މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އިސްލާމީ މަރުކަޒަކީ މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އިނާމު: ލަތީފް 📍 ހއ. ދިއްދޫ

އިސްލާމީ މަރުކަޒަކީ މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު އިނާމު: ލަތީފް

ހއ. ދިއްދޫގައި އިއްޔެ ހުޅުވި އިސްލާމީ މަރުކަޒަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ދިއްދޫ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހަދިޔާ އަދި އިނާމުކަމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުޙައްމަދު (ލަތީބެ) ވިދާޅުވެއްޖެއެވެ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވިގެންދިޔުމާއި ގުޅިގެން ދިއްދޫގައި ހުންނަަވައި ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި ލަތީފް ވިދާޅުވީ، ދިއްދޫ އިސްލާމީ މަރުކަޒަކީ، ދިއްދޫ އާއި މުޅި ހއ.އަތޮޅު އަދި މުޅި ޤައުމުގެ ރައްޔިތުންނަށް ވެސް ލިބިދިން ދީނީ އަދި ޢިލްމީ...

ޔުމްނާ ޢަލީ
''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

''ޑިޓުވާ'' ތޫފާން ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށް

ސްރީލަންކާ އަށް މިހާރު އަރާ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ”ޑިޓުވާ” ތޫފާން ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުން ދަތުރުކުރަނީ ރާއްޖެއާއި ދުރަށްކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން މިއަދު ބުނެފިއެވެ. މެޓް އޮފީހުން މިއަދު ބުނީ، ”ޑިޓުވާ” ތޫފާން މިހާރު ހުރީ ހއ. ތުރާކުނުގެ އިރުއުތުރުން 875 ކިލޯ މީޓަރު ދުރުގައި، ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށެވެ. […]

ޔުމްނާ ޢަލީ
އިހަވަންދޫ ރަސްތަރި ޤުރްއާން މުބާރާތް ނިންމުން މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ޝަހީމް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރަސްތަރި ޤުރްއާން މުބާރާތް ނިންމުން މިރޭ، ޝަރަފްވެރިކޮށްދެއްވާނީ ޝަހީމް

ހއ. އިހަވަންދޫ ކައުންސިލުން އެރަށުގައި ބާއްވާ “ރަސްތަރި ޤުރްއާން މުބާރާތް 2025” ނިންމުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ. މިރޭ 20:15 ގައި ފަށާ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. މިމުބާރާތުގެ ފުރަތަމަ އަދި ދެވަނަ ރައުންޑް ނިމި، ގަދަ 5 ބައިވެރިން މިހާރު ހޮވާފައިވާއިރު، މިހާރު ކުރިއަށް ދަނީ ގަދަ ފަސް ބައިވެރިންނާއެކު މިމުބާރާތުގެތިންވަނަ ރައުންޑެވެ. މި މުބާރާތުގެ ގަދަ ފަސް ބައިވެރިންނަށް ހޮވިފައި ވަނީ […]

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ކައުންސިލާއި ޙަވާލުކޮށް ބެލެހެއްޓުމުގެ އިންތިޒާމްތަކާ ގުޅޭ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ދިއްދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ދިއްދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް ޢަބުދުﷲ ރަޝީދެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވާފައި ވަނީ އިއްޔެ (28 ނޮވެމްބަރު 2025) ގައެވެ. މި މަރުކަޒު ތަރައްގީކޮށްފައި ވަނީ މިސ...

ޔުމްނާ ޢަލީ
ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ހުޅުވައިފި

ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި ޤާއިމްކޮށްފައިވާ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގޮފި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ. މި ގޮފި ހުޅުވައިދެއްވީ މިރޭ ދިއްދޫ އިސްލާމީ މަރުކަޒުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަޠީފް މުޙައްމަދާއި، ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގ...

ޔުމްނާ ޢަލީ
ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް 📍 ހއ. ދިއްދޫ

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް

ދިއްދޫ މަސްޖިދުއްރަޙްމާ ހުރި ބިމުގައި ޒަމާނީ މިސްކިތެއް އެޅުމަށް މިއަދު އެ މިސްކިތުގެ ބިންގާ އަޅައިފިއެވެ. ދިއްދޫގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ މަރުކަޒުގެ އިސް އިމާމު، އައްސައިޚް މުޙައްމަދު ލަތީފާއި، ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދެވެ. މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދާއި، އެ ވުޒާރާގެ ވެރިންނާއި، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުއްލަތީފް މުހައްމަދު (ލަތީބެ) އާއި، […]

ޔުމްނާ ޢަލީ
ރައީސްގެ ތަހުނިޔާ ދިއްދޫ ރައްޔިތުންނަށް، ރޯދައިގެ ކުރިން އެކިރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވޭނެ 📍 ހއ. ދިއްދޫ

