މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ހުސޭނުބޭގެ މަރު: އުމުރު ދުވަހުގެ ޖަލު ހުކުމަކުން 15 އަހަރަށް ކުޑަކޮށްފި 📍 ހއ. ހޯރަފުށި

ހުސޭނުބޭގެ މަރު: އުމުރު ދުވަހުގެ ޖަލު ހުކުމަކުން 15 އަހަރަށް ކުޑަކޮށްފި

ހއ. ހޯރަފުށީގައި ރަހީނުކޮށް، މަރާލި ހުސައިން މުހައްމަދު މަނިކު (ހުސޭނުބެ) ގެ މަރުގެ މައްސަލާގައި ޖަލަށްލި އޭނާއަށް ބޮޑުބޭބެ ކިޔާ މުހައްމަދު ލަތީފް އަދަބު 15 އަހަރުގެ ޖަލު ހުކުމަކަށް ހައި ކޯޓުން ކުޑަކޮށްފި އެވެ. 2010 ވަނަ އަހަރު ހުސޭނުބޭގެ ގެއިން ވައްކަން ކުރުމަށްޓަކައި އޭނާ ރަހީނުކޮށްގެން ގެންގުޅެނިކޮށް މަރުވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް 2016 ގައި އިއްވީ އޭނާއަށް ބޮޑުބޭބެ ކިޔާ އެރަށު ޅޮހީގެ، […]

އަލީ އާދިލް
ބާރަށުގެ ޢަދަދުމައްޗަށް، އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުގެ ޢަދަދުމައްޗަށް، އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު 2 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު 2 މީހަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 33 އަށް އަރާފައެވެ. ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށުން އިތުރު 2 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ މިއަދު ކަމަށެވެ. ”ބައްޔަށް ޝައްކުވެގެން އިއްޔެ ނެގުނު 4 މީހެއްގެ ސާމްޕަލްގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައި” ޢަލީ […]

ޙުސައިން ޝަހުދީ
މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް 📍 ހއ. ބާރަށް

މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. ބާރަށަށް، ރައްޔިތުންގެ މަޖިލިސްގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ފޭސް މާސްކާއި، ސެނިޓެއިޒަރ ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު ވަނީ 13،750 ފޭސް މާސްކާއި، 360 ފުޅި ހޭންޑް ސެނިޓެއިޒަރ ބާރަށަށް ހަދިޔާ ކުރަށްވާފަ އެވެ. https://twitter.com/NannaSoru/status/1368845909153447938?s=19 މެންބަރު އަޙްމަދުގެ އެހީތެރިކަން ބާރަށަށް ފޯރުކޮށްދިން އިރު، އަވަށްޓެރި މުރައިދޫން ވެސް ވަނީ ދެ ދުވަސް މަތީން...

ޝިއުނާ އާދަމް
ބާރަށަށް އިތުރު ހާސްކަން، ޕޮޒިޓިވްވި ޢަދަދު 31 އަށް! 📍 ހއ. ބާރަށް

ބާރަށަށް އިތުރު ހާސްކަން، ޕޮޒިޓިވްވި ޢަދަދު 31 އަށް!

ހއ. ބާރަށުން އިތުރު 6 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން އިތުރު ބަޔަކު ޕޮޒިޓިވްވުމާއެކު، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 31 އަށް އަރާފައެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 6 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. ”އިތުރު 6 މީހެއް ޕޮޒިޓިވްވިކަން ވަނީ އަންގާފައި، އަދި ވެސް ނަތީޖާ ނުލިބޭ ސާމްޕަލް އެބަހުރި” ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވިއެވެ. […]

ޙުސައިން ޝަހުދީ
ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު! 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓުން 45 ވަޒީފާގެ ފުރުޞަތު!

ހއ. ހޯރަފުށީ އެއާޕޯޓުގެ އެކި ދާއިރާތަކުން ގިނަ ވަޒީފާތަކެއް ޢިއުލާން ކޮށްފިއެވެ. މި ގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީ)އިން މިއަދު ކުރި ޢިއުލާނެއްގައި ވަނީ އެ އާޕޯޓުން 45 ވަޒީފާގެ ފުރުޞަތު ހުޅުވާލާފައެވެ. ހޯރަފުށީ އެއާޕޯޓުން ޢިއުލާންކޮށްފައިވާ ވަޒީފާތައް ފަޔަރ އޮފިސަރ (1) ސަބް އޮފިސަރ (1) ލީޑިން ފަޔަރ މޭން (1) ޖޫނިއަރ އެއާޕޯޓް ފަޔަރ ފައިޓަރ (2) އެއާޕޯޓް ފަޔަރ ފައިޓަރ ޓްރެއިނީ (4) އީއެމްޓީ ފަޔަރ ފައިޓަރ ޓްރޭނީ (2) […]

