މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ހއ އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގަނީ 📍 ހއ. ބާރަށް

ހއ އަތޮޅުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގަނީ

ހއ. ފިއްލަދޫ އާއި ހއ. ވަށަފަރު ފަޅުތެރެއިން މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ލައްގާތީ ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ. ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް “ތިލަދުން” އަށް މަޢުލޫމާތުދެމުން ބުނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވަނީ މިއަދު 11 ޖަހާކަންހާއިރު މަހަށް ގޮސް އެންބުރި އެރަށަށް އައި ދޯންޏަކަށްކަމަށެވެ. އަދި އެތަކެތި ބަންދުކޮށްފައި ހުރި 50 ޕެކެޓް އެރަށުން ފެނިފައިވާކަމަށާއި ޕެކެޓެއްގައި 1 ކިލޯ ހުރިކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. ހއ. ވަށަފަރު ކައުންސިލްގެ ރައީސް މ...

އަލީ އާދިލް
އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް 📍 ހއ. އުތީމު

އުތީމު އާދަމްބެ: ހިތަށް ނަލަ، ދުލަށް ފަހި ވަޒަންތަކުން ހައްދަވާ ފުރިހަމަ ޅެންވެރިކަމެއް

ދުނިޔޭގެ ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި މި ގެނެސްދެނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން 2016 އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު އަދި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން؛ ޅެންހެދުމުގެ ރޮނގުން 2004 ވަނަ އަހަރު ޢާންމުޚިދުމަތުގެ އިނާމު ހާސިލްކުރައްވާފައިވާ ތިލަދުންމަތީގެ ފަޙްރުވެރި ދަރިއެއްގެ ވާހަކަ އެވެ. ހއ. އުތީމު، އަލިމަސްގެ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން ގެ ވާހަކަ އެވެ. އުތީމު އާދަމް ޢަބްދުއްރަޙްމާނަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. އަދީބެކެވެ. ކުޅަދާނަ ވާހަކަދެއްކުނ...

ތިލަދުން
ކެލާ މަސްމާރުކޭޓްގެ ބިންގާ އަޅައިފި 📍 ހއ. ކެލާ

ކެލާ މަސްމާރުކޭޓްގެ ބިންގާ އަޅައިފި

ހއ. ކެލާގައި ގާއިމުކުރާ މަސްމާރުކޭޓުގެ ބިންގާ އަޅައިފިއެވެ. އިއްޔެ ހަވީރު 17:00 ގައި އެރަށުގައި ބޭއްވި ކެލާ މަސްމާރުކޭޓް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފްއާއި، ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާންއާއި، ކައުންސިލް މެންބަރު މިޒްނާ ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި މިހާރު ހަވާލުކޮށްފައިވާއިރު، މި މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުއެވ...

ޔުމްނާ ޢަލީ
ހއ. އަމާންވެށިން އިތުރު ޕޮޒިޓިވްވި ކޭހެއް، އަދަދު 16 އަށް! 📍 ހއ. ދިއްދޫ

ހއ. އަމާންވެށިން އިތުރު ޕޮޒިޓިވްވި ކޭހެއް، އަދަދު 16 އަށް!

ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް އިތުރު މީހަކު ޕޮޒިޓިވްވެ ވެއްޖެއެވެ. އެހެންކަމުން އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 5 މީހަކު މިހާތަނަށް މިވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން އިތުރު މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެއީ އެތަނުގައި ކުދިން ބަލަހައްޓާ މީހެއްކަމަށް ވެސް އޭނާ […]

ޙުސައިން ޝަހުދީ
ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް! 📍 ހއ. ހޯރަފުށި

ހޯރަފުށީ މަސްވެރިންނަށް ހާއްސަ ކެފޭއެއް!

ހއ. ހޯރަފުށީގައި ގާއިމުކުރާ އައިސްޕްލާންޓާއި އިންވެގެން އެރަށުގެ މަސްވެރިންނަށް ހާއްސަކޮށްގެން ކެފޭއެއް ހެދުމުގެ މަސައްކަތް ކުރަށްވާނެ ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ އެޅުމަށް ރޭ އެރަށުގެ ބަނދަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އެ އައިސްޕްލާންޓަކީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)އާއި، ޗަމްޕާ ބްރަދާސްގެ ހެޔޮއެދުން ތަކާއެކު ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި އޭނާ ދެއްކެވި ވާ...

