މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ކޯވިޑް-19: ތަކަންދޫން 3 މީހުން ޕޮޒިޓިވްވެއްޖެ 📍 ހއ. ތަކަންދޫ

ކޯވިޑް-19: ތަކަންދޫން 3 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް-19 އަށް ހއ. ތަކަންދޫން ތިން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށަށް އަންގައިފި އެވެ. ތަކަންދޫން ވާހަކަ ދެއްކި މީހަކު މި ނޫހަށް ބުނީ، އެ ރަށުން ކޯވިޑަށް ޕޮޒިޓިވް ވެފައިވަނީ ހުސްވި އޭޕްރިލް މަހުގެ 15 ވަނަ ދުވަހު ހއ. އިހަވަންދު ކާވިޔާ ބޯޓުން އެރަށް ދިޔަ މީހުންގެ ތެރެއިން ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމަ އާއި އިތުރު އަންހެނެއް ކަމަށެވެ. ކާވިޔާ ބޯޓުން ދަތުރުކުރި ހއ. […]

ޝިއުނާ އާދަމް
ހޯރަފުށީ ރައްޔިތުންގެ ފަރާތުން މޮޅަދޫއަށް ކާޑުގެ ބާވަތްތައް ހަދިޔާ ކޮށްފި

ހޯރަފުށީ ރައްޔިތުންގެ ފަރާތުން މޮޅަދޫއަށް ކާޑުގެ ބާވަތްތައް ހަދިޔާ ކޮށްފި

ހއ. މޮޅަދޫ ރައްޔިތުންނަށް ކާޑު ލިބުން ދަތިވުމާއި ގުޅިގެން ހއ. ހޯރަފުށީ ރައްޔިތުންނާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމްގެ ފަރާތުން މޮޅަދޫ ރައްޔިތުންނަށް ކާޑުގެ ބާވަތްތައް ހަދިޔާކޮށްފި ކަމަށް ހޯރަފުށީ ކައުންސިލުން ބުނެފިއެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ރައްޔިތުންގެ ނަމުގައި މޮޅަދޫ ރައްޔިތުންނަށް 40 ބަސްތާ ކާޑުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މިގޮތުން ފޯރުކޮށް ދިން 40 ބަސްތާ ކާޑުގެ ތެރޭގައި ހިމެނެނީ 20...

ޔުމްނާ ޢަލީ
ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި 📍 ހއ. ދިއްދޫ

ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި

ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ނަފްސާނީ އުނދަގޫތައް ދިމާވާ މީހުންނަށް އެހީތެރިވުމަށް ހއ. ދިއްދޫގައި ޚާއްޞަ ޑެސްކެއް ގާއިމުކޮށްފިއެވެ. ދިއްދޫ ކައުންސިލުން ބުނީ ކޯވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ބައެއް ފަރާތްތަކަށް ނަފްސާނީ ބައެއް އުނދަގޫތައް ދިމާވަމުން ދާކަމަށް ފާހަގަ ކުރެވޭތީ، އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ހއ. އަތޮޅު އިމަޖެންސީ އޮޕަރޭޓިން ސެންޓަރގައި ސައިކޯ ސޯޝިއަލް ސަޕޯޓް ޑެސްކެއްވަނީ ޤާއިމް ކުރެވިފައި ވާކަމަށެވެ. މި ޑެސްކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 1...

ޝިއުނާ އާދަމް
އިހަވަންދޫ އިން ޓެސްޓުކުރި 35 މީހުންގެ ނަތީޖާ ނައްސި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިން ޓެސްޓުކުރި 35 މީހުންގެ ނަތީޖާ ނައްސި

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ކާވިޔާ ބޯޓުން ދަތުރުކުރި 35 މީހެއްގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެ ކަމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ކޮވިޑް 19 އަށް އިހަވަންދޫއިން ޓެސްޓްކުރި އެންމެންގެ ނަތީޖާ ނައްސި ވެއްޖެކަމަށެވެ. އިހަވަންދޫ ރައްޔިތުންގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ދެން ކުރިއަށްދާންވީ ގޮތުގެ އިރުޝާދު މާދަމާ ރައްޔިތުންނާ ހިއްސާ ކުރެވޭނެ. އެކައުންސިލްގެ އެންގުމު...

