މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
📍 ހއ. މާރަންދޫ

2 ކިޑްނީ ފެއިލްވެ ފަރުވާކުރަމުން އަންނަ މާރަންދޫ އާމިނަތު އެދެނީ އެހީއަކަށް

އުމުރުން 46 އަހަރުގެ ހއ. މާރަންދޫ އުދަރެސް އާމިނަތު އަބުދުއްރަޙްމާން އަކީ ކިޑްނީ ފެއިލްވެގެން ބޭސްކުރާތާ 10 އަހަރު ވެފައިވާ ފަރާތެކެވެ. 2009 ވަނަ އަހަރު ކިޑްނީއަށް ބޭސްކުރަންފެށި އާމިނަތު 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ޑައިލަސިސް ހަދަމުންނެވެ. އެހެންނަމަވެސް ރަށާއި އަތޮޅުން އެކަށީގެންވާ ފަރުވާ ލިބެން ނެތުމުން މިހާރު އާމިނަތު ބޭސްކުރަމުން ދަނީ މާލޭގައެވެ. 2 ކިޑްނީ ފެއިލްވެފައިވާ އާމިނަތު 45 ދުވަސް ވަންދެން އައިސީޔޫގައި ބޭއްވުމަށްފަހު މިހާރު ވަނީ ޕްރައިވެޓް ވާޑަށް ބަދަލުކޮށްފައެވެ. […]

އަޙްމަދު މުޖުތަބާ
ޖޭޕީގެ އެސްޖީއަކަށް ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް 📍 ހއ. ކެލާ

ޖޭޕީގެ އެސްޖީއަކަށް ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފް ރޭ އައްޔަންކުރައްވައިފި އެވެ. އަލީ އާރިފަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ ލިޔުން ހަވާލު ކޮށްދެއްވީ ލީޑަރު ގާސިމް އިބްރާހީމެވެ. އަލީ އާރިފް ޖޭޕީއާ ގުޅިވަޑައިގެންނެވީ މިދިޔަ އޯގަސްޓް މަހުއެވެ. ޖޭޕީގެ ހިންގުން ކުރިއަށް ވުރެ ވަރުގަދަކޮށް، ޖޭޕީގެ ކުރިމަގަށް ތަފާތު ޕްލޭންތައް ހަދަން ފަށާ ޕާޓީގެ އެކިމަގާމުތަކަށް އާބޭފުޅުން އައްޔަން ކުރަމުން ދާއިރު އިތުރު މެންބަރުންނާއި ކުރީގެ މެންބަރުންވެސް […]

ޔުމްނާ ޢަލީ
ހައުސިން މިނިސްޓްރީން އެމިނިސްޓްރީގެ މުވައްޒަފުންގެ މައްސަލަ އޭސީސީއަށް 📍 ހއ. ދިއްދޫ

ހައުސިން މިނިސްޓްރީން އެމިނިސްޓްރީގެ މުވައްޒަފުންގެ މައްސަލަ އޭސީސީއަށް

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން އެމިނިސްޓްރީގެ މުވައްޒަފުންގެ ކޮރްޕްޝަންގެ މައްސަލައެއް އުޅޭތޯބަލަން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައަޅައިފިއެވެ. އަމިއްލި ފަރާތަކުން މިނިސްޓްރީއަށް ހުށައެޅި މައްސަލައަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީން ފޮނުވި ސިޓޭގެ ޖަވާބުގައި ބުނެފައިވަނީ މިނިސްޓްރީގެ އެއްވެސް މުވައްޒަފެއް ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވޭތޯ އާއި މަޤާމުގެ ނޫފުޒު ނާޖާއިޒުގޮތުގައި ބޭނުންކޮށްފައިވޭތޯ ބަލާ ތަޙްޤީޤުކޮށްދެއްވުމަށް އެދި މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމ...