ޔުމްނާ ޢަލީ
ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އައިސްޕްލާންޓްގެ ބިންގާ އަޅައިފި

ހއ. ހޯރަފުށީގައި ޤާއިމުކުރާ އައިސްޕްލާންޓްގެ ބިންގާ ރޭ އަޅައިފިއެވެ. އެކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ ހޯރަފުށީ ބަނދަރު ސަރަހައްދުގައި ގައެވެ. މި ރަސްމިއްޔާތުގައި އައިސްޕްލާންޓްގެ ބިންގާ އަޅުއްވާދެއްވީ މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީއާއި ހޯރަފުށީ ކެޔޮޅުންނެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯއާއި، ހޯރަފުށީ ކައުންސިލާއި، އެރަށުގެ ކެޔޮޅުންނާއ، މަސްވެރިންނާއި ބައިވެރިވެފައިވާއިރު، އެރަސްމިއްޔާތުގައި ވަނީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވެސް އޮންލައިންކޮށް ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފ...

ޙުސައިން ޝަހުދީ
އެސް.ޓީ.އޯ އާއި އިތުރު ކުންފުނިތަކެއްގެ އެހީ ބާރަށައް! 📍 ހއ. ބާރަށް

އެސް.ޓީ.އޯ އާއި އިތުރު ކުންފުނިތަކެއްގެ އެހީ ބާރަށައް!

ކޯވިޑް19ގެ ކޭސްތަކެއް ހއ. ބާރަށުން ފެނުމާއި ގުޅިގެން އެރަށް ދިމާވި ދަތި ދަނޑިވަޅުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ. (އެސް.ޓީ.އޯ) އާއި އިތުރު ކުންފުނި ތަކަކުން އެރަށަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ. އެގޮތުން އެސް.ޓީ.އޯ ގެ ސީއެސްއާރގެ ދަށުން ބާރަށު ރައްޔިތުންނަށް ވަނީ، 100 ބަސްތާ ހަނޑޫ، 100 ބަސްތާ ގޮދަން ފުއް، 100 ބަސްތާ ހަކުރު، 18 ލީޓަރުގެ 50 ކައްކާ ތެޔޮ ހަން ހަދިޔާކޮށްފަ އެވެ. އެސްޓީއޯގެ އިތުރުން ބާރަށު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ، […]

އިބްރާހިމް އަސްވާޤް
މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި 📍 ހއ. މާރަންދޫ

މާރަންދޫއާއި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅައިފި

ހއ. މާރަންދޫއާއި، އެ އަތޮޅު ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ. މާރަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ. އެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަކީ ހިޔާ މޯލްޑިވްސް ޕްރެއިވެޓް ލިމިޓެޑާއެވެ.180 ދުވަސް ތެރޭ ނިންމަން ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ3،134،640.67 ރުފިޔާއެވެ. ފެނަކައިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައިލައްވައި، ހައްލު...

ޔުމްނާ ޢަލީ
ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ބާރަށް

ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް ކޭސްތަކަކާއި ގުޅިގެން، ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެވުނުތާ 17 ދުވަސް ފަހުން އެރަށް އެ ހާލަތުން ނަގައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ މިރޭ އިރުއޮއްސި 18:17 ގައެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ […]

ޙުސައިން ޝަހުދީ
ޖެންޑާ މިނިސްޓްރީގެ ކެއާ ޕެކޭޖު، ބާރަށުގެ 61 ގޭބިސީއަކަށް 📍 ހއ. ބާރަށް

ޖެންޑާ މިނިސްޓްރީގެ ކެއާ ޕެކޭޖު، ބާރަށުގެ 61 ގޭބިސީއަކަށް

މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ހއ. ބާރަށުގެ 61 ގޭބިސީއަކަށް ކެއާ ޕެކޭޖު ފޮނުވައިފިއެވެ. ކޯވިޑް-19ގެ ކޭސްތަކެއްފެނި، މިމަހުގެ 1 ވަނަ ދުވަހުގެ ރޭ މޮނިޓަރިން ހާލަތަށް ގެނެވުނު ބާރަށް އަދި ވެސް އޮތީ އެހާލަތުގައި، އަރާފޭބުން މަނާ ކޮށްފައެވެ. ބާރަށު ކައުންސިލްގެ ނައިބް ރައީސް ޢަލީ ޝަމީމް ”ތިލަދުން”އަށް ވިދާޅުވީ، ޖެންޑާ މިނިސްޓަރީގެ ފަރާތުން މިއަދު އެރަށަށް ފޮނުވި ކެއާ ޕެކޭޖްތައް ރަށަށް ލިބުމާއެކު އެ ޕެކޭޖްތަކުގެ ހައްގުވެރިންނަށް ހަވާލުކުރެވިފަ ވާކަމަށެވެ. […]