ޝިއުނާ އާދަމް
ތުރާކުނު ރައްޔިތުންނަށްވެސް ކާބޯތަކެތި ހަދިޔާ ކޮށްފި 📍 ހއ. ހޯރަފުށި

ތުރާކުނު ރައްޔިތުންނަށްވެސް ކާބޯތަކެތި ހަދިޔާ ކޮށްފި

ހއ. ތުރާކުނު ނިސްބަތްވާ އެ ދާއިރާ ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލިސްގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހއ. ހޯރަފުށީ ރައްޔިތުންގެ ފަރާތުން ތުރާކުނު ރަށްޔިތުންނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިއެވެ. ހޯރަފުށީ ކައުންސިލް ބުނީ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި ހއ. ތުރާކުނުގެ ރަށްޔިތުނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިކަމަށެވެ. ހޯރަފުށީ ކައުންސިލުން ވަނީ މެމްބަރު އަހުމަދު ސަލީމްގެ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ. މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ […]

ޝިއުނާ އާދަމް
ދިއްދޫއާއި ކުޅުދޫފުއްޓަށް ގެންދިޔަ ޖެންސެޓު އިންސްޓާލް ކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ދިއްދޫ

ދިއްދޫއާއި ކުޅުދޫފުއްޓަށް ގެންދިޔަ ޖެންސެޓު އިންސްޓާލް ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ކުޅުދުއްފުއްޓާއި ހއ. ދިއްދޫއަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓާލް ކުރުމުގެ މަސައްކަތް ފަށައިފިކަމަށް ފެނަކަ ކޯޕަރޭޝަން އިން ބުނެފިއެވެ. ފެނަކައިން ބުނީ ދިއްދޫ އަށް ފޮނުވި800 ކިލޯ ވޯޓުގެ ޖެންސެޓް ބެޑްއަށް އަރުވާ އިންސްޓާލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަށް ފޮނުވި800 ކިލޯ ވޯޓުގެ ޖެންސެޓް ބެޑްއަށް އެރުވުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށެވެ. HDh. Kulhudhuffuhtah fonuvi 800kW ge aa genset bedah eruvumuge masahkaiy mihaaru kuriah dhany. […]

ޝިއުނާ އާދަމް
ކާވިޔާ ބޯޓުން ދަތުރު ކުރި އިހަވަންދޫ އެންމެންގެ ސާމްޕަލް ނަގަނީ 📍 ހއ. އިހަވަންދޫ

ކާވިޔާ ބޯޓުން ދަތުރު ކުރި އިހަވަންދޫ އެންމެންގެ ސާމްޕަލް ނަގަނީ

ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ހއ. އިވަންދޫ އިން ޖުމްލަ 35 މީހެއްގެ ސާމްޕަލް ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ. އިހަވަންދޫ އިން 35 މީހެއްގެ ސާމްޕަލް ނަގަން ނިންމިއިރު، އެ ތިރީސް ފަސް މީހުންގެ ތެރޭގައި ކާވިޔާ ބޯޓުން ދަތުރު ކުރި އެރަށަށް ނިސްބަތްވާ އެންމެންވެސް ހިމެނެއެވެ. ެއިހަވަންދޫ ކައުންސިލުން ބުނީ އެރަށުގައި ކޯވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ޖުމްލަ 35 މީހުންގެ ސާމްޕަލް ނަގާ […]

ޝިއުނާ އާދަމް
ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ހއ. ހޯރަފުށީގައި ބަނބުކެޔޮ ގަސް އިންދާހެއްދުމުގެ ޕްރޮގްރާމެއް ފަށައިފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. ހޯރަފުށީގައި މިއަދު ހަވީރު ފެށުނު ބަނބުކެޔޮ ގަސް އިންދުމުގެ ޕްރޮގްރާމަކީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމާއި ގުޅިގެން ފެށި ޕްރޮގްރާމެއް ކަމަށް އެ ކައުންސިލުން ބުންޏެވެ. މިޕްރޮގުރާމްގެ މައިގަނޑު މަޤުޞަދަކީ ހޯރަފުއްޓަކީ ފަލަމަޑީގެ ބާވަތްތަކުގައި ފާހަގަކޮށްލެވޭ ރަށަކަށް ހެދުންކަމަށާއި އަދި ޤައުމު މިއޮތްފަދަ ހާލަތަކަށް މާދަމާވެސް ތައްޔާރު...

