📍 ހއ. ފިއްލަދޫ
ފިއްލަދޫ ހޮލިޑޭ ކަޕްގެ ޗެންޕިއަންކަން އެފްސީ ޑީޖޭ އަމިކޯ
ފޯރިގަދަ ފިއްލަދޫ ހޮލިޑޭ ކަޕްގެ ޗެންޕިއަންކަން އެފްސީ ޑީޖޭ އަމިކޯ ހޯދައިފިއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލްގައި އެފްސީ ޑީޖޭ އަމިކޯ އާއި ބައްދަލުކުރީ މިދިޔައަހަރު ޗެންޕިއަން ޑަޒަލިން ރޯވާރސް އެވެ. މިމެޗުގެ ފުރަތަމަ ގޯލް އަކީ ޑަޒަލިން ރޯވާރސް ގެ ޑިފެންޑަރ އާދަމް ނަސީމްގެ އަތުން ބައިކޮޅަށް ވަންގޯލެކެވެ. އެފްސީ ޑީޖޭ އަމިކޯގެ ދެވަނަ ގޯލް ޖަހައިދިނީ ހުސައިން ޒިމްޔާންއެވެ. މިގޯލާއިއެކު ޑަޒްލިން ރޯވާރސް އެޓޭކްތައް ވަރުގަދަކޮށް ގޯލަށް އަމާޒުކޮށް ހަމަލާތައް ދެމުން ދިޔަތަނެވެ. ނަތީޖާއަކަށް ވެގެ...