މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ދިއްދޫން ދެ މީހަކު ޕޮޒިޓިވް ވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، މިފަހަރު ޕޮޒިޓިވްވި ދެ މީހުންނަކީ ހޯމް ކަރަންޓީނު ނިންމި 8 މީހެއްގެ ތެރޭން ދެ މީހެއް ކަމަށެވެ. ޕޮޒިޓިވްވީ ދެ ދިވެހީންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން […]

ޔުމްނާ ޢަލީ
ބާރަށުން އިތުރު 4 މީހުން ޕޮސިޓިވް ވެއްޖެ 📍 ހއ. ބާރަށް

ބާރަށުން އިތުރު 4 މީހުން ޕޮސިޓިވް ވެއްޖެ

ހއ. ބާރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއިސީދާ ބައްދަލުވި މީހުންގެ ގޮތުގައި ނެގި 6 މީހުންގެ ތެރެއިން 4 މީހުން ޕްސިޓިވް ވެއްޖެ އެވެ. ހއ. އަތޮޅު ހޮސްޕިޓަލުން މިކަން ވަނީ މިނޫހަށް ކަށަވަރުކޮށްދީފަ އެވެ. އަދި އިތުރަށް ބަލަން ޖެހޭކަންކަން ބެލުމަށް ހއ. ދިއްދޫއިން 4 ޓީމު އިހަވަންދޫއިން 2 ޓީމެއް ބާރަށަށް ދަތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް […]

އިބްރާހިމް އަސްވާޤް
މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި 📍 ހއ. މާރަންދޫ

މާރަންދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ހަވާލުކުރި ދުވަހު ބޭނުންވާ ސާމާނު ރަށަށް ގެނެސްފި

ހއ. މާރަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެންގޮސް މަސައްކަތް ފަށައިފި އެވެ. މާރަންދޫގެ ސިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެގެ ވަގުތެއްގައެވެ. މި މަސައްކަތަށް ބޭނެންވާ ސާމާނު އެރަށަށް ގެންގޮސް މަސައްކަތް ފަށާފައި ވަނީ ވެސް އިއްޔެގެ ވަގުތެއްގަ އެވެ. އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެނެވުނު ބަދަލާއެކު ކައުން...

Thiladhun
ބާރަށުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހަ މީހުން! 📍 ހއ. ބާރަށް

ބާރަށުން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި ހަ މީހުން!

ހއ. ބާރަށުގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި 9 މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެމީހުންނާއިސީދާ ބައްދަލުވި މީހުންގެ ގޮތުގައި 6 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ. އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ. ބާރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި އުމުރުން 7...

ޝިއުނާ އާދަމް
ބާރަށް މޮނިޓަރިންގައި، މިލަންދޫން މޮނިޓަރިން އުވާލައިފި 📍 ހއ. ބާރަށް

ބާރަށް މޮނިޓަރިންގައި، މިލަންދޫން މޮނިޓަރިން އުވާލައިފި

ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު އެއްފަހަރާ ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޕޮޒިޓިވް ކޭހަކާއި ގުޅިގެން މޮނިޓަރިންނަށްލީ ށ. މިލަންދޫން މޮނިޓަރިން އުވާލައިފިއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ. ރޭ ވެސް އެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ. އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން [...

ޔުމްނާ ޢަލީ
ދިއްދޫ ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް އެހީތެރިވެދެއްވާ! 📍 ހއ. ދިއްދޫ

ދިއްދޫ ފަޟީލްގެ ކިޑްނީ ބަދަލު ކުރުމަށް އެހީތެރިވެދެއްވާ!

އެއީ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހެވެ. ހއ.ދިއްދޫ، ފެހިފަތްގޭ މުހައްމަދު ފަޟީލް ވަޒީފާ އަދާކުރަމުން ދިޔައީ މީރު އައިލެންޑް ރިސޯޓުގައެވެ. ޒުވާން އުމުރުގެ ހަކަތައާއި އެކު ހެލިފެލިވެ ވަޒީފާގައި އުޅެމުން ދިޔައީ ފުރިހަމަ ސިއްހަތުގައެވެ. އެއްވެސް ބަލިމަޑުކަމެއްގެ އިހުސާސެއް ނެތިއެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި ހީކަރުވައި ގައިގެ ވަރުދެރަވެ ކާތަކެތީގައި ރަހަނުލުން ފަދަ ކަންކަން ފާހަގަވާން ފެށިއެވެ. މި ކަންކަމާއި ގުޅިގެންފަޒީލް ޑޮކްޓަރަށް ދެއްކިއެވެ. ގިނަ ޓެސްޓުތަކެއް ހެދުނެވެ. ޓެސް...

