މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ކުލަބް ޕޯލްސްޓަރ އިން ހއ އަތޮޅަށް ހުޅަވާލައިގެން އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވަނީ 📍 ހއ. އިހަވަންދޫ

ކުލަބް ޕޯލްސްޓަރ އިން ހއ އަތޮޅަށް ހުޅަވާލައިގެން އަންހެނުންގެ ވޮލީ މުބާރާތެއް ބާއްވަނީ

ހއ.އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ. އަތޮޅުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯޅަ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ. “ކުލަބް ޕޯލްސްޓަރ އަންހެން ވޮލީ މުބާރާތް 2020” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހއ. އިހަވަންދޫގެ އެންމެހާ އަންހެން ކަނބަލުންނަށާއި، އިހަވަންދޫ ފިޔަވައި، ހއ. އަތޮޅުގައި ހުރި ސަރުކާރު މުއައްސަސާތަކާއ...

އިބްރާހިމް ޚަލީލް
ހޯރަފުށީ އެއަރޕޯޓް ހުޅުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއަރޕޯޓް ހުޅުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި

ހއ. ހޯރަފުށީ އެއަރޕޯޓް ހުޅުވުން ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ. ހޯރަފުށީ ކައުންސިލުން ބުނީ މިއަދު އެއަރޕޯޓް ހުޅުވަން ތައްޔާރުވެފައިވާ ރަސްމިއްޔާތު ލަސްކޮށްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. މިރަސްމިއްޔާތު މާދަމާގެ ވަގުތެއްގައި ބޭއްވުމަށް މިއަދު މެންދުރު ވަނީ ނިންމަވާފަ އެވެ. ނަމަވެސް މާދަމާގެ މޫސުން ރަނގަޅުވާނެކަމަށް ނުފެންނާތީ އެއަރޕޯޓް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެރަށަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުކަމަށް ކައުންސިލުން ވ...

ޔުމްނާ ޢަލީ
ދިއްދޫގައި އަންނަ އަހަރު ޖޫނިއަރ ކޮލެޖެއް 📍 ހއ. ދިއްދޫ

ދިއްދޫގައި އަންނަ އަހަރު ޖޫނިއަރ ކޮލެޖެއް

ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން 2021 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލިސްއަށް ފޮނުވާފައިވާ ދައުލަތުގެ ބަޖެޓްގައި ހިމަނައިފި އެވެ. މިގޮތުން ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވަނީ 320،000 ރުފިޔާ ހިމަނާފަ އެވެ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރަން ހިމަނާފައިވާއިރު، ރާއްޖޭގެ ދެ ސަރަހައްދެއްގައި ޖޫނިއަރ ކޮލެޖު ގާއިމުކުރުމަށާއި، ގައުމީ ޔުނިވަރސިޓީގެ ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ކުރުމަށް އަންނަ އަހަރަށް ލަފާކުރ...

ޝިއުނާ އާދަމް
އަންނަ އަހަރު އިހަވަންދޫގައި ބިޒްނަސް ކޯޕަރޭޓް ސެންޓަރެއް ގާއިމުކުރެވޭނެ: ޝިފާޢު

އަންނަ އަހަރު އިހަވަންދޫގައި ބިޒްނަސް ކޯޕަރޭޓް ސެންޓަރެއް ގާއިމުކުރެވޭނެ: ޝިފާޢު

ސަރަހައްދުގެ ވިޔަފާރިތަކަށް އެހީތެރިވެދީ ޒުވާނުންނަށް ވިޔަފާރީގައި ކުރިއަށްދާނެ މަގުތައް ތަނަވަސްކޮއްދިނުމުގައި އެހީތެރިވުމަށް 2021 ވަނަ އަހަރު، ހއ. އިހަވަންދޫގައި ބިޒްނަސް ކޯޕަރޭޓް ސެންޓަރެއް ގާއިމުކުރެވިގެންދާނެ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެ އެވެ. މެންބަރު ޝިފާޢު މިހެން ވިދާޅުވީ މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި، 2021 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ. ޝިފާޢު ވިދާޅުވީ އިހަވަންދޫއަކީ އިގްތިޞާ...

