މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ޕެޓިޝަނެއް! 📍 ހއ. ދިއްދޫ

ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ޕެޓިޝަނެއް!

ހއ. ދިއްދޫގައި އަލަށް އިމާރާތްކުރާ އިންޖީނުގެ، އެހެން ސަރަހައްދަކަށް ބަދަލުކޮށްދިނުމަށް އެދި ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓީޝަން ހުށަހެޅުމުގައި އިސްކޮން ހަރަކާތްތެރިވިފަރާތްތަކުން “ތިލަދުން” އާއި މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، މި ޕެޓިޝަންގައި ރައްޔިތުންގެ ފަރާތުން 409 މީހަކު ސޮއި ކޮށްފައިވާކަމަށެވެ. އެފަރާތުން އިތުރަށް މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވަނީ، އެރަށުގައި އަލަށް އިމާރާތް ކުރަމުން އަންނަ އިންޖީނުގޭގެ މަސައްކަތް ކުރިއަށްގެންދަނީ ރައްޔިތުންގެ ނިންމު...

ތިލަދުން
މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހއ. ދިއްދޫގައި ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ. މިގޮތުން އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިއްދޫގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ކްލަބުން ބުނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ދިއްދޫގައި ދިރިއުޅޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއަދުން ފެށިގެން މިފެށޭ ފެބްރުއަރީ މަހުގެ 10ވާ ބުރާސްފަތި ދުވަހުގެ ރޭ 21:0...

ޙުސައިން ޝަހުދީ
ދިއްދޫގައި ދުވަސްވެ ހަލާކުވެފައި ހުރި ގިނަ ޢަދަދެއްގެ މުސްޙަފްތައް ނައްތާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި ދުވަސްވެ ހަލާކުވެފައި ހުރި ގިނަ ޢަދަދެއްގެ މުސްޙަފްތައް ނައްތާލައިފި

ހއ. ދިއްދޫގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލުމަށް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ހިންގި ޕްރޮގްރާމްގެ ދަށުން އެއްކުރި މުސްޙަފްތައް މިއަދު ނައްތާލައިފިއެވެ. މިޑްލް ސްޕޯޓްސް ކްލަބުން ބުނީ އެ ކްލަބުން ހިންގި، އެ ރަށުގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލު ޕްރޮގްރާމްގެ ދަށުން އެއްކުރި މުސްޙަފްތައް މިއަދު ނައްތާލާފައި ވާކަމަށެވެ. އަދި މުސްޙަފްތައް ހިމެނޭހެން ގުރުއާންގެ އާޔަތްތައް ލިޔެފައިވާ އެކިއެކި ފޮތްތައް...

ޙުސައިން ޝަހުދީ
ކެލާއަށް ޗައިނާގެ ހަދިޔާއެއް 📍 ހއ. ކެލާ

ކެލާއަށް ޗައިނާގެ ހަދިޔާއެއް

ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފިއެވެ. މި ފަތާ ޓްރެކަކީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް، 2019 ވަނަ އަހަރުގެ ތެރޭގައި ހއ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކެލާއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ޒުވާނުން، އެރަށުގައި ފަތާޓްރެކެއް ހެދުމަށް އެހީތެރިކަމަށް އެދުމުން ހަދިޔާ ކުރެއްވި ފަތާ ޓްރެކެކެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ”ތިލަދުން” ވިދާޅުވީ މިއަދު އެ ޓްރެކް އެރަށަށް ލިބިފައިވާ ކަމަށެވެ...

