މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ފެނަކައިން އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި 📍 ހއ. އުތީމު

ފެނަކައިން އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފެނަކައިން ހއ އުތީމުގައި އިމާރާތްކުރާ އިންޖީނުގޭގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ. ހއ އުތީމުގައި އަލަށް އިމާރާތް ކުރާ އިންޖީނުގޭ މަސައްކަތް ހަވާލުކޮށްފައިވަނީ ނަސާ ލިންކް ޕވޓ ލޓޑ އާއެވެ. ފެނަކަ އާ މިކުންފުންޔާއި ދެމެދު މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިއަދުއެވެ. ނަސާ ލިންކް އާއި މިމަސައްކަތް ހަވާލުކޮށްފައިވަނީ 7,030,106.48 ރުފިޔާއަށް މިއަހަރުގެ ނޮވެމްބަރ މަހުގެ 5 ވަނަދުވަހު ނިންމާ ގޮތަށެވެ. މިއެއްބަސް ވުމުގައި ނަސާ ލިންކްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ އެމްޑީ އަލީ އި...

އިބްރާހިމް އަސްވާޤް
އިންޑިޔާގެ އެހީ ގައި، ފެންފުޅި ބަންދު ކުރާ ޕްލާންޓެއް ހޯރަފުށީގައި ޤާއިމްކުރަނީ 📍 ހއ. ހޯރަފުށި

އިންޑިޔާގެ އެހީ ގައި، ފެންފުޅި ބަންދު ކުރާ ޕްލާންޓެއް ހޯރަފުށީގައި ޤާއިމްކުރަނީ

ހއ. ހޯރަފުށީގައި ފެންފުޅި ބަންދު ކުރާ ޕްލާންޓެއް ޤާއިމްކުރުމަށް އިންޑިޔާއިން ދިވެހިރާއްޖެއަށް އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއި ކުރީ ފޮރިންމިނިސްޓްރީޣައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ހައި ކޮމިޝަނަރ ސަންޖޭ ސުދީރްއެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ. https://twitter.com/abdulla_sha...

އަލީ އާދިލް
މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓަށް 📍 ހއ. ހޯރަފުށި

މިހަފްތާގައި "ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ތުރާކުނު، އުލިގަމު އަދި ހޯރަފުއްޓަށް

މިހަފްތާގައި “ވިޒިޓް މޯލްޑިވްސް ފުރޮމް ހާޓުސީން” ގެ ކުރޫ ގެ ވީޑިއޯ ނެގުމަށް ހަމަޖެހިފައިވަނީ ތުރާކުނު، އުލިގަމު އަދި ހޯރަފުށީގައެވެ. އެޓީމުގެ ފަރާތުން މަޢުލޫމާރުދެއްވަމުން ބުނީ ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ތުރާކުނުގައި އިއްޔެ ކާމިޔާބުކަމާއިއެކު ސޫޓިން ނިންމާލާފައިވާކަމަށެވެ. ހަޤީޤީ ރާއްޖެ ފަތުރުވެރިންނަށް ދައްކާލުމުގެ މަޤްސަދުގައި ގެނެސްދޭ ޑޮކިއުމަންޓްރީގެ ސޫޓިންގްތައް މިއަދު ނެ ގުމަށް ހަމަޖެހިފައިވަނީ އުލިގަމުގައެވެ. އުލިގަމުން އެޓީމު ދެން ދަތުރުކުރާނީ އެއަތޮޅު ހޯރަފުއްޓަށެވެ. މިދަތުރު އިނ...

އިބްރާހިމް އަސްވާޤް
އިހަވަންދޫގައި ރަސްމީކޮށް ކޮމިއުނިޓީ ސްކައުޓު އިފްތިތާހް ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ރަސްމީކޮށް ކޮމިއުނިޓީ ސްކައުޓު އިފްތިތާހް ކޮށްފި

