އުތީމުގައި އެއްގަމު ލައިސަންސް ދޫކުރަން ފަށަނީ
ތިލަދުންމަތީ އުތުރުބުރީ އުތީމުން އެއްގަމު ލައިސަންސް ދޫކުރަން ފަށަން ތައްޔާރު ވެއްޖެއެވެ. ހއ. އުތީމު ކައުންސިލްގެ އިދާރާއިން ބުނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް 16 ފެބުރުއަރީ 2020 ވާ އާދިއްތަ ދުވަހުން ފެށިގެން އެ ކައުންސިލުން ދެމުންދާނެ ކަމަށެވެ. މިގޮތުން ކައުންސިލުން ދޫކުރަމުން ދާނީ ޒޯނު ބީ ގެ ލައިސަންސް ކަމުގައި އެކައުންސިލުން ބުނެފައިވެއެވެ. އުތީމު ކައުންސިލުން އެއްގަމު ލައިސަންސް ދޫކުރަން ފަށަން ނިންމާފައިވާއިރު، އެ ލައިސަންސް ނެގުމަށްޓަކައި ހަދަން ޖެހޭ ތިޔަރީ […]