ޙުސައިން ޝަހުދީ
މުރައިދޫ މޮނިޓަރިންނަށް ލައިފި 📍 ހއ. މުރައިދޫ

މުރައިދޫ މޮނިޓަރިންނަށް ލައިފި

ހއ. މުރައިދޫ މޮނިޓަރިން ހާލަތަށް ގެނެސްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށަށް އަންގައިފިއެވެ. އެޗްޕީއޭއިން މުރައިދޫ މޮނިޓަރިން ހާލަތަށް ލުމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދާލުމަށް ”ތިލަދުން”އިން މުރައިދޫ ސިއްޙީ މަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ޙުސައިން ނިޔާޒަށް ގުޅުމުން ވިދާޅުވީ ”މިވަގުތު މީޑިއާއަށް އެއްވެސް މައުލޫމާތެއް ހިއްސާކުރެވެން ނެތް” ކަމަށެވެ. އެޗްޕީއޭއިން މުރައިދޫ މޮނިޓަރިންނަށް ލާފައިވާކަން އަންގައި، މުރައިދޫ ކައުންސިލްއަށް ފޮނުވި ލިޔުމުގައި ބުނެފައިވ...

ޝިއުނާ އާދަމް
އެޗްޕީއޭއިން ދިއްދޫ މޮނިޓަރިންގއަށް ލާފައިވަނީ އޮޅުމަކުން: ދިއްދޫ ކައުންސިލް 📍 ހއ. ދިއްދޫ

އެޗްޕީއޭއިން ދިއްދޫ މޮނިޓަރިންގއަށް ލާފައިވަނީ އޮޅުމަކުން: ދިއްދޫ ކައުންސިލް

ހއ. ދިއްދޫ މޮނިޓަރިންގއަށް ލާފައިވަނީ އޮޅުމަކުން ކަމަށް އެޗްޕީއޭ އިން އަންގާފައިވާކަމަށް ދިއްދޫ ކައުންސިލުން ބުނެފި އެވެ. ދިއްދޫ ކައުންސިލުން ބުނެފައިވަނީ ހއ. ދިއްދޫ މޮނިޓަރިންގއަށް ލުމަށް ނެރެފައިވާ ލިޔުން، ކައުންސިލްގެ ޕޭޖުން ނަގާފައިވާ ވާހަކަ ދަންނަވާކަމަށެވެ. މީގެ ކުރިން ދިއްދޫ މޮނީޓަރިންއަށް ލާފައިވަނީ އެއަތޮޅުގެ އެހެންރަށަކުން ޕޮޒިޓިވްކޭސް އަކާއި ގުޅިގެން ބަލަންޖެހޭ އިތުރުކަންކަން ބެލުމަށް ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުންވަނީ މަޢުލޫމާތުދީފަ އެވެ. ހއ. ދިއްދޫ މޮނިޓަރިންގއަށް ލާފައިވަނީ އޮޅުމަކ...

އަލީ އާދިލް
ދިއްދޫ މޮނީޓަރިންއަށް ލައިފި 📍 ހއ. ދިއްދޫ

ދިއްދޫ މޮނީޓަރިންއަށް ލައިފި

ހއ. ދިއްދޫ މޮނީޓަރިންއަށް ލައިފި އެވެ. ދިއްދޫ މޮނީޓަރިންއަށް ލާފައިވަނީ އެއަތޮޅުގެ އެހެންރަށަކުން ޕޮޒިޓިވްކޭސް އަކާއި ގުޅިގެން ބަލަންޖެހޭ އިތުރުކަންކަން ބެލުމަށް ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިއްދޫ ކައުންސިލްއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޯވިޑު 19 އާ ގުޅިގެން، ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްކަމަށެވެ. އެގޮތުން އަޅާ ފިޔަވަޅެއްކަމުގައި ބުނެފައި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕޮރޮޓެކްޝަން އެޖެ...

