މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އިހަވަންދޫގައި ޑެންގޫ ހުން ފެތުރޭތީ ސަމާލުވާން އަންގައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ޑެންގޫ ހުން ފެތުރޭތީ ސަމާލުވާން އަންގައިފި

ހއ. އިހަވަންދޫގައި ޑެންގޫ ހުން ފެތުރެމުން ދާތީ އެކަމަށް ސަމާލުވާން އެރަށު ކައުންސިލުން އަންގައިފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އާންމުކުރި ގޮތުގައި ޑެންގޫ ހުން ފެތުރެމުންދާތީ އެކަމަށް ރައްޔިތުން ސަމާލުވުމަށް ވަނީ ދަންނަވާފައެވެ. މީގެއިތުރުން، މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި މަދިރި އާލާވާގޮތަށް ރަށުގައި ހުރި ތަންތަން ބަލައި އެތަންތަން ރަނގަޅުކުރުމުގެ މަސައްކަތް އާމިނާދިޔޯ ސިއްހީމަރުކަޒާއި އެ ކައުންސިލާއި ގުޅިގެން ފަށާފައިވާ ވާހަކަވެސް ދެންނެވިއެވެ. މިގޮތުން، އާމިނާދިޔޯ ސިއްހީމަރުކަޒާއި ކަ...

އަޙްމަދު އަރުޝަމް
ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީވަނީ 📍 ހއ. ހޯރަފުށި

ހޯރަފުށީ ރައްޔިތުންނަށް "ގެދޮރުވެރިޔާ ލޯނު" ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީވަނީ

ހއ. ހޯރަފުށީ ރައްޔިތުންނަށް “ގެދޮރުވެރިޔާ ލޯނު” ބޭނުންވާ ފަރާތްތަކަށް ކައުންސިލުން އެހީތެރިވުމަށް ނިންމައިފި އެވެ. “ގެދޮރުވެރިޔާގެ ލޯނު” އަކީ ސަރުކާރުން ދިވެހިރައްޔިތުންނަށް ބޯހިވާހަކިން ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ދަށުން ދެމެހެއްޓެނިވި ބޯހިޔާވަހިކަން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ކަށަވަރުކޮށްދިނުމުގެ މަޤުސަދުގައި ނިމިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު ތަޢާރަަފް ކުރެވުނު ލޯނު ސްކީމްއެކެވެ. ހޯރަފުށީ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވަނީ، ހޯރަފުށީ ރައްޔިތުންގެ ތެރެއިން މި ލޯނު ބޭނުންވާ ފަ...

އަޙްމަދު އަރުޝަމް
އިހަވަންދޫގައި ސްކޭމް ކޯލްތަކެއް އިތުރުވެ، ސަމާލުވާން އަންގައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ސްކޭމް ކޯލްތަކެއް އިތުރުވެ، ސަމާލުވާން އަންގައިފި

ހއ. އިހަވަންދޫގެ ގިނައަދަދެއްގެ މީހުންނަށް ސްކޭމް ކޯލްތަކެއް ކުރާތީ އެކަމަށް ސަމާލުވުމަށް އެ ރަށު ކައުންސިލުން އަންގައިފިއެވެ. އިހަވަންދޫ ކައުންސިލުން މިއަދު އާންމު ކުރިގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ރަށުގެ ގިނަ ޢަދަދެއްގެ މީހުންނަށް މޮބައިލް ނަންބަރަކުން ފޯންކޯލްތައް ލިބަމުން އެބަދެއެވެ. އަދި މިކަމުގެ ޝަކުވާ އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ލިބިފައިވާ ވާކަމަށް އެސްޓޭޝަނުން އެކައުުންސިލަށް މައުލޫމާތުދީފާވާކަމަށް ފާހަގަކުރިއެވެ. ގޮތް ނޭނގޭ ނަންބަރުތަކުން އަންނަ މިފަދަ ކޯލްތަކަށް ސަމާލުވުމ...