ޔުމްނާ ޢަލީ
އިހަވަންދޫއިން 23 މީހެއްގެ ސާމްޕަލް ނަގަން ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން 23 މީހެއްގެ ސާމްޕަލް ނަގަން ފަށައިފި

ހއ. އިހަވަންދޫއިން ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި 23 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި ބަޔަކާއި، ކުޅުދުއްފުށީ ސީ ކްއީން ބޯޓުން ދަތުރު ކުރި އެރަށު ބައެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް އިހަވަންދޫ ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ، މިބައްޔަކީ ނަތީޖާ ނައްސިވާ ފަހުންވެސް، ފައްސި ވުމުގެ ފުރުޞަތު އޮންނަ ބައްޔަކަށް ވާތީ، ހުރިހާ ރައްޔިތުންވެސް ރަށުގައި އަޅާފައިވާ […]

ޝިއުނާ އާދަމް
ދިއްދޫއަށް ނުދެވިފައި ތިބި އެރަށު މީހުން އަންގައި ދިނުމަށް އެދިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫއަށް ނުދެވިފައި ތިބި އެރަށު މީހުން އަންގައި ދިނުމަށް އެދިއްޖެ

މާލެ ސަރަޙައްދު ފުރަބަންދު ކުރުމާއި ގުޅިގެން ދިއްދޫއަށް ނުދެވި ތިބި ދިއްދޫ ރައްޔިތުން ދެނެގަތުމުގެ މަސައްކަތް ހއ. ދިއްދޫ ކައުންސިލުން ފަށައިފިއެވެ. އެކައުންސިލުން ބުނެފައި ވަނީ އެފަދަ މީހުން އެކައުންސިލަށް އަންގަވައި ދެއްވުން އެދޭ ކަމަށެވެ. އެކަމާއި ގުޅިގެން އެކައުންސިލުން ކުރި ޢިއުލާނެއްގައި ބުނެފައި ވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް -19 މާލޭގައި ފެތުރެން ފެށުމާއި ގުޅިގެން މާލެ ސަރަޙައްދު ފުރަބަންދު ކޮށްފައިވުމާއިއެކު، އެ ސަރަޙައްދުގައި މިވަގުތު ދިރިއުޅޭ ހއ. ދިއްދޫގެ ބައެއް ރައ...

ޝިއުނާ އާދަމް
އިހަވަންދޫ ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް މަރުވެ ކުނިވަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް މަރުވެ ކުނިވަނީ

ހއ. އިހަވަންދޫގެ ދެކުނު ފަރާތު ފަޅުތެރޭގައި ގިނައަދަދެއްގެ މުށިމަސް އާދަޔާއި ހިލާފަށް މަރުވެ ކުނިވަމުން އެބަދެއެވެ. މިކަމާއި ބެހޭ ގޮތުން އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ބުނެފައިވަނީ، ގިނަ އަދަދެއްގެ މުށިމަސް އެރަށު ފާޅުތެރެއިން މަރުވެފައިވާ ކަމަށާއި އެއްގަމަށް ލައްގާފައިހުރި މަސްތައް ސިއްހީމަރުކަޒުގެ ލަފަޔާއެކު މިއަދު ވަޅުލާފައިވާކަމަށެވެ. މޫދުގައި މަރުވެފައިވާ މަސްތައް ފެންމައްޗަށް އަރާ ފަޅުތެރެ ކިލަނބުވެފައިވާކަމަށް ބުނެފައިވެއެވެ. އެ ރަށުގެ ފަޅުތެރެއިން ތިލަވެގެން ހެދިފައިވާ...

އަލީ އާދިލް
ދިއްދޫ އާއި އުތީމު ފުރަބަންދު ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އާއި އުތީމު ފުރަބަންދު ކޮށްފި

ހއ. ދިއްދޫ އާއި ހއ. އުތީމު ފުރަބަންދުކޮށް އިތުރު ފިޔަވަޅުތަކެއް އަޅައިފި އެވެ. އެންއައިއޯސީގެ މިރޭގެ ނޫސްވެރިންގެ ބައްދަލު ވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އަލަށް ޕޮޒިޓިވްވީ މީހުނާ ކޮންޓެކްޓްވެފައިވާ މީހުން ތިބި ތަންތަނާއި، އެމީހުންނާ ކޮންޓެކްޓްވެފައިވާ ބައެއް މީހުން ތިބި ރަށްތައް ވެސް ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އެގޮތުން މިރޭ ނ. އަތޮޅުގެ ހަތަރު ރަށަކާއި ހއ. ގެ ދެ ރަށެއް ކަރަންޓީން ކޮށްފައިވާ ކަމަށް މަބުރޫކް ވިދާޅުވި އެވެ. ނަމަވެސް އެއީ ކޮވިޑަށް […]