އިބްރާހިމް ޚަލީލް
ބާރަށުން އެއްފަހަރާ 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުން އެއްފަހަރާ 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މީހުންގެ ސާމްޕަލް ނެގީ އިއްޔެ ހެނދުނުއެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. މިއީ އެއްކޮށް ކަރަންޓީނުގައި ތިބި ނުވަ މީހުންނެވެ. އެ ނުވަ […]

ޔުމްނާ ޢަލީ
މޮޅަދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި 📍 ހއ. މޮޅަދޫ

މޮޅަދޫގައި ފެނާއި ނަރުދަމާ ގާއިމުކުރަން ހަވާލުކޮށްފި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ހއ. މޮޅަދޫގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށް ފައި ވަނީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ. މޮޅަދޫގެ އިތުރުން  ލ. މުންޑޫ އަދި މ. ވޭވަށުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް ވެސް ޕްލޭނިން މިނިސްޓްރީއިން އެ ކުންފުންޏާ މިއަދު ހަވާލުކުރިއެވެ. ތިން ރަށުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ޖުމްލަ 104،088،337 ރުފިޔާގެ […]

ޖަލްވާން ޖާދުﷲ
ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ބީލަމަށް ހުޅުވާލައިފި 📍 ހއ. ކެލާ

ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ބީލަމަށް ހުޅުވާލައިފި

ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލައި މިއަދު ކެލާ ކައުންސިލުން ކުރި ޢިއުލާންގައި ވަނީ އެ ބިންތަކުގައި ގެސްޓް ހައުސް، ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން، ކެލާ ކައުންސިލުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާން ދައުވަތު ދީފައެވެ. އެ ސެޝަން އޮންނާނީ އަންނަ މާރިޗް މަހުގެ 11 ވަނަ ދުވަހުގެ 13:00 ގައެވެ. […]

ޔުމްނާ ޢަލީ
ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ 📍 ހއ. ތުރާކުނު

ތިލަދުންމަތީ ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ތުރާކުނު އަދި ނެއްލައިދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ހއ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ތުރާކުނު ކައުންސިލް އަދި ހދ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ހދ. ނެއްލައިދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

އަލީ އާދިލް
ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2019: އަތޮޅުތަކުން އެންމެ ފުލަށް ހދ. އަތޮޅު ކައުންސިލް

ކައުންސިލްސް ޕާފޯމަންސް އިންޑެކްސް 2019: އަތޮޅުތަކުން އެންމެ ފުލަށް ހދ. އަތޮޅު ކައުންސިލް

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން އަތޮޅުތަކުގެ ބައިން އެންމެ ދަށް އިންޑެކްސް އެއް ހޯދި ކައުންސިލްއަކަށް ހދ. އަތޮޅު ކައުންސިލް ވެއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. މިގޮތުން ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ ނަތީޖާއިން އެއްވަ...

އަލީ އާދިލް
ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖްގެ ކިޔެވުން އަންނަ އަހަރު ފެށޭނެ: މިނިސްޓަރު

ދިއްދޫގައި ގާއިމުކުރާ ޖޫނިއަރ ކޮލެޖްގެ ކިޔެވުން އަންނަ އަހަރު ފެށޭނެ: މިނިސްޓަރު

މިއަހަރުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމު ކުރުމުގެ މަޝްރޫޢުގެ މަސައްކަތްނިމި، އެ ކޮލެޖްގެ ފުރަތަމަ ބެޗްގެ ދަރިވަރުން ކިޔަވުން އަންނަ އަހަރު ފެށޭނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ދިއްދޫގައި މަތީ ތަޢުލީމު ފުޅާކުރުމަށް، 2021 ވަނަ އަހަރުގެ ދައުލަތުގެ ޕީއެސްއައިޕީގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދިއްދޫ ޖޫނިއަރ ކޮލެޖްގެ ކަންކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް އެންމެ ފަހުގެ [...

އަލީ އާދިލް
ނޭކުރެންދޫއާއި މުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަނީ 📍 ހއ. މުރައިދޫ

ނޭކުރެންދޫއާއި މުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަނީ

ހދ. ނޭކުރެންދޫ އަދި ހއ. މުރައިދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނޭ ފަރާތެއް ހޯދަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޢިއުލާން ކޮށްފިއެވެ. މިގޮތުން ޔޫތު މިނިސްޓްރީއިން މިއަދު ކުރި ޢިއުލާންގައި ވަނީ އެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. ނޭކުރެންދޫ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚަކީ އަންނަ މާރިޗް މަހުގެ 9ވާ އަންގާރަ ދުވަހުގެ […]

ޖަލްވާން ޖާދުﷲ
ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި 📍 ހއ. ކެލާ

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާންކޮށްފި

ހއ. ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ޤާއިމް ކޮށްދޭނެ ފަރާތެއް ހޯދަން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ޢިއުލާން ކޮށްފިއެވެ. މިގޮތުން ޔޫތު މިނިސްޓްރީއިން މިއަދު ކުރި ޢިއުލާންގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލާން ހުޅުވާލާފަ އެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚަކީ އަންނަ މާރިޗް މަހުގެ 9ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އެވެ. އަންދާސީ ހިސާބު ހުށަހަޅަން ދާން […]

ޝިއުނާ އާދަމް
ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް! 📍 ހއ. ކެލާ

ފަތާ ޓްރެކްއާއިއެކު އިބްރޭގެ ޝުކުރު ޗައިނާއަށް!

ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް ރާވާ ނިންމާލެވުމާއެކު، ރައްޔިތުންގެ މަޖިލިސްގައި ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ޗައިނާއަށް ޝުކުރު އަދާކޮށްފިއެވެ. ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފައިވަނީ ހުސްވި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. މިހާރު އެ ޓްރެކް ވަނީ ރާވައި، ކެލާގެ ޒުވާނުންނަށް ބޭނުން ކުރެވޭ ގޮތް ހަދާފަ އެވެ. މިކަންފާހަގަކޮށް އިބްރޭ ކުރެއްވި ޓްވީޓެއްގައި ވަނީ […]

ޔުމްނާ ޢަލީ