މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ކަރަންޓީނުގައި ތިބެންޖެހޭ ބަޔަކު ބޭރަށް ނުކުމެ އުޅޭތީ އިހަވަންދޫ ރައްޔިތުންގެ ކަންބޮޑުވުން! 📍 ހއ. އިހަވަންދޫ

ކަރަންޓީނުގައި ތިބެންޖެހޭ ބަޔަކު ބޭރަށް ނުކުމެ އުޅޭތީ އިހަވަންދޫ ރައްޔިތުންގެ ކަންބޮޑުވުން!

އިހަވަންދޫގައި ކަރަންޓީނުގައި ތިބެންޖެހޭ ބަޔަކު ބޭރަށް ނުކުމެ އުޅޭތީ އާންމުންގެ ކަންބޮޑުވުން! ހއ. އިހަވަންދޫގައި ކަރަންޓީނު ކޮށްފައި ތިބެންޖެހޭ ބަޔަކު އެޗްޕީއޭއިން ކަރަންޓީނު ކުރުމަށްފަހު ދޭ ލިޔުން ނުދޭކަމަށް ބުނެ ބޭރަށް ނުކުމެ އުޅެމުންދާތީވެ އެ ރަށުގެ އާންމުންގެ ކަންބޮޑުވުން ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު މި ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މި މީހުންނަކީ ހއ.އިހަވަންދޫ މަސްދޯންޏެއް ކަމަށްވާ އަނދިރި އަނދިރިން ނަމަކަށް ކިޔާ ދޯނީގައި މަސްވެރިކަމުގައި އުޅުމަށްފަހު...

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ ހުޅުވައިފި

ހއ. އިހަވަންދޫގައި ޤާއިމުކޮށްފައިވާ ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ މިރޭ ހުޅުވައިފި އެވެ، އިހަވަންދޫގައި ހުންނަ އާމިނާ ދިޔޯ ހެލްތު ސެންޓަރގައި ކޯވިޑް މެނޭޖްމަންޓް ފެސިލިޓީ އިފްތިތާޙް ކޮށްދެއްވީ ވާޗުއަލްކޮށް މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އަބުދުﷲ އަމީނާއި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ދާއިރާގެ މަޖިލިސް މެންބަރުންނާއި، ހޮސްޕިޓަލްތަކުގެ މެނޭޖަރުންގ...

ޝިއުނާ އާދަމް
އަސްލު ރަށުގެ މީރު ރަހަގަނޑު "ރަށު ހޮޓާ - ދިއްދޫ" ހުޅުމާލެ އިން 📍 ހއ. ދިއްދޫ

އަސްލު ރަށުގެ މީރު ރަހަގަނޑު "ރަށު ހޮޓާ - ދިއްދޫ" ހުޅުމާލެ އިން

ދިވެހިންގެ ޒަމާންވީ ކެއުންތައް މިއަދުމިވަނީ ދިވެހިންގެ އަތުން ބީވެގެން ގޮސްފައެވެ. އީދު ދުވަހު މެންދުރު ރަށުފުށުގެ ސުފުރާމަތިން ކާލަން ލިބޭ މީރު ކުކުޅު ރިހަ ގަނޑެއް މިޒަމާނުގައި އިންސާފުކޮށްލައް ލިބުމަކީ ނާދިރުކަމެކެވެ. ހުކުރު ދުވަހުގެ ކެއުންތަކަށްވެސް މިވަނީ ނުހަނު ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ދިވެހި ކެއުންތަކުގެ ނަމުގައި ބިދޭސީ ކައްކާއިންގެ މާލިމީ ކަމުގައި ހިންގަމުން އަންނަ ކެފޭތަކާއި ހޮޓާތައް މިވަނީ ގިނަވެފައެވެ. ރަށްފުށުގެ ރަހަމީރު ކެއުންތައް، ހާއްސަކޮން ދިއްދޫގެ ޒަމާންވީ ކެއުންތައް ވެރ...

