މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފި

އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ތިލަދުންމަތީ އުތުރުބުރީ (ހއ) އުލިގަމުގައި ސޯޝަލް ސަޕޯޓް ޑެސްކެއް ގާއިމު ކޮށްފިއެވެ. އުލިގަމު ކައުންސިލްގެ އިދާރާއިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރުމާއިގުޅިގެން ރަށު ފެންވަރުގައި މަސައްކަތް ތަކެއް ކުރެވެމުން ދާކަމަށެވެ. އެގޮތުން ހޯމް އައިސޮލޭޝަން (ގޭގައި އެކަހެރިވެހުރުން) ނުވަތަ ހޯމް ކަރަންޓީން ކުރަންޖެހިއްޖެ ހާލަތެއްގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަ...

ޔުމްނާ ޢަލީ
ހޯރަފުށީ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލޭ އަދި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ރައްޔިތުންގެ ތެރެއިން ވަޒީފާ ގެއްލޭ އަދި ނޯޕޭއަށް ފޮނުވާލާ މުވައްޒަފުންގެ މަޢުލޫމާތު އެއްކުރަނީ

ކޮވިޑް 19 އާއި ގުޅިގެން ހޯރަފުށީ ރައްޔިތުންގެ ތެރެއިން ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ވަޒީފާއަށާއި މުސާރައަށް ގެންނަ ބަދަލުތަކާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯޕޭއަށް ފޮނުވާލާ ފަރާތްތަކުގެ މަޢުލޫމާތު ދެނެގަތުމާއި އަދި އެކަންކަމުގެ ދަފްތަރެއް އެކުލަވާލުމާއި ގުޅޭ މަސައްކަތް އެކައުންސިލުން ފަށައިފިއެވެ. ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ އެކައުންސިލުން މިކަން ކުރުމުގެ މަޤުޞަދަކީ އެފަދަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމިގެ ބޭނުމަކީ އެފަދަ ފަރާތްތަކުގެ ސަކުވާ އަޑުއ...

ޔުމްނާ ޢަލީ
ކޮވިޑް-19 އަށް ޚާއްސަކޮށް އިހަވަންދޫ ކައުންސިލުން ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ! 📍 ހއ. އިހަވަންދޫ

ކޮވިޑް-19 އަށް ޚާއްސަކޮށް އިހަވަންދޫ ކައުންސިލުން ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ!

ކޮވިޑް-19 އަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުނަ ފޭސްބުކް ލައިވް ޕްރޮގްރާމެއް މިރޭ ކުރިއަށް ގެންދަން ހއ. އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. އެކައުންސިލްގެ ކޮވިޑް-19 ޓާސްކް ފޯހުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގައި ހާލަތާއި ގުޅޭ، ދީނީ، ސިއްޚީ، އިޖްތިމާއީ އަދި އިޤްތިޞާދީ މެސެޖްތައް ފޯރުކޮށް ދެވޭނެ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެއެވެ. މި ޕްރޮގްރާމާއި ބެހޭގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ފޭސްބުކް ލައިވް މެދުވެރިކޮށް ކުރިއަށް ގެންދަވަނ...

އަލީ އާދިލް
ކެލާ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދެނީ 📍 ހއ. ކެލާ

ކެލާ ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދެނީ

ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު އިތުރު ފަރުވާއަށް މާލެ ގެނެސްދިނުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނީ ހއ. ކެލާ ސިއްޚީ މަރުކަޒުގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ އަންހެނަކު، ހާލު ބޮޑުވެ އިތުރު ފަރުވާއަށް އެމްއެންޑީއެފް ނޯތު އޭރިއާގެ އެހީތެރިކަމާއި އެކު މާލެ ގެނައުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިހާރު ދަތުރު ފަށާފައިވާކަމަށެވެ. އެ ހެލިކޮޕްޓަރު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސަން ހަމަޖެހިފައިވަނީ...

ޝިއުނާ އާދަމް
އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި 📍 ހއ. އުތީމު

އެކިދުވަސް މަތިން އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފި

އެކިދުވަސް މަތިން ހއ. އަލިދޫ ރިސޯޓުން ވައްކަން ކުރިކަމުގެ ތުހުމަތުގައި އުތީމުން 4 މީހުން ހައްޔަރުކޮށްފައިވާކަމަށް މޯލްވިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ. ހއ އަލިދޫ ރިސޯޓްއަށް އެކި ދުވަސްމަތިން އަރައި އެ ރިސޯޓުން ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވަ ކަމުގެ މައްސަލަ އެއް މިމަހުގެ 24 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ އާ ގުޅިގެން، މިމަހުގެ 26 ވަނަ ދުވަހު ކޯޓު  އަމުރެއްގެ ދަށުން ހއ. އުތީމުގެ ބައެއް ގެތަށް […]

އިބްރާހިމް އަސްވާޤް
ރަށުންބޭރުގައި ވަޒީފާ އަދާކުރާ އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލަނީ 📍 ހއ. އިހަވަންދޫ

