📍 ހއ. ހޯރަފުށި
ގެސްޓުހައުސް އެޅުމަށް ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށްލައިފި
ހއ. ހޯރަފުށީގައި ގެސްޓުހައުސް ތަރައްގީކޮށް ހިންގަން ހޯރަފުށީ ކައުންސިލުން 7 ބިމެއް ބީލަމަށް ހުޅުވާލައިފިއެވެ. ހޯރަފުށީ ޓޫރިޒަމް ޒޯނުން 7 ބިމެއް، އެރަށު ކައުންސިލުން މިއަދު ބީލަމަށް ހުޅުވާލާފައި މިވަނީ އެރަށުން ގެސްޓްހައުސްގެ ވިޔަފާރިއަށް ބިން ދޫކުރުމުގެ އެމްއޯޔޫގައި ހޯރަފުށީ ކައުންސިލާއި، ޓޫރިޒަމް މިނިސްޓަރީއާއި ދެމެދު މިއަދު ސޮއި ކުރެވިގެން ދިޔުމާއިއެކުގައެވެ. ހޯރަފުށީގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެ ބިންތަކާއި ގުޅޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ އޮންލައިން...