އިބްރާހިމް އަސްވާޤް
އުލިގަމު ރައްޔިތުންނަށް ކާބޯތަކެތި ހަދިޔާ ކޮށްފި 📍 ހއ. ހޯރަފުށި

އުލިގަމު ރައްޔިތުންނަށް ކާބޯތަކެތި ހަދިޔާ ކޮށްފި

އުލިގަމު ދާއިރާ ތަމްސީލް ކުރަށްވާ ރައްޔިތުންގެ މަޖިލިސްގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި، ހއ. ހޯރަފުށީ ރައްޔިތުންގެ ފަރާތުން ހއ. އުލިގަމު ރަށްޔިތުންނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިއެވެ. ހޯރަފުށީ ކައުންސިލް ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މެމްބަރު އަހުމަދު ސަލީމާއި، ހޯރަފުށި ގެ ރަށްޔިތުންގެ ނަމުގައި ހއ. އުލިގަމް ގެ ރަށްޔިތުނަށް ކާބޯ ތަކެތި ހަދިޔާ ކޮށްފިކަމަށެވެ. އެ ޕޯސްޓުގައި ވަނީ މެމްބަރު އަހުމަދު ސަލީމްގެ އެހީތެރިކަމަށް ޝުކުރު އަދާ ކޮށްފައެވެ. […]

ޝިއުނާ އާދަމް
ކޯވިޑް-19: ހއ. އަތޮޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓަން ނިންމައިފި

ކޯވިޑް-19: ހއ. އަތޮޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓަން ނިންމައިފި

ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ދަމަހަށްޓަން ހއ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެގޮތަށް ނިންމީ 23 އޭޕްރީލް 2020 ވަނަ ދުވަހު ފޯން ކޮންފަރެސް މެދުވެރިކޮށް ކުރިއަށް ގެންދިޔަ ހއ. އަތޮޅު ކައުންސިލްގެ 148 ވަނަ ބައްދަލުވުމުގައިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހަކު ހއ. އަތޮޅުން ފެނުމާއި އަދި އޭނާ ދަތުރުކުރި ބޯޓުގައި ހއ. އަތޮޅުގެ ބައެއް ރަށްރަށުގެ […]

ޔުމްނާ ޢަލީ
މޫދަށް ކުނިއެޅުން ހުއްދަކުރުމުން ފާޑުކިއުންބޮޑުވެ، ދިއްދޫ ކައުންސިލުން ނެރުނު އުސޫލު ބަދަލުކޮށްފި 📍 ހއ. ދިއްދޫ

މޫދަށް ކުނިއެޅުން ހުއްދަކުރުމުން ފާޑުކިއުންބޮޑުވެ، ދިއްދޫ ކައުންސިލުން ނެރުނު އުސޫލު ބަދަލުކޮށްފި

ފުރަ ބަންދުގެ ދުވަސްވަރު މޫދަށް ކުނިއެޅުން ހުއްދަކޮށްފައިވާތީ އާންމުންގެ ކަންބޮޑުވުންތަކާއި ފާޑުކިއުންތައް އަމާޒުވުމާއި ގުޅިގެން ހއ. ދިއްދޫ ކައުންސިލުން ނެރުނު އުސޫލު މުރާޖާކޮށްފިއެވެ. ދިއްދޫ ކައުންސިލުން މޫދަށް ކުނިއެޅުން ހުއްދަކަމަށް ނިންމައި އެކަން އަންގާފައި ވަނީ މިއަދު ގެ ވަގުތެއްގައެވެ. ކޮވިޑް-19 އާއި ގުޅިގެން ހއ. ދިއްދޫ ފުރަބަންދުކުރުމުން އަމަލުކުރާނެ ގޮތް ބަޔާންކޮށް އެކައުންސިލުން ނެރެފައިވާ އެންގުމެއްގައެވެ. ހއ. ދިއްދޫ ކައުންސިލުން ފުރަތަމަ ނެރުނު އެންގުމުގައި ބުނެފައި ވަނީ، ގެއިން ބޭރަ...

އަލީ އާދިލް