މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ދިއްދޫން އިތުރުބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް އަރައިފި 📍 ހއ. ދިއްދޫ

ދިއްދޫން އިތުރުބަޔަކު ޕޮޒިޓިވްވެ، އެކްޓިވް ކޭސްތަކުގެ އަދަދު 50އަށް އަރައިފި

ހއ. ދިއްދޫއިން އިތުރު ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުގެ އެކްޓިވް ކޭސްތަކުގެ އަަދަދު 50 އަށް އަރައިފިއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު ދިއްދޫން އިއްޔެ ވަނީ އަލަށް 10 މީހަކަށް ކޯވީޑް ބަލިޖެހިފަ އެވެ. މިގޮތުން އިއްޔެ ހަވީރު 17:20ގައި އެ ހޮސްޕިޓަލުން ހާމަކުރެއްވި މައުލޫމާތުގައި އަލަށް 5 މީހަކު އެރަށުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރޭ 23:15ގައި އާންމު ކުރެއްވި މައުލޫމާތުގައި ވެސް އަލަށް 5 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. […]

ޔުމްނާ ޢަލީ
މުރައިދޫން އަނެއްކާވެސް އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. މުރައިދޫ

މުރައިދޫން އަނެއްކާވެސް އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. މުރައިދޫއިން އަނެއްކާ ވެސް އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މެއި 20 ވަނަ ދުވަހު ވެސް އެރަށުން ވަނީ 6 މީހަކު ޕޮޒިޓިވްވެފައެވެ. މިއާއިއެކު މުރައިދޫގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 13 އަށް އަރާފަ އެވެ. އެރަށުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މެއި 18 ވަނަ ދުވަހުއެވެ. އެއީ ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެކެވެ. އެ މީހާއަކީ މިފަހުން ދަތުރެއް ވެސް ކޮށްފައިނުވާ، ޓްރެވަލް […]

ޙުސައިން ޝަހުދީ
ހޯރަފުށީ އާރްވީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ "އީދު ހޯރަ ވޮލީ ލީގް" ފޯރިއާއެކު ކުރިއަށް 📍 ހއ. ހޯރަފުށި

ހޯރަފުށީ އާރްވީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ "އީދު ހޯރަ ވޮލީ ލީގް" ފޯރިއާއެކު ކުރިއަށް

ހއ. ހޯރަފުށީ އާރްވީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކުރާ “އީދު ހޯރަ ވޮލީ ލީގް” ފޯރިއާއެކު ފެށިގެން އެރަށުގައި ކުރިއަށް އެބަގެންދެއެވެ. މިނޫހަށް މައުލޫމާތުދެއްވަމުން އާރްވީ ސްޕޯޓްސް އެކެޑަމީގެ މަސްއޫލުވެރިޔާ ހާމިދު އާދަމް ވިދާޅުވީ މިއީ އެ އެކެޑަމީން ކުރިއަށްގެންދާ ފުރަތަމަ މުބާރާތް ކަމަށާއި، ޒުވާނުންނަށް އަމާޒުކޮށްގެން ވޮލީބޯޅަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ އީދުގެ އުފަލާއެކު އެކުވެރި މާހައުލެއްގައި ކުޅިވަރު ކުޅުމަށް ފުރުސަތު ދިނުމަށްކަމަށާއި އަދި ވޮލީއިން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުއް...

ތިލަދުން
އުތުރަށް އުދަ އަރުވާލި ގަދަ ކޮޅިގަނޑާއެކު، ހޯރަފުށީ ފަޅުތެރޭ އޮންނަ "އިންނަ ފިނޮޅު" ދެބުރިވެއްޖެ 📍 ހއ. ހޯރަފުށި

އުތުރަށް އުދަ އަރުވާލި ގަދަ ކޮޅިގަނޑާއެކު، ހޯރަފުށީ ފަޅުތެރޭ އޮންނަ "އިންނަ ފިނޮޅު" ދެބުރިވެއްޖެ