އަލީ އާދިލް
އިހަވަންދޫ ކުނި ގޮނޑު ގިރާލާ ގޮނޑުދޮށް ކުނިވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކުނި ގޮނޑު ގިރާލާ ގޮނޑުދޮށް ކުނިވެއްޖެ

ހއ. އިހަވަންދޫ ކުނި ގޮނޑު ގިރާލާ އެރަށުގެ ރީތި ގޮނޑުދޮށް ކުނިން ކުނިވެއްޖެއެވެ. ރާއްޖޭގެ މޫސުން ގޯސްވެ ރާއްޖޭގެ އެކި ރަށްރަށް އުދަ އަރަމުން އަންނަ މިދުވަސްވަރު އިހަވަންދޫއަށްވެސް ރާޅު އަރަމުން އަންނަކަމަށާއި އެގޮތުން އެރަށުގެ ކުނި ގޮނޑު ގިރާލުމުގެ ސަބަބުން ރަށްވަށައިގެން ކުނިވެފައިވާކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަސީދުވެސް ވަނީ ވިދާޅުވެފައެވެ. “ތިލަދުން” އަށް މަޢުލޫމާތުދެމުން މުޙައްމަދު ރަޝީދު ބުނެފައިވަނީ ކުނިގޮނޑު އޮތް ސަރަހައްދަކީ ވަރަށް ބޮޑަށް ގިރާ ސަރަހައްދެއްކަމަށާއި މިމ...

ހުސައިން ހަބީބް
އެފް.ސީ ފްރިގޭޓަރގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯރަފުށީގައި ހަރަކާތްތަކެއް ހިންގައިފި 📍 ހއ. ހޯރަފުށި

އެފް.ސީ ފްރިގޭޓަރގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޯރަފުށީގައި ހަރަކާތްތަކެއް ހިންގައިފި

ހއ. ހޯރަފުށީ ސްޕޯޓްސް ކުލަބު އެފް.ސީ ފްރިގޭޓަރގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ފްރިގޭޓަރއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އެކުވެރި ކަމުގެ އަންހެން ވޮލީ މެޗެއް ހއ. މޮޅަދޫއާއި އެފް.ސީ ފްރިގޭޓަރ އާއި ދެމެދު ކުޅުމުގެ އިތުރުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ހއ. އުލިގަމާއި އެފް.ސީ ފްރިގޭޓަރ އާއި ދެމެދު ކުޅެވުނެވެ. އަހަރީ ދުވަހާއި ގުޅުވައިގެން ދެންކުރިއަށްގެންދިޔައީ ހއ. ހޯރަފުށީގައި ދިރިއުޅުއްވާ ޒުވާނުންނަށް ހުޅުވާލައިގެން “އެފް.ސ...

އިބްރާހިމް އަސްވާޤް
އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަނީ

ހއ. ހޯރަފުށީގައި ހުންނަ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ހޯރަފުށީގައި ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ދެވަނަ ފަހަރަށް ޢިއުލާން ކޮށްފިއެވެ. އެސްޓީއޯ ހޯރަފުށީ ފިހާރައިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު، އެރަށަށް ޑެލިވަރީ ކޮށްދޭނެ ފާރާތެއް ހޯދަން ޢިއުލާނު ކޮށްފައި ވަނީ އެމަސައްކަތް ކުރުމަށް ހަވާލުވާ ފަރާތެއްގެ އަމިއްލަ ވެހިކަލާއި، މީހުން ބޭނުން ކޮށްގެން އެ މަސައްކަތް ކުރާ ގޮތަށް، 1 އަހަރު ދުވަހަހުގެ މުއްދަތަށެވެ. އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯ...

ޔުމްނާ ޢަލީ
ބާރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި 📍 ހއ. ބާރަށް

ބާރަށަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހއ.ބާރަށުގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މާލެއިން ފުރައިގެން ބާރަށަށް ދަތުރުކުރަމުންދާ ބޯޓަކުން ބާރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ޖުލައި 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަ...

ޔުމްނާ ޢަލީ
ބާރަށު ދެކުނު ޒުވާނުން، އެއްސައިކަލެއްގެ މަތީ ކޮންމެ އަހަރަކު ތަފާތު ފޮޓޯއެއް! 📍 ހއ. ބާރަށް

ބާރަށު ދެކުނު ޒުވާނުން، އެއްސައިކަލެއްގެ މަތީ ކޮންމެ އަހަރަކު ތަފާތު ފޮޓޯއެއް!