އާބާދީ ބޮޑު މަސްވެރިކަމާއި ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ހއ. އިހަވަންދޫގައި ރަސްމީކޮށް ކޮމިއުނިޓީ ސްކައުޓު އިފްތިތާހް ކޮށްފި އެެވެ. އިހަވަންދޫގައި 2005 ވަނަ އަހަރު އުފެދުނު ސްކޫލުގެ ސްކައުޓް ގްރޫޕު (8 ވަނަ ހއ އަތޮޅު ސްކައުޓު ގްރޫޕު) ގެ ފުރަތަމަ ބެޗްގެ ސްކައުޓުންގެ އިސްނެގުމުގެ މަތިން، އިހަވަންދޫގައި ރޯވާ ސްކައުޓު ގްރޫޕެއް މިވަނީ “ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް” ގައި 19 ޑިސެމްބަރ 2019 ގައި “އިހަވަންދޫ ކޮމިއުނިޓީ ސްކައުޓް ގްރޫޕު” ގެ ނަމުގައި ރަޖިސްޓްރީ […]

އަލީ އާދިލް
ކުޅުދުއްފުށި ސިޓީއާއި ދިއްދޫ އައު އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދަނީ 📍 ހއ. ދިއްދޫ

ކުޅުދުއްފުށި ސިޓީއާއި ދިއްދޫ އައު އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫގެ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ޢިއުލާން ކޮށްފިއެވެ. ފެނަކައިން ކުރި ޢިއުލާނެއްގައި ވަނީ އެކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް އަމިއްލަ ތަކެތީގައި ކުޅުދުއްފުށި ސިޓީ އަދި ހއ. ދިއްދޫ އައު ޕްރީފެބްރިކޭޓެޑް އިންޖީނުގެ ޑިޒައިންކޮށް ޢިމާރާތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އެމަސައްކަތްތަކަށް ކުރިމަތިލާ ފަރާތްތަކުން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތަކީ 4 ފެބްރުއ...

އަލީ އާދިލް
📍 ހއ. އުތީމު

އުތީމު ހިނަވާގޭގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ: އުތީމު ކައުންސިލް

ހއ. އުތީމުގައި އެރަށުގެ ކައުންސިލްގެ ފަރާތުން ޢިމާރާތް ކުރަމުންދާ ހިނަވާގޭގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެކަމަށް އުތީމު ކައުންސިލުން ބުނެފިއެވެ. އެކައުންސިލްގެ ރައީސް އަބުދު ﷲ ރަޝީދު ބުނުއްވީ އެ ހިނަވާގެއަކީ އެރަށުގައި ރަނގަޅު ވަސީލަތްތަކާއެކު ޒަމާނީ ފެންވަރުގެ ހިނަވާގެއެއް ތަރައްޤީކުރުމަށް އެ ކައުންސިލުން ކުރައްވަމުންދާ މަސައްކަތެއް ކަމަށެވެ. އެމަސައްކަތް ކުރާ ދެވަނަ ސަބަބަކީ، އެރަށަކީ އުމުރާނީ ގޮތުން ތަރައްޤީވެފައިވާ ރަށަކަށްވާތީ މިވަގުތަށް ފެންވަރު ރަނގަޅު ހިނަވާގެއެއް ހުރުން ވަރަށް މުހިނ...

ޔުމްނާ ޢަލީ
އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާ ބާއްވަނީ

އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާ ބާއްވަނީ

ޔޮޓު އޮޕަރޭޓު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތްތަކާއި، ކަމާބެހޭ ސަރުކާރުގެ އޮފީސްތަކާއެކު އުލިގަމު ޔޮޓް ބަނދަރުގެ މަހާސިންތާ ބާއްވަން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނިންމައިފިއެވެ. މާދަމާ ފެށުމަށް ހަމަޖެހިފައިވާ އެ މަހާސިންތާގައި އުލިގަމަށް  ޔޮޓްތައް ގެނައުމަށް އެކުލަވާލާ އެކްޝަން ޕްލޭން އާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެއެވެ. އެ މަހާސިންތާގައި ކަސްޓަމްސް ސަރވިސަސްގެ އިތުރުން ރައީސް އޮފީހާއި، ޓޫރިޒަމް މިނިސްޓްރީއާއި، ޓްރާންސް ޕޯރޓް އޮތޯރިޓީއާއި، މޯލްޑިވްސް އިމިގްރޭޝ...