އަލީ އާދިލް
ހޯރަފުށީ އެއަރޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއަރޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފި

ހޯރަފުށީ އެއަރޕޯޓް ހުޅުވުން މާދަމާއަށް ފަސްކޮށްފިއެވެ. އެއަރޕޯޓް ހުޅުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހޯރަފުއްޓަށް ވަޑައިގަންނަވަން ހަމަޖެހިފައިއޮތީ މިއަދު 1 ޖަހާއިރުގައެވެ. ރައީސްގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ރައީސްގެ މިއަދުގެ ދަތުރުފުޅު ފަސްކުރެއްވީ މޫސުން ގޯސްވުމާ ގުޅިގެން ކަމަށެވެ. މޫސުމާ ބެހޭ އިދާރާ އިން އޮތީ، އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި ސަރުކާރުން ހެދި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރ...

ޔުމްނާ ޢަލީ
ހޯރަފުށި އެއާޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާން ކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓަށް މުވައްޒަފުން ހޯދަން އިޢުލާން ކޮށްފި

ހޯރަފުށީ އެއާޕޯޓް ހިންގާ ރީޖަނަލް އެއާރޕޯޓްސް ކުންފުނިން ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ދާއިމީ މުވައްޒަފުން ހޯދުމަށް އިޢުލާން ކޮށްފިއެވެ. މަސައްކަތު މީހުންނާއި ޑިރެކްޓަރުން އަދި އެޑްމިން ދާއިރާގެ މުވައްޒަފުންނާއި އެކައުންޓްސްގެ އިތުރުން ޑްރައިވަރުންނާއި ފަޔަރ ފައިޓަރ ފަދަ ދާއިރާތައް ހިމެނޭގޮތުން ހޯރަފުށީ އެއާޕޯޓަށް ބާރަ ދާއިރާއަކުން ނަވާރަ މުވައްޒަފުން ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ވަޒީފާތަކަށް ފޯމު ހުށައެޅޭނެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރ މަހުގެ 26 ވަނަ ދުވަހު، 14:00 ގެ ކުރިން ރީޖަނަލް އެއާޕ...

އިބްރާހިމް ޚަލީލް
ހޯރަފުށީ ރައްޔިތުންގެ ބަދަހި ގުޅުމުގެ އުފާވެރި ވަގުތުކޮޅު، ޓެސްޓް ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި 📍 ހއ. ހޯރަފުށި

ހޯރަފުށީ ރައްޔިތުންގެ ބަދަހި ގުޅުމުގެ އުފާވެރި ވަގުތުކޮޅު، ޓެސްޓް ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރި އެއާޕޯޓަށް މިއަދު ހެނދުނު 9:10 ހާއިރު ޓެސްޓް ފްލައިޓް ޖެއްސި ވަގުތަކީ ތަރައްޤީއަށް އެދިގެން ރަށެއްގެ ރައްޔިތުން ދައްކަމުންދިޔަ ބަދަހިކަމާއި، އެކުވެރިކަމުގެ ނަތީޖާ ފެނިގެން ދިޔަ އުފާވެރި ވަގުތު ކޮޅެވެ. އެމަންޒަރު ދެކިލަން ހޯރަފުށީގެ އެތައް ރައްޔިތުންނެއް ތިބީ ހޯރަފުށީ އެއާޕޯޓް ސަރަޙައްދަށް ޖަމާވެފައެވެ. ޤައުމީ އެއާލައިންގެ ފްލައިޓް ހޯރަފުށީ އެއާޕޯޓްގައި ޖެއްސިވަގުތަކީ އެތައް އަހަރެއްވަންދެން އެމަންޒަރު ދުށުމުގެ އިންތިޒާރުގައި ތިބި ހޯރަފުށީގެ އެތައް ރައްޔި...

