މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށަނީ 📍 ހއ. އުތީމު

އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށަނީ

ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން ބަންދުކޮށްފައިވާ އުތީމު ގަނޑުވަރު 2020 ޑިސެމްބަރު 13 ވާ އާދިއްތަ ދުވަހުން ފެށިގެން އަލުން ހުޅުވާލަން ނިންމައިފިއެވެ. އެކަން ހާމަކޮށް ސަގާފީތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ބުނީ، އުތީމު ގަނޑުވަރުގެ ޚިދުމަތް އަލުން ފަށާއިރު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:30 ން މެނދުރުފަހު 13:30 އަށް ކަނޑައެޅިފައިވާ އުޞޫލުގެ ދަށުން ގަނޑުވަރު ދެއްކުން ކުރިއަށްދާނެ ކަމަށެވެ. ގަނޑުވަރަށް ޒިޔާރަތްކުރައްވާ ފަރާތްތަކަށ...

ޔުމްނާ ޢަލީ
އިހަވަންދޫ ކައުންސިލަށް ވާދަކުރާ ބައެއް ކެނޑިޑޭޓުންގެ އުދާސްތައް ބަންޑުން ކޮށްލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ކައުންސިލަށް ވާދަކުރާ ބައެއް ކެނޑިޑޭޓުންގެ އުދާސްތައް ބަންޑުން ކޮށްލައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. އިހަވަންދޫ ކައުންސިލް މެންބަރުކަމަށް ވާދަކުރައްވާ ބައެއް ކެނޑިޑޭޓުން އިހަވަންދޫ ކައުންސިލަށާއި ސަރުކާރަށް ފާޑުކިޔައިފި އެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހު އިހަވަންދޫ ކައުންސިލުން ބޭއްވުމަށް އިޢުލާންކޮށްފައިވާ މަސްރޭހުގެ ޕޯސްޓަރ ޝެއަރ ކުރައްވާ ޖޭޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ ޢަބްދު ﷲ އިރުޝާނު ވިދާޅުވެފައިވަނީ މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން އުޅޭއިރު މިބައިމީހުން މިއުޅެނީ ޑުރާމާ ނުކުޅެވިގެންކަމަށާއި ކުރާނެ ކަމެއް ނެތީވިއްޔާ ބަތްކަ...

އަލީ އާދިލް
މަސްވެރިންގެ ދުވަހާއި ދިމާކޮށް އިހަވަންދޫގައި މަސްރޭހެއް 📍 ހއ. އިހަވަންދޫ

މަސްވެރިންގެ ދުވަހާއި ދިމާކޮށް އިހަވަންދޫގައި މަސްރޭހެއް

މިއަހަރުގެ މަސްވެރިންގެ ދުވަހާ ދިމާކޮށް ހއ. އިހަވަންދޫގައި މަސްރޭހެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ. އިހަވަންދޫ ކައުންސިލުން ބުނީ މުބާރާތުގެ މަޤުސަދަކީ އިހަވަންދޫ އަކީ، ފަޚުރުވެރި މަސްވެރި އާއިލާއެއް އޮތް ރަށަކަށްވެފައި، މަސްވެރިކަމުގެ ހުނަރާއި ކާބަފައިން ކުރަމުން އައި މަސްވެރިކަމުގެ ރޫޙު ރައްޔިތުންގެ މެދުގައި އަށަގެންނެވުމާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެކުގައި މަސައްކަތް ކުރުމާއި، ޤައުމީ އަދި ވަތަނީ ރޫޙާއި އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި އިހަވަންދޫ ކައުންސިލާއި އިހަވަންދޫ މަސްވެރ...

