މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
އުތީމު ކަނބަލުންނަށް ޚާއްސަ ހޭންޑްބޯލް ކޯޗިން ކޭމްޕެއް 📍 ހއ. އުތީމު

އުތީމު ކަނބަލުންނަށް ޚާއްސަ ހޭންޑްބޯލް ކޯޗިން ކޭމްޕެއް

ހއ. އުތީމު ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން އެރަށުގެ ކަނބަލުންނަށް ޚާއްސަކޮށްގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ބާއްވައިފިއެވެ. މިދިޔަ ބުރާސްފަތި ދުވަހު ފެށުނު މި ކޭމްޕް ރޭ ވަނީ ނިންމާލާފައެވެ. އަދި 2 ދުވަހަށް ކުރިއަށް ދިޔަ މި ކޭމްޕުގައި 40 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އުތީމު އަންހެނުންގެ ކޮމިޓީގެ ރައީސް ޒައީމާ އަބްދުއްޞަމަދު “ތިލަދުން” އަށް މަުއުލޫމާތު ދެއްވަމުން ވިދާޅުވީ މި ކޭމްޕަކީ އެ ރަށުގައި ހޭންޑްބޯލް ކުޅެން ލޯބިކުރާ އަންހެން ފަރާތްތަކަށް […]

އަޙްމަދު އަރުޝަމް
ހޯރަފުށީ އެއާޕޯޓް ޖެޓީ އަޅަން ހަވާލުކޮށްފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓް ޖެޓީ އަޅަން ހަވާލުކޮށްފި

ހއ. ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް އެޅުމަށް އެންޓީސީސީއާއި ހަވާލުކޮށްފިއެވެ. އެމްޓީސީސީއަކީ އެ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢު ވެސް ހިންގި ކުންފުންޏެވެ. އެ ކުންފުންޏާއި ހޯރަފުށީ އެއާޕޯޓުގައި ޖެޓީއެއް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިއަދުއެވެ. މި ޖެޓީގެ މަސައްކަތް ހަވާލު ކުރެވުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާޢު ވިދާޅުވީ، ހއ. އަތޮޅުގެ ގިނަރައްޔިތުންގެ އެދުމާއެކު ހޯރަފުށީ އެއާޕޯޓްގައި ޖެޓީއެޅުމަށް މިއަދު އެމްޓީސީސީ އަށް ހަވާލުކުރެވިފައިވާ ކަމަށެވެ. ޖެޓީގެ ސަބަ...

ޔުމްނާ ޢަލީ
ތަކަންދޫ ކޯވިޑްގެ ހާލަތު: ބަލި ޖެހުނު މީހުންގެ އަދަދު 25 އަށް އަރައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ ކޯވިޑްގެ ހާލަތު: ބަލި ޖެހުނު މީހުންގެ އަދަދު 25 އަށް އަރައިފި

ހއ. ތަކަންދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 25 އަށް އަރައިފިއެވެ. ބަލީގެ އަލާމާތް ހުރެގެން 29 ޖުލައިގައި ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވިކަން އެނގުނީ ޖުލައި 30 ވަނަ ދުވަހުއެވެ. އެމީހާއަކީ ޓްރަވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. ތަކަންދޫ ކައުންސިލްގެ ރައީސް ހުސައިން ނައީމް “ތިލަދުން”އަށް ވިދާޅުވީ، އެ ކޭހަށްފަހު މިއަދާއި ހަމައަށް ޖުމްލަ 25 މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. “ފްލޫ ކްލިނިކަށް ދެއްކި މީހާ […]

ޙުސައިން ޝަހުދީ
އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ހއ. އިހަވަންދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. މި މަޝްރޫއުގެ މަސައްކަތް ފެށީ އިއްޔެ ހަވީރުއެވެ. އެގޮތުން، ބައުންޑަރީ ވޯލް ހެދުމާއި ސައިޓު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. ބިންހިއްކުމުގެ އަމަލީ މަސައްކަތް ފެށުމާއި ގުޅިގެން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ އެ ރަށުގެ ރައްޔިތުންނަށް މަރުހަބާ ކިއުއްވާފައެވެ. އަދިއިހަވަންދޫ ރައްޔިތުންގެ މިހުވަފެން ހަޤީގަތަކަށް ހައްދަވައި ދެއްވާތީ ރ...