އަޙްމަދު އަރުޝަމް
އިހަވަންދޫ އިމަގުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އިމަގުން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފި

ހއ. އިހަވަންދޫގެ ޖަމިއްޔާއެއް ކަމަށްވާ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށައިފިއެވެ. އިމަގުން އިސްނަގައިގެން އިހަވަންދޫގެ ކުޑަކުދިންގެ މެދުގައި ދީނީ ކަންކަމަށް ލޯބި އިތުރުކޮށް ފުރިހަމަ ގޮތުގައި ނަމާދު ކުރަން ދަސްކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ޖުމްލަ ދުއިސައްތައަށް ވުރެ ގިނަ ކުދިން ވަނީ ބައިވެރި ވެފައެވެ. ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމް ފަށާފައިވަނީ 04 ޖުލައި 2021 ވ...

އިބްރާހިމް ޚަލީލް
ދިއްދޫން ބަލިޖެހުނު މީހުންގެ އަދަދު 106 އަށް، ކާފިއު ވަގުތު އިތުރުކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫން ބަލިޖެހުނު މީހުންގެ އަދަދު 106 އަށް، ކާފިއު ވަގުތު އިތުރުކޮށްފި

ޖޫން 24 ފެނުނު ދިއްދޫ ކްލަސްޓާއާއި ގުޅިގެން ހއ. ދިއްދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 106 އަށް އަރައިފިއެވެ. ދިއްދޫގެ ކޯވިޑްގެ އަޕްޑޭޓް އެރަށުގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ހާމަކުރެއްވީ މިއަދު 14:50 ގައެވެ. އެވަގުތާއި ހަމައަށް އެރަށުން 106 މީހަކު ޕޮޒިޓިވްވެފައިވާއިރު އަލަށް ޕޮޒިޓިވްވީ 4 މީހެކެވެ. އެއީ ފްލޫ ކްލިނިކަށް ދެއްކި މީހަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ޕޮޒިޓިވްވި 3 މީހެކެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި އިތުރު މީހެއް […]

ޙުސައިން ޝަހުދީ
ދިއްދޫގައި ފެރީ ގިމަތަ އަޅާ ބިން އެހެންތަނަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫގައި ފެރީ ގިމަތަ އަޅާ ބިން އެހެންތަނަކަށް ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

ހއ. ދިއްދޫ ފެރީ ގިމަތަ އަޅާ ބިން އެހެންތަނަކަށް ބަދަލުކުރުމަށް ދިއްދޫ ރައްޔިތުންގެ ހިޔާލު ކައުންސިލަށް ބޭނުންވާތީ، އެރައްޔިތުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ދިއްދޫ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ ދިއްދޫގައި އެޅުމަށް ހަމަޖައްސާފައިވާ ފެރީ ގިމަތަ އަޅާ ބިމުގެ ކުރިމަތީގައި ބަނދަރުގެ މަގު އޮންނާތީ ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް ބަލައި، އެ ސަރަޙައްދުގެ ބަނދަރުގެ މަގު ބަދަލުކޮށް، ގިމަތަ މާޓަރު ތޮއްޓާ ކައިރިއަށް ޖެއްސުމަށް، ދިއްދޫގެ ފެރީ ގިމަތަ އަޅާ ބިނ...

އަޙްމަދު އަރުޝަމް
ފިއްލަދޫ މޮނިޓަރިން ހާލަތުން ވީއްލައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ މޮނިޓަރިން ހާލަތުން ވީއްލައިފި

“ޖޫން 17 ފިއްލަދޫ ކްލާސްޓާ”އާއި ގުޅިގެން މޮނިޓަރިން ހާލަތަށް ގެނެސްފައި އޮތް، ހއ. ފިއްލަދޫ އެ ހާލަތުން ވީއްލައިފިއެވެ. ފިއްލަދޫ ސިއްހީމަރުކަޒުގެ ފުލޫ ކުލިނިކަށް ދެއްކި ކުއްޖެއް ކޯވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެރަށް ބަންދުކުރީ މި މަހު 17 ވީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:20 އިން ފެށިގެންނެވެ. އެރަށް އެ ހާލަތުން ވީއްލާފައި ވަނީ މިރޭ 9:51 އިން ފެށިގެންނެވެ. ފިއްލަދޫ ކައުންސިލުން މިރޭ ވިދާޅުވީ، މިއަދު […]

ޙުސައިން ޝަހުދީ
އިހަވަންދޫ ރައްޔިތުން ނިކުމެ އެރަށު ގޮނޑުދޮށް ސާފު ކޮށްފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ރައްޔިތުން ނިކުމެ އެރަށު ގޮނޑުދޮށް ސާފު ކޮށްފި

