މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފި 📍 ހއ. ތަކަންދޫ

ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފި

ހއ. ތަކަންދޫއަށް ކުނިވެފައިވާ ބޮޑު މަހެއް ލައްގައިފިއެވެ. ކުނިވެފައި އޮތް ބޮޑު މަހެއް އެ ރަށަށް ލައްގާފައިވާ ކަމަށް އެ ރަށުގެ ކައުންސިލުންވެސް ވަނީ ވިދާޅުވެފައެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވަނީ އެ މަސް ލައްގާފައިވަނީ އެ ރަށުގެ އިރުމަތީ ފަރާތަށް ކަމަށެވެ. އަދި މި ސަރަހައްދަކީ މީހުން އެހާ ގިނައިން ގޮސް އުޅޭ ސަރަހައްދެއް ނޫންކަމަށް އެމީހާ ބުނެފައިވެއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި، މިއީ ދިގުމިނުގައި 40 އަކަށް ފޫޓު ހުރި މަހެކެވެ. އަދި […]

މުޙައްމަދު މާއިލް ހަސަން
ނިޔާ އެކަޑަމީއިން ވުމެންސް ޕޭރެންޓްސް ފުޓްސަލް މުބާރާތެއް މުރައިދޫގައި ފަށަނީ

ނިޔާ އެކަޑަމީއިން ވުމެންސް ޕޭރެންޓްސް ފުޓްސަލް މުބާރާތެއް މުރައިދޫގައި ފަށަނީ

ހއ.މުރައިދޫގައި މިހާރު ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން “ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް” ފެށުމަށް އެ އެކަޑަމީން ތައްޔާރުވާން ފަށައިފިއެވެ. ނިޔާ އެކަޑަމީގައި މިހާރު ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތް 27 ނޮވެމްބަރ 2020 ވާ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ވަނީ 6 ޓީމަކުން ބައިވެރި ވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ އިންފިނިޓީ، [...

އިބްރާހިމް ޚަލީލް
ބާރަށު ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ހއ. ބާރަށް

ބާރަށު ފެނަކަ އަައު އޮފީސް އިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ހއ. ބާރަށު ފެނަކަ އަައު އޮފީސް އިމާރާތާއި، އެރަށު ފެނަކަ ގޯތީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. ބާރަށުގައި ފެނަކައިން އަލަށް އިމާރާތް ކުރުމަށް ނިންމާފައި ވަނީ 2 ބުރީގެ ޒަމާނީ އޮފީސް އިމާރާތެކެވެ. މި މަސައްކަތްތައް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމުން ފެނަކައިން ބުނެފައިވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްްގޮތަށް ބާރަށު، ފެނަކަ 2 ބުރީގެ އަައު އޮފީސް އިމާރާތާއި، ވަށާފާރު […]

އަޙްމަދު ވަހީދު
އުލިގަމު ޓޫރިޒަމް މަޝްރޫއުއަށް ބީލަން ފޮތް ގަތީ 2 ފަރާތުން، ހުށަހަޅާނެ ފަރާތެއް ނުވި

އުލިގަމު ޓޫރިޒަމް މަޝްރޫއުއަށް ބީލަން ފޮތް ގަތީ 2 ފަރާތުން، ހުށަހަޅާނެ ފަރާތެއް ނުވި

ހއ.އުލިގަމުން ޓޫރިސްޓް ހޮޓާ އަދި ޔޮޓް ބަނދަރު ތަރައްޤީ ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލެވުނު ފުރުޞަތުގައި 2 ފަރާތަކުން ބީލަން ފޮތް ގަތްނަމަވެސް އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން ބުނެފި އެވެ. އެމިނިސްޓްރީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ހއ. އުލިގަމުގައި ޔޮޓު ބަނދަރަކާއިއެކު ހޮޓަލެއް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން ދޫކުރުމަށް 11 އޮކްޓޯބަރ 2020 ގައި އިޢުލާން ކުރުމާއި ގުޅިގެން ގިނަ ފަރާތްތަކުން މިބީލަމާއިބެހޭ ގޮތުން މަޢުލޫ...

