މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ 📍 ހއ. މޮޅަދޫ

މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ

ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ވާހަކަ ދައްކާ މީހުން މިހާރު މިރަށުގައި ވަރަށް މަދެވެ. އެ ވާހަކަތައް ކުރިން ޤަބޫލުކުރަމުން އައި ގޮތަށް ޤަބޫލުކުރާ މީހަކު އަމުދުންނެތެވެ. ހއ. މޮޅަދޫ ސައްޔިދު ތޯހާގެ ނަމުގައި ހަދާފައި ހުންނަ ޒިއާރަތެއް އަދިވެސް އެބަހުއްޓެވެ. ޒިއާރަތުގެ ދިދަ ދަނޑިވެސް ކޮޅަށް އެބަހުއްޓެވެ. އެއީ ވަރަށް ދިގު ދިދަ ދަނޑިއެކެވެ. ޒިއާރަތުގެ ފުރާޅުގައި ޖަހާފައިވަނީ އީޓެވެ. ގެގަޑަކީ އެހެނިހެން ގިނަ ޒިއާރަތްތަކެކޭ އެއްފަދައިން ލަކުޑިން ހަދާފައިވާ ގެގަޑެކެވެ. ޒިއާރަތުގެ ދޮރު ހުރީ […]

ޢަބްދުﷲ ސަޢީދު
ތުރާކުނުގައި އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާރކެއް ހަދައިދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ތުރާކުނު

ތުރާކުނުގައި އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާރކެއް ހަދައިދޭނެ ފަރާތެއް ހޯދަނީ

ހއ. ތުރާކުނުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާރކާއި އައުޓްޑޯ ޖިމްގެ މަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިޢުލާނުކޮށްފިއެވެ. އެކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކަމަށެވެ. މި މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން 26 އޮކްޓޫބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 04 ނޮވެމްބަރ 2020 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ދުވަސްތަކުގެ ހެނދުނު...

މުޙައްމަދު އިނާން
މޮޅަދޫ އާއި މުރައިދޫ އައު އިންޖީނުގެ ޢިމާރާތް ކުރާނެ ބަޔަކު ހޯދަނީ 📍 ހއ. މޮޅަދޫ

މޮޅަދޫ އާއި މުރައިދޫ އައު އިންޖީނުގެ ޢިމާރާތް ކުރާނެ ބަޔަކު ހޯދަނީ

ހއ. މޮޅަދޫ އަދި ހއ. މުރައިދޫ އައު އިންޖީނުގޭގެ އައު ޢިމާރާތް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކައިން އިޢުލާނުކޮށްފިއެވެ. ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކޮށް ތަރައްޤީ ކުރުމުގެ ސިޔާސަތުގެ ދަށުން ފެނަކައިން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން، މި ދެ އިމާރާތްވެސް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އެ އިދާރާއިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށެވެ. މި މަސައްކަތ...

މުޙައްމަދު އިނާން
ރުއްގަސް ކަނޑައި ބޭރުކޮށްގެން، ބާރަށު ކައުންސިލް 191,250ރ އިން ޖޫރިމަނާކޮށްފި 📍 ހއ. ބާރަށް

ރުއްގަސް ކަނޑައި ބޭރުކޮށްގެން، ބާރަށު ކައުންސިލް 191,250ރ އިން ޖޫރިމަނާކޮށްފި

ޤަވާއިދާއި ޚިލާފަށް ގިނަ އަދަދެއްގެ ރުއްގަސް ކެނޑައިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ މިއަދު ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ބާރަށުގެ ގުރީންބެލްޓް ހިމެނޭ ސަރަހައްދުން އަދި ރަށުގެ އެހެނިހެން ސަރަހައްދުތަކުން ޤަވާޢިދާ ޚިލާފަށް ރުއްގަސް ކެނޑުމާއި، އުފުރުމާއި އަދި ހއ.ބާރަށުން ރުއްގަސް ބޭރުކުރުމާ ގުޅިގެން ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލުގެ އިދާރާ  ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ. ބާރަށު ކައ...

