މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (07:00 އިން 11:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (07:00 އިން 12:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,984 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,984 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2984 ޚަބަރުގެ ތެރެއިން
މުރައިދޫގައި މިސްކިތެއް ބިނާ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި 📍 ހއ. މުރައިދޫ

މުރައިދޫގައި މިސްކިތެއް ބިނާ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ހއ. މުރައިދޫގައި 300 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ނައިބު ވަޒީރު އިބްރާހިމް އާސިމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މަޝްރޫއު އަށް 7.7 މިލިއަން ރުފިޔާއ...

ޔުމްނާ ޢަލީ
ބާރަށުގައި ޑްރަގް ވިއްކާކަމަށް ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

ބާރަށުގައި ޑްރަގް ވިއްކާކަމަށް ތުހުމަތުވާ ދެމީހަކު ހައްޔަރުކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހއ. ބާރަށުން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް އިން ހިންގި މި އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. އެގޮތުން މި އޮގަސްޓް މަހުގެ 3 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް...

އައިޝަތު އައިނީ އާމިރު
އުތީމު ފެނަކަ ބްރާންޗުގެ އަހަރީ ހަދިޔާއަކަށް ކައުންސިލުން އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްފި 📍 ހއ. އުތީމު

އުތީމު ފެނަކަ ބްރާންޗުގެ އަހަރީ ހަދިޔާއަކަށް ކައުންސިލުން އެކްޓިވިޓީ ޔުނީފޯމު ހަދިޔާކޮށްފި

ހއ. އުތީމު ފެނަކަ ބްރާންޗުގެ 2025 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި އުތީމު ކައުންސިލުން ހަދިޔާކޮށްފައިވާ އެކްޓިވިޓީ ޔުނީފޯމު އެ ބްރާންޗާއި ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ ދަށުން އުތީމު ކައުންސިލުން ވަނީ އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް އެކްޓިވިޓީ ޔުނީފޯމު ހަވާލުކޮށްފައެވެ. އުތީމު ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު “ތިލަދުން” އަށް ވިދާޅުވެފައިވަނީ މި މަސައްކަތަކީ އުތީމު ކައުންްސިލުގެ ފަރާތުން އުތީމު ފެނަކަ ބްރާންޗުގެ ހުރިހާ މުވައްޒަފުންނަށް އަހަރީ ދުވަސް...

އައިޝަތު އައިނީ އާމިރު
ހޯރަފުށީ ކައުންސިލުން މަރުޙޫމް މަޑުލު ވަހީދާއި ސަލީމްގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ކައުންސިލުން މަރުޙޫމް މަޑުލު ވަހީދާއި ސަލީމްގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަނީ

ހއ. ހޯރަފުށީ ކައުންސިލުން، އެ ރަށަށް ނިސްބަތްވާ ފަޚްރުވެރި ދެ ފަންނުވެރިންކަމަށްވާ މަރުޙޫމް މަޑުލު މުޙައްމަދު ވަހީދާއި އާދަމް ސަލީމް (ހޯރަފުށީ ސަލީމް)ގެ ހަނދާނުގައި އަދަބީ ދެ މުބާރާތެއް ބާއްވަންނިންމާފައިވާކަން ޢިއުލާންކޮށްފިއެވެ. އެ ދެ މުބާރާތަކީ މަރްޙޫމް މަޑުލު މުޙައްމަދު ވަޙީދުގެ ހަނދާނީ ކުރުވާހަކަ ލިޔުމުގެ މުބާރާތާއި، މަސްހޫރު ޝާޢިރު އާދަމް ސަލީމްގެ ހަނދާނީ ޅެން ހެދުމުގެ މުބާރާތެވެ. މިކަން ޢިއުލާންކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ އެރަށުގައި ބޭއްވި އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދުގެ...

ޙުސައިން ޝަހުދީ
މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާ ހޯރަފުށީގައި ބާއްވައިފި 📍 ހއ. ހޯރަފުށި

މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާ ހޯރަފުށީގައި ބާއްވައިފި

އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް، އެ މަރްޙޫމް ނިސްބަތްވެވަޑައިގެންފައިވާ ހއ. ހޯރަފުށީގައި ބުރާސްފަތި ދުވަހުގެ ރޭ ބާއްވައިފިއެވެ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި މި ޖަލްސާގައި ވަޙީދުގެ ޢާއިލާ އާއި، ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސާ އާއި، ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމްއާއި، ދިވެހި ބަހުގެ އުސްތާޛް އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އާއި މުޙައްމަދު ސަލީމް (ހޯރަފުށީ...