ތަފާތު ގޮތްގޮތަށް ފޮޓޯއެއްނަގައި، އެ އެހެން މީހުންނަށް ހިއްސާކޮށްލުމަކީ މާބޮޑު އުފަލެއް ގެނުވާކަމަކަށް މިއަދު މިވަނީ ވެފައެވެ. ސޯޝަލް މީޑީއާގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ތަފާތު ވިސްނުންތަކުގެ މައްޗަށް ނެގިފައިވާ ތަފާތު ހިތްގައިމު ފޮޓޯތައް ކޮންމެ ދުވަހަކު ވެސް ފެންނަމުންދެއެވެ. އިންސަޓަގްރާމްގެ ސްޓޯރީތަކުންނާއި ފޭސްބުކް ޕޯސްޓުތަކުންނާއި ވައިބާރ ގުރޫޕްތަކުގެ އިތުރުން ޓްވިޓަރ އެކައުންޓް ތަކުންނެވެ. މި ހިއްސާކޮށްލާ ފޮޓޯތަކަކީ ވެސް ފޭސްބުކުން ފެނުނު ވަރަށް ތަފާތު ފޮޓޯތަކެކެވެ. ހއ.ބާރަށު ދެކުނ...

އިބްރާހިމް ޚަލީލް
ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފި

ކޯވިޑް-19 އާއި ގުޅިގެން ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފި

ކޯވިޑް-19 އާއި ގުޅިގެން ދިމާވާ ކަންކަމުގައި ޚަރަދުކުރުމަށް ” ކޯވިޑް-19 ރިލީފް ފަންޑު ” ގެނަމުގައި ހއ. އަތޮޅު ކައުންސިލުން ފަންޑެއް ހުޅުވައިފިއެވެ. ހއ. އަތޮޅު ކައުންސިލްގެ ފަރާތުން ހުޅުވި މިފަންޑުގެ ބޭނުމަކީ ކޯވިޑް-19 އާއި ގުޅިގެން ރަށު ކައުންސިލްތަކުން ކުރަންޖެހޭ މުހިންމު ޚަރަދުތައް ކުރެވޭނެގޮތް ހަމަޖައްސައި ދިނުން ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. އެކައުން ސިލުން ވަނީ މިފަންޑަށް ތިންލައްކަ ރުފިޔާ ކަނޑައަޅާފައި އެވެ. ފަންޑުން ފައިސާ ދޫކުރުމަށް އަތޮޅު ކައުންސިލްގެ 153 ވަނަ […]

ޝިއުނާ އާދަމް
ބާރަށު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި 📍 ހއ. ބާރަށް

ބާރަށު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހއ. ބާރަށު ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ. ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވާފައި ވާގޮތުގައި އެރަށުގައި ހިނގި މިއަލިފާނުގެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރަށު އޭސިއާ ގޭ ނަމަކަށް ކިޔާގެއެއްގައެވެ. އަލިފާން ރޯވެފައި ވަނީ މިއަދުގެ 11:50 ހާއިރުގައި ކަމަށާއި، އަދި 12:15 ހާއިރު އަލިފާން ނިވާލާފައި ވާކަމަށާއި އަލިފާން ނިއްވާލާފައި ވަނީ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި […]

ޖަލްވާން ޖާދުﷲ
އެމްޓީސީސީއިން ހޯރަފުށީ އެއަރޕޯޓް ސަރަޙައްދުގައި ރުއްގަސް އިންދައި ދީފި 📍 ހއ. ހޯރަފުށި

އެމްޓީސީސީއިން ހޯރަފުށީ އެއަރޕޯޓް ސަރަޙައްދުގައި ރުއްގަސް އިންދައި ދީފި

ހއ. ހޯރަފުށީ އެއަރޕޯޓު ތަރައްޤީކުރާ ސަރަހައްދުގައި ރުއްގަސް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ކޮށްދީފިއެވެ. ހޯރަފުށީ އެއަރޕޯޓް ހަދާ ސަރަޙައްދުގައި މި އިންދުނު ރުއްގަހަކީ، ށ. ފީވަކުގައި ފަށާފައިވާ ބަނދަރު ހެދުމުގެ މަޝްރޫއު ހިންގުމަށް، އެ ސަރަހައްދުން ނަގަން ޖެހޭ ރުއްގަސް ކަމަށް އެމްޓީސީއިން ބުންޏެވެ. މި ރުއްގަސް ނެގިފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރކްޗަރ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސ...