އަލީ އާދިލް
ކެލާ ''ލިލީ ހައުސް'' ތަރައްޤީކުރަނީ 📍 ހއ. ކެލާ

ކެލާ ''ލިލީ ހައުސް'' ތަރައްޤީކުރަނީ

ހއ. ކެލާ ”ލިލީ ހައުސް” ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރަން ނިންމަވާފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޙައްމަދު ޠާރިޤު ވިދާޅުވެއްޖެއެވެ. ޠާރިޤް މިހެންވިދާޅުވީ ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލާއިއެކު އޮންލައިންކޮށް ކުރިއަށް ގެންދެވި ބައްދަލުވުމަކަށް ފަހުގައި އެވެ. ޠާރިޤް ވިދާޅުވީ ކެލާ ”ލިލީ ހައުސް” ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުމުގައި ކެލާދާއިރާގެ މަޖިލިސް މެންބަރު އިބްރާޙީމް ޝަރީފާއި އަދި ކެލާ ކައުންސިލްގެ ފުރ...

ޝިއުނާ އާދަމް
📍 ހއ. އުތީމު

އެއްވެސް ބާރެއް އެހެން ބަޔަކަށް ދޫކޮށްލައިފިނަމަ، ފަހުން ރޯން ޖެހޭނެ

ދިވެހިރާއްޖޭގެ އެއްވެސް ބާރެއް އެހެން ބަޔެއްގެ އަތްމަށްޗަށް ދޫކޮށްލައިފިނަމަ ފަހުން ކަރުނައަޅާ ރޯން ޖެހޭނެ ކަމަށް ހއ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ރަޝީދު މިހެން ވިދާޅުވީ، އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި އިއްޔެ ކުރިއަށް ދިޔަ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ. އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވީ، އުތީމަށް އުފަން ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޚިދުމަތަށްޓަކައި ދިވެހި ބިމަށް ނޭވާލާ ކޮންމެ ދަރިއަކު ވެސް ބޮ...

ޝިއުނާ އާދަމް
ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި 📍 ހއ. އުތީމު

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. ދިވެހިރާއްޖޭގައި މިއަދު ފާހަގަކުރެވެމުންދާ77 ވަނަ ޤައުމީ ދުވަހާއި ގުޅުވައިގެން އުތީމުގައި މިއަދު ވަނީ ޤައުމީ ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތަކުން ދުވަސް ފަށާފައެވެ. މި ރަސްމިއްޔާތުގައި އުތީމުގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ އިތުރުން، ސްކޫލު ކުދިންވެސް ވަނީ ބައިވެރިވެފައެވެ. މި ރަސްމިއްޔާތަަށްފަހު، ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒުގައިވަނީ މި ދުވަހާއި ބެހޭ ގޮތުން ޚާއްސަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާ...

މުޙައްމަދު މާއިލް ހަސަން
މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް 📍 ހއ. މޮޅަދޫ

މޮޅަދޫ ކަނޑޫފަލުގެ ރީތިކަން ދައްކާލުމަށް ފޮޓޯ ކޮންޓެސްޓެއް

ހއ.މޮޅަދޫގެ އެކިއެކި ތަންތަނުގެ ރީތިކަން ދައްކުވައިދިނުމުގައި މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ މޮޅަދޫ ފޭސްބުކް ޕޭޖްގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނޑޫފަލުގެ ރީތިކަން ދައްކުވައިދިނުމުގެ ގޮތުން “މޮޅަދޫ ކަނޑޫފާ ފޮޓޯ ކޮންޓެސްޓް”ގެ ނަމުގައި ކޮންޓެސްޓެއް ފަށައިފިއެވެ. މޮޅަދޫ ކަނޑޫފަލުގައި ނޭޗަރ ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް އެ ރަށުގެ ޒުވާނުން އިސްނަގައިގެން މިހާރު ފަށާފައިވާއިރު، މި ފޮޓޯ ކޮންޓެސްޓްގެ އެންމެ ބޮޑު މަޤުޞަދަކީ ކަނޑޫފަލުގައި ޕާކް ތަރައްޤީ ކުރުމުގެ ކުރިން އެތަން އޮތްގޮތުގ...