ޝިއުނާ އާދަމް
ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަން ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީ ކުރަން ހުޅުވާލައިފި

ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގައިދޭނެ ބަޔަކު ހޯދަން މިނިސްޓްރީ އޮފް ޓޫރިޒަމުން ބީލަމަށް ހުޅުވާލައިފި އެވެ. ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފައި ވަނީ، އެ ސަރަޙައްދުގެ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހު 13:00...

ޝިއުނާ އާދަމް
15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް 📍 ހއ. މާރަންދޫ

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...

މުޙައްމަދު އިނާން
📍 ހއ. އުތީމު

އުތީމު ކައުންސިލުގެ ރައީސް ސަސްޕެންޑް ކުރުން: ޝުޖާޢު ސިފަކުރެއްވީ ބިރުދެއްކުމެއް ކަމަށް

ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކޮށްފައިވާއިރު، އެއީ ބިރުދައްކައިގެން ކައުންސިލް އިންތިޚާބު ކާމިޔާބުު ކުރުމަށް ކުރިކަމެއްގެ ގޮތުގައި އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ސިފަކުރަށްވައިފިއެވެ. ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދަށް 14 ނޮވެމްބަރ 2020 ހޮނިހިރު ދުވަހު (މިއަދު) ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން މި މަހު 8 ވަނަ ދުވަހު  ބޭއްވި...

އަޙްމަދު ވަހީދު
އެއާޕޯޓު ހުޅުވާ ދުވަހަށް މުޅި ހޯރަފުށި ތައްޔާރުވެފައި 📍 ހއ. ހޯރަފުށި

އެއާޕޯޓު ހުޅުވާ ދުވަހަށް މުޅި ހޯރަފުށި ތައްޔާރުވެފައި

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަށްވަމުން ގެންދަވާ އެއާޕޯޓު ހުޅުވާ ދުވަހަށް މަރުޙަބާ ކިޔުމަށް ހޯރަފުށި ވަނީ ވަރަށް ބޮޑަށް ތައްޔާރު ވެފައެވެ. އެރަށުގެ އެއާޕޯޓުގެ މަޝްރޫޢު ފެށުނީއްސުރެ، މިއަދާއި ހަމައަށް ވެސް ހޯރަފުށީގެ ރައްޔިތުންގެ ކިބައިން ފެންނަމުންދާ އެއްބައި ވަންތަކަމާއި، ޖޯޝާއި، ހިތްވަރަށް ކުޑަވެސް ބަދަލެއް ނައިސް މިހާރު ދަނީ އެއާޕޯޓު ހުޅުވާ ދުވަހަށް، މަރުޙަބާ ކިޔުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. މިމަހުގެ 16ވާ ހޯމަ ދުވަހު ހޯރަފުށީ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެ […]

ޝިއުނާ އާދަމް
ހޯރަފުށި އެއާޕޯޓަށް އަންނަ ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ 📍 ހއ. ހޯރަފުށި

ހޯރަފުށި އެއާޕޯޓަށް އަންނަ ހޯމަދުވަހު ޓެސްޓް ފްލައިޓް ޖައްސަނީ

ސަރުކާރުން މިމަހުގެ 17ގައި ރަސްމީކޮށް ހޯރަފުށީ އެއާރޕޯޓް ހުޅުވުމަށް އަމާޒު ހިފާފައިވާއިރު، މިމަހުގެ 16 ވާ ހޯމަ ދުވަހު، އެ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސަން ނިންމައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޒުހައިރާއި ހަވާލާދީ ދައުލަތުގެ މީޑިއާ ”ޕީއެސްއެމްނިއުސް”ގައި ބުނެފައިވަނީ އަންނަ ހަފްތާގެ ހޯމަދުވަހު ހޯރަފުށީގައި ތަރައްޤީކޮށްފައިވާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށެވެ. އަދި އެ އެއާޕޯޓް ރަސްމީކޮށް މިމަހުގެ 17 ވަނަ ދުވަހު ހުޅުވަން ނިންމާފައިިވާކަމަށެވެ. މީގެއިތުރުނ...

