📍 ހއ. އުތީމު
މިސާލުބަސް (1): "އުތީމު މީހުން މުލިދޫއަށް އަރައިގެން އުޅޭހެން"
ދިވެހި ބަހުން ލިޔާ ލިޔުންތަކުގެ ފުރިހަމަކަން އިތުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބުނުންތަކެއް ހުރެއެވެ. އޭގެތެރޭގައި ހަރުބަސް، މުސްކުޅިބަސް، ބޯދާބަސް، މިސާލު، މިސާލުބަސް، މަޖާޒު އަދި މަޖާޒީ މިސާލު ފަދަ ބުނުންތައް ހިމެނެއެވެ. ތަފާތު ނަންނަމުގައި މިބަސްތައް ބޭނުން ކުރެވެމުން އައި ނަމަވެސް މި ހުރިހާ ބަސްތަކަކުން ކޮށްދެނީ އެއްކަމެއް ކަމުގައި ދެންނެވިދާނެއެވެ. އެއީ ލިޔުންތައް އިތުރަށް ފުރިހަމަކޮށް ރީތިކުރުމެވެ. ހުރިހައި މިސާލުބަސްތަކަކީ އޭގައި ހަޤީޤަތެއް އެކުލެވިގެންވާ ބުނުމެކެވެ. މިސާލުބ...