މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް! 📍 ހއ. ދިއްދޫ

ޝުޖާޢު ޢަދުނާން ނިޔާވި ޚަބަރާއެކު ދިއްދޫއަށް ކުއްލި ސިހުމެއް!

ފުލުހުންގެ ވަޒީފާ އަދާކުރަމުން ދިޔަ ހއ ދިއްދޫ، އާސާމް، ޝުޖާޢު ޢަދުނާން ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ. ޝުޖާޢު ޢަދުނާން ނިޔާވެފައިވަނީ މިރޭ ވަގުތެއްގަ އެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ޝުޖާޢު ޢަދުނާންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު ދިއްދޫ މަސްޖިދުލް ގުފްރާން، ހުކުރު މިސްކިތުގައި ކަމަށެވެ. ވީމާ ހެޔޮ އެދޭ ފަރާތްތަކުން އެމަރްޙޫމްގެ ކަށު ނަމާދުގައި ބައިވެރިވެ ދެއްވުމީ އާއިލާގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެކެވެ. ޕޮލިސް ސާރޖެންޓް ޝުޖާޢު […]

ތިލަދުން
ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު"  📍 ހއ. ދިއްދޫ

ޒުވާނުންގެ އިސްނެގުމާއިއެކު މައްސަލަތަކަށް ހައްލު ހޯދުމަށް "ދިއްދޫ ރައްޔިތުންގެ އަޑު" 

“ދިއްދޫ ރައްޔިތުންގެ އަޑު” ގެ ނަމުގައި ޒޫމް މެދުވެރިކޮން ސިލްސިލާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަން ފަށައިފި އެވެ. “ދިއްދޫ ރައްޔިތުންގެ އަޑު” ގެ ފުރަތަމަ ބައްދަލުވުމަށްފަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މިއީ ދިއްދޫގެ ތަރައްޤީއާއި ދިއްދޫގައި ހުރި މައްސަލަތަކަށް ޙައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމުގެ ގޮތުން އުފެއްދިފައިވާ ޙަރަކާތެކެވެ. މި ޙަރަކާތުގެ މައިގަނޑު އަސާސްތަކަކީ، ދިއްދޫ ރައްޔިތުންނަށް އަދި ވަކިން ޚާއްޞަކޮށް ދިއްދޫއިން ޚިދުމަތް ހޯދާ އަތޮޅުގެ ރައްޔިތުންނަށް ވެސް ގިނަ ޚިދުމަތްތަ...

އަލީ އާދިލް
ހއ. އަތޮޅު ހޮސްޕިޓަލަށް 6 ނަރުހުން ހޯދަނީ

ހއ. އަތޮޅު ހޮސްޕިޓަލަށް 6 ނަރުހުން ހޯދަނީ

ހއ. އަތޮޅު ހޮސްޕިޓަލަށް 6 ނަރުހުން ހޯދަން އިޢުލާން ކޮށްފި އެވެ. އެ ހޮސްޕިޓަލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ މިއީ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ކޮށްފައިވާ އިޢުލާނެއް ކަމަށެވެ. މަޤާމުގެ ގޮތުގައި ބަޔާންކޮށްފައިވަނީ ރެޖިސްޓަރޑް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް، ކްލިނިކަލް ނަރސް އެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 22 ސެޕްޓެމްބަރ 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން ހޮސްޕިޓަލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކ...

ޝިއުނާ އާދަމް
"ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް" ދިއްދޫގައި މިއަދު ފަށަނީ 📍 ހއ. ދިއްދޫ

"ރިޓޯ 3އިން3 ބާސްކެޓް ބޯޅަ މުބާރަތް" ދިއްދޫގައި މިއަދު ފަށަނީ

މިޑްލް ސްޕޯރޓްސް ކުލަބާއި ހއ. ދިއްދޫ ޒުވާނުންގެ މަރުކަޒާ ގުޅިގެން ބާއްވާ “ރިޓޯ ސޮލިއުޝަން 3އިން3 ބާސްކެޓް ބޯޅަ މުބާރަތް” މިއަދު ފަށަން ތައްޔާރުވެއްޖެ އެވެ. މިޑްލް ސްޕޯރޓްސް ކުލަބުން ބުނެފައިވަނީ މި މުބާރަތުގައި ޖުމްލަ 10 ޓީމެއް ބައިވެރިވެފައިވާކަމަށެވެ. އެއީ އައްޑާ ސްޕޯރޓްސް، އެލް އެލް ސްޕޯރޓްސް، ވައިޕާރސް، ދަ ބުރޭވްސް، ބީއެކްސް ސްޕޯރޓްސް ކުލަބް، މިޑްލް ސްޕޯރޓްސް ކުލަބް، ނާޑް ސްޕޯރޓްސް، ޓީމް މިޑްލް، ޕުރައިމް ޝޫޓާރސް އަދި ޓީމް މިޑްލް އެވެ. މި […]

އިބްރާހިމް އަސްވާޤް
އިހަވަންދޫ ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލް ކަޕް 2020 ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭއަށް

އިހަވަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ ބާބަކިޔު ހަޓް ކައުންސިލް ކަޕް 2020 ގެ ޗެންމްޕިއަންކަން އެންވީކޭއިން ހޯދައިފިއެވެ. އެންވީކޭ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށްފަހު ޖަންގަލް ޓީމް ބަލިކުރުމަށް ފަހުއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ކާމިޔާބުކޮށް އެންވީކޭ އިން މުބާރާތުގެ ތަށި އުފުލައިލީ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު 3-3ން ދެ ޓީމް އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 8-7 އިން ޖަންގަލް ބަލިކޮށްފައެވެ. ފައިނަލް މެޗުގެ […]

ޔުމްނާ ޢަލީ
އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އިހަވަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 7 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ވާކަން އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުން ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ މެނޭޖަރު މުޙައްމަދު އަކްރަމް “ތިލަދުން”އަށް ވިދާޅުވީ އެ ހަތް މީހުންނަކީ ވެސް ހޯމް ކަރަންޓީނު ނިންމައި، ދޫކޮށްލުމުގެ ކުރިން ނެގުނު ސާމްޕްތަކުން ޕޮޒިޓިވްވި 7 މީހުން ކަމަށެވެ. ” ހޯމް ކަރަންޓީނުގައި […]

ޔުމްނާ ޢަލީ
އިހަވަންދޫ ޔުނައިޓެޑް ޔޫތުން އީ.ޕީ.އެލް ފެންޓަސީ ލީގެއް ކުރިއަށް ގެންދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޔުނައިޓެޑް ޔޫތުން އީ.ޕީ.އެލް ފެންޓަސީ ލީގެއް ކުރިއަށް ގެންދަނީ

ހއ.އިހަވަންދޫގެ ފެންޓަސީ މެނޭޖަރުންނަށް ހުޅުވާލައިގެން އީ.ޕީ.އެލް ފެންޓަސީ ލީގެއް ،މައި ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ޔޫތުން އިއުލާން ކޮށްފިއެވެ. އެ ޓީމުގެ ރަސްމީ ފޭސްބުކް ޕޭޖު މެދުވެރިކޮށް މި މަހުގެ ދެވަނަ ދުވަހު ހުޅުވާލި ބައިވެރިވުމުގެ ފުރުސަތު މާދަމާ އަށް ހަމަވާނެއެވެ.  މި ލީގުގައި ބައިވެރިވުމަށްޓަކައި މާދަމާ ރާއްޖޭ ގަޑިން 1630 ގައި ފަށާ އިނގެރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗު ފެށުމުގެ ދޮޅު ގަޑިއިރު ކުރިން ފެންޓަސީ ޓީމެއް ހަދައި […]

Thiladhun
ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ކެލާ

ކެލާ ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ކެލާ ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. ކެލާ ކައުންސިލުން ބުނީ އެމީހާ ޕޮޒިޓިވްވެފައި ވާކަން އެނގުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 5 މީހެއް ކޯވިޑަށް ޓެސްޓް ކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން އެމީހާގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވް ވުމުން ކަމަށެވެ. ޕޮަޒިޓިވް ވެފައިވާ މީހާއަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް […]

ޝިއުނާ އާދަމް
ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ 📍 ހއ. ކެލާ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިރިފަދަ އެއްޗެކޭ

ނޭނގުމާ އެނގުމާ އެއީ އައްޔާ އަނދިފަދަ އެއްޗެކޭ އޭގެ ދެ ފަރާތް ބުނެދެވޭން އޮންނާނެ ހޭ؟ ނޯންނާނެޔޭ! ދުވަސްވަރަކީ ހއ. ކެލާގައި އިނގިރޭސީން ތިބި ދުވަސްވަރެވެ. އެ މީހުން ބަނޑަހަޖަހައިގެން ތިބީ ކެލާ ތުނޑީކޮޅުގައެވެ. “ރަސްކަން” ކުރަމުން ދަނީ ކެލާގެ ހިތްގައިމު ތުނޑީގައެވެ. އެ ތަނުގައި ދެ ފަންގިފިލާއަށް ވާ ގޮތަށް ޢިމާރާތްކޮށްފައިވާ ރާޑަރު ގެއެއް ހުރެއެވެ. އަދި ހަތިޔާރުތައް ލައި ރައްކާކޮށްފައިވާ ބަޑި ގުދަނެއް ވެސް ހުރެއެވެ. މީގެއިތުރުން، އިނގިރޭސީން ދިރިއުޅުމަށް ޓަކައި ގެދޮރު އަޅާފައި […]

ޢާޠިފާ ޒަކަރިއްޔާ
ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ކުރުމަށް ބަޔަކު ހޯދަން ޢިއުލާން ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު އިމާރާތް ކުރުމަށް ބަޔަކު ހޯދަން ޢިއުލާން ކޮށްފި

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. ދިއްދޫ ގައި ހުންނަ އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން،  ދިއްދޫ އަތޮޅު ހޮސްޕިޓަލްގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނ...