އިބްރާހިމް އަސްވާޤް
ހޯރަފުށީގައި އޮޑިއެހެލާ ސަރަޙައްދަކާއި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގައި އޮޑިއެހެލާ ސަރަޙައްދަކާއި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހޯރަފުށީގެ ލޭންޑްޔޫސް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް ހޯރަފުށީ އެއާރޕޯޓުން ފެށިގެން ރަށުގެ އިރު ދެކުނު ސަރަޙައްދުގައި އަމިއްލަ ޚަރަދުގައި ބިން ހިއްކައިގެން އޮޑި ދޯނިފަހަރު އެހެލާ ސަރަޙައްދަކާއި އަދި ސްލިޕްވޭއެއް ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފިއެވެ. އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު...

މުޙައްމަދު އިނާން
މާރަންދޫ އަދި ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭ ހަވާލު ކުރެވޭނެ: އަސްލަމް 📍 ހއ. މާރަންދޫ

މާރަންދޫ އަދި ކުމުންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް މިއަހަރު ތެރޭ ހަވާލު ކުރެވޭނެ: އަސްލަމް

ހއ. މާރަންދޫ އަދި ހދ. ކުމުންދޫގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް މިއަހަރު ތެރޭ މާލޭ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ހަވާލު ކުރެވޭނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ އިއްޔެ ކުރިއަށްދިޔަ މަޖިލިސްގެ 2020 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 14 ވަނަ ޖަލްސާގައި އެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުން ކުރެއްވި ސުވާލުތަކުގެ ޖަވާބު ދެއްވަމުންނެވެ. […]

ޔުމްނާ ޢަލީ
ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ހއ. ހޯރަފުށީގެ ތާރީޚު ރަމްޒުކޮށްދޭ މޮނިއުމަންޓެއް ފަރުމާކޮށް އަމިއްލަތަކެތީގައި ހަދައިދިދޭނެ ފަރާތެއް ހޯދުމަށް ހޯރަފުށީ ކައުންސިލުން އިޢުލާނު ކޮށްފިއެވެ. އެކަމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައި، ހޯރަފުށީ ކައުންސިލުންކުރި އިޢުލާނުގައި ވަނީ، އެ ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް އެމަސައްކަތް ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން މިމަހުގެ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި އެ ކައުންސިލްގެ އިދާރާގައި އޮންނާނެ ކަމަށެވެ. މި މަސައްކަ...

މުޙައްމަދު އިނާން
ހއ. އޭއީސީ އަންހެން ބެލެނިވެރިން: 14000 ގާ އުފުލައި ތަޢުލީމަށް އޮތް ލޯބި ދައްކުވައިދީފި 📍 ހއ. ދިއްދޫ

ހއ. އޭއީސީ އަންހެން ބެލެނިވެރިން: 14000 ގާ އުފުލައި ތަޢުލީމަށް އޮތް ލޯބި ދައްކުވައިދީފި

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގޯތިތެރޭގައި ވޯކްވޭ ހެދުމަށް ބޭނުންވާ ގަލުގެ ތެރެއިން 14 ހާހަށްވުރެ ގިނަ ގާ އެ ސްކޫލަށް އުފުލުމުގައި އެ ސްކޫލްގެ އަނެހެން ބެލެނިވެރިން ނަމޫނާ މަސައްކަތެއްކޮށް، ގަދަ ހިތްވަރެއް ދައްކުވައި ދީފިއެވެ. އިއްޔެ ހެނދުނު ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒަށް މި ގާތައް އުފުލާފައިވަނީ ދިއްދޫގައި އެގާތަށް އަޅާފައި ހުރި ސަރަޙައްދުން ޕިކަޕް ތަކުގަ އެވެ. މި މަސައްކަތުގައި ބައިވެރިވި ބެލެނިވެރިންގެ ބޮޑު އިންސައްތައެއް ހިއްސާ ކުރަނީ […]