އަލީ އާދިލް
އުލިގަމު ބަނދަރު މަޝްރޫޢޫ އާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

އުލިގަމު ބަނދަރު މަޝްރޫޢޫ އާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

ހއ. އުލިގަމު ބަނދަރު މަޝްރޫޢޫ އާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ. އުލިގަމު ކައުންސިލްގެ ފަރާތުން، އެރަށު ރައްޔިތުންނާއި މަޝްވަރާކުރީ، އުލިގަމު ބަނދަރު ހެދުމުގެ މަޝްރޫޢު 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވުމާއެކު، ޕްލޭނިންގ މިނިސްޓްރީން ބަނދަރާބެހޭ މަޢުލޫމާތު އެއްކުރުމަށްފަހު ޕްރިލިމިނަރީ ކޮންސެޕްޓެއްވަނީ ތައްޔާރު ކޮށް، އެކައުންސިލަށް ފޮނުވާފައިވާތީ، އެ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމަށެވެ. އެ ރަށު ކޮންސެޕްޓާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ބޭނުނ...

ޔުމްނާ ޢަލީ
📍 ހއ. ތަކަންދޫ

ތަކަންދޫއިން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހއ. ތަކަންދޫއިން ގޯތި ދޫކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ތަކަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ވާ ގޮތުން އެރަށުން ދޫކުރުމަށް ހަމަޖައްސާފައި ވަނީ 3000 (ތިންހާސް) އަކަފޫޓުގެ 23 ގޯއްޗާއި 3990 (ތިންހާސް ނުވަސަތޭކަ ނުވަދިހަ) އަކަފޫޓްގެ 1 ގޯއްޗެވެ. ގޯތިތައް ދޫ ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަކަކީ، ތަކަންދޫގެ އިރުމަތީ ކުޅީގެ ހުޅަގުން ޔަމަން ކިޔާ ގޯތީގެ އިރު އުތުރުގައިވާ ސަރަޙައްދުން 3000 (ތިންހާސް) އަކަފޫޓުގެ 07 ގޯއްޗާއި، އެވެނިއު ކިޔާ ގޯތީގެ އިރުމަތިން 3000 […]

އަލީ އާދިލް
އިހަވަންދޫ ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް ސޮއިކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް މެމްބަރު ރިޟްވާން އެމްޑީޕީ ދޫކޮށް ޕީޕީއެމް ސޮއިކޮށްފި

މޯލްޑިވްސް ޑިމޮކުރެޓިކް ޕާޓީގެ ޓިކެޓުގައި އިހަވަންދޫ ކައުންސިލަށް ހޮވިވަޑައިގަތް ކައުންސިލް މެމްބަރު އަހްމަދު ރިޟްވާން ޕުރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސްއާ ގުޅިވަޑައިގެން އެޕާޓީއަށް ސޮއިކޮށްފިއެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިހަވަންދޫ ޕީޕީއެމް ހަރުގޭގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ ޕީޕީއެމްއާ ގުޅުނުކަން އިޢުލާނުކޮށް، ރަމްޒީކޮށް ފޯމް ހަވާލުކޮށްފައެވެ. ފޯމާ ހަވާލުވެލެއްވީ ޕީއެންސީގެ ރައީސް ޢަބުދުއްރަހީމް ޢަބުދުﷲ އެވެ. ސޮއިކުރި ޖަލްސާގައި ރިޟްވާން ވަނީ ސަރުކާ...

ޔުމްނާ ޢަލީ
📍 ހއ. އުތީމު

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އުތީމު ގޮފިން ހިންގާ ޤުރުއާން ކްލާހުގެ ކިޔެވުން ފަށައިފި

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ އުތީމު ގޮފިން ހިންގާ ޤުރުއާން ކްލާހުގެ ކިޔެވުން ފަށައިފިއެވެ. އެ ޤުރުއާން ކްލާސް ކުރިއަށްދަނީ ހއ. އުތީމު ކައުންސިލާއި، ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި ގުޅިގެންނެވެ. އެ ޤުރުއާން ކްލާހުގެ ކިޔެވުން މިއަދު ފެށުމާއި ގުޅިގެން އުތީމު ކައުންސިލުންވަނީ، އެކަމަށް އެއްބާރުލުން ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އެކަން ފުރިހަމަ ކުރުމުގައި އުތީމު ރައްޔިތުންގެ ފަރާތުން ދެއްވި، އެއްބާރުލުމާއި އެހީތެރިކަމަށް އުތީމު ކައުންސިލްގެ ޚާއްސަ ޝުކުރެއްވަނީ އެ ރަށުގެ ރައްޔިތ...