ރައީސްގެ ތަހުނިޔާ ދިއްދޫ ރައްޔިތުންނަށް، ރޯދައިގެ ކުރިން އެކިރަށްރަށުގައި 15 ވަރަކަށް މިސްކިތް ހުޅުވޭނެ

ރާއްޖޭގެ އެކި ރަށްރަށުގައި ބިނާ ކުރަމުން އަންނަ 15 ވަރަކަށް މިސްކިތުގެ މަސައްކަތް ނިންމައި، އަންނަ ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ހުޅުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ. ރައީސް މިކަން ހާމަކުރެއްވީ، ހއ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ ދާއިރާގެ ތަންތަން ހުޅުވުމުގެ މުނާސަބާގައި އެރަށުގެ ރައްޔިތުންނަށް ފޮނުއްވި ތަހްނިޔާގެ މެސެޖެއްގައެވެ. ދިއްދޫގައި މިއަދު ހުޅުވުނު އިސްލާމީ މަރުކަޒުގައި ހިމެނެނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާއަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ ކުތުބުޚާނާ ހުޅުވައިފި

ހއ.ދިއްދޫ އިސްލާމީ މަރުކަޒުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާ މިއަދު ހުޅުވައިފިއެވެ. މިތަން ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދެވެ. ދިއްދޫ ގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވަނީ ދިއްދޫގެ ދަރިވަރުން ވަގުތު ހޯދައިގެން މަދުވެގެން ހަފުތާއަކު އެއްފަހަރު އެތަނުގައި ވަގުތު ހޭދަކޮށް މައުލޫމާތު ލިބިގަތުމަށް އެދިވަޑައިގަތެވެ. އަދި ބެލެނިވެރިން ވެސް އެކަމަށް ސަމާލުކަން ދެއްވުމަށް އެދިވަޑައިގަތެވެ. ވަޒީރު ވިދާޅުވީ އެ ކު...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި

ހއ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މިއަދު ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުއްވައިދެއްވީ މިއަދު 11:30 ހާއިރު ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދުއެވެ. އަދި އެތަން ހުޅުއްވައި ދެއްވުމަށްފަހު ޝަހީމް ވަނީ ނއިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރަށްވާފައެވެ. މި މަރުކަޒު ތަރައްގީކޮށްފައި ވަނީ މިސްކިތަކާއި، އިސްލާމީ ކުތުބުޚާނާ އަކާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕަކާއި، މަލްޓި ޕާޕަސް ހޯލަކާއި، ފަސް ކްލާސް ރޫމާއި، ސެމިނަރ […]

ޔުމްނާ ޢަލީ
ބޮޑު ތިލަދުންމަތީގެ ފުރަތަމަ އިސްލާމީ މަރުކަޒު ދިއްދޫގައި މާދަމާ ހުޅުވާނެ 📍 ހއ. ދިއްދޫ

ބޮޑު ތިލަދުންމަތީގެ ފުރަތަމަ އިސްލާމީ މަރުކަޒު ދިއްދޫގައި މާދަމާ ހުޅުވާނެ

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު ހުޅުވަން ހަމަޖައްސާފައި ވަނީ މާދަމާގެ ހުކުރު ކުރިން 11:30 ހާއިރުއެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް މިއަދު ވިދާޅުވީ، އެރަށުގައި ގާއިމުކުރި އިސްލާމީ މަރުކަޒު ހުޅުވުމުގެ އެންމެފަހުގެ ވަމުން އަންނަކަމަށެވެ. ”މިއަދު ހަވީރު ރައްޔިތުން ނުކުމެ އިސްލާމީ މަރުކ...

ޔުމްނާ ޢަލީ
ހއ.އަތޮޅުގެ 7 ރަށެއް ބައިވެރިންނާއެކު އިހަވަންދޫ ''ރަސްތަރި ޤުރްއާން މުބާރާތް'' ފަށައިފި 📍 ހއ. އިހަވަންދޫ

ހއ.އަތޮޅުގެ 7 ރަށެއް ބައިވެރިންނާއެކު އިހަވަންދޫ ''ރަސްތަރި ޤުރްއާން މުބާރާތް'' ފަށައިފި

ހއ. އިހަވަންދޫ ކައުންސިލުން އެރަށުގައި ބާއްވާ “ރަސްތަރި ޤުރްއާން މުބާރާތް 2025” މިއަދު ފަށައިފިއެވެ. ހއ. އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ބައިވެރިވުމުގެ ފުރުސަތުދިން މި މުބާރާތުގައި އެ އަތޮޅުގެ ޖުމްލަ 7 ރަށަކަކުން ބައިވެރިވެއެވެ. އެއީ އިހަވަންދޫގެ އިތުރުން، މޮޅަދޫ، ކެލާ، އުތީމު، މާރަންދޫ، ބާރަށް އަދި ދިއްދޫ އެވެ. މި މުބާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު ހެނދުނުއެވެ. މި މުބަރާތް މިމަހުގެ 29 އާއި ހަމައަށް ކުރިއަށްދާނެއެވެ. މި މުބާރާތަށް ބައިވެރިން ހޮވީ […]