ހއ. އިހަވަންދޫ ރައްޔިތުން ނިކުމެ އެރަށު ގޮނޑުދޮށް ސާފުކޮށްފިއެވެ. އިހަވަންދޫ ރައްޔިތުން އެރަށު ގޮނޑުދޮށް ސާފުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ އިޖުތިމާއީ ހަރަކާތެއްގައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިހަވަންދޫ ކައުންސިލާއި، އެރަށު ކްލަބް ޕޯލްސްޓަރ އަދި އެރަށު މަސްވެރިން އިސްނަގައިންނެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ “ސާފު މޫދާއި ގޮނޑުދޮށް” މި ޝިއާރުގެ ދަށުންނެވެ. މި ހަރަކާތަށް ރަށުގެ ރައްޔިތުންގެ ޖޯޝް އިތުރުކުރުމަށްޓަކައި ވަ...

އަޙްމަދު އަރުޝަމް
ދިއްދޫގެ ހާލަތު ގޯސް، 10 ދުވަސްތެރޭ ފްލޫ ކްލިނިކަށް ދެއްކި 35 މީހަކު ޕޮޒިޓިވް! 📍 ހއ. ދިއްދޫ

ދިއްދޫގެ ހާލަތު ގޯސް، 10 ދުވަސްތެރޭ ފްލޫ ކްލިނިކަށް ދެއްކި 35 މީހަކު ޕޮޒިޓިވް!

ޖޫން 24 ފެނުނު ދިއްދޫ ކްލަސްޓާއާއި ގުޅިގެން ހއ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި 35 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އެކަމާއި ވިސްނައި ސަމާލުވުމަށް ހއ. އަތޮޅު ހޮސްޕިޓަލުން އެދިއްޖެއެވެ. ދިއްދޫ ފްލޫ ކްލިނިކުން މިދިޔަ ޖޫން މަހުގެ 24 އިން މިހިނގާ ޖުލައި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން 35 ސާމްޕަލްއެއް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު އިއްޔެގެ […]

އަޙްމަދު އަރުޝަމް
ދިއްދޫ ކްލަސްޓާ: 249 ގެއެއް ކަރަންޓީނުގައި، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފި 📍 ހއ. ދިއްދޫ

ދިއްދޫ ކްލަސްޓާ: 249 ގެއެއް ކަރަންޓީނުގައި، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފި

ޖޫން 24 ހއ. ދިއްދޫ ކްލަސްޓާއާއި ގުޅިގެން އެރަށުގެ 249 ގެއެއް ކަރަންޓީނު ކުރެވިފައިވާއިރު، ޕޮޒިޓިވްވި މީހުންގެ އަދަދު 93 އަށް އަރައިފިއެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވި ގޮތުގައި އިއްޔެގެ ނިޔަލަށް ދިއްދޫއިން ވަނީ ޖޫން 24 ދިއްދޫ ކްލަސްޓާއާއި ގުޅިގެން 93 މީހަކު ޕޮޒިޓިވްވެފައެވެ. އިއްޔެވެސް ވަނީ 4 މީހަކު އެރަށުން ޕޮޒިޓިވްވެފައެވެ. އެއީ ފްލޫ ކްލިނިކުން ނެގި 2 ސާމްޕަލަކާއި، ޑައިރެކްޓް ކޮންޓެކްޓުން ގޮތުގައި ނެގި 2 ސާމްޕަލެކެވެ. ފްލޫ ކްލިނިކުން […]

ޝިއުނާ އާދަމް
ހޯރަފުށި "ހަހެތި ވަންޑޭ ކަޕް 2021" ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި 📍 ހއ. ހޯރަފުށި

ހޯރަފުށި "ހަހެތި ވަންޑޭ ކަޕް 2021" ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި

ހއ. ހޯރަފުށި “ހަހެތި ވަންޑޭ ކަޕް 2021” ޗެމްޕިއަންކަން 22 ސްޕޯރޓްސް ކްލަބް ހޯދައިފި އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 22 ސްޕޯރޓްސް ކުލަބުން ހޯދާފައިވަނީ ފައިނަލް މެޗްގައި ކުލަބް ޑޮލްފިން ސިޓީ އާއި ބައްދަލުކޮށް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމްއަކުން ގޯލެއްކާމިޔާބް ނުކުރެވުމުން  ޕެނަލްޓީ ޖަހައިގެން 01-02 އިން 22 ސްޕޯރޓްސް ކުލަބް ކުރި ހޯދައިގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގެ މޮޅު ކުޅުން ތެރިއަކަށް ހޮވިފައިވަނީ 22 ސްޕޯރޓްސް ކުލަބް […]

