މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އާރްވީ ސްޕޯޓްސް "އީދު ހޯރަ ވޮލީ ލީގް" ފައިނަލް ފުރަތަމަ ޖާގަ ޓީމް ތްރީޑީ އަށް 📍 ހއ. ހޯރަފުށި

އާރްވީ ސްޕޯޓްސް "އީދު ހޯރަ ވޮލީ ލީގް" ފައިނަލް ފުރަތަމަ ޖާގަ ޓީމް ތްރީޑީ އަށް

ހއ .ހޯރަފުށީގައި ކުރިއަށްދާ އާރްވީ ސްޕޯޓްސް އީދު ހޯރަ ވޮލީ ލީގް ފައިނަލްގެ ފުރަތަމަ ޖާގަ ޓީމް ތްރީޑީ އިން ކަށަވަރު  ކޮށްފި އެވެ. ޓީމް ތްރީޑީ އިން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ ލީގްގައި ކުޅުނު 03 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 06 ޕޮއިންޓް ހޯދައި ލީގްގެ އެއްވަނަ ޓީމްގޮތުގައެވެ. މުބާރާތުގެ ފައިނަލް 02 ވަނަ ޖާގަ ލިބޭނީ 25 ވަނަދުވަހު އޮންނަ ސެމީފައިނަލްގައި ލީގްގައި 02 ވަނަ އަށްދިޔަ ބަދަހި ސިކްސް އަދި […]

ތިލަދުން
ދިއްދޫއިން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަދައި، އެއަތޮޅުގައި ފެސިލިޓީއެއް ގާއިމުކޮށްދޭން އެދިއްޖެ 📍 ހއ. ދިއްދޫ

ދިއްދޫއިން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަދައި، އެއަތޮޅުގައި ފެސިލިޓީއެއް ގާއިމުކޮށްދޭން އެދިއްޖެ

ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ކޯވިޑަށް ޓެސްޓު ކުރެވޭގޮތް ހަމަޖައްސައިދީ، ހއ. އަތޮޅުގައި ކޯވިޑް ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު (ވައްޑޭ) އެދިވަޑައިގެންފިއެވެ. ވައްޑޭ މިހެން ވިދާޅުވީ، ރާއްޖެއާއި މާވަށު ދާއިރާގެ ކޯވިޑްގެ ހާލަތާއި ގުޅިގެން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު މިއަދު މަޖިލިސްއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަށްވަމުންނެވެ. މެންބަރު ވައްޑޭ ތަމްސީލް ކުރަށްވާ ދިއްދޫ ދާއިރާގެ ކޯވިޑްގެ ހާލަތާއި، އެ އަތޮޅުގެ ކޯވިޑް...

ތިލަދުން
އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު 📍 ހއ. އިހަވަންދޫ

އިޖުތިމާއީ ކޮމިޓީގެ މުގައްރިރަކަށް އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިހާބުކޮށްފި އެވެ. ޝިފާއު އެ މަޤާމަށް އިންތިހާބުކޮށްފައިވަނީ ކޮމިޓީގައި ވޯޓްދެއްވި 9 މެންބަރުންގެ ތެރެއިން 7 މެންބަރުންގެ ތާއީދު ލިބިވަޑައިގެންނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމަށް ކުރިމަތިލައްވަފައިވަނީ ޝިފާއުގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާނެވެ. އިޖުތިމާއީ ކޮމިޓީގެ މުގައްރިރުގެ މަޤާމުގައި ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް...