އަޙްމަދު މުޖުތަބާ
ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ، ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ޓާފް އެޅުމަށް ހަވާލުކޮށްފި

ހއ.ދިއްދޫ، ހދ.ނެއްލައިދޫ އަދި އިތުރު ރަށްތަކެއްގައި ފީފާ އެޕްރޫވްޑް ޓާފް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިއަދު މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި ބޭއްވި ބައްދަލުވުމެއްގައި 13 ރަށުގެ ފުޓްބޯޅަދަނޑުގެ ޓާފް އެޅުމުގެ މި މަސައްކަތް ހަވާލުކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން އާއެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ މުހައްމަދު އެވެ.ޔޫތުމިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއ...

ފާތިމަތު ސިނާޒާ
ގާސިމް "ދިއްކޮށްލެއްވި އަތުން ޖެހި" ކެލާ ޝަރީފް ހޮސްޕިޓަލަށް 📍 ހއ. ކެލާ

ގާސިމް "ދިއްކޮށްލެއްވި އަތުން ޖެހި" ކެލާ ޝަރީފް ހޮސްޕިޓަލަށް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ އަތުން ޖެހި، ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފަށް މިއަދު އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފި އެވެ. ޝަރީފް މިހާރުވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދާރާ ތެރޭގައި ގާސިމް، ޝަރީފަށް ހަމަލާ ދެއްވި ކަމަށް ފުރަތަމަ ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ. އާޒިމް ވިދާޅުވީ ގާސިމް، ޝަރީފް ހަމަލާ ދެއްވުމުގ...

ޔުމްނާ ޢަލީ
📍 ހއ. ތުރާކުނު

ތުރާކުނު މަސްޖިދުލް ނޫރު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ތުރާކުނު މަސްޖިދުލް ނޫރު މިސްކިތުގެ މަރާމާތު މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ. އެގޮތުން މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމުގެ ޝައުޤުވެރިކަން ހުރިފަރާތްތަކުން 27 އޮކްޓޯބަރ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 31 އޮކްޓޯބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށްބަންދުނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00 އެރަށުގެ ކައުންސިލް އިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00އަށް އެއިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު...

ފާތިމަތު ސިނާޒާ
އެމްޑީއެންގެ ރިޕޯޓު ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހއ. ބާރަށް

އެމްޑީއެންގެ ރިޕޯޓު ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) ގެ ރިޕޯޓު ހއ ބާރަށު ކައުންސިލުންވެސް ކުށްވެރިކޮށްފި އެވެ. އެމްޑީއެން އިން ޕްރިލިމިނަރީ އެސަސްމަންޓް އޮން ރެޑިކަލައިޓޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން ބާރާށު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި، ގަދަކީރިތިވަންތަ މާތް ﷲ ގެ ކުޅަދުންވަންތަކަމާއިމެދު ޝައްކު އުފައްދާ ކީރިތި ޤުރުއާނުން ސާބިތުވާ ކަންތައްތަކަށް ކަނޑައެޅިގެން އިންކާރުކޮށް އަދި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައް...

އަޙްމަދު މުޖުތަބާ
📍 ހއ. ދިއްދޫ

ދިއްދޫގައި ހިލޭ އިލެކްޓްރިކް ދާއިރާގެ 2 ކޯހެއް ހިންގަނީ

ހއ. ދިއްދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން އިލެކްޓްރިކް ހައުސް ވަރިންގ ނުވަތަ ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ ކޯހެއް ހިންގުމަށް އިޢުލާންކޮށްފިއެވެ. އަންނަ ނޮވެންބަރމަހުގެ ތެރޭގައި ދިއްދޫގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ލިސްޓެއް އެކުލަވާލުމަށް ދިއްދޫ ކައުންސިލުން ވަނީ އިޢުލާން ކޮށްފައެވެ. އެގޮތުން މިތަނުން ކޯހެއް ހަދަން ބޭނުންވާ ފަރާތްތަކުން ދިއްދޫ ކައުންސިލަށް ދުރުވެ ނުވަތަ އެކައުންސިލަށް ގުޅައިގެން ނަން ނޯޓު ކުރެއްވުމަށް...