ޝިއުނާ އާދަމް
ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 15 އަށް 📍 ހއ. ދިއްދޫ

ހއ. އަމާންވެށިން ޕޮޒިޓިވްވި ޢަދަދު 15 އަށް

ހދ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް ޕޮޒިޓިވްވި ކުދިންނާއި، މީހުންގެ ޢަދަދު 15 އަށް އަރައިފިއެވެ. ހއ. އަމާންވެށީގައި ކަރަންޓީނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކު ޕޮޒިޓިވްވެފައިވާއިރު، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 4 މީހަކު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ”ތިލަދުން”އަށް ވިދާޅުވީ، ހއ. އަމާންވެށިން މިހާތަނަށް ޕޮޒިޓިވްވި ޢަދަދު 15 އަށް އަރާފައިވާ ކަމަށެވެ. ”އަމާންވެށިން ވަނީ 11 ކުއްޖަކާއި، […]

ޔުމްނާ ޢަލީ
ކެލާ މަސްމާރުކޭޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި 📍 ހއ. ކެލާ

ކެލާ މަސްމާރުކޭޓް އެޅުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހއ. ކެލާގައި މަސް މާރުކޭޓެއް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް، ޝަމާޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ކެލާ ކައުންސިލާއި އެކުންފުންޏާއި ދެމެދު ސޮއިކޮށްފައި ވަނީ އިއްޔެއެވެ. 180 ދުވަސް ތެރޭގައި ނިންމަން ޖެހޭގޮތަށް ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 2,815,320 ރުފިޔާ އެވެ. ކެލާގައި މަސް މާރުކޭޓެއް އެޅުމަށް، ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެ މަޝްރޫޢު އެރަށު ކައުންސިލާ ހަވާލުކުރީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އިދާރ...

ޔުމްނާ ޢަލީ
ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު 📍 ހއ. ހޯރަފުށި

ހޯރަފުށްޓާއި، އިހަވަންދޫ ހޮސްޕިޓަލްގެ ކަންތައްތައް މިދަނީ ގާތުން ބަލަމުން: މިނިސްޓަރު

ސަރުކާރުން ހއ. ހޯރަފުށްޓާއި، އެ އަތޮޅު އިހަވަންދޫގެ ގާއިމު ކުރަން ނިންމަވާފައިވާ ހޮސްޕިޓަލްގެ ކަންތައްތައް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައި ވަޒީރާ ސުވާލު ކުރެއްވުމުގެ ވަގުތުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (ސައްލެ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ހޯރަފުށީގައި ހޮސްޕިޓަލެއް ގާއިމުކޮށް ދިނުން...

ޔުމްނާ ޢަލީ
ކޯވިޑް19: ބާރަށުން 13 މީހުން ރަނގަޅުވެއްޖެ 📍 ހއ. ބާރަށް

ކޯވިޑް19: ބާރަށުން 13 މީހުން ރަނގަޅުވެއްޖެ

ބާރަށުން ކޯވިޑް19 އަށް ޕޮޒިޓިވްވި 36 މީހުންގެ ތެރެއިން 13 މީހުން ބަލިން ރަނގަޅުވެއްޖެ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ހާމަކުރައްވާފައިވާ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 23 މީހުންނެވެ. ބާރަށުން އެކުގައި ހޯމް ކަރަންޓީން ފުރިހަމަ ކުރި 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މި މަހުގެ 1 ވަނަ ދުވަހުގެ ރެއެވެ. އަދި އެމީހުންނާއި އިތުރު މީހުން ރަށުތެރެއިން ބައްދަލުވެފައި ވުމުން، މާރިޗް 2 […]

އިބްރާހިމް އަސްވާޤް
އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ބާރަށް

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކް ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއު ތަކަކެވެ. މިއަދު ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 4 ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އިންޑިއަން ހައި...

އަލީ އާދިލް