އިބްރާހިމް އަސްވާޤް
އިހަވަންދޫގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދަނީ

ހއ. އިހަވަންދޫގައި ސްލިޕްވޭއެއް އަޅައި ތަރައްޤީކޮށް ހިންގާދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާންކޮށްފި އެވެ. އިހަވަންދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އިހަވަންދޫގައި ސްލިޕްވޭއެއް ތަރައްގީކޮށް ހިންގާނެ ފަރާތެއް ބޭނުންވާ ކަމަށާއި މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 15 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:15 އަށް ކައުންސިލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޖަނަވަރީ 2021 ވާ ބުރާސްފަތި ދުވަހު 13:15 ގެ ކުރިން ކައުންސިލް އިދާރާ އަށް ދުރުވ...

ޖަލްވާން ޖާދުﷲ
"އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ފަށައިފި 📍 ހއ. އިހަވަންދޫ

"އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020" ފަށައިފި

ހއ. އިހަވަންދޫގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ޖަމްޢިއްޔާއެއް ކަމުގައިވާ ކުލަބް ޕޯލްސްޓަރގެ ފަރާތުން އެ އަތޮޅުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް ” އެރިސް ޑެކަރ ޕޯލްސްޓަރ ވިމެންސް ވޮލީބޯލް ޓޯނަމެންޓް 2020″ ފަށައިފިއެވެ. މި މުބާރާތް 05 ޑިސެމްބަރ 2020 ވީ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައި އިހަވަންދޫ ހުރަވީގައި ތައްޔާރު ކުރެވިފައިވާ ވޮލީކޯޓުގައި ފަށާފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް އެންވީކޭ އާއި ޓީމް ގަބީލާއެވެ. މި […]

އިބްރާހިމް ޚަލީލް
ސައުތުލިންކް ނިޔާ އެކަޑަމީ ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓްގެ ފައިނަލަށް ލޭޑީ އީގަލްސް އަދި ބިޒީ ގާލްސް 📍 ހއ. މުރައިދޫ

ސައުތުލިންކް ނިޔާ އެކަޑަމީ ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓްގެ ފައިނަލަށް ލޭޑީ އީގަލްސް އަދި ބިޒީ ގާލްސް

ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން “ސައުތުލިންކް ނިޔާ އެކަޑަމީ ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020” ގެ ނަމުގައި ކުރިއަށް ގެންދާ ފުޓްސަލް ޓޯނަމެންޓްގެ ފައިނަލަށް ލޭޑީ އީގަލްސް އަދި ބިޒީ ގާލްސް ދަތުރު ކޮށްފިއެވެ. މި މުބާރާތް ރާވާލެވިފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭގޮތަށެވެ. މިގޮތުން ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ލޭޑީ އީގަލްސް ޓީމުވަނީ މުބާރާތުގެ ގްރޫޕް […]

އިބްރާހިމް ޚަލީލް
ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނާއި ގުޅޭގޮތުން މަޝްވަރާކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހއ. ހޯރަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޒޯނު ތަރައްގީ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މިގޮތުން އެ މަޝްވަރާ ކުރިއަށް ގެންދެވީ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް(ސައްލެ) އިސްވެ ހުންނަވައިގެން، ކަމާއިގުޅޭ އެހެން މުއައްސަސާތަކާއި އެކުގައެވެ. މި މަޝްވަރާތަކުގައި މެންބަރު އަޙްމަދު ސަލީމާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ހިމެނޭހެން ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު އަދި ކައުންސިލް މެންބަރުން ކަމުގައިވާ އިބްރާހިމް ޝާކިރު އަދި އަޙ...

ޔުމްނާ ޢަލީ
މުރައިދޫ އޭ.އެސް.އޭ މާޓް: ޙާއްސަ އިނާމްތަކާއި އެކު "އޯޕަނިން ސޭލް" ކުރިއަށް 📍 ހއ. މުރައިދޫ