ޔުމްނާ ޢަލީ
ކެލާގައި ގެސްޓްހައުސް ތަރައްގީ ކުރަން 12 ބިމެއް، ސިޓީ ހޮޓާ އަޅަން 2 ބިމެއް ބީލަމަށް ހުޅުވާލަނީ 📍 ހއ. ކެލާ

ކެލާގައި ގެސްޓްހައުސް ތަރައްގީ ކުރަން 12 ބިމެއް، ސިޓީ ހޮޓާ އަޅަން 2 ބިމެއް ބީލަމަށް ހުޅުވާލަނީ

ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލާނަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. ކެލާ ކައުންސިލުން ވިދާޅުވީ، އެ ރަށުގެ ޓޫރިޒަމް ޒޯނުން، ފަތުރުވެރިކަމަށް ހުޅުވާލާ މި ބިންތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ބީލަމަށް ހުޅުވާލެވޭ ވަރުވަރު ވާނެ ކަމަށެވެ. އެރަށުން ގެސްޓްހައުސް ތަރައްގީކުރަން ހުޅުވާލާ ބިމެއްގެ ބޮޑު މިނަކީ، ބިމެއް 5 ހާސް އަކަފޫޓެވެ. އަދި […]

ޙުސައިން ޝަހުދީ
މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އަލުން ޢިއުލާންކޮށްފި

ހއ. މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދޭނެފަރާތެއް ހޯދަން އަލުން ޢިއުލާން ކޮށްފިއެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން މި ޢިއުލާން ކުރީ 16 މާޗް 2020 ގައި އެކަމަށް ކުރި ޢިއުލާން ބާޠިލު ކުރުމަށްފަހު އެވެ. މިގޮތުން މާރަންދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނެފައިވަނީ މާރަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް އެޅުމުގެ މަސައްކަތް އަމިއްލަ ޚަރަދުގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަހުގެ 27 އިނ...

ޙުސައިން ޝަހުދީ
ކެލާގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަނީ 📍 ހއ. ކެލާ

ކެލާގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަނީ

ހއ. ކެލާ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބްރުއަރީ 2021 އިން 23 ފެބްރުއަރީ 2021 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އާއި ދެމެދު ކެލާ ކައުންސިލަށް ދިޔުމުން އެކަމަށްއެދި ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް […]

ޙުސައިން ޝަހުދީ
މާރަންދޫ ކުނިގޮނޑު ސާފުކޮށްފި 📍 ހއ. މާރަންދޫ

މާރަންދޫ ކުނިގޮނޑު ސާފުކޮށްފި

ހއ. މާރަންދޫ ކައުންސިލާއި، އެރަށުގެ ރައްޔިތުން ގުޅިގެން އެރަށުގެ އެއް ކުނިގޮނޑު ސާފުކޮށްފިއެވެ. އެރަށުގެ ދެވަނަ ކުނިގޮނޑު މިއަދު ސާފު ކުރާން ހަމަޖެހިފައިވާއިރު، މާރަންދޫ ކައުންސިލުން ވިދާޅުވީ، ކޯވިޑްގެ ކުރީން ވެސް އެރަށުގައި އޮންނަ ދެ ކުނި ގޮނޑުވެސް ސާފުކޮށް، ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ ރަށުގެ ރައްޔިތުން ކަމަށެވެ. މާރަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޙަސަން ”ތިލަދުން”އަށް ވިދާޅުވީ، ކޯވިޑްގެ ސަބަބުން މިދިޔަ ހައެއްކަ މަހެއްހާ ދުވަހު އެ ރަށުގެ ކުނިގޮނޑުތައް ސާފު ކުރުމުގެ މަސައްކަތް ކުރަމުނ...

ޙުސައިން ޝަހުދީ
އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފި

ހއ. އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތުގެ އެއްބަސް ވުމުގައި ސޮއި ކުރެވުނީ 29 އޮކްޓޯބަރު 2020 ގައެވެ. އަދި ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި އެވެ. އިހަވަންދޫ ގާޒީ ފުޓްބޯޅަ ދަނޑުގެ ސަބުބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފެށިގެން ދިޔުމާއި ގުޅިގެން އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ”ތިލަދުން”އަށް ވިދާޅުވީ، އިހަވަންދޫ އަކީ ގިނަ ޢަދަދެއްގެ ކުޅިވަރުކުޅޭ […]

ޔުމްނާ ޢަލީ
އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް ހަޒް އިންވެސްޓްމަންޓް އަށް 📍 ހއ. އިހަވަންދޫ