މި ހިނގާ މެއި މަހުގެ މެދު ތެރޭ މުޅިރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި، އެންމެ ބޮޑު އަސަރެއް ކުރި އެއް ސަރަހައްދަކީ ރާއްޖޭގެ އެންމެ އުތުރު ބިތުގެ ރަށްތަކަށާއި، ތިލަދުންމަތީގެ ބައެއް ރަށްތަކަށެވެ. މުޅިރާއްޖެއަށްހެން ކުރި މި ވިއްސާރާގައި ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކަށް ވެސް ވަރަށް ބޮޑަށް މޫސުން ގޯސްވިއިރު، މެއި 14 ވަނަ ދުވަހަކީ ގަދަވަޔާއެކު، އުދަ އަރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން އޮރެންޖް އިންޒާރު ދިން ދުވަހެކެވެ. އެ އިންޒާރު ދީފައި އޮތީ […]

ތިލަދުން
ކުދިބޮޑު އެންމެން ނިކުމެ ހޯރަފުށި އެއަރޕޯޓް ސާފުކޮށްފި 📍 ހއ. ހޯރަފުށި

ކުދިބޮޑު އެންމެން ނިކުމެ ހޯރަފުށި އެއަރޕޯޓް ސާފުކޮށްފި

މިދިޔަ ހަފްތާގައި ރާއްޖޭއަށްކުރި ގަދަ ވިއްސާރައިގައި، ހއ. ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި އެއާޕޯޓުގެ ރަންވޭ އަށާއި ހައިވޭއަށް ޖަމާވެފައިވާ ގަލާއި ވެލި، އެރަށުގެ ރައްޔިތުންނިކުމެ ސާފުކޮށްފި އެވ. މިއަދު ކުރިއަށްދިޔަ މި ހަރަކާތާއި ގުޅޭގޮތުން ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ތިލަދުންއަށް މަޢުލޫމާތުދެމުން ވިދާޅުވީ މިހަރަކާތުގައި އެރަށުގެ 350 އަށްވުރެގިނަ މީހުން ބައިވެރިވެފައިވާކަމަށެވެ. މިކަމަށް އެރަށު ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއްލިބިފައިވާކަމަށް ވަހީދު ވިދާޅުވި އެވެ. މިމަސައްކ...

އިބްރާހިމް އަސްވާޤް
ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ކުއްވެރިކޮށް، ދިއްދޫ ކައުންސިލުން ބަޔާނެއް ނެރެފި 📍 ހއ. ދިއްދޫ

ރައީސް ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ކުއްވެރިކޮށް، ދިއްދޫ ކައުންސިލުން ބަޔާނެއް ނެރެފި

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާ ކުއްވެރިކޮށް، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއިން ނޫސް ބަޔާނެއް ނެރެފި އެވެ. މިއީ ދިއްދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ މެންބަރުން އިންތިހާބުވެ ހުވާކުރެއްވުމަށްފަހު އެކައުންސިލުން ނެރުނު ފުރަތަމަ ބަޔާނެވެ. އެކައުންސިލުން މިއަދު ނެރުނު އެބަޔާނުގައި ބުނެފައިވަނީ، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމުގެ ނިޔަތުގައި، 6 މޭ 2021 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނުގެ ގެކޮޅު ކައިރިން ކާރަށް އަރާ...

އިބްރާހިމް އަސްވާޤް
މުރައިދޫއިން އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. މުރައިދޫ

މުރައިދޫއިން އިތުރު 6 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. މުރައިދޫއިން އިތުރު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ ޢަދަދު 7 އަށް އަރައިފިއެވެ. ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވް މެއި 18 ވަނަ ދުވަހުއެވެ. ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެއްކަމަށެވެ. އަދި މީހާއަކީ މިފަހުން ދަތުރެއް ވެސް ނުކޮށް، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. މުރައިދޫ ކައުންސިލުން ހާމަކުރަށްވާފައިވާ އެރަށުގެ އެންމެފަހުގެ ކޯވިޑްގެ ހާލަތު […]

ޙުސައިން ޝަހުދީ
ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނަން އަމުރެއް ނުކުރެވޭނެ: ހައި ކޯޓް 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނަން އަމުރެއް ނުކުރެވޭނެ: ހައި ކޯޓް

ހއ. ފިއްލަދޫ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނަން އަމުރު ނުކުރެވޭނެ ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ފިއްލަދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ކާމިިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ހަސަން އެވެ. އޭނާ އެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އިރުޝާދުއާ ވާދަކޮށް އެއް ވޯޓުގެ ތަފާތުންނެވެ. ރައީސްގެ ވޯޓު އަލުން ގުނަން އަމުރުކޮށްދޭން އެދި އިރުޝާދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގަައި […]