އިބްރާހިމް ޚަލީލް
އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް" 📍 ހއ. އުތީމު

އުތީމު ޔުނައިޓެޑްގެ ފަރާތުން ދިވެހިންނަށް "ޤައުމީ ސްޓިކަރ ޕެކެެއް"

ޤައުމީ ދުވަހުގެ މުނާސަބަތުގައި، އެކި ދިވެހިންނާއި، ޖަމިއްޔާތަކުން ކުރަމުން އަންނަނީ އެކިއެކި ތަފާތު ކަންކަމެވެ. ޤައުމީ ދުވަހެއް ޤައުމެއްގައި ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، އެ ޤައުމެއްގެ ރައްޔިތުންގެ ކިބައިގައި ޤައުމީ ރޫޙު އާލާކޮށް އެއްބައިވަންތަކަން ދިރުވުމެވެ. އެކިއެކި ފަރުދުން މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކޮށް އުޅެނީ، އެކިއެކި ކަންކަމެވެ. ޤައުމީ ލަވަ އާއި ޅެން ހެދުމަކީ ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ކަމެކެވެ. ޤައުމީ ދުވަހުގެ ޖަލްސާތައް ބޭއްވުމާއި، ޤައުމަށްޓަކައި ޤުރުބާންވ...

މުޙައްމަދު މާއިލް ހަސަން
ހޯރަފުށީ އެއަރޕޯޓު ނޮވެމްބަރ 11 ގައި ހުޅުވަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއަރޕޯޓު ނޮވެމްބަރ 11 ގައި ހުޅުވަނީ

ހޯރަފުށީގައި ތަރައްޤީކުރަމުން އަންނަ އެއަރޕޯޓު މި އަހަރުގެ ޖުމްހޫރީ ދުވަސް (ނޮވެމްބަރ11) ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ މަސައްކަތް ކުރިއަށް ގެންދާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ. އެ ކޮންޕެނީއިން ވިދާޅުވާ ގޮތުގައި، އެއަރޕޯޓުގެ މަސައްކަތްތަށް މިހާރު ދަނީ ކުރިއަށްވުރެ ހަލުވިކޮށެވެ. އަދި ކަނޑައަޅާފައިވާ ތާރީޚަށް، މަސައްކަތްތަށް އެއްކޮށް ނިންމާލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. އެ...

މުޙައްމަދު މާއިލް ހަސަން
ވަށަފަރު ނަރުދަމާ ލަސްވާތީ އެމްޑީޕީ 2 ކެނޑިޑޭޓުން ރުޅިގަދަވެ، ބެނާ ދަމައިފި 📍 ހއ. ވަށަފަރު

ވަށަފަރު ނަރުދަމާ ލަސްވާތީ އެމްޑީޕީ 2 ކެނޑިޑޭޓުން ރުޅިގަދަވެ، ބެނާ ދަމައިފި

ހއ. ވަށަފަރުގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ ނަރުދަމާގެ ސާވޭގެ މަސައްކަތް ލަސްވާތީ، އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓްގައި ވަށަފަރު ކައުންސިލަށް ވާދަކުރާ ދެ ކެނޑިޑޭޓުން ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔާފައިވާ ބެނާތަކެއް އެރަށުގައި ދަމައިފިއެވެ. އެމްޑީޕީގެ ރަސްމީ ކުލަ ކަމުގައިވާ ރީނދޫ ފޮތީގައި ދަމާފައިވާ އެ ބެނާގައި ބުނެފައި ވަނީ ” ވަށަފަރު ނަރުދަމާއަކީ ދެ ސަރުކާރުގެ ވެރިން ކުޅެން ގެންގުޅުއްވާ ބޯޅައަކަށް ނަހައްދަވާ” މިހެން...