ޔުމްނާ ޢަލީ
މުރައިދޫން މިފަހަރު ބާރަށަށް ފޮނުވީ ކާޑާއި ނޫޑްލުސް 📍 ހއ. ބާރަށް

މުރައިދޫން މިފަހަރު ބާރަށަށް ފޮނުވީ ކާޑާއި ނޫޑްލުސް

ހއ. ބާރަށުން ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން މާރިޗް 2 ވަނަ ދުވަހުން ފެށިގެން އެރަށަށް ފުރަބަންދުގެ ހާލަތުގައި އޮތްއިރު، އަވަށްޓެރި މުރައިދޫގެ ރައްޔިތުންގެ ހިތުގައި ބާރަށުގެ އަޚުންނާއި އުޚުތުންނާމެދު އޮތް ލޯތްބާއި، ކުލުނު އަނެއްކާ ވެސް ދައްކާލައިފިއެވެ. މިގޮތުން މުރައިދޫ ރައްޔިތުންގެ ފަރާތުން އިއްޔެ ބާރަށު ރައްޔިތުންނަށް ވަނީ 28 ބަސްތާ ކާޑާއި އަދި 20 ކޭސް ނޫޑްލްސް ނޫޑްލުސް ހަދިޔާކޮށްފައެވެ. މިވަގުތު ބާރަށުގައި މީހުން އުޅޭ ގޭބިސީތަކުގެ ނިސްބަތުން 28 ބަސްތާ ކާޑުން، ކޮންމެ ގޭ […]

ޙުސައިން ޝަހުދީ
މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފި

ހއ. ދިއްދޫގެ މަދަނީ ޖަމިއްޔާއެއް ކަމަށްވާ، މިޑްލް ސްޕޯޓްސް ކްލަބުގެ ފުރަތަމަ ޤުރުއާން މުބާރާތް ފަށައިފިއެވެ. 3 ދަންފަޅި އަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ކިޔެވުން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި މުބާރާތުގައި 11 އުމުރު ފުރާއަކުން ޖުމްލަ 354 ކުދިން ވަނީ ބައިވެރިވެފަ އެވެ. އެ އުމުރުފުރާ ތަކަކީ، ނާސަރީ/ބޭބީ ނާސަރީ، އެލްކޭޖީ، ޔޫކޭޖީ، 7 އަހަރުން ދަށް، 9 އަހަރުން ދަށް، 11 އަހަރުން ދަށް، 13 […]

ޙުސައިން ޝަހުދީ
ކެލައަކީ ތިލަދުންމަތީގެ ރަންބިސް އަޅާ "ކުކުޅު ހާއްޔަކަށް" ހަދާނަން: ޙުސައިން ޙަމީދު 📍 ހއ. ކެލާ

ކެލައަކީ ތިލަދުންމަތީގެ ރަންބިސް އަޅާ "ކުކުޅު ހާއްޔަކަށް" ހަދާނަން: ޙުސައިން ޙަމީދު

ހއ. ކެލައަކީ ތިލަދުންމަތީގެ ރަންބިސް އަޅާ ކުކުޅު ހާއްޔަކަށް ހަދާނެކަމުގައި ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ޙުސައިން ޙަމީދު ވިދާޅުވެއްޖެ އެވެ. ޙުސައިން ޙަމީދު މިހެން ވިދާޅުވީ ކެލާގައި ރޭ ބޭއްވުނު އެ.މް.ޑީ.ޕީގެ “ތަރައްޤީ އަށް ޖަންޕެއް” މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކެލާ ކައުންސިލްގެ ރައީސްކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޙުސައިން ޙަމީދު ވިދާޅުވިގޮތުގައި ކެލައަށް މި ދޫކޮށްލަނީ ރަންބިސް އަޅާ 12 ކުކުޅާއި 2 ހާ ކަމަށެވެ. މިއީ ޓުވަރިޒަމަށް ހުޅުވިގެންދާ ދޮރުތަކެއްކަމަށާއި ކެލާގެ ރައ...

އަލީ އާދިލް
ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް 📍 ހއ. ބާރަށް

ބާރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް

ހއ. ބާރަށުން އިތުރ 3 މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ބާރަށުން ނެގުނު ސާމްޕަލްތަކުގެ ތެރެއިން އިތުރު 3 މީހެއްގެ ސާމްޕަލެއް ޕޮޒިޓިވްވެފައިވާކަން ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އެންމެ ފަހުން މާލެ ފޮނުވުނު ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެއެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން […]

ޙުސައިން ޝަހުދީ
ދިއްދޫން އެދުމުން މިއަހަރު ކޮންމެހެންވެސް ''އަމާންވެށި'' ގާއިމުކޮށްދޭން ބޭނުންވި: މިނިސްޓަރު 📍 ހއ. ދިއްދޫ

ދިއްދޫން އެދުމުން މިއަހަރު ކޮންމެހެންވެސް ''އަމާންވެށި'' ގާއިމުކޮށްދޭން ބޭނުންވި: މިނިސްޓަރު

ހއ. ދިއްދޫގައި ”އަމާންވެށި” ގާއިމުކޮށް، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންބަލައި ބޮޑުކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭން ދިއްދޫ ކައުންސިލުން މިދިޔަ އަހަރު އެދުމުން، މިއަހަރު ކޮންމެހެންވެސް އެކަން ކޮށްދިނުމަށް ބޭނުންފުޅުވިކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ، ޖެންޑާ މިނިސްޓްރީއިން ދިއްދޫގައި ގާއިމުކުރި ”ހއ. އަމާންވެށި” ހުޅުވުމަށް މިއަދު އެރަށަށް ވަޑައިގެން، އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި...