އަޙްމަދު މުޖުތަބާ
📍 ހއ. ހޯރަފުށި

ކުށުގެ ވެށިން ކުދިން ދުރުހެލިކުރުމަށް ތުރާކުނާއި ހޯރަފުށީގައި ޕްރޮގްރާމެއް ހިންގައިފި

ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށްތަކަށް އަރައިގަންނަ މައިގަނޑު ސަބަބުތަކާއި އެކުދިން ކުށުގެ ވެށިން ސަލާމަތް ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި އެކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމުގައި ބެލެނިވެރިންގެ ދައުރާ ގުޅޭ ގޮތުން  ހއ. ހޯރަފުއްޓާއި ތުރާކުނު ސްކޫލުގެ ބެލެނިވެރިންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިމަހުގެ 20 ވަނަދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ގައި ކުޑަކުދިން ކުރާ ކުށްތަކާއި ކުދިން ކުށުގެ ވެށިން ދުރުކުރެވޭނެ ގޮތްތަކާ އަދި އެކަންކަމުގައި ބެލެނ...

ފާތިމަތު ސިނާޒާ
ފިއްލަދޫގައި ބާއްވާ "ހޮލިޑޭކަޕް 2019" ގެ މީޑިއާ ޕާރޓްނަރަކަށް ތިލަދުން 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބާއްވާ "ހޮލިޑޭކަޕް 2019" ގެ މީޑިއާ ޕާރޓްނަރަކަށް ތިލަދުން

ހއ.ފިއްލަދޫގެ ޒުވާންނުންގެ ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ހޮލިޑޭ ކަޕްގެ ނަމުގައި ފިއްލަދޫގައި ކުރިއަށްގެންދާ މި މުބަރާތުގެ މިފަހަރުގެ މީޑިޔާ ޕާރޓްނަރަކަށް ”ތިލަދުން“ ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކާ މިމަހުގެ 20 ވަނަދުވަހު ބޭއްވުނު ހަފްލާއެއްގައި އެފަރާތުން ސޮއިކުރެއްވީ މި މުބާރާތް އިންތިޒާމް ކުރާ ފިއްލަދޫ ސްޕޯޓްސް އެކަޑަމީގެ ފަރާތުން އެކުލަބުގެ މުއައްސިސް އަހުމަދު ނަސީމެވެ. ”ތިލަދުން“ ގެ ފަރާތުން ސޮއިކުރެއްވީ ނޫހު...

ފާތިމަތު ސިނާޒާ
ތަކަންދޫ ސުކޫލުގައި ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރަމެއް ހިންގައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ ސުކޫލުގައި ކަނޑުމަތީގެ ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރަމެއް ހިންގައިފި

ހއ.ތަކަންދޫ ސްކޫލް ގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ. އެމްއެންޑީއެފް ނޮރދާން އޭރިއާ އިން މިއަދު ހިންގި މި ޕްރޮގުރަމަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ދަރިވަރުންނާއި ޓީޗަރުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގި ހަރަކާތެކެވެ. MNDF Northern Area in HA.Thakandhoo School gai hingi "Kan'dumatheege Salaamathaai Rakkaatherikamah Heyluntheri kurumuge Program" ge therein. Mi program gai e school ge teacherunnaai dharivarunnaai eku 40 faraat...

ފާތިމަތު ސިނާޒާ
ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި 📍 ހއ. ބާރަށް

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އަންގައިފި

ހއ.ބާރަށުގައި ރުއްގަސް އުފުރާ ރަށުން ބޭރުކުން ހުއްޓާލުމަށް އީޕީއޭއިން އަންގައިފިއެވެ. ހއ.ބާރަށުގައި ހިނގަމުންދާ މަޝްރޫޢުއެއްގެ ތެރެއިން ގަވާއިދާ ޚިލާފަށް ރުއްގަސް އުފުރާ ރަށުން ބޭރުކުރާކަމުގެ ޝަކުވާ ލިބުމާ ގުޅިގެން އެމައްސަލަ ބަލާ ވަކިގޮތެއް އަންގަންދެން ރުއްގަސް އުފުރުމުގެ މަސައްކަތް ހުއްޓާލުމަށް އީ.ޕީ.އޭ އިން ވަނީ މަސައްކަތް ކުރިއަށްގެންދާ ފަރާތަށް އަންގާފައިވާނެކަމަށް އީޕީއޭއިން ބުނެގައިވެއެވެ. ހއ. ބާރަށުގައި ކުރަމުންދާ މަސައްކަތަކާއި ގުޅިގެން، ހުއްދަނެތި ރުކާއި ގަސް އެރަށުން ނަގަމުންދާކަމުގެ...