އަޙްމަދު ވަހީދު
އިހަވަންދޫ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ހއ. އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކޮށްދޭނެ ބަޔަކު ހޯދަން ސަރުކާރުން ޢިއުލާން ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ކުރި ޢިއުލާނެއްގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން،  އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާކަން ބަޔާންކޮށް އެ އިއުލާންގައި ބުނީ މި މަސައްކަތ...

ޝިއުނާ އާދަމް
މިއަދު ކުޅުދުއްފުށީގައި ނިޔާވި ކެލާ މީހާގެ މަރަކީ ކޯވިޑް މަރެއް: އެޗްޕީއޭ 📍 ހއ. ކެލާ

މިއަދު ކުޅުދުއްފުށީގައި ނިޔާވި ކެލާ މީހާގެ މަރަކީ ކޯވިޑް މަރެއް: އެޗްޕީއޭ

ކުޅުދުއްފުށީގައި ހުންނަ ކޭޕީއެލް ކަރަންޓީނު ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ހއ. ކެލާ މީހާ ނިޔާވެފައި ވަނީ ކޯވިޑް ބަލީގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. ކުޅުދުއްފުށީ ކަރަންޓީނު ފެސިލިޓީގައި ބަހައްޓައިގެން ފަރުވާ ދެމުންދިޔަ ކެލާ، އުމުރުން 58 އަހަރުގެ މީހާއަކީ ކެލާގައި ހޯމްކަރަންޓީނުގައި ހުރުމަށްފަހު ފަރުވާއަށް ކުޅުދުއްފުއްޓަށް ގޮސްހުރި، ކެންސަރު ބަލީގެ މީހެކެވެ. އެމީހާ ބަލިވެގެން ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ އިއްޔެ އެވެ. އަދި އޭނާ ކެލާގައި ހޯމް ކަރ...

ޔުމްނާ ޢަލީ
ކެލާ ހިމެނޭހެން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި 📍 ހއ. ކެލާ

ކެލާ ހިމެނޭހެން ތިން ރަށަކަށް އެމްބިއުލާންސް ފޮނުވައިފި

ސިއްހީ ދާއިރާއިން ރާއްޖޭގެ އަތޮޅުތަކުން ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމަށް ސަރުކާރުން ކުރަށްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ހއ.ކެލާ ހިމެނޭހެން އިތުރު ދެ ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ. މި އެމްބިއުލާންސްތައް ފޮނުވާފައި ވަނީ ހއ.ކެލާގެ އިތުރުން ގއ.ދާންދުއާއި ގދ.ހޯޑެއްދުއަށް ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ހާމަ ކުރަށްވާފައެވެ. އެމްބިއުލާންސް ފޮނުވުނު އެއްރަށް ކަމަށްވާ ގދ. ހޯޑެއްދޫގައި ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށުގެ ސިއްޙީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސ...

ޝިއުނާ އާދަމް
އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ 📍 ހއ. އުތީމު

އުތީމުގައި ވޮލީ ކޯޗިން ކޭމްޕެއް ބާއްވަނީ

ހއ. އުތީމުގައި ވޮލީ ބޯޅަ ކޯޗިން ކޭމްޕެއް ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އުތީމުގައި މި ބާއްވާ ވޮލީ ބޯޅަ ކޯޗިން ކޭމްޕަކީ އުތީމު ކައުންސިލާއި، އުތީމު ޕޮލިސް ޑެސްކާއި އަދި އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ބާއްވާ ވޮލީ ކޯޗިން ކޭމްޕެކެވެ. މި ކޯޗިން ކޭމްޕް ކުރިއަށް ގެންދަން ނިންމާފައި ވަނީ 24 ސެޕްޓެމްބަރު 2020 އިން 3 އޮކްޓޯބަރު 2020 އަށެވެ. އަދި މިވޮލީ ކޯޗިން ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ […]

ޔުމްނާ ޢަލީ
އުލިގަމުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތެއް

އުލިގަމުގައި ދީނީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތެއް

ހއ. އުލިގަމުގައި ދީނީގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ހަރަކާތެއް ބާއްވަން ނިންމައިފިއެވެ. އުލިގަމު ކައުންސިލުން ބުނީ ދީނީ ގޮތުން އުލިގަމު ރައްޔިތުންގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމަށް އެ ކައުންސިލުން މި އަހަރު ހިންގުމަށް ރާވާފައިވާ ދަޢުވަތު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއް، މި މިހިނގާ ސެޕްޓެމްބަރު މަހު ތެރޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާކަމަށެވެ. މިހަރަކާތް ކުރިއަށް ގެން ދިއުމަށް ނިންމާފައި ވަނީ “އުފާވެރި ދިރިއުޅުމަކަށް” މި ނަމުގައެވެ. މި ހަރަކާތަކީ އުލުގަމު ކައުނ...

ޝިއުނާ އާދަމް