އަލީ އާދިލް
އިހަވަންދޫ އިމަގުގެ "ނަވުރުމާ" ޕްރޮގްރާމް ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުގެ "ނަވުރުމާ" ޕްރޮގްރާމް ނިންމާލައިފި

ހއ. އިހަވަންދޫ މަސްވެރިންގެ ގުޅުން، (އިމަގު)އިން މިދިޔަ ބަރަކާތްތެރި ރަމަޟާންމަހުގައި އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ “ނަވުރުމާ” ޕްރޮގްރާމް ނިންމާލައިފިއެެވެ. އިމަގުގެ ރަސްމީ ފޭސްބުކް ޕޭޖް މެދުވެރިކޮށް ނަވުރުމާގެ ފަހު އެޕިސޯޑްގެ ގުރުލުން އިއްޔެވަނީ ކުރިއަށް ގެންގޮސްފައެވެ. މި އެޕިސޯޑުގައި ފިތުރު އީދު ދުވަހަށް ހާއްސަކޮށް ހުޅުވައިލި 3 ސުވާލަށް ނުވަތަ މަސައްކަތް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ނަސިީބުވެރި 3 ފަރާތެއްވަނީ ގުރުއަތުން ނަގައިފައެވެ. ނަވުރުމާ ޕްރޮގާރާމަކީ “ގިވްއަވޭ” ޕްރޮގްރ...

އައިޝަތު އިލްމާ އަދުނާން
ލިބޭ އެންމެ ބޮޑު ހިތްވަރަކީ މުރައިދޫ ރައްޔިތުންގެ ކިޔަމަންތެރިކަން 📍 ހއ. މުރައިދޫ

ލިބޭ އެންމެ ބޮޑު ހިތްވަރަކީ މުރައިދޫ ރައްޔިތުންގެ ކިޔަމަންތެރިކަން

ހއ. މުރައިދޫ ރައްޔިތުން މިހާރު ތަޖުރިބާ ކުރަމުންދާ ކޯވިޑް-19ގެ ހާލަތުން އަރައިގަތުމަށް ލިބޭ އެންމެބޮޑު ހިތްވަރަކީ އެރަށުގެ ރައްޔިތުންގެ ކިޔަމަންތެރިކަމާއި، ދައްކާ ނަމޫނާއެވެ. އެވާހަކަތައް މިނޫހަށް ހިއްސާކޮށްދެއްވީ، މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާންއެވެ. އެވާހަކަތަކަށް ދިޔުމުގެ ކުރީން މުރައިދޫއަށް ކުރިމަތިވި ހާލަތުން ތަންކޮޅެއް ތިލަކޮށްލާނަމެވެ. މުރައިދޫ ރައްޔިތުންނަށް ސިހުމެއް މިމަހުގެ 18 ވަނަ ދުވަސް ވެގެން ދިޔައީ މުރައިދޫގެ ރައްޔިތުންނަށް ސިހުން ގެނުވި ދުވަހަކަށެވެ. އެދުވަހަކީ މިފަހުން ރ...

ޙުސައިން ޝަހުދީ
ވަށަފަރުން 2 މީހަކު، މުރައިދޫން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ 📍 ހއ. މުރައިދޫ

ވަށަފަރުން 2 މީހަކު، މުރައިދޫން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ހއ. ވަށަފަރު ހޯމް ކަރަންޓީނުގައި ތިބި ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ވަށަފަރުން މިނޫހަށް މައުލޫމާތު ހިއްސާކުރި މީހަކު ބުނީ، އެރަށު ގެއެއްގައި ހޯމް ކަރަންޓީނު ތިބި ދެ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ރޭ ވިދާޅުވެފައިވާ ކަމަށެވެ. އެ ދެމީހުންނާއި ކޮންޓެކްޓް ވެފައިވާ އެއްވެސް މީހަކު ވާނަމަ ލަސް ނުކުރަށްވާ ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރުމަށް އެރަށު ސިއްހީ މަރުކަޒުން އެދިލައްވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. މީގެއިތުރުން އެ […]

ޔުމްނާ ޢަލީ
ތިލަދުންމަތި އިހަވަންދޫ ބަނދަރު ފުންކޮށް ނިމެނީ 📍 ހއ. އިހަވަންދޫ

ތިލަދުންމަތި އިހަވަންދޫ ބަނދަރު ފުންކޮށް ނިމެނީ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ބަނދަރު ފުންކުރުމުގެ އިތުރުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 20 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ […]

އަޙްމަދު ވަހީދު
މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް 📍 ހއ. މުރައިދޫ