ޔުމްނާ ޢަލީ
އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫ ހިންނަ ފުޓްސަލް ދަނޑުގެ ރޮސްޓަމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިހަވަންދޫ ކައުންސިލުން އިއުލާނުކޮށްފިއެވެ. މި މަސައްކަތައް ބީލަން ހުށަހެޅުމަށް ހުޅުވާލަމުން އިހަވަންދޫ ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތައް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮގަސްޓް 2025 ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށް procurement@ihavandhoo.gov.mv އަށް މެއިލް ކުރުމަށެވެ. މީގެ އިތުރުން ފޯނުން ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން 6...

އައިޝަތު އައިނީ އާމިރު
އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ފަށައިފި، ތުރާކުނުން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ!

އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ފަށައިފި، ތުރާކުނުން އައްޑުއާ ހަމަައަށް ދަންމަރު ގެންދާނެ!

އިދިކޮޅު އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން “ރަން ރީނދޫ” ގެ ނަމުގައި ހާއްސަ ދުވުމެއް މިއަދު ހަވީރު ހުޅުމާލޭގައި ބާއްވައިފިއެވެ. މި ދުވުމަކީ އެ ޕާޓީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ދުވުމެކެވެ. މިދަންމަރު، ހއ. ތުރާކުނުން ފެށިގެން އައްޑުއަތޮޅާ ހަމައަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައި ކުރިއަށްގެންދިޔަ މި ދުވުމުގައި 300 އެއްހާ މީހުން ބައިވެރިވިއެވެ. ފަންސަވީހަކަށް މިނެޓަށް […]

އަލީ އާދިލް
ވަށަފަރާއި ތުރާކުނު ސިއްޙީމަރުކަޒު އަޕްގްރޭޑްކުރަން ހަވާލުކޮށްފި 📍 ހއ. ތުރާކުނު

ވަށަފަރާއި ތުރާކުނު ސިއްޙީމަރުކަޒު އަޕްގްރޭޑްކުރަން ހަވާލުކޮށްފި

ހއ. ވަށަފަރު އަދި ތުރާކުނު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް “ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” އާއި ހަވާލުކޮށްފިއެވެ. މިއަދު މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނައިބު ރައީސް، އަލްއުސްތާޒް އިސްމާޢިލް ޒާހިރު އެވެ. އަދި މި ދެ ރަށުގެ މަސައްކަތް ހަވާލުކުރެވޭ “ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރީ އެ […...

އައިޝަތު އައިނީ އާމިރު
ހއ. އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭންޕެއް

ހއ. އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭންޕެއް

ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އާސަންދަ ކޮމްޕެނީ އާއި ގުޅިގެން އެ އަތޮޅު ރައްޔިތުންނަށް އަމާޒުކޮށްގެން ހއ. އަތޮޅު ހޮސްޕިޓަލުގައި މެޑިކަލް ކޭންޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. ސިއްހީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ މި ކޭންޕު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 15 އަދި 16 ގައެވެ. މި ކެންޕުގައި ހއ އަތޮޅުގެ ކޮންމެ ރަށަކަށް ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާއިރު، މި ކޭންޕުގައި ބައިވެރިވާ […]

އައިޝަތު އައިނީ އާމިރު
އިހަވަންދޫގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމަށް މަސްޖިދުލް އިބާދަތު މަރާމާތުކުރުމަށް ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމަށް މަސްޖިދުލް އިބާދަތު މަރާމާތުކުރުމަށް ހަވާލުކޮށްފި

ހއ. އިހަވަންދޫގައި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމްކުރުމުގެ ގޮތުން މަސްޖިދުލް އިބާދަތު މަރާމާތު ކުރުމަށް ފެނާރު އިންވެސްޓްމަންޓް އާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް އިހަވަންދޫ ކައުންސިލުން 17 އޭޕްރީލް 2025 ގައި ބީލަމަށް ހުޅުވާލިއިރު ރަޖިސްޓްރީކޮށް، ބީލަން ހުށަހަޅާފައިވަނީ 3 ފަރާތަކުންނެވެ. އެގޮތުން ބީލަން ހުށަހެޅި 3 ފަރާތެއްގެ ތެރެއިން ބިޑް ކާމިޔާބުކޮށް މި މަޝްރޫޢުގެ މަސައްކަތް އިހަވަންދޫ ކައުންސިލުން އެ ކުންފުންޏާއި ވަނީ ހަވާލުކޮށްފައެވެ. ފެނާރު އިންވެސްޓްމަންޓް އ...