ޔުމްނާ ޢަލީ
ދިއްދޫ އައު އިންޖީނު ގޭގެ ބިންގާ އަޅައިފި 📍 ހއ. ދިއްދޫ

ދިއްދޫ އައު އިންޖީނު ގޭގެ ބިންގާ އަޅައިފި

ހއ. ދިއްދޫގައި އިމާރާތް ކުރާ އައު އިންޖީނުގެ އިމާރާތުގެ ބިންގާ އަޅައިފި އެވެ. މި ބިންގާ އަޅާފައިވަނީ  މިކަމަށް ހާއްސަ ކޮށްގެން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަޙްމަދު ސައީދު އަދި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަހީދު އެވެ. ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ދިއްދޫގައި އިމާރަތްކުރާ އައު އިންޖީނުގޭގެ މަޝްރޫޢަކީ 13 މިލިޔަނާ 15 މިލިޔަނާ ދެމެދުގެ އަގެއް ކަނޑައެޅިގެން […]

ޔުމްނާ ޢަލީ
އިހަވަންދޫ ރައްޔިތުންގެ ދިގު އިންތިޒާރެއް ކުލަވުމާއި ހަމައަށް، ބިންހިއްކަން ހަވާލުކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރައްޔިތުންގެ ދިގު އިންތިޒާރެއް ކުލަވުމާއި ހަމައަށް، ބިންހިއްކަން ހަވާލުކޮށްފި

ހއ. އިހަވަންދޫއަށް ދިމާވެފައިވާ ބިމުގެދަތިކަން ހައްލުވެގެން ދިޔުމަކީ އެރަށުގެ ރައްޔިތުން ކުރަމުންއައި ދިގު އިންތިޒާރެކެވެ. މިއަދު މިވަނީ އެ އިންތިޒާރު ކުލަވާން ފަށައި، އެރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގައި ސޮއިކޮށްފައެވެ. ސަރުކާރުން އަލަށްފަށާ 10 މަޝްރޫޢެއްގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލުކޮށް، އެ މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކުރިއިރު އޭގެ ތެރެއިން އެއް މަޝްރޫޢުއަކީ އިހަވަންދޫގެ ބިން ހިއްކުމާ...

ޔުމްނާ ޢަލީ
ތަކަންދޫއަށް ލެއްގި ބޮޑުމަސް ބޭރުކޮށްލައިފި 📍 ހއ. ތަކަންދޫ

ތަކަންދޫއަށް ލެއްގި ބޮޑުމަސް ބޭރުކޮށްލައިފި

ހއ. ތަކަންދޫއަށް ލެއްގި ބޮޑުމަސް ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން ބޭރުކޮށްލައިފި އެވެ. “ތިލަދުން” އާ ވާހަކަ ދައްކަވަމުން ތަކަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ނިޔާޒް ވިދާޅުވީ، މިމަސް ބޭރުކޮށްލާފައިވަނީ އެމްއެންޑީއެފްގެ ލަފާގެ މަތިން އޮޔާއި ވައި މިވަގުތު ހުރިގޮތް ބެލުމަށް ފަހު ރާއްޖޭގެ ރަށަކަށް ނުލައްގާނެހެން މާރަންދޫ އާއި ތަކަންދޫއިން ނެއްޓޭގޮތަށް މާކަނޑަށް ކަމަށެވެ. މިމަސް ގެންގޮސްފައިވަނީ ބޮޑު މަހުގެ ނިގުލުގައި ވަލެއް އެއްސުމަށްފަހު ދޯންޏެއްގައި ކަފަޖަހައިގެން ކަމަށް ނިޔާޒް ވިދާޅުވި އެވެ. ނިޔާ...

އިބްރާހިމް އަސްވާޤް