ހުސައިން ހަބީބް
އެމްޑީއެންގެ ރިޕޯޓް އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފި 📍 ހއ. އުތީމު

އެމްޑީއެންގެ ރިޕޯޓް އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފި

އެމްޑީއެން އިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް އަށާއި އިސްލާމްދީނަށް ފުރަށްސާރަކޮށް ނެރެފައިވާ ރިޕޯޓް ހއ އުތީމު ކައުންސިލުންވެސް ކުށްވެރިކޮށްފިއެވެ. އެމްޑީއެން އިން ” ޕްރިލިމިނަރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓާއި ގުޅޭގޮތުން އުތީމު ކައުންސިލުން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސާސްތަކާއި ރައްބުލް ކާއިނާތުގެ ވެރި މާތްﷲ ގެ ކުޅަދުންވަންތަކަމާމެދު ޝައްކު އުފައްދާ، އަދި ކީރިތި ޤުރުއާނުން ވާރިދުވެފައިވާ ކަންކަމާމެދު...

އަޙްމަދު މުޖުތަބާ
ތިލަދުންމަތީގެ 3 އެއަރޕޯޓަކަށް ފަޔަރ ފައިޓަރުން ތަމްރީންކުރަނީ 📍 ހއ. ހޯރަފުށި

ތިލަދުންމަތީގެ 3 އެއަރޕޯޓަކަށް ފަޔަރ ފައިޓަރުން ތަމްރީންކުރަނީ

އިންޑިޔާ ސަރުކާރުގެ އެހީގައި ނިއުދިއްލީ ފަޔަރ ޓްރެއިނިންގ ސެންޓަރގައި 2020ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ އެއެއަރޕޯޓު ބޭސިކް ފަޔަރމަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާރު ތަރައްގީ ކުރަމުންދާ ހދ. ކުޅުދުއްފުށީ އެއަރޕޯޓު، ށ. ފުނަދޫ އެއަރޕޯޓު އަދި ހއ. ހޯރަފުށި އެއަރޕޯޓު އަށް ކޮންމެ އެއްޕޯޓަކަށް ފަސް ފުރުސަތު ލިބިއްޖެއެވެ. ޖުމްލަ20 ފުރުސަތެއް ހުޅުވާލެވިފައިވާއިރު ދެން ލިބިައިވާ އިތުރު ފަސް ފުރުސަތު ހުޅުވާލާފައިވަނީ ގދ. މާވަރުލު އެއަރޕޯޓަށްށެވެ. އެތެ...

ފާތިމަތު ސިނާޒާ
📍 ހއ. ތަކަންދޫ

ލެބޯޓަރީގެ ޚިދުމަތް ހއ. ތަކަންދޫގައި ފަށައިފި

ލެބޯޓަރީގެ ޚިދުމަތް ހއ. ތަކަންދޫގައި ފަށައިފި އެވެ. މިއަދު ހަވީރު ތަކަންދޫ ސިއްހީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މިލެބޯޓަރީ ހުޅުވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ. މިރަސްމިއްޔާތުގައި ބާރަށުދާއިރާގެ މެންބަރ އަޙްމަދު އަބްދުﷲ ވެސްވަނީ ބައިވެރިވެފައެވެ. ލެބޯޓަރީގެ ޚިދުމަތް ފެށުމާއެކު އާންމުކޮށް އެފަދަ ލެބޯޓަރީތަކުން ހެދޭ ޓެސްޓްތައް ތަކަންދޫ ހެދޭނެ ކަމަށާއި އެގޮތުން ލޭގެ ޓެސްޓްތަކާއި ޔޫރީން އަދި ކޮލެސްޓްރޯލް ޓެސްޓްތައް ހެދޭނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރައިސުލްޖު...

ޔުމްނާ ޢަލީ