މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ޚިދުމަތްތެރިޔާ ހޯރަފުށީ ހަމީދު ނިޔާވެއްޖެ، ކަށުނަމާދު މިރޭ ހުޅުމާލެ ސަހަރާ މިސްކިތުގައި 📍 ހއ. ހޯރަފުށި

ޚިދުމަތްތެރިޔާ ހޯރަފުށީ ހަމީދު ނިޔާވެއްޖެ، ކަށުނަމާދު މިރޭ ހުޅުމާލެ ސަހަރާ މިސްކިތުގައި

ހއ. ހޯރަފުއްޓަށާއި، އެމްޓީސީސީއަށް ދިގު މުއްދަތަކަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި ހއ. ހޯރަފުށީ، ޕްރިމްރޯޒް، މުޙައްމަދު ޙަމީދު މިއަދު ނިޔާވެއްޖެއެވެ. ޙަމީދު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. ނިޔާވިއިރު އުމުރަކީ 54 އަހަރެވެ. މަރްޙޫމް މުޙައްމަދު ޙަމީދަކީ ދިވެހިރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމުގައިވާ އެމްޓީސީސީގައި ދިގު މުއްދަތަކަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ނަމޫނާ ޝަޚްޞިއްޔަތެކެވެ. ނިޔާވިއިރު ޙަމީދު ހުންނެވީ އެމްޓީސީސީ ހޯރަފުށީ ސައިޓްގެ ސީނިއަ...

ޔުމްނާ ޢަލީ
އުތީމުގައި އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ 📍 ހއ. އުތީމު

އުތީމުގައި އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިއްޖެ

ހއ. އުތީމުގައި ސަރުކާރުން އަޅަން ނިންމާފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ. އުތީމު ކައުންސިލުން ބުނިގޮތުގައި އެކައުންސިލުން ވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އާއިއެކު ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ސަރުކާރުން އުތީމުގައި ޤާއިމްކޮށްދިނުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެދިފައިވާކަމަށް އެ ކައުންސިލުން ބުންޏެވެ. މީގެ އިތުރުން ވީއެންމެ އަވަހަކަށް ވަގުތީ މިސްކިތުގ...

ޝިއުނާ އާދަމް
ކުރިމަގު ޖަމިއްޔާއިން އިސްވެ ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގަނީ 📍 ހއ. ދިއްދޫ

ކުރިމަގު ޖަމިއްޔާއިން އިސްވެ ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާޙް ކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ހއ. ދިއްދޫގައި 7000 ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ހިންގުމަށް އެރަށު ކުރިމަގު ޖަމިއްޔާއިން އިސްވެ ތައްޔާރުވާން ފަށައިފިއެވެ. މި ހަރަކާތަކީ އެ ޖަމިއްޔާ އާއި މޫސުމީ ބަދަލްތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި ހއ. ދިއްދޫ ކައުންސިލާއި އަދި ދިއްދޫގެ މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ ހަރަކާތެކެވެ. މި ބޮޑު ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި […]

ޔުމްނާ ޢަލީ
ބާރަށުގެ ރުއްތަކަށް ޖެހިފައިވާ ބަލީގެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި 📍 ހއ. ބާރަށް

ބާރަށުގެ ރުއްތަކަށް ޖެހިފައިވާ ބަލީގެ މައްސަލައަށް ހައްލެއް ހޯދުމަށް މަޝްވަރާކޮށްފި

ހއ. ބާރަށުގެ ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަކާއި، އެ ރަށުގެ ރުއްތަކަށް ފެތުރެމުންދާ ބަލީގެ މައްސަލައާ ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ބާރަށު ކައުންސިލާއި ބާރަށު ދާއިރާގެ މެންބަރާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ. މިއަދު ހެނދުނު މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ވަޒީރު އަޙްމަދު ޝިޔާމްގެ އިތުރުން އެ ވުޒާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ބާރަށު ކައުންސ...

ޔުމްނާ ޢަލީ
ޗައިނާ ސަފީރު ބާރަށަށް ޒިޔާރަތްކުރުމަށް ދައުވަތު 📍 ހއ. ބާރަށް

ޗައިނާ ސަފީރު ބާރަށަށް ޒިޔާރަތްކުރުމަށް ދައުވަތު

ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮން ޝިއަންހު ހއ. ބާރަށަށް ޒިޔާރަތެއް ކުރެއްވުމަށް އެރަށު ކައުންސިލުން ރަސްމީކޮށް ދައުވަތު އަރުވައިފިއެވެ. މި ދައުވަތު އަރުވާފައިވަނީ ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް، ޗައިނާ ސަފީރާއެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ވިދާޅުވީ، ޗައިނާ ސަފީރާއެކު ބޭއްވުނު މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ ބާރަށުގެ ރައްޔިތުންނަށް ހެޔޮއެދުންތައ...