ތިލަދުން
ދިއްދޫއިން 63 މީހަކު ބަލިން ރަނގަޅުވެ، ޕޮޒިޓިވްވި ޖުމްލަ 114 ގައި 📍 ހއ. ދިއްދޫ

ދިއްދޫއިން 63 މީހަކު ބަލިން ރަނގަޅުވެ، ޕޮޒިޓިވްވި ޖުމްލަ 114 ގައި

ހއ. ދިއްދޫއިން އިތުރު 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ ޢަދަދު 114 އަށް އަރައިފިއެވެ. އެރަށުން މިހާތަނަށް 63 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެބަލީގައި އެރަށުން އެކަކު ވަނީ ނިޔާވެފަ އެވެ. ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެމީހާ މިހާރު ބަލިން ރަނގަޅުވެފަވައެވެ. އެ ކޭހާއި ގުޅިގެން ޕޮޒިޓިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި […]

ޙުސައިން ޝަހުދީ
ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވެ މުރައިދޫ މޮނިޓަރިން ހާލަތަށް 📍 ހއ. މުރައިދޫ

ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވެ މުރައިދޫ މޮނިޓަރިން ހާލަތަށް

ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހއ. މުރައިދޫ ސިއްހީ މަރުކަޒަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މުރައިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިއަދު ހަވީރު 16:18 އިން ފެށިގެންނެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، ޕޮޒިޓިވްވީ ބަލީގެ އަލާމާތްތައް ހުރެގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހެއްކަމަށެވެ. “ބަލީގެ އަލާމާތް ފެނިގެން ސިއްހީ މަރުކަޒަށް ދެއްކައި، ޓެސްޓް ކުރަން ސާމްޕަލް ނެގީ، މިއަދު ނ...

ޙުސައިން ޝަހުދީ
މާފަހިން ދިއްދޫއަށް މޭވާގެ ބާވަތްތައް ހަދިޔާކޮށްފި 📍 ހއ. ދިއްދޫ

މާފަހިން ދިއްދޫއަށް މޭވާގެ ބާވަތްތައް ހަދިޔާކޮށްފި

ހއ. މާފަހިން ހއ. ދިއްދޫ ކައުންސިލަށް ދޮންކޭލާއި ފަޅޯ ހަދިޔާކޮށްފިއެވެ. ހއ.ދިއްދޫގައި ކޯވިޑް-19 ފެތުރޭ ނިސްބަތް އިތުރުވެ ރަށުގެ ގިނަ އަދަދެއްގެ ގޭތަކެއްވަނީ ކަރަންޓީނުކުރެވިފައެެވެ. ޖުމްލަ 111 ފަރާތެއް ދިއްދޫއިން ޕޮޒިޓްވްވެފައިވާއިރު ކޯވިޑް ޖެހިގެން އެރަށުން މީހަކުވެސްވަނީ ނިޔާވެފައެވެ. ދިއްދޫއަށް ކުރިމަތިވެފައިވާ މިފަދަ ހައްސާސްް ދަނޑިވަޅެއްގައި ރަށުގެ އާންމު ރައްޔިތުންނާއި ޖަމިއްޔާތަކުގެ ފަރާތުން އެކިއެކި އެހީތައް ކަަރަންޓީނުކޮށްފައިވާ ގެތަކަށްދަނީ ފޯރުކޮށްދެމުންނެވެ. ހއ. މާފައްސަކީ ޞަލާހް ޝިހާ...

އައިޝަތު އިލްމާ އަދުނާން
ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް 📍 ހއ. މާރަންދޫ

ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ދެކޮޅު: މާރަންދޫ ކައުންސިލް

ފަލަސްތީނުގެ ބިމަށް ނުހައްގުންވެރިވެގަތުމަށް އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް ހއ.މާރަންދޫގެ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. މާރަންދޫ ކައުންސިލްގެ 5 މެމްބަރުން ސޮއިކޮށް ނެރެފައިވާ ބަޔާނުގައި، ފަލަސްތީނަށް އަމާޒްކޮށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްކުރުމުގެ ގޮތުން ކުރެވުންހުރި ހުރިހާ މަސައްކަތެއްކުރާނެކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ރައްކާތެރިކުރުމުގ...