މުރައިދޫ އޭ.އެސް.އޭ މާޓް: ޙާއްސަ އިނާމްތަކާއި އެކު "އޯޕަނިން ސޭލް" ކުރިއަށް

ޕްރެންޑް އިންވެސްޓްމެންޓްގެ ފަރާތުން ހއ.މުރައިދޫގައި ހުޅުވި އޭ.އެސް.އޭ މާޓްގެ “އޯޕަނިން ސޭލް” ޙާއްސަ އިނާމްތަކާއި އެކު ފަށައިފި އެވެ. ގޭތެރޭގެ ސާމާނުތައް އެއްތާކުން އަގުހެޔޮކޮށް ލިބޭ މި ފިހާރަ ހުޅުވާފައިވާނީ ނިމިދިޔަ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އެ ފިހާރައިގެ ފަރާތުން އަސްރަރް އަބްދުﷲ މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ފިހާރަ އަކީ އަގު ހެޔޮކޮށް ގޭތެރެއަށް ބޭނުންވާ ސާމާނު ފަދަ ތަކެތި އެއްތާކުން ލިބޭނެ އިންތިޒާމް އެރަށުގެ ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އޯޕަނިން […]

ޖަލްވާން ޖާދުﷲ
ޕަމްޕް ބޭނުންކޮށްގެން ވެލި ނަގަަންވާނީ ހުއްދަ ނަގައިގެން: ދިއްދޫ ކައުންސިލް 📍 ހއ. ދިއްދޫ

ޕަމްޕް ބޭނުންކޮށްގެން ވެލި ނަގަަންވާނީ ހުއްދަ ނަގައިގެން: ދިއްދޫ ކައުންސިލް

ހއ. އަތޮޅުގެ ރަށްތަކުގެ ފަޅުތަކުން ޕަމްޕް ބޭނުންކޮށްގެން ވެލިނަގަންވާނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހުއްދަ ހޯދައި، އެ ހުއްދަގެ ދަށުން ކަމަށް ހއ. ދިއްދޫ ކައުންސިލުން ބުނެފިއެވެ. ދިއްދޫ ކައުންސިލުން ބުނީ އީޕީއޭގެ ހުއްދަ ހޯދުމަކާ ނުލައި ޕަންޕް ބޭނުންކޮށްގެން ވެލި ނަގަމުންދާކަމުގެ ޝަކުވާ އެ އެޖެންސީއަށް ލިބެމުންދާކަމަށް ހއ. އަތޮޅު ކައުންސިލުން، ދިއްދޫ ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އެއާއި ގުޅިގެން ދިއްދޫ ކައުންސިލުން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރަށްކާތެރިކޮށް ދެމެހެއް...

އަޙްމަދު ވަހީދު
ދިއްދޫ ގިރާ ސަރަހައްދު ތަކަށް ހައްލެއް ލިބެނީ 📍 ހއ. ދިއްދޫ

ދިއްދޫ ގިރާ ސަރަހައްދު ތަކަށް ހައްލެއް ލިބެނީ

އިންތިހާއަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ހއ. ދިއްދޫގެ، ގިރާ ސަރަހައްދުތައް ހިމާޔަތްކުރުމަކީ އެރަށުގެ ރައްޔިތުން ކުރަމުން އަންނަ ދިގު އިންތިޒާރެކެވެ. އެ އިންތިޒާރު ނިމުމަކަށް ގެނުވާނެ، ދިއްދޫ ގިރާ ސަރަހައްދުތައް ހިމާޔަތް ކުރުމު ގެ މަޝްރޫއުގެ މަސައްކަތް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުނހަވާލުކޮށްފައި ވަނީ ސަރުކާރުގެ ގިނަ މަޝްރޫޢުތަކެއް އެއްފަހަރާ، ކާމިޔާބު ކަމާއިއެކު ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. 180 ދުވަހުގެ ތެރ...