ޔުމްނާ ޢަލީ
ނޯތު ޗެމްޕިއަން ދިއްދޫ އިން ސެންޓްރަލް ޗެމްޕިއަން ހުރާވެސް ބަލިކޮށްފި 📍 ހއ. ދިއްދޫ

ނޯތު ޗެމްޕިއަން ދިއްދޫ އިން ސެންޓްރަލް ޗެމްޕިއަން ހުރާވެސް ބަލިކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ އިން ސެންޓްރަލް ލީގު ޗެމްޕިއަން ކ. ހުރާ ބަލިކޮށް ތާވަލްގެ ކުރިއަށް މިއަދު ޖެހިލައިފިއެވެ. ދިއްދޫ އިން ވަނީ 8 ޖޫންގައި ކުޅުނު ޕްލޭއޮފްގެ ފުރަތަމަ މެޗުގައި ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ 1-0 ލަނޑުން ބަލިކޮށްފައެވެ. މިއަދުގެ މެޗުގައި ދިއްދޫ އިން ސެންޓްރަލް ލީގު ޗެމްޕިއަން […]

ޔުމްނާ ޢަލީ
އުލިގަމަށް ވަޑައިގެން މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވައިފި

އުލިގަމަށް ވަޑައިގެން މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ބައްޕަ އާއި  ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އިއްޔެ ބައްދަލުކުރަށްވައިފިއެވެ. މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވާފައިވަނީ ސީޕީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. އުލިގަމަށް ވަޑައިގެންނެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެފަ...

ޝިއުނާ އާދަމް
މޮޅު ކުޅުމެއްދެއްކި ދިއްދޫގެ މައްޗަށް ޓީސީން ކުރި ހޯދައިފި 📍 ހއ. ދިއްދޫ

މޮޅު ކުޅުމެއްދެއްކި ދިއްދޫގެ މައްޗަށް ޓީސީން ކުރި ހޯދައިފި

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫގެ މައްޗަށް ޓީސީ ސްޕޯޓްސް ކްލަބުން ކުރި ހޯދައިފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅުނު މިމެޗުގައި ދިއްދޫގެ 3-0 އިން ބަލިވިނަމަވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެޓީމު އަތުގައި ނަސީބު ނުހިފުމުގެ ސަބަބުން ގޯލެއް އެތެރެވާގޮތަށް ނުވިއެވެ. މި މެޗުގައި ޓީސީގެ  އިބްރާހިމް އޮލަޑިމޭޖީ ޖިމޯ […]

އަޙްމަދު ވަހީދު
މަރްޙޫމް ޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައިފި

މަރްޙޫމް ޢާސިފްގެ އާއިލާއާއި ސީޕީ ބައްދަލުކުރައްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. ފުލުހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ސީޕީ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް އެ ޢާއިލާ އަށް ރައްދުކޮށްދެއްވައިފިއެވެ. ރައީސްގެ މެސެޖުގައި، މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލ...

ޝިއުނާ އާދަމް
ވަށަފަރުގައި ޒުވާން ޚަޠީބުން އުފެއްދުމަށާއި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހއ. ވަށަފަރު

ވަށަފަރުގައި ޒުވާން ޚަޠީބުން އުފެއްދުމަށާއި ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. ވަށަފަރުގައި ޒުވާން ޚަޠީބުން ތަމްރީނުކޮށް އުފެއްދުމަށާއި، އެ ރަށުގެ ދީނީ އަދި އުމްރާނީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންތައްތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއެކު މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި ވަށަފަރު ކައުންސިލްގެ އިތުރުން ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޢަބްދުﷲ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއެކު ބޭއްވުނު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ވަށަފަރުގައި ޒުވާން ޚަޠީބުން ތަމްރީނުކުރ...