ޝިއުނާ އާދަމް
ހއ. އޭއީސީ ފެހި ކުރުމުގެ ޕްރޮގްރާމަށް ޢަލީ ޝަމީމް ގަސް ހަދިޔާ ކުރަށްވައިފި

ހއ. އޭއީސީ ފެހި ކުރުމުގެ ޕްރޮގްރާމަށް ޢަލީ ޝަމީމް ގަސް ހަދިޔާ ކުރަށްވައިފި

ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރެ ފެހި ކުރުމުގެ ޕްރޮގްރާމަށް ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝަމީމް ގަސް ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން، ނައިބު ރައީސް ޢަލީ ޝަމީމް ވަނީ ހއ. އަތޮޅު ތައުލީމީ މަރުކަޒަށް ގަހާއި، ފެންފޯއް ރުކާއި އަދި ކާޕެޓް ގްރާސް ހަދިޔާ ކުރަށްވާފަ އެވެ. އޭނާ އަތޮޅު ތައުލީމީ މަރުކަޒަށް ހަދިޔާ ކުރި ގަހާއި، ފެންފޯއް ރުކާއި އަދި ކާޕެޓް ގްރާސް ހަދިޔާ ކުރުން އޮތީ މިއަދު ހެނދުނު އަތޮޅު […]

ޔުމްނާ ޢަލީ
އެމްޓީސީސީއާއި ހޯރަފުށީ ރައްޔިތުންގެ ހިތްވަރުން އެއާރޕޯޓް މަސައްކަތް މެކުހައް ޖަހާ ނިންމާލަނީ 📍 ހއ. ހޯރަފުށި

އެމްޓީސީސީއާއި ހޯރަފުށީ ރައްޔިތުންގެ ހިތްވަރުން އެއާރޕޯޓް މަސައްކަތް މެކުހައް ޖަހާ ނިންމާލަނީ

ހއ.ހޯރަފުށީގައި ސަރުކާރުން ތަރައްގީ ކުރަމުންދާ އެއާޕޯޓް މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާކަމަށް އެމަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. ހޯރަފުށީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބެމުން އަންނަ މިމަސައްކަތުގެ 84 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ. އަމަލީ މަސައްކަތް ނިމުމަކާއި ކައިރިވެފައިވާއިރު ހޯރަފުށީގެ ރައްޔިތުންގެ ފަރާތުން ފެންނަނީ އިޖުތިމާއި ނަމޫނ...

ޖަލްވާން ޖާދުﷲ
ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާ ލިލީ ހައުސް މަރާމާތުކޮށް ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ.ކެލާ ލިލީ ހައުސް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އިޢުލާން ކޮށްފި އެވެ. އެމަރުކަޒުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ދޭ މަޢުލޫމާތާއި އެއްގޮތަށް ހއ.ކެލާ ލިލީ ހައުސް މަރާމާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލެވި...

އިބްރާހިމް އަސްވާޤް
ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް ޒީނޯއަށް 📍 ހއ. ދިއްދޫ

ދިއްދޫ ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް ޒީނޯއަށް

ހއ.ދިއްދޫ އިޖްތިމާއީ މަރުކަޒާއި، ނެކްސްޓް ބައި ފިހާރަ ގުޅިގެން “ނެކްސްޓް ބައި ވޮލީބޯޅަ މުބާރާތް 2020” ނަމުގައި ކުރިއަށް ގެންދިޔަ ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ބްލެކް ޒީނޯއިން ހޯދައިފިއެވެ. 31 އޮކްޓޯބަރ 2020 ހޮނިހިރު ދުވަހު ހަވީރު ދިއްދޫ ޔޫތު ސެންޓަރުގެ ވޮލީކޯޓުގައި ކުރިއަށްދިޔަ ފައިނަލް މެޗު ބްލެކް ޒީނޯއިން ކާމިޔާބު ކޮށްފައިވަނީ ޓީމް ބީއެކްސް ސްޕޯޓްސްއާއި ވާދަކޮށް ފޯރިގަދަ ވާދަވެރި ކުޅުމަކަށް ފަހު ތިންސެޓް ދެ ސެޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް ބީއެކްސް […]