އަލީ އާދިލް
ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ބާކީ ކައުންސިލަށް ލިބުމުން ދޫކުރެވޭނެ: ކައުންސިލް 📍 ހއ. ދިއްދޫ

ދިއްދޫ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ބާކީ ކައުންސިލަށް ލިބުމުން ދޫކުރެވޭނެ: ކައުންސިލް

ހއ. ދިއްދޫގައި ޢިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓްތަކުގެ މަރާމާތު ފައިސާގެ ތެރެއިން ބާކީ ދޫ ނުކުރެވިވާ %40 ފައިސާ، އެ ކައުންސިލަށް ލިބުމުން ދޫކުރެވޭނެކަމަށް ދިއްދޫ ކައުންސިލުން ހާމަކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ދިއްދޫގައި ޢިމާރާތްކޮށްފައިވާ ހައުސިންޔުނިޓްތަކުގެ ތެރެއިން ދިރިއުޅުމަށް ދޫކުރެވިފައިވާ ހައުސިންގ ޔުނިޓްގެ މަރާމާތު ފައިސާ ދޫކޮށްފައިވާ ފަރާތްތަކަށް، ބާކީ ދޭންޖެހޭ %40 ފައިސާ ހޯދުމަށް އެދި އެ ކައުންސިލަށް ގިނަ ފަރާތްތަކުން ހުށަހަޅަމުން ދާ ކަމަށެވެ. އެކަމާއި ގުޅިގެން އެކައުންސިލުން...

ޝިއުނާ އާދަމް
އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަނީ

އިހަވަންދޫގައި ސަރުކާރުން ޤާއިމްކޮށްފައިވާ އައިސްޕްލާންޓް ކައުންސިލާއި ހަވާލުކުރަން ނިންމާފައިވާކަމަށް ރައީސް އޮފީހުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ބޯޑުގެ ރައީސް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް އެޑްރެސް ކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ. އިހަވަންދޫ ކައުންސިލުން ރައްޔިތުންނާއި މިސީޓީ ހިއްސާ ކުރަމުން ބުނެފައިވަނީ އައިސް ޕްލާންޓް އިހަވަންދޫ ގެ ރައްޔިތުންގެ މުދަލެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމުން، މަސްވެރިންނަށް ލުއި ގޮތްތައް ހޯދައިދެވި، ރަށްވެހި ކަމުގެ އި...

އަލީ އާދިލް
📍 ހއ. ދިއްދޫ

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ދިއްދޫ ކައުންސިލުން އެދިއްޖެ

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތައް ވާނަމަ އެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް ހއ. ދިއްދޫ ކައުންސިލުން އެދިއްޖެއެވެ. ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ހިއްސާކޮށް ދިނުމަށް އެކައުންސިލުން އެދުނީ އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކުރަމުން އަންނަ ކަމަށް އެ ވުޒާރާއިން އެ ކައުންސިލަށް އަންގާފައިވާތީ އެކަމަށް އެއްބާރުލުން ދެއްވުމުގެ ގޮތުންނެވެ. އެ ކައުންސިލުން ބުނެފައިވަނީ ދަ...

އަލީ އާދިލް
📍 ހއ. ކެލާ

ހއ. އަތޮޅުގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ކެލާގައި ބާއްވައިފި

ހއ. އަތޮޅު (ތިލަދުންމަތީ އުތުރު ބުރީ) ގައި ތިމާވެށީގެ ގޮތުން ހިމާޔަތް ކުރެވިފައިވާ ސަރަޙައްދުތަކާބެހޭ މަޝްވަރާ ބައްދަލުވުން ހއ. ކެލާގައި ބާއްވައިފިއެވެ. ތިމާވެއްޓާއި ބެހޭ މިނިސްޓްރީއިން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ އެ ބައްދަލުވުން އިއްޔެ ކެލާގައި ކުރިއަށް ދިޔަ އިރު އެ ބައްދަލުވުމުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޑޮކްޓަރު ޙުސައިން ރަޝީދު ޙަސަނާއި، އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ މަސައްކަތު ބައްދަލުވުމުގެ އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނީ ބޮޑުތިލަދުންމަތ...

އަލީ އާދިލް