ޔުމްނާ ޢަލީ
މުރައިދޫގައި ޕޭސްޓްރީ ކޯހެއް 📍 ހއ. މުރައިދޫ

މުރައިދޫގައި ޕޭސްޓްރީ ކޯހެއް

ހއ. މުރައިދޫގައި އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ޕޭސްޓްރީ ކޯހެއް ކުރިއަށް ގެންގޮސްފިއެވެ. މި ކޯހަކީ މުރައިދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. 16 ނޮވެންބަރު 2025 އިން 24 ނޮވެންބަރު 2025 އަށް ކުރިއަށް ގެންދިޔަ މި ޕޭސްޓްރީ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ބާއްވާ ބައިވެރިންނަށް ހަނދާނީ ލިޔުން މިހާރު ދީފައިވާއިރު، އެރަށުގެ 17 އަންހެން ބޭފުޅުން ވަނީ މި ކޯސް ފުރިހަމަކޮށްފައެވެ. މި ކޯހުގައި ކިޔަވައިދެއްވީ މައި […]

ޔުމްނާ ޢަލީ
ތިލަ އުތުރު މަސްރޭސް ކެލާގައި، ބައިވެރިވުމަށް ހުޅުވާލައިފިި 📍 ހއ. ކެލާ

ތިލަ އުތުރު މަސްރޭސް ކެލާގައި، ބައިވެރިވުމަށް ހުޅުވާލައިފިި

ހއ.އަތޮޅުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ “ތިލައުތުރު މަސްރޭސް 2025” ގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅު ކެލާ ކައުންސިލުން އިއްޔެ ހުޅުވާލައިފިއެވެ. މި މަސްރޭސް އަކީ އަތޮޅުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ.އަތޮޅު ކައުންސިލާއި ކެލާ ކައުންސިލް ގުޅިގެން ބާއްވާ މުބާރާތެކެވެ. މި މަސްރޭސް ބާއްވަން ނިންމާފައި ވަނީ ކެލާގައެވެ. ކެލާ ކައުންސިލުން މިކަމާއި ގުޅިގެން ކުރި ޢިއުލާނުގައި ބުނެފައިވަނީ، ހއ.އަތޮޅު މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ތިލައުތުރު މަސްރޭހުގައ...

ޔުމްނާ ޢަލީ
ހއ.އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އައު އިމާރާތެއް

ހއ.އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި މެމޮގްރަފީ އަދި އެކްސްރޭ ޚިދުމަތްދިނުމަށް އައު އިމާރާތެއް

ހއ. އަތޮޅު ހޮސްޕިޓަލުގައި ސީޓީ ސްކޭނާއި، މެމޮގްރަފީ އަދި އެކްސްރޭގެ ޚިދުމަތްތައް ދިނުމަށްޓަކައި އިތުރުކުރާ ޢިމާރާތުގެ މަސައްކަތް މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް އެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނި ކަމުގައިވާ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މާކެޓިންގ މެނޭޖަރ، މުޙައްމަދު ޢިމާދެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސ...

ޔުމްނާ ޢަލީ
ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު 📍 ހއ. ދިއްދޫ

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު

ހއ. ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބާއްވާ ޖާފަތަށް ކޭން ހަދިޔާ ކުރުމުގެ ފުރުސަތު ދިއްދޫ ކައުންސިލުން ހުޅުވާލައިފިއެވެ. ދިއްދޫގައި ޤާއިމްކުރި އިސްލާމީ މަރުކަޒު މި މަހު 28ވާ ދުވަހު ހުކުރު ދުވަހު ހުކުރު ނަމާދަށްފަހު ހުޅުވަން ވަނީ ނިންމާފައެވެ. އެކަމަށް ބާއްވާ ރަސްމިއްޔާތާއި ގުޅުވައި ޖާފަތެއް ބޭއްވުމަށް ދިއްދޫ ކައުންސިލުން ނިންމާފައިވާއިރު، އެ ޖާފަތުގައި ބައިވެރިވުމަށް ރައްޔިތުން އެދެމުން އަންނަކަމަށް ދިއްދޫ ކައުންސިލުން ބުންޏެވެ. އެހެންވެ، ރައްޔިތުންނަށް އެ ފުރުސަތު ދިނ...

ޔުމްނާ ޢަލީ