އައިޝަތު އިލްމާ އަދުނާން
އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތައް އިހަވަންްދޫ ކައުންސިލުން ކުށްވެރިކޮށްފި 📍 ހއ. އިހަވަންދޫ

އިޒްރޭލުގެ ޓެރަރިސްޓް ހަމަލާތައް އިހަވަންްދޫ ކައުންސިލުން ކުށްވެރިކޮށްފި

ޒަޔަނިސްޓް އިޒްރޭލްއިން ފަލަސްތީނުގެ ކުށެއް ނެތް މުސްލިމުންނަށް ދެމުންގެންދާ ހައްދުފަހަނައެޅި ޓެރަރިސްޓް ހަމަލާތައް ކުށްވެރިކޮށް އިހަވަންދޫ ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ. އިހަވަންދޫ ކައުންސިލުގެ 7 މެމްބަރުން ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންގެ އަތުން އެމީހުން ބިންފޭރިގަތުމަށް އަނިޔާވެރިކަން ދައްކަމުންދާ އިޒްރޭލުގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިހަވަންދޫ ކައުންސިލާއި އިހަވަންދޫ ރައްޔިތުންގެ ނަމުގައި ހަރު އަޑުން ކުށްވެރިކުރާކަމަށް ބުނެ...

އައިޝަތު އިލްމާ އަދުނާން
ޕާޓީއެއް، ފިކުރެއް، ތަފާތުނުކޮށް، ޚިދުމަތްދޭނީ ތިލަފަތް ހަމަކޮށް: އިހަވަންދޫ ކައުންސިލްގެ ރައީސް 📍 ހއ. އިހަވަންދޫ

ޕާޓީއެއް، ފިކުރެއް، ތަފާތުނުކޮށް، ޚިދުމަތްދޭނީ ތިލަފަތް ހަމަކޮށް: އިހަވަންދޫ ކައުންސިލްގެ ރައީސް

އެއްވެސް މީހަކު ބާކީކޮށްލުމެއްނެތި އެންމެންގެ ހިޔާލާއި މަޝްވަރާގެ ބޭނުންހިފައި ވަކި ޕާޓީއެއް، ވަކި ފިކުރެއް، ވަކި ކުލައެއް އިސްތިސްނާ ނުވާނެހެން ތިލަފަތް ހަމަކޮށް، އެންމެނަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމުގައި ހއ. އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހުމަދު ޞަބާހް ވިދާޅުވެއްޖެވެ. ޞަބާހް މިހެން ވިދާޅުވީ، އިއްޔެ ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު ނިންމާ، އިހަވަންދޫގެ ރައްޔިތުންނާ މުހާތަބުކޮށް ފޭސްބުކް ޕޭޖް މެދުވެރިކުރައްވާ ދެއްވި ހިތާބެއްގަ އެވެ. މި ހިތާބުގައި ޞަބާހް ވިދާޅުވީ، ރ...

އައިޝަތު އިލްމާ އަދުނާން
އަމިއްލަ ފަރާތަކުން މުރައިދޫގައި ހިނަވާގެއެެއް އިމާރަތްކޮށްފި 📍 ހއ. މުރައިދޫ

އަމިއްލަ ފަރާތަކުން މުރައިދޫގައި ހިނަވާގެއެެއް އިމާރަތްކޮށްފި

އަމިއްލަ ފަރާތަކުން އިސްނަގައި ހއ. މުރައިދޫގައި ހިނަވާގެއެއް އިމާރާތްކޮށް ހއ.މުރައިދޫ ކައުންސިލާ ހަވާލުކޮށްފިއެވެ. ހއ. މުރައިދޫ ކައުންސިލްގެ ރައީސް އަސްރާރު އަބުދުﷲ ވިދާޅުވިގޮތުގައި، ހިނަވާގެ އިމާރާތްކުރުމުގެ ހުރިހާ ހަރަދެއްކޮށްފައިވަނީ ހއ. މުރައިދޫއަށް ނިސްބަތްވާ ފަރާތެކެވެ. ނަމަވެސް، އެފަރާތުގެ ނަން ހާމަނުކުރުމަށް އެދިފައިވާކަމަށް އަސްރާރު ވިދާޅުވިއެވެ. ހިނަވާގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިތާ އަށެއްކަ މަސްދުވަހުތެރޭ މަސައްކަތް ނިންމާފައިވާކަމަށް އަސްރާރު ފާހަގަކުރެެއްވިއެވެ. އަދި، ހ...

އައިޝަތު އިލްމާ އަދުނާން