ޝިއުނާ އާދަމް
އުތެމަ ޖަމްޢިއްޔާގެ ރިޕޯޓް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ވަށަފަރު ކައުންސިލުން ގޮވާލައިފި 📍 ހއ. ވަށަފަރު

އުތެމަ ޖަމްޢިއްޔާގެ ރިޕޯޓް ތަހުޤީގުކޮށް ފިޔަވަޅު އެޅުމަށް ވަށަފަރު ކައުންސިލުން ގޮވާލައިފި

އެމްޑީއެންގެ ރިޕޯޓް ތަޙްޤީގުކުރި އުސޫލުން އުތެމައިގެ ރިޕޯޓު ވެސް ތަހުޤީޤުކޮށް، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލައި ތިލަދުންމަތީ އުތުރުބުރީ ވަށަފަރު ކައުންސިލުގެ އިދާރާއިން ނޫސްބަޔާނެއް ނެރެފިއެވެ. އެ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކުން “ޕްރިލިމިނަރީ އެސެސްމެންޓް އޮންޑް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި އާންމުކުރި ރިޕޯޓުގ...

އިބްރާހިމް ޚަލީލް
އެމްޓީސީސީއިން ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފަށައި، އޭދަފުށީ މަގުތަކުގެ %79 މަސައްކަތް ނިންމައިފި 📍 ހއ. ހޯރަފުށި

އެމްޓީސީސީއިން ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ފަށައި، އޭދަފުށީ މަގުތަކުގެ %79 މަސައްކަތް ނިންމައިފި

ހއ. ހޯރަފުށީ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައި، ބ. އޭދަފުށީގެ މަގުތަކުގެ 79 އިންސައްތަ މަސައްކަތް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ. އެމްޓީސީއިން ބުނީ ހޯރަފުށީގެ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް 12 ޖުލައި 2020 ގައި އެރަށުގައި ފަށާފައި. ވާކަމަށެވެ. މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން އެ މަޝްރޫޢުގެ މަސައްކަތް އެމްޓީސީއާއި ހަވާލު ކޮށްފައި ވަނީ 11 ސެޕްޓެމްބަރ...

ޔުމްނާ ޢަލީ
ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ފެން ބަންދު ކުރާ ޕްލާންޓްގެ އަމަލީ މަސައްކަތް ފަށަނީ

ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދު ކުރާ ޕްލާންޓް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށަން ތައްޔާރުވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަން އިން ހާމަކޮށްފިއެވެ. އިންޑިއާ ސަރުކާރުގެ މާލީ އެހީތެރިކަމާއި އެކު ހޯރަފުށީ ކައުންސިލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ފެނަކަ ކޯރޕަރޭޝަނާއެވެ. މިއަދު މި މަޝްރޫޢުގައި ހިމެނޭ ފަރާތްތަކުން ވަނީ ފެނަކަ ކޯޕަރޭޝަންގެ އިދާރާގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ޕްލާންޓް ގާއިމްކުރުމަށްޓަކައި އެރަށު ވޯޓާ ސަޕްލައި ޕްލާންޓް ހުރި ސަރަހައްދުގ...

ޒިޔާން އަމްޖަދު
އައިޑިއާސް ޖަމިއްޔާގެ ފަރާތުން ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި 📍 ހއ. ކެލާ

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި

އައިޑިއާސް ޖަމިއްޔާގެ ފަރާތުން ހއ. ކެލާގެ އެކި ސަރަހައްދު ތަކުގައި ޑަސްބިން ބަހައްޓައިފި އެވެ. އައިޑިއާސް ޖަމިއްޔާގެ ފަރާތުން ޑަސްބިން ބަހައްޓާފައިވަނީ ކެލާ ޔޫތު ސެންޓަރު، ބަނދަރު އަދި އޭ.ޓީ.އެމް ސަރަހައްދުގައެވެ. މިއީ އައިޑިއާސް އާއި އޮލިވް ރިޑްލީ ޕްރޮޖެކްޓް ގުޅިގެން ކެލާގައި ހިންގާ “ޓާރޓަލް  އެކްސްޕެޑިޝަން” ޕްރޮގުރާމްގެ ކޮމިއުނިޓީ ފަންޑްގެ ދަށުން، ކެލާގެ އާންމު ސަރަހައްދުތަށް ސާފްތާހިރުކޮށް ބެހެއްޓުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މި ޑަސްބިންތައް ބެލެހެއްޓުމަށް ހަމަޖެހިފައި ވަނީ ކެލާ ކައުންސ...

އިބްރާހިމް އަސްވާޤް