📍 ހއ. ވަށަފަރު
ވަށަފަރު ކައުންސިލުގެ ހުއްދަނެތި، ކަނޑާލިފިނޮޅަށް އަރާފޭބުމާއި ބަނދަރުކުރުން މަނާކޮށްފި
ހއ. ކަނޑާލިފިނޮޅަށް ކުރިއާލާ ދެވޭ ހުއްދައެއް ނެތި އަރާފޭބުމާއި، ބަނދަރުކުރުން އަދި އެއްވެސް ހަރަކާތެއް ހިންގުން ވަށަފަރު ކައުންސިލުން މިއަދު މަނާކޮށްފިއެވެ. ވަށަފަރު ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅު އަޅާފައިވަނީ އެ ރަށުގެ ގުދުރަތީ މާހައުލަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީކަމަށެވެ. މިއަދުން ފެށިގެން އަމަލުކުރަން ފެށި މި ނިންމުމާ ގުޅޭގޮތުން ކައުންސިލުން ބުނީ، ކައުންސިލްގެ ހުއްދައެއް ނެތި އެއްވެސް ފަރާތަކުން ނުވަތަ އުޅަނދަކުން އެ ރަށަށް އަރައިފިނަ...