މެންބަރު އަޙްމަދުގެ އެހީތެރިކަން މުރައިދޫއަށް

ކޯވިޑްގެ ހާލަތުގެ ސަބަބުން ފުރަބަންދު ހާލަތުގައި އޮތް ހއ. މުރައިދޫއަށް، ރައްޔިތުންގެ މަޖިލީހުގައި އެރަށް ތަމްސީލް ކުރަށްވާ، ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބުދުﷲ ކަނޑުމަސް ހަދިޔާ ކުރަށްވައިފިއެވެ. މިގޮތުން މެންބަރު އަޙްމަދު މިއަދު ވަނީ އެރަށަށް 235 ކިލޯގެ ތާޒާ ކަނޑުމަސް ހަދިޔާ ކުރަށްވާފައެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މެންބަރު އަހްމަދު ވަރަށް ގާތުން މުރައިދޫ ރައްޔިތުންގެ ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ. “އެމްޕީ ގުޅުއްވާނެ ކޮންމެ ދުވަހަކު، ރައްޔިތުނ...

ޙުސައިން ޝަހުދީ
ވަށަފަރުގައި ހިނގާލުމަކާއި، ކުޑަކުދިންގެ ހަވީރެއް ބާއްވައި ފަލަސްތީނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް 📍 ހއ. ވަށަފަރު

ވަށަފަރުގައި ހިނގާލުމަކާއި، ކުޑަކުދިންގެ ހަވީރެއް ބާއްވައި ފަލަސްތީނަށް އެހީވުމަށް ގިނަ ހަރަކާތްތަކެއް

އިޒްރޭލްގެ ހައްދުފަހަނާއަޅާފައި އަމަލުތަކުގެ ސަބަބުން ހައްގުތައް ގެއްލި، ދަތިހާލުގައި އުޅެމުންދާ ފަލަސްތީންގެ ރައްޔިތުންނށް އެހީވުމަށްޓަކައި ހއ. ވަށަފަރުގެ ޒުވާނުން އިސްނަގައިގެން ފައިސާ ހޯދުމަށް ކުޑަކުދިންގެ ހަވީރެއް ބާއްވައި، އިތުރު އިތުރު ހަރަކާތްތަކެއް ކުރިއަށް އެބަގެންދެއެވެ. މިގޮތުން އިއްޔެ ވަށަފަަރުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވިއިރު، މިދިޔަ އަންގާރަ ދުވަހު ވަށަފަރުގައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އަޑުއުފުލައި ހިނގާލުމެއް ބާއްވާފައެވެ. މި...

އައިޝަތު އިލްމާ އަދުނާން
ކެލާ ޓޫރިސްޓް ހޮޓަލުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިންމާލައި، އީއައިއޭގެ މަސައްކަތް ފަށަނީ 📍 ހއ. ކެލާ

ކެލާ ޓޫރިސްޓް ހޮޓަލުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިންމާލައި، އީއައިއޭގެ މަސައްކަތް ފަށަނީ

ހއ. ކެލާ ތުނޑީގައި ތަރައްގީކުރާ ޓޫރިސްޓް ހޮޓަލުގެ ބިމުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިއްމާލައި، އީއައިއޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. އަލަށް އިންތިޚާބުވެ، މަސައްކަތް ފަށާފައިވާ ކެލާ ކައުންސިލުން އިއްޔެ ވަނީ ކެލާ ތުނޑީގައި ޓޫރިސްޓް ހޮޓެލެއް ތަރައްގީކޮށް ހިންގަން ހަވާލުވެފައިވާ ފެޑޯ އިންވެސްޓްމެންޓާއި ބައްދަލުކުރަށްވައި، އެ ހޮޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ފަހުގެ މައުލޫމާތު ހޯއްދަވާފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ފެޑޯގެ ފަރާތުން ވަނީ، ކެލާގައި ތަރައްގީ...