ޔުމްނާ ޢަލީ
ދިއްދޫގެ ދެވަނަ މެޗު މިރޭ 📍 ހއ. ދިއްދޫ

ދިއްދޫގެ ދެވަނަ މެޗު މިރޭ

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގައި ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ ކުޅޭ ދެވަނަ މެޗު މިރޭ އޮންނާނެއެވެ. މިރޭގެ މެޗުގައި ދިއްދޫ ނުކުންނާނީ ސީޒަންގެ ޕްރިމިއާ ލީގުގެ އަށް ވަނަ ޓީމު ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މިރޭ 21:00 ގައި ގަލޮޅު ދަނޑުގައި ފަށާ މި މެޗުގައި ޓީމަށް ސަޕޯޓްކޮށް ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން މިރޭ ގަލޮޅު ދަނޑަށް އައިސް […]

ޔުމްނާ ޢަލީ
އާސިފްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

އާސިފްގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ޖަނާޒާ މިރޭ އިޝާނަމާދަށްފަހު ރަސްމީ ޢިއްޒަތުގައި ބާއްވައިފިއެވެ. އާސިފް، ހއ. އުލިގަމު/ވާދީ ނިޔާވެފައި ވަނީ ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް 2026 ޖޫން 11 ވަނަ ދުވަހުގެ ރެއެވެ. އާސިފްގެ މައްޗަށް ކުރެވުނު ކަށުނަމާދު އޮތީ މިރޭ އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. އަދި ވަޅުލާފައި ވަނީ އާސަހަރާގައެވެ. ފުލުހުން ބުނިގޮތުގައި މަރުޙޫމަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށްޓަކައި، މަ...

ޔުމްނާ ޢަލީ
އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

އޮޕަރޭޝަނެއްގައި އުޅުނު އުލިގަމަށް ނިސްބަތްވާ ފުލުހަކު ނިޔާވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި ފުލުހަކު ނިޔާވެއްޖެއެވެ. 2026 ޖޫން 11 ވަނަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގައި ނިޔާވެފައިވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. އާސިފަކީ ހއ. އުލިގަމަށް ނިސްބަތްވާ ފުލުހެކެވެ. ނިޔާވިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. ފުލުހުން ބުނިގޮތުގައި “ޕޮލިސް ލޯންޗް 57” ގައި ޑިއުޓީގައި ތިބި ފުލުހުންގެ ތެރެއިން އޮފިސަރެއްކަމުގައިވާ އާސިފް ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ. […]

ޔުމްނާ ޢަލީ
ޚިދުމަތްތެރިޔާ ނަސީރު ނިޔާވެއްޖެ، ކަށުނަމާދު އިޝާނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައި 📍 ހއ. ދިއްދޫ

ޚިދުމަތްތެރިޔާ ނަސީރު ނިޔާވެއްޖެ، ކަށުނަމާދު އިޝާނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައި

ހއ. އަތޮޅަށާއި، ހއ. ގެ ވެރިރަށް ދިއްދޫގެ އިތުރުން ގިނަ ރަށްތަކެއްގައި އިޚްލާސްތެރި ޚިދުމުމަތްތަކެއްކުރެއްވި މުޙައްމަދު ނަސީރު، ތިލަދޫ/ހއ. ދިއްދޫ މިއަދު ނިޔާވެއްޖެއެވެ. އެނގިފައިވާގޮތުގައި އުމުރުން 64 އަހަރުގައި ނަސީރު ނިޔާވީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. ނަސީރު ވަނީ މިފަހުން އިންޑިއާ އިންވެސް ފަރުވާ ހޯއްދަވާފައެވެ. ނަސީރު ބަލިވެއުޅުއްވާތާ އަހަރެއްހާ ދުވަސްވެއްޖެކަމަށް ދިއްދޫ އިން މައުލޫމާތު ދިން މީހަކު ބުންޏެވެ. ނަސީރަކީ ހއ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އެކިރަށްތަކުގެ ސް...

ޔުމްނާ ޢަލީ
ދެކުނު ޗެމްޕިއަން ބަލިކޮށް އުތުރު ޗެމްޕިއަން ދިއްދޫ ފެށީ މޮޅަކުން 📍 ހއ. ދިއްދޫ

ދެކުނު ޗެމްޕިއަން ބަލިކޮށް އުތުރު ޗެމްޕިއަން ދިއްދޫ ފެށީ މޮޅަކުން

ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފްގެ ދެވަނަ މެޗު ނޯތު ރީޖަނަލްގެ ޗެމްޕިއަން ހއ. ދިއްދޫ މިރޭ ކާމިޔާބުކޮށްފިއެވެ. މިރޭ ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ދިއްދޫ ކާމިޔާބުކުރީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ 1-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރު ދިއްދޫގެ ލަނޑު ފެނިގެން ދިޔައީ ދެވަަނަ ހާފުގައެވެ. އެއީ […]

އަޙްމަދު ވަހީދު