އަޙްމަދު ވަހީދު
ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަަސައްކަތް ހަލުވި ކަމާއެކު ކުރިއަަށް 📍 ހއ. ދިއްދޫ

ތިލަދުންމަތީ ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަަސައްކަތް ހަލުވި ކަމާއެކު ކުރިއަަށް

ހއ. ދިއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާރު އެ މަޝްރޫއުގެ 65 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން   7,750ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ޖިއޯ ބޭގްސްއަށް އެޅުމަށް 1,926 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ރަށްގިރުމުން ސަލާމަތްކުރުމަށ...

އަޙްމަދު ވަހީދު
އިހަވަންދޫ ބަނދަރުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 57 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން  ކުރީގެ ބަނދަރުގެ ޕޭވްމަންޓްގެކާސްޓިން މަސައްކަތް ފަށާފައިވަނީ އިއްޔެއެވެ. ހއ. އިހަވަންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ. މި މަޝްރޫޢުގެ ދަށުން، ކުރީގެ ބަނދަރުގެ ޕޭވްމަންޓްގެ ކާސްޓިންގް މަސައްކަތްތައް 2 އޯގަސްޓް 2021 ވަނަ ދުވަހު ވަނީ ފެށިފައި. މި މ...

އަޙްމަދު ވަހީދު
ކަރަންޓީނުކޮށްފައިވާ ގެތަކަށް ކޮންމެ ދުވަހަކު 500 ރުފިޔާ ދޭން ދިއްދޫ ރައީސް ގޮވާލައިފި 📍 ހއ. ދިއްދޫ

ކަރަންޓީނުކޮށްފައިވާ ގެތަކަށް ކޮންމެ ދުވަހަކު 500 ރުފިޔާ ދޭން ދިއްދޫ ރައީސް ގޮވާލައިފި

ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތް ހއ. ދިއްދޫގައި ކަރަންޓީނު ކުރެވިފައިވާ ގޭތަކުގެ ރައްޔިތުންނަށް ކޮންމެ ދުވަހަކު 500 ރުފިޔާ ހަމަޖައްސައި ދިނުމަށް ސަރުކާރަށް، ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ގޮވާލައިފިއެވެ. ކޯވިޑްގެ ސަބަބުން ބަންދުކޮށްފައި އޮތުމަށްފަހު ބަންދުން ވީއްލުނުތާ ހަފުތާއެއްގެ ތެރޭގައި ރަށުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވްވެގެން އަލުން ދިއްދޫ ބަންދުކުރީ މިދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވ...

ޝިއުނާ އާދަމް
ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި 📍 ހއ. މޮޅަދޫ

ތިލަދުންމަތީ ހުނަރުވެރިން: މޮޅަދޫ މުޙައްމަދު މޫސާ، ލިޔެލާޖެހުމުގެ ފަންނުގައި ވެސް އެންމެ އުހުގައި

ލިޔެލާޖެހުމުގެ މަސައްކަތޭ ބުނެފިނަމަ އެންމެން ވެސް ޚިޔާލުގޮސް ހުއްޓޭނީ ބ. ތުޅާދޫއަށެވެ. ސަބަބަކީ ރާއްޖޭގައި ލިޔެލާޖެހުމުގެ ފަންނުގައި އެންމެ ކުރީގައި ތިބި ބަޔަކީ އެއީ ކަމަށްވާތީއެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރާ ބަޔަކީވެސް އެއީއެވެ. ނަމަވެސް މިފަހަރު ތި ބޭފުޅުގެންގެ ކުރިމައްޗަށް މި ހުށަހަޅާލަނީ ލިޔެލާޖެހުމުގެ މަސައްކަތް ދަންނަ އަދި އެ މަސައްކަތް ކުރަމުން އަންނަ ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ޕެންޒީމާގެ މުޙައްމަދު މޫސާގެ ވާހަކައިން ތަންކޮޅެކެވެ. އުމުރުން މިހާރު ފަންސާހުގ...

އިބްރާހިމް ޚަލީލް
ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ތަކަންދޫ މޮނިޓަރިންނަށް 📍 ހއ. ތަކަންދޫ

ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެ، ތަކަންދޫ މޮނިޓަރިންނަށް

ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ތަކަންދޫން ޕޮޒިޓިވްވީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. އޭނާ ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކީ އިއްޔެއެވެ. ޕޮޒިޓިވްވިކަން އިނގުނީ މިއަދު އެވެ. އެރަށުން “ތިލަދުން”އަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މިއިން ދުވަހަކު ދަތުރެއް ވެސް ނުކޮށް ރަށުގައި ހުރި މީހަކު ޕޮޒިޓިވްވުމުން ރަށަށް ވަނީ ހާސްކަން ކުރިމަތިވެފައިކަމަށެވެ. އަދި މި ދުވަސްވަރަކީ […]