ރަށުންބޭރުގައި ވަޒީފާ އަދާކުރާ އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލަނީ

ރަށުންބޭރުގައި ވަޒީފާ އަދާކުރާ، ހއ. އިހަވަންދޫ ރަށްވެހިންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އިވަންދޫ ކައުންސިލުން ފަށައިފިއެވެ. ކޮވިޑް-19 އާއި ގުޅިގެން ދެނެގަންނަން ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރުމަށް އިހަވަންދޫ ކައުންސިލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ މީހުންގެ ދަފުތަރު އެކުލަވާލުމަށް މިއަދު ވަނީ އާންމުކޮށް ހުޅުވާލައިފައެވެ. އެގޮތުން އިހަވަންދޫގެ ރަށްވެހިންގެ ތެރެއިން ރަށުންބޭރުގައި ވަޒީފާއަދާކުރާ ފަރާތްތަކަށް ފ...

ޝިއުނާ އާދަމް
ހޯރަފުށީގައި ކާބޯ ތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ޚިދުމަތް ދޭ ގޮތަށް ހަދައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ކާބޯ ތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ޚިދުމަތް ދޭ ގޮތަށް ހަދައިފި

ހއ. ހޯރަފުށީގައި ހުރި ކާބޯ ތަކެތީގެ ޚިދުމަތް ދޭ ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކުން ވަގުތީ ގޮތުން ދެން ދޭނީ ހަމަ އެކަނި ޑެލިވަރީ ކުރުމުގެ ޚިދުމަތް ކަމަށް ހަމަޖައްސައިފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ، ކޮވިޑް-19 ރައްކާތެރި ވުމަށް އަޅާ ފިޔަވަޅު ތަކުގެ ތެރެއިން އެރަށުގައި ހުރި ކާބޯ ތަކެތީގެ ޚިދުމަތް ދޭ ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތަކުގެ ވެރިންގެ އެއްބާރުލުމާއި އެކު، އެތަން ތަނުން ވަގުތީ ގޮތުން ދެން ދޭނީ ހަމަ އެކަނި ޑެލިވަރީ ކުރުމުގެ […]

ޝިއުނާ އާދަމް
ދިއްދޫ ޓާސްކް ފޯހުން އެރަށުގެ ރައްޔިތުން ކިބައިން ނުވަ ކަމަކަށް އިލްތިމާސް ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ ޓާސްކް ފޯހުން އެރަށުގެ ރައްޔިތުން ކިބައިން ނުވަ ކަމަކަށް އިލްތިމާސް ކޮށްފި

ދުނިޔޭގެ ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައިވެސް ފެތުރެމުންދާތީ، އެބަލި އިތުރަށް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ހއ. ދިއްދޫގައި އެޅުމުގެ ގޮތުން އެރަށު ކޮވިޑް-19 ޓާސްކް ފޯހުން ރައްޔިތުން ކިބައިން ނުވަ ކަމަށް އަމަލު ކޮށްދިނުމަށް އެދި އިލްތިމާސް ކޮށްފިއެވެ. ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހިރާއްޖޭގައިވެސް ފެތު...

އަލީ އާދިލް
އިހަވަންދޫ ކޮވިޑް19 ޓާސްކުފޯސްއަށް ވޮލެންޓިއަރުން ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކޮވިޑް19 ޓާސްކުފޯސްއަށް ވޮލެންޓިއަރުން ހޯދަނީ

ކޮވިޑް19 ޓާސްކުފޯސްއިން ކުރަމުންދާ މަސައްކަތްތަކަށް ވޮލެންޓިއަރުން ހޯދުމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ޓާސްކްފޯސްއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން، ޓާސްކްފޯސް ހޮޓްލައިން 7750013 އާއި ގުޅުއްވުން އެދޭކަމަށެވެ. މުޅި ދުނިޔޭގައިވެސް މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ދިވެހިރާއްޖެއިންވެސް ފެނިފައިވުމާއެކު ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އިހަވަންދޫގައި އަންނަީ ތަފާތު ހަރަކަތްތަކެއް ހި...

އިބްރާހިމް އަސްވާޤް
ކޮވިޑް-19: މާރަންދޫ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފި 📍 ހއ. މާރަންދޫ

ކޮވިޑް-19: މާރަންދޫ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފި

ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ހއ. މާރަންދޫ ޓާސްކް ފޯހުން ހަރަކާތްތަކެއް ހިންގައިފިއެވެ. ރައްޔިތުން ހޭލުންތެރި ކުރުވުމަށް ދޮރުން ދޮރަށް ކޮވިޑް-19 މާރަންދޫ ޓާސްކް ފޯހުގެ ފަރާތުން ރަށުގެ މީހުން ދިރިއުޅޭ ގޭތަކަށް ޒިޔާރަތްކޮށް ބައްޔާގުޅޭ އަދި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. ޕޯސްޓަރު ހަރުކުރުން ކޮވިޑް-19 މާރަންދޫ ޓާސްކް ފޯހުގެ ފަރާތުން ވަނީ ރަށުގެ މީހުން އެއްވެއ...