ޝިއުނާ އާދަމް
ތޫފާނު ބުރެވި: ކެލާގެ އިރު އުތުރުން 760 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި: ކެލާގެ އިރު އުތުރުން 760 ކިލޯމީޓަރު ދުރުގައި

ތޫފާނު ”ބުރެވި” މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން މިއަދު މެންދުރު ފަހު 14:00 އިން މިރޭ މެންދަމު 2:00 އަށް ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ”ބުރެވި” މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 760 ކިލޯމީޓަރ ދުރުން ގަލް އޮފް މަނާރުގައި ކަމަށެވެ. މި ތޫފާނު ދަތުރު ކުރަމުންދަނީ […]

ޔުމްނާ ޢަލީ
ތޫފާނު ބުރެވި: މިހާރު ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯމީޓަރު ދުރުގައި 📍 ހއ. ކެލާ

ތޫފާނު ބުރެވި: މިހާރު ހުރީ ކެލާގެ އިރު އުތުރުން 870 ކިލޯމީޓަރު ދުރުގައި

ތޫފާނު ބުރެވި މިހާރު ހުރީ ހއ. ކެލާގެ އިރު އުތުރުން ގާތްގަނޑަކަށް 870 ކިލޯމީޓަރ ދުރުގައިކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މެޓް އޮފީހުން މިރޭ ދަންވަރު 02:00 ގައި ނެރުނު ހުދު ސަމާލުގެ މެސެޖުގައި ބުނެފައިވަނީ، ތޫފާނު ދަތުރުކުރަމުންދަނީ ހުޅަނގު – ހުޅަނގުއުތުރަށް ރާއްޖޭގެ އުތުރުން ގަލް އޮފް މަނާރަށް ކަމަށެވެ. މިރޭ 23:00 ގައި ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ އެންމެ ފަހުގެ މޫސުމާއި ބެހޭ މަޢުލޫމާތުގައިވަނީ “ބުރެވި” ތޫފާން ހުޅަނގުއުތުރަށް ދަތ...

ޝިއުނާ އާދަމް
ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފި 📍 ހއ. އުތީމު

ބޮޑު ތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީކުރަން ބަޔަކާއި ހަވާލުކޮށްފި

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ. ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުންބުނީ މިމަސައްކަތް ހަވާލުކޮށްފައިވަނީ މިއަދު ވައި.އެލް ސަޕްލައި ކުންފުންޏާއި ކަމަށެވެ. އެމިނިސްޓްރީއިން ބުނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމޭނެ ކަމަށް ލަފާކުރެވެނީ އަންނަ އަހަރުގެ މާރިޗު މަހު ކަމަށެވެ. ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ސަގާފީ ތަރިކަ ރައްކާތެރ...

ޝިއުނާ އާދަމް
ދިއްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު 2 މީހުން ހައްޔަރުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު 2 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް އަތޮޅުތެރޭގައި ފުލުހުން ހިންގަމުންދާ އޮޕަރޭޝަނެއްގައި ހއ. ދިއްދޫ އިން މަސްތުވާތަކެއްޗާއެކު 02 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ، ހއ. ދިއްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މި ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ ދިއްދޫ ޕޮލިސް ސްޓޭޝަނާއި ކެލާ ޕޮލިސް ސްޓޭޝަން އަދި ފުލުހުންގެ އިންޓެލިޖެންސް ގުޅި...

ޖަލްވާން ޖާދުﷲ
"ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020"ފަށައިފި 📍 ހއ. މުރައިދޫ

"ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020"ފަށައިފި

ހއ.މުރައިދޫގައި ހިންގަމުން އަންނަ ނިޔާ އެކަޑަމީގެ ފަރާތުން އިންތިޒާމު ކޮށްގެން އެ އެކަޑަމީގައި ތަމްރީނު ހަދަމުންދާ ކުދިންގެ އަންހެން ބެލެނިވެރިންނަށް ހާއްޞަ ކޮށްގެން  “ސައުތުލިންކް ނިޔާ އެކަޑަމީ ވުމެންސް ޕޭރެންޓްސް ފުޓްސަލް ޓޯނަމަންޓް 2020” ކުރިއަށް ގެންދާ ފުޓްސަލް މުބާރާތް ފަށައިފިއެވެ. މި މުބާރާތް 27 ނޮވެމްބަރ 2020 ވީ ހުކުރު ދުވަހު 16:40 ގައި މުރައިދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައިވަނީ ބިޒީ ގާލްސްއާއި ލޭޑީ އީގަލްސްއެވެ. މި މެޗު 8-3 […]

އިބްރާހިމް ޚަލީލް