އައިޝަތު އައިނީ އާމިރު
މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާއެއް ހޯރަފުށީގައި ވެސް ބާއްވަނީ 📍 ހއ. ހޯރަފުށި

މަޑުލު މުޙައްމަދު ވަޙީދުގެ ތަޢުބީނުގެ ޖަލްސާއެއް ހޯރަފުށީގައި ވެސް ބާއްވަނީ

އަލްމަރުޙޫމު މަޑުލު މުޙައްމަދު ވަޙީދު ކޮށްދެއްވާފައިވާ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކޮށް ހަނދާން އައުކުރެއްވުމަށް ތަޢުބީނުގެ ޖަލްސާއެއް ހއ. ހޯރަފުށީގައި ބާއްވަން ނިންމައިފި އެވެ. ހޯރަފުށީ ކައުންސިލުން ވަނީ، މިޖަލްސާގައި ބައިވެރިވެ ދެއްވުން އެދި ހޯރަފުށީގެ ލޮބުވެތި ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ. މިޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 20:30 ގައި ހއ. އަތޮޅު މަދަރުސާގެ ހޯލުގައެވެ. ބަހުގެ އެކި ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މަޑުލު މުޙައްމަދު ވަހީދު އ...

އިބްރާހިމް އަސްވާޤް
ޖެހިޖެހިގެން 3 އަހަރު ދިއްދޫ ކަޕްގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކްލަބުން ހޯދައިފި 📍 ހއ. ދިއްދޫ

ޖެހިޖެހިގެން 3 އަހަރު ދިއްދޫ ކަޕްގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކްލަބުން ހޯދައިފި

ހއ. ދިއްދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ދިއްދޫ ކަޕް 8 ވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ރިއަލް ޓީ ސްޕޯޓްސް ކްލަބުން ހޯދީ ދިއްދޫގައި ރޭ ކުޅުނު ފައިނަލް މެޗުގައި އައްސޭރި އެފް.ސީ އާއި ވާދަކޮށް 3-2 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ. އެގޮތުން މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައިވަނީ ރިއަލް ޓީ ސްޕޯޓްސް ކްލަބުގެ މުޙައްމަދު ނައުޝާދު އެވެ. އަދި […]

އައިޝަތު އައިނީ އާމިރު
ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދަނީ

ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް ހޯސްޓް ކުރާނެ ރަށެއް ހޯދަނީ

ހއ. އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ “ތިލައުތުރު ރަންތާޖު ޤުރްއާން މުބާރާތް-2025” ހޯސްޓްކުރާނެ ރަށެއް ހޯދުމަށް ހުޅުވާލައިފިއެވެ. މިއަހަރުގެ އޮކްޓޫބަރު 24 އާއި 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ އަތޮޅުގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ދަމަހައްޓައި އަދި އާލާކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ. މީގެ އިތުރުން އިޖްތިމާޢީ ގުޅުން ބަދަހިކުރުމާއި ދީނީ ރޫޙު އާލާކޮށް ދެމެހެއްޓުމަށް މި މުބާރާތުން މަގުފަހިވެގެންދާނެއެވެ. މުބާރާތް ހޯސްޓްކުރަން ޝައު...

އަލީ އާދިލް
ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ތިލައުތުރު ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހއ. އަތޮޅު ކައުންސިލާއި އުތީމު ކައުންސިލުން ގުޅިގެން މި އަހަރު އުތީމުގައި ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލަމުން ހއ.އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މިއަހަރު ނޮވެމްބަރ 3 ގައި ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވެވޭނީ ހއ އަތޮޅުގެ ކޮންމެ ރަށަކުންވެސް އެ ރަށެއް ތަމްޘީލުކުރާ އެއް ޓީމަކަށް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން މުބާރާތުގައި ބައ...

އައިޝަތު އައިނީ އާމިރު
ޓާފް އަޅާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުތީމު ބޯޅަ ދަނޑުގައި ލައިޓް ޖަހަން ބީލަމަށް 📍 ހއ. އުތީމު

ޓާފް އަޅާ ނިންމާލިތާ ކުޑަ ދުވަސްކޮޅެއްތެރޭ އުތީމު ބޯޅަ ދަނޑުގައި ލައިޓް ޖަހަން ބީލަމަށް

ހއ. އުތީމު ފުޓްބޯޅަ ދަނޑުގައި އަމިއްލަ ތަކެތީގައި ލައިޓް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ. މި ދަނޑުގައި ޓާފް އަޅައި ނިންމާލިކަން ޔޫތު މިނިސްޓްރީން ހާމަކުރީ މީގެ ހަތަރު ވަރަކަށް ދުވަސް ކުރިންނެވެ. އެއަށްފަހު މިއަދު ވަނީ އުތީމު ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި އެ ދަނޑުގައި ލައިޓް ޖެހުމަށް އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައިފައެވެ. އުތީމު ކައުންސިލުން ބީލަމަށް ހުޅުވާލައި ނެރުނު އިޢުލާނުގައިވާ ގޮތުން، […]

ޔުމްނާ ޢަލީ