އަލީ އާދިލް
އުތީމުން ދަނޑުބިން ދޫކުރި ގޭބިސީތަކަށް ލިޔުން ހަވާލުކޮށްފި 📍 ހއ. އުތީމު

އުތީމުން ދަނޑުބިން ދޫކުރި ގޭބިސީތަކަށް ލިޔުން ހަވާލުކޮށްފި

ހއ. އުތީމުން ދަނޑުވެރި ކަމަށް ބިން ހޯދުމަށް އެދުނު އެރަށުގެ ރައްޔިތުންނަށް ބިން ދޫކޮށް، ބިންތައް ހަވާލު ކުރި ކަމުގެ ވަގުތީ ލިޔުން ހަވާލު ކޮށްފިއެވެ. އުތީމު ކައުންސިލުން ބުނީ ދަނޑުވެރިކަން އެރަށުން ބިން ހޯދުމަށް އެދުނު އެރަށުގެ 44 ގޭބިސީއަކަށް ބިން ދޫކޮށްފައި ވާ ކަމަށެވެ. މިގޮތުން އެރަށުން ދަނޑުވެރިކަމަށް ބިން ދޫކުރި ގޭބިސީތަކަށް، އެ ގޭބިސީތަކަށް ބިން ދޫކުރި ކަމުގެ ވަގުތީ ލިޔުން ހަވާލުކުރުން އޮތީ އިއްޔެ އުތީމު ކައުންސިލްގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި […]

ޔުމްނާ ޢަލީ
ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެ

ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެ

ހއ. ދިއްދޫގައި ނުރައްކާތެރި އެކްސިޑެންޓްއެއް ހިނގާ ދެމީހަކަށް އަނިޔާ ވެއްޖެ އެވެ. މިއަދު ހަވީރު 16:00 ހާއިރު ދިއްދޫގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި 2 ސައިކަލް ދުއްވަންއިން 2 ޒުވާނުންނަށްވެސް އެކިވަރުގެ އަނިޔާލިބިގެން ހޮސްޕިޓަލްއަށް ވަނީ ގެންދެވިފަ އެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ އެކްސިޓެންޑްގައި އަނިޔާވެގެން މިއަދު އެ ހޮސްޕިޓަލަށް ދެމީހަކު ގެނެސްފައިވާކަމަށާއި އެތަނުން އެކަކު މިހާރު ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި ބޮޑަށް އަނިޔާވި ޒ...

އަލީ އާދިލް
އިހަވަންދޫ ފެނަކަ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފެނަކަ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ހއ. އިހަވަންދޫ ފެނަކަ ކޯޕަރޭޝަންގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. ފެނަކަ އިހަވަންދޫބުރާންޗުގެ އައު އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާ ދެއްވީ މިއަދު ހެނދުނު 8:45 ގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުޙައްމަދު އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ޝިފާޢު އެވެ މިރަސްމިއްޔާތު ބާއްވާފައި ވަނީ އައު އޮފީސް އިމާރާތް އެޅުމަށް ޓަކައި ފެނަކަ އަށް ދޫކޮށްފައިވާ ބިމުގައެވެ. ބިންގާ އަޅުއްވައި ދެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކ...

އަލީ އާދިލް
ބާރަށުގެ ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު ރައްކާތެރިކޮށް ތަރައްޤީ ކުރަނީ 📍 ހއ. ބާރަށް

ބާރަށުގެ ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު ރައްކާތެރިކޮށް ތަރައްޤީ ކުރަނީ

‏ހއ. ބާރަށުގެ ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު ރައްކާތެރިކޮށް ތަރައްޤީ ކުރުމަށް މަޝްވަރާ ކޮށްފިއެވެ. ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ ހއ. ބާރަށު ވާރުގެއާއި، ކަޅުއޮށްފުންމި ބަނދެފައިވާ ސަރަޙައްދު އަދި އެނޫންވެސް އެރަށުގައިހުރި އާސާރުތައް ރައްކާތެރިކޮށް ތަރައްޤީ ކުރާނެ ގޮތުގެ މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައި ވާކަމަށެވެ. މި މަޝްވަރާގައި ސަގާފީ ތަރިކަ ރަށްކާތެރިކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަ...

ޝިއުނާ އާދަމް