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަޒުކަޒުގެ ބައެއް މަސައްކަތްތައް ކުރުމަށް ހަޒް އިންވެސްޓްމަންޓް އަށް

އިހަވަންދޫ އާމިނާ ދިޔޯ ޞިއްޙީ މަރުކަޒުގައި ކުރަންހުރި ބައެއް މަސައްކަތްތައް ކުރުމަށް ހަޒް އިންވެސްޓްމަންޓާއި މިއަދު ހަވާލުކޮށްފި އެވެ. މިގޮތުން އެ ޞިއްޙީމަރުކަޒުން ބުނީ އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ އެ މަރުކަޒަށް ގެނެސްފައިވާ ބެކްއަޕް ޖަނަރޭޓަރު ބެހެއްޓުމަށް އިމާރާތެއް ހެދުމާއި އަދި އިތުރު ލޯންޑަރީއެއް ހެދުމުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން އެ މަރުކަޒުގެ ކަރަންޓްވަޔަރިން ރަނގަޅުކުރުމުގެ މަސައްކަތުގެ އިތުރުން އެ މަރުކަޒުގެ ގުދަނާއި އައިސީޔޫގެ ބައެއް މަސައްކަތްތައް ވެސް އެ ކުންފުންޏާއި...

ޔުމްނާ ޢަލީ
ހޯރަފުށީ ބަނދަރަށް ގޮހޮރުފަދަ ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާ ކުރަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ބަނދަރަށް ގޮހޮރުފަދަ ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާ ކުރަނީ

ހޯރަފުށީ ބަނދަރުގެ ފަޅުތެރެއަށް ގޮހޮރާއި އެނޫންވެސް ކުނިވާ ޒާތުގެ ތަކެތި އަޅާނަމަ ޖޫރިމަނާކުރާނެކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ އެބަނދަރުގެ ފަޅުތެރޭގެ ފެންގަނޑު ގަރަބުވެ ރަށުތެރެއަށާއި އެސަރަޙައްދުގައި ހުރި މުއައްސަސާތަކާއި މީހުން ދިރިއުޅޭ ގެތަކަށާއި އިޙްލާސް މިސްކިތަށް ނަމާދަށްދާ ފަރާތްތަކަށް އުނދަގޫވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންއަންނަކަމަށެވެ. މިކަމަކީ ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދުގައިވެސް މަނާކޮށްފައިވާ ކަމަކަށްވާއިރު އ...

ޔުމްނާ ޢަލީ
މިދިޔަ އަހަރު ކެލައިން ދޫކުރި ގޯތިތައް ރަޖިސްޓްރީ ނުކުރާނަމަ ބާޠިލްކުރަނީ 📍 ހއ. ކެލާ

މިދިޔަ އަހަރު ކެލައިން ދޫކުރި ގޯތިތައް ރަޖިސްޓްރީ ނުކުރާނަމަ ބާޠިލްކުރަނީ

މިދިޔަ އަހަރު ހއ. ކެލައިން ދޫކުރި ގޯތިތައް ރަޖިސްޓްރީ ނުކުރާނަމަ ބާޠިލްކުރާނެކަމަށް ކެލާ ކައުންސިލުން ބުނެފި އެވެ. ކެލާ ކައުންސިލުން މިއަދުކުރި އިޢުލާނެއްގައި ބުނެފައިވަނީ 2020 ވަނަ އަހަރު ހއ. ކެލާ އިން ދޫކުރި 68 ގޯތި ތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީ ނުކުރާ ގޯތިތައް 2021 ފެބްރުއަރީ 15 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމަށް ދަންނަވާކަމަށެވެ. އަދި މިމުއްދަތުގައި ރަޖިސްޓްރީ ނުކުރާ ބަންޑާރަ ގޯތިތައް އިތުރު އެންގުމަކާނުލާ ބާޠިލްކުރެވޭނެ ވާހަކަ އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ. ކެލާ ކައުންސި...

ޔުމްނާ ޢަލީ