ތިލަދުން
ރައީސަށް ވޯޓު ނުލެވޭގޮތެއް ނިންމުމަކީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް: ދިއްދޫ ރައީސް 📍 ހއ. ދިއްދޫ

ރައީސަށް ވޯޓު ނުލެވޭގޮތެއް ނިންމުމަކީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް: ދިއްދޫ ރައީސް

ހއ. ދިއްދޫ ކައުންސިލްގެ ރައީސްއަށް ކައުންސިލުން ނިންމާ ނިންމުންތަކުގެ ވޯޓުގައި ބައިވެރި ނުވެވޭ ގޮތަށް ކައުންސިލްގެ ހިންގާ ޤަވާއިދަށް އިސްލާހެއް ގެނެސް ފާސްކޮށްފައިވާ ކަމަށާއި، އެއީ ޑިކްމޮކްރަސީއާއި ދުރު ނާތަހުޒީބު ފިނޑިއަމަލެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫ ކައުންސިލް ރައީސް ޢަބުދުﷲ ރަޝީދުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިއްދޫ ކައުންސިލްގެ ރައީސް އަށް ވޯޓުގަ ބައިވެރި ނުވެވޭ ގޮތަށް ހިންގާ ޤަވައިދަށް ގެނެވުނު އިސްލާހާ އ...

އަލީ އާދިލް
ދިއްދޫގައި އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އަންގައިފި 📍 ހއ. ދިއްދޫ

ދިއްދޫގައި އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން އަންގައިފި

ކޮވިޑް-19 ބަލި ފެތުރެމުންދާތީ ހއ. ދިއްދޫގައި މިދުވަސްކޮޅު އެއްވެސް ބާވަތެއްގެ ކުޅިވަރެއް ކުރިއަށް ނުގެންދިއުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) އަންގައިފިއެވެ. ދިއްދޫ ކައުންސިލުން މިއަދު ހާމަކުރެއްވިގޮތުގައި، މިގޮތަށް މިކަން ނިންމީ ކޮވިޑްގެ ހާލަތާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވުމުން، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ. އަދި އެޗްޕީއޭގެ މި އެންގުމާއި ގުޅިގެން އެ ރަށުގައި މި އަހަރުގެ އަޟްޙާޢީދުގައި ބޭއްވުމަށް ނިންމާފައިވާ އަޟްޙާ ކަޕް 4 ވަ...

އަޙްމަދު އަރުޝަމް
ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ 📍 ހއ. ދިއްދޫ

ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ

ހއ. ދިއްދޫން މިއަދު 22 މީހުން ޕޮޒިޓިވްވެއްޖެ އެވެ. މިއަދު ދިއްދޫން ޕޮޒިޓީވްވެފައިވާ 22 މީހުންގެ ތެރޭގައި ހިމެނެނީ އަލާމާތްތައް ހުރެގެން ފްލޫ ކުލިނިކަށް ދެއްކި 10 މީހަކާއި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު މީހުންގެ ތެރެއިން ޕޮޒިޓިވްވި 11 މީހުންނެވެ. މީގެ އިތުރުން އެރަށުގައި ނެގުނު ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައެވެ. މިމަހުގެ 24 ވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފައެވެ. […]

އަލީ އާދިލް
"ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްނުކުރުމަށް އުލިގަމު ކައުންސިލުން ގޮވާލައިފި

"ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލު ހުށަހަޅާފައިވާ ގޮތަށް ފާސްނުކުރުމަށް އުލިގަމު ކައުންސިލުން ގޮވާލައިފި

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ޙުސައިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތްގޮތަށް ފާސްނުކުރުމަށް ހއ. އުލިގަމު ކައުންސިލުން ގޮވައިލައިފިއެވެ. އެ ކައުންސިލުގެ ހުރިހާ މެންބަރުން ސޮއިކުރައްވާ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޤާނޫނު ނަންބަރ 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގ...

އަޙްމަދު އަރުޝަމް