ޔުމްނާ ޢަލީ
މުރައިދޫން އިތުރު 10 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 23އަށް އަރައިފި

މުރައިދޫން އިތުރު 10 މީހަކު ޕޮޒިޓިވްވެ، ޖުމްލަ 23އަށް އަރައިފި

ހއ. މުރައިދޫން އިތުރު 10 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނާއެކު، އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 23 އަށް އިތުރުވެފައެވެ. މުރައިދޫއަށް ކޯވިޑްގެ ބިރުވެރިކަން ކުރިމަތިވެފައި މިވަނީ، ކޯވިޑް ބަލީގެ އަލާމާތްތައް ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ދެއްކި މީހަކު މިމަހުގެ 18 ވަނަ ދުވަހު ޕޮޒިޓިވްވުމުންނެވެ. އެ މީހާއަކީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. މުރައިދޫ ކައުންސިލުން ވިދާޅުވިގޮތުގައި މިހާތަނަށް އެރަށުން ކޯވިޑަށް ޓެސްޓް ކުރުމަށް 175 ސާމްޕަލެއް ނަގާފައ...

ޙުސައިން ޝަހުދީ
ދިއްދޫގައި އަޅައިފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަަށް ދަންމާލައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އަޅައިފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަަށް ދަންމާލައިފި

ހއ. ދިއްދޫގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަޅައިފައިވާ ފިޔަވަޅުތަކުގެ މުއްދަތު ހަމަވެ، ރަށުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެފައި ނުވާތީ، ފިޔަވަޅުތައް އިތުރު 1 ހަފްތާއަށް އިތުރުކުރުމަށް ހދ.ދިއްދޫ ކައުންސިލުން ނިންމައިފިއެވެ. ކާފިއުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ މެންދަމު 12:00އާއި ހަމައަށެވެ. ދިއްދޫ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު...

އައިޝަތު އިލްމާ އަދުނާން
ބާރަށު ރައްޔިތުން ފަލަސްޠީނާއެކު! ޖެޓީ ސަރަހައްދުގައި ނެގީ ފަލަސްޠީނުގެ ދިދައެއް 📍 ހއ. ބާރަށް

ބާރަށު ރައްޔިތުން ފަލަސްޠީނާއެކު! ޖެޓީ ސަރަހައްދުގައި ނެގީ ފަލަސްޠީނުގެ ދިދައެއް

ހއ.ބާރަށުގެ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ. މި ހިނގާލުމަކީ ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ހަދައި، އިޒްރޭލްގެ އަމަލުތައް ކުއްވެރި ކުރުމަށް ބާރަށު ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ. ބާރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި މިހިނގާލުން އޮތީ އިއްޔެ ހަވީރުއެވެ. މިހިނގާލުން ނިންމާލީ އެރަށު ޖެޓީ ސަރަހައްދު ކައިރިއަށެވެ. ހިނގާލުން ނިންމާލީ ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަ...

އިބްރާހިމް އަސްވާޤް
ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފި 📍 ހއ. ކެލާ

ކެލާ ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް ގާއިމުކުރަން ހަވާލުކޮށްފި

ހއ. ކެލާ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރަމެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން މި މަސައްކަތް ހަވާލުކުރީ، ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ރަފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މިި މަސައްކަތް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ޔޫތު މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފާއި، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ބައިވެރިވެ ވަޑައިގަތެވެ. މި މަސައްކަތުގެ އަގަކީ 3.8 މިލި...

ޔުމްނާ ޢަލީ
ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި 📍 ހއ. ބާރަށް

ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފި

ހއ. ބާރަށު ރައްޔިތުން، އެއަތޮޅު މުރައިދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ. ކޯވިޑް-19އާއި ގުޅިގެން މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން މުރައިދޫ އޮތީ އަރާ ފޭބުން މަނާކޮށް، އަދިވެސް މޮނިޓަރިން ހާލަތުގައެވެ. މިހާލަތުގައި ބާރަށު ރައްޔިތުން، މުރައިދޫ ރައްޔިތުންނަށް މި ފޯރުކޮށްދިން އެހީތެރިކަމާއި ގުޅިގެން ބާރަށު ކައުންސިލުން ވިދާޅުވެފައި ވަނީ، މި އެހީތެރިކަމަކީ، މުރައިދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތުގައި އޮތުމުން އެރަށުގެ ރައްޔ...

ޙުސައިން ޝަހުދީ