ޝިއުނާ އާދަމް
ހއ. އަމާންވެށި ހުޅުވައިފި 📍 ހއ. ދިއްދޫ

ހއ. އަމާންވެށި ހުޅުވައިފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ހއ. އަތޮޅުގައި ގާއިމުކުރި ”ހއ. އަމާންވެށި” ހުޅުވައިފިއެވެ. މި އަމާންވެށި ހުޅުވީ، މިއަދު ހއ. އަތޮޅުގެ ވެރިކަންކުރާ ރަށް، ހއ. ދިއްދޫގައެވެ. ދިއްދޫގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތެއްގައި، މިތަން ހުޅުއްވައި ދެއްވީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. މި އަމާންވެށި ހިންގަމުން ދާނީ، ދިއްދޫގައި ހުންނަ ޖެންޑަރ މިނިސްޓްރީގެ، ހއ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ދަށުންނެވެ. […]

ޔުމްނާ ޢަލީ
ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް! 📍 ހއ. ބާރަށް

ބާރަށުން ނެގި ސާމްޕަލްތަކުގެ އަދަދު 216 އަށް!

ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އެރަށުން ރޭގެ ނިޔަލަށް 216 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރެއްވި ގޮތުގައި، ކޯވިޑަށް ޓެސްޓް ކުރުމަށް ރޭގެ ނިޔަލަށް އެރަށުން ވަނީ 216 މީހެއްގެ ސާމްޕަލް ނަގާފައެވެ. ބާރަށުގައި އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އެރަށުތެރެއިން އިތުރު މީހުން ބައްދަލުވެފައި ވުމުން، ޑައިރެކްޓް ކޮންޓެކްޓުންގެ […]

ޙުސައިން ޝަހުދީ
ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ 📍 ހއ. ބާރަށް

ބާރަށުން އިތުރު 9 މީހުން ޕޮޒިޓިވްވެއްޖެ

ހއ. ބާރަށުން އިތުރު 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ އިއްޔެ ބާރަށުން ނެގި 158 ސާމްޕަލްގެ ތެރެއިން މިހާތަނަށް 9 މީހެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 22 އަށް އެރީއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން […]

ޙުސައިން ޝަހުދީ
މުރައިދޫ އޮތީ އެންމެ ގާތްއެކުވެރިޔާ ބާރަށާއެކުގައި 📍 ހއ. ބާރަށް

މުރައިދޫ އޮތީ އެންމެ ގާތްއެކުވެރިޔާ ބާރަށާއެކުގައި

ހއ. ބާރަށުން މިހާތަނަށް 22 މީހަކު ކޯވިޑް-19އަސޤ ޕޮޒިޓިވްވެ، ރައްޔިތުން ހާސްކަންމަތީ ތިބި ދަނޑިވަޅުގައި އަވަށްޓެރި މުރައިދޫ ރައްޔިތުންގެ ފަރާތުން، ބާރަށު ރައްޔިތުންނަށް ހިތްވަރުދީ އެހީތެރިވުމުގެ ގޮތުން ރޯ މަސް ހަދިޔާ ކޮށްފިއެވެ. ބާރަށުން ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ބައްދަލުވެފައި ވުމުން ޖެހިގެންއައި ދުވަހު 6 މީހެއްގެ ސާމްޕަލް ނެގިއެވެ. އޭގެ ތެރެއިން 4 ސާމްޕަލެއް ވަނީ […]

ޙުސައިން ޝަހުދީ
ކެލާއާއި، ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއުތައް ހަވާލުކޮށްފި 📍 ހދ. ވައިކަރަދޫ

ކެލާއާއި، ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއުތައް ހަވާލުކޮށްފި

ހއ. ކެލާ އަދި ހދ. ވައިކަރަދޫ މަސްމާރުކޭޓް އެޅުމުގެ މަޝްރޫއު، އެ ދެރަށު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެ ދެ ރަށުގެ އިތުރުން ބ. ފުޅަދޫ ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫއު ވެސް ވަނީ އެރަށު ކައުންސިލްއާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި ތިން ރަށުގެ ކައުންސިލާއި އެ މަޝްރޫޢުތައް ހަވާލުކުރުމުގެ އެއްބަސް ވުމުގައި ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އާއި އެ ތިން ރަށުގެ ކައުންސިލާއެކު ސޮއިކޮށްފައި ވަނީ އިއްޔެއެ...

ޝިއުނާ އާދަމް