޕަކީ ދި-ފައުންޑޭޝަންގެ ފަރާތުން އެ ރަށުގެ ސްކޫލްގެ ގްރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގައި ވަނީ 18 ދަރިވަރަކު ބައިވެރިވެފައެވެ. މި މަހުގެ 22 އިން 24 އަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ ދިއްދޫ ކޮމިއުނިޓީ ސެންޓަރުގައެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެނީ ފޮޓޯގްރަފީގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށްވާ އިބްރާހީމް ނަސޫހްއެވެ. އޭނާ...