ޝިއުނާ އާދަމް
އުލިގަމާއި މަކުނުދޫގައި ރާޑަރު ސްޓޭޝަންތަކަށް ކަރަންޓު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހދ. މަކުނުދޫ

އުލިގަމާއި މަކުނުދޫގައި ރާޑަރު ސްޓޭޝަންތަކަށް ކަރަންޓު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. އުލިގަމު އަދި ހދ. މަކުނުދޫގައި ގާއިމް ކޮށްފައިވާ ރާޑަރު ސްޓޭޝަންތަކަށް ދާއިމީ ކަރަންޓުގެ ހިދުމަތް ދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. ފެނަކައިން ބުނީ އެ މަޝްރޫއުއާ ގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. ފެނަކަ ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ސޮއި ކުރި އެ މަޝްރޫއުއަކީ ހއ. އުލިގަމު އަދި ހދ. މަކުނުދޫގައި ގާއިމް ކޮށްފައިވާ ރާޑަރު ސްޓޭޝަންތަކަށް ދާއިމީ ކަރަންޓު ދިނުމާއި ގުޅޭ އެއްބަސ...

އިބްރާހިމް އަސްވާޤް
ފުރަތަމަ ހޮޓްލައިނަށް ގުޅުއްވާ: ހޯރަފުށީ ސިއްޚީ މަރުކަޒު 📍 ހއ. ހޯރަފުށި

ފުރަތަމަ ހޮޓްލައިނަށް ގުޅުއްވާ: ހޯރަފުށީ ސިއްޚީ މަރުކަޒު

ހޯރަފުށީ ސިއްޚީ މަރުކަޒުން ކޮވިޑް-19 އާއި ގުޅިގެން ހޮޓްލައިނެއް ތައާރަފްކޮށް، ހުންއައިސް ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ފުރަތަމަ ހޮޓް ލައިނަށް ގުޅުމަށް އިލްތިމާސް ކޮށްފިއެވެ. އެސިއްޚީ މަރުކަޒުން ބުނެފައިވަނީ، ހުންއައިސް ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ފުރަތަމަ، އެމަރުކަޒުގެ ހޮޓް ލައިން، 7323055 އަށް ގުޅުމަށާއި އަދި އެއަށްފަހު އެމަރުކަޒުންދޭ އިރުޝާދާއި އެއްގޮތަށް އަމަލުކުރަން އެދޭކަމަށެވެ. #ކޮވިޑް19 #ހޯރަފުށި #ހޮޓްލައިން#Covid19 #Hoarafushi #Hotline #ފަރުވާކުރުމަށްވުރެރަނގަޅީރައްކާތެރިވުން#Preve...

ޔުމްނާ ޢަލީ
މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަޅާނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަޅާނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފި

ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މާރަންދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިއަދުން ފެށިގެން މިމަހުގެ 25 ވާ ބުދަދުވަހުގެ ނިޔަލަށް، އެދުވަސްތަކުގެ ތެރެއިން ރަސްމީ ދުވަސްތަކުގެ ހެނދުނު 9:00 އިން މެންދުރުފަހު 13:30 އަށް މާރަންދޫ ކައ...

ޝިއުނާ އާދަމް
ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަޅާނެ ބަޔަކު ހޯދަނީ 📍 ހއ. ފިއްލަދޫ

ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އަޅާނެ ބަޔަކު ހޯދަނީ

ހއ. ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. ފިއްލަދޫ ކައުންސިލުން މިއަދު ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ ފިއްލަދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2020 މާރިޗު 17 ވާ އަންގާރަ ދުވަހުން ފެށިގެން 2020 މާރިޗު 25 ވާ ބުދަދުވަހުގެ ނިޔަލަށް ފިއްލަދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދޭ...

ޝިއުނާ އާދަމް
އުލިގަމަށް އަންނަ ޔޮޓުތައް ވަގުތީގޮތުން ހުއްޓުވައިދިނުމަށް އެދެފި

އުލިގަމަށް އަންނަ ޔޮޓުތައް ވަގުތީގޮތުން ހުއްޓުވައިދިނުމަށް އެދެފި

އުލިގަމަށް އަންނަ ޔޮޓުތައް ވަގުތީގޮތުން ހުއްޓުވައިދިނުމަށް އުލިގަމު ކައުންސިލުން މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް ޢަލީ ވަޙީދުގެ އަރިހުން އެދެފިއެވެ. މިއަދު އެކައުންސިލުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުއަށް އެޑްރެސް ކުރައްވާ ފޮވުނި ސިޓީގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް (ކޯވިޑް-19) ބަލިން ރައްކާތެރިވުމަށް ޤާނޫނު ނަންބަރު 7/2010 (ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ނ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން ރާއްޖޭގައި […]

އަލީ އާދިލް