އިބްރާހިމް ޚަލީލް
އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކޮށްފި

ޒަމާންތަކަކަށްފަހު ހއ. އިހަވަންދޫއިން ބަންޑާރަ ގޯތި ލިބުނު ފަރާތްތަކަށް ރަޖިސްޓަރީ ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފި އެވެ. އިހަވަންދޫއިން ބަންޑާރަގޯތި ދޫނުކުރާތާ ގިނަ އަހަރުތަކަކަށްފަހު، ގޯތި ރަޖިސްޓަރީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 29 އޮކްޓޫބަރ 2020 ވަނަ ދުވަހުގެރޭ، އިހަވަންދޫ ކައުންސިލް އިދާރާގަ އެވެ. އިހަވަންދޫ ކައުންސިލުން ބުނެފައިވަނީ ބަންޑާރަގޯތި ދޫކުރުމަށް ފުރަތަމަ ކުރެވުނު މަސައްކަތަށް މުއްދަތުގެ ފަހުން އިތުރު ލިޔުންތައް ވައްދާފައިވާތީ ބާތިލުކުރުމަށް ފަހު، 2019...

އިބްރާހިމް އަސްވާޤް
ކެލާ ޔޫތު ފޯރަމުން ހޯރަފުށީ އެއަރޕޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް 📍 ހއ. ކެލާ

ކެލާ ޔޫތު ފޯރަމުން ހޯރަފުށީ އެއަރޕޯޓުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުންދާ އެއާޕޯރޓް ފެހިކުރުމުގެ ޕްރޮގްރާމްގައި އެއަތޮޅު ކެލާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްއިއްޔާއެއް ކަމަށްވާ ”ކެލާ ޔޫތު ފޯރަމް” އިން ބައިވެރިވެއްޖެއެވެ. މި ގަސްއިންދުމުގެ ހަރަކާތާއި ގުޅިގެން ހޯރަފުށީ ކައުންސިލުން ބުނީ ހޯރަފުށީ އެއަރޕޯރޓް ފެހިކުރުމުގެ 100000 ގަސް އިންދުމުގެ ޕްރޮގްރާމްގައި ”ކެލާ ޔޫތު ފޯރަމް” އިން ބައިވެރިވެ ގަސް އިންދާފައިވާ ކަމަށެވެ. ”ކެލާ ޔޫތު ފޯރަމް”ގެ ފަރާތުން އެ ޕްރޮގްރާމްގައި ބައިވެރިވި އެ ޖަމްޢިއްޔާގެ މެންބަރުންނާއި، ހޯރަފުށީ ދާއިރާގެ މަޖި...

ޝިއުނާ އާދަމް
އަންހެނުންގެ ވޮލީ މުބާރާތެއް އިހަވަންދޫގައި ފަށައިފި 📍 ހއ. އިހަވަންދޫ

އަންހެނުންގެ ވޮލީ މުބާރާތެއް އިހަވަންދޫގައި ފަށައިފި

ސީ ކިންގް އަންހެނުންގެ ވޮލީ މުބާރާތުގެ ނަމުގައި ހއ. އިހަވަނދޫގައި މުބާރާތެއް ފަށައިފި އެވެ. އިހަވަންދޫ ކައުންސިލާއި އިހަވަންދޫ މަސްވެރިންގެ ގުޅުން ( އިމަގު ) ޖަމިއްޔާ ގުޅިގެން ބޭއްވޭ އަންހެނުންގެ ވޮލީ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭގަ އެވެ.، މި ރަސްމިއްޔާތު ބާއްވާފައިވަނީ، ޔޫތު މިނިސްޓްރީގެ އެހީތެރިކަމާއެކު އަދި ކައުންސިލްގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްގެން އިހަވަންދޫގައި އަލަށް ތަރައްޤީކުރެވުނު ވޮލީ ކޯޓުގައި ކަމަށް އިހަވަންދޫ ކައުންސިލުން މަޢުލޫމާތުދެއެވެ. މުބާރަތް ފެށުމުގެ ގޮތުނ...

އިބްރާހިމް އަސްވާޤް