ޔުމްނާ ޢަލީ
ހެދުނީ ގޯހެއް ކަމަށް ވިދާޅުވެ، މުހައްމާ އަލުން ޕީޕީއެމްއަށް 📍 ހއ. އިހަވަންދޫ

ހެދުނީ ގޯހެއް ކަމަށް ވިދާޅުވެ، މުހައްމާ އަލުން ޕީޕީއެމްއަށް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދު ﷲ (މުހަންމާ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އަލުން ގުޅިއްޖެ އެވެ. މުހަންމާ މިރޭ ޕީޕީއެމާއި ގުޅިފައިވަނީ އެ ޕާޓީގެ ރަސްމީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް ދޫކުރަށްވާ އޭރުގެ އިދިކޮޅާއި ގުޅުނު ގުޅުމަކީ ހެދު ގޯހެއް ކަމަށް މުހައްމާ ވަނީ ސިފަ ކުރަށްވާފައެވެ. “ހެދުނު ގޯހާމެދު އަދިވެސް ދެރަވޭ. ރައީސް ޔާމީނާ ވަކިވެވުނީތީ ވަރަށް ހިތާމަކުރަން. […]

އަލީ އާދިލް
ހއ. އަތޮޅުގައި ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ގޮތް ނެތުމަކީ ދެރަވަރުކަމެއް: ދިއްދޫ ރައްޔިތުންގެ އަޑު 📍 ހއ. ދިއްދޫ

ހއ. އަތޮޅުގައި ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ގޮތް ނެތުމަކީ ދެރަވަރުކަމެއް: ދިއްދޫ ރައްޔިތުންގެ އަޑު

ހއ. އަތޮޅުގައި ކޮވިޑް19 އަށް ޓެސްޓްކުރެވޭނެ ގޮތް ހަމަޖެހިފައި ނެތުމަކީ ދެރަވަރުކަމެއްކަމަށް ދިއްދޫ ރައްޔިތުންގެ އަޑުގެ ނަމުގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތުން ބުނެފި އެވެ. ދިއްދޫ ރައްޔިތުންގެ އަޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހއ ދިއްދުއިން ކޮވިޑް19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، އެރަށް އިއްޔެވަނީ މޮނިޓަރިންގ އަށް ލެވިފައިކަމަށާއި މިއީ މިހާތަނަށް ދިއްދޫ މޮނިޓަރިންގ އަށް ލީ 4 ވަނަ ފަހަރުކަމަށެވެ. ކޮވިޑް19 ގެ ޢާލަމީ ވަބާ ދިވެހިރާއްޖެއިން ވެސް ފެނި، އެކަމާ ގުޅިގެން ސަރުކާރުން ގިނަ ފިޔަ...

އިބްރާހިމް އަސްވާޤް
ޕްރޮޖެކްޓުތައް ކުރިއަށްދާގޮތް ބައްލަވައިލައްވަން އާޒިމް އިހަވަންދޫއަށް

ޕްރޮޖެކްޓުތައް ކުރިއަށްދާގޮތް ބައްލަވައިލައްވަން އާޒިމް އިހަވަންދޫއަށް

ތިލަދުންމަތީ އިހަވަންްދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މަސައްކަތް ބައްލަވައިލެއްވުމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެ ރަށަށް ވަޑައިގެންފިއެވެ. އާޒިމްގެ ދަތުރުފުޅުގައި އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތަކާއި ފެރީ ޓާމިނަލުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވިއެވެ. އިހަވަންދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަ...

އަޙްމަދު ވަހީދު
ހަފްތާއެއް ނުވެ ދިއްދޫ އަނެއްކާވެސް ބަންދު 📍 ހއ. ދިއްދޫ

ހަފްތާއެއް ނުވެ ދިއްދޫ އަނެއްކާވެސް ބަންދު

ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސް އެއް ފެނި ހއ. ދިއްދޫ އަނެއްކާވެސް ބަންދު ކޮށްފިއެވެ. އެރަށު ފުލޫ ކްލިނިކަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވް ވުމާއި ގުޅިގެން މިހާރު އަންނަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ. މި ކޭސް އާއި ގުޅިގެން އެރަށް މޮނިޓަރިން އަށް ލާފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން (އެޗްޕީއޭ) އިން ދިއްދޫ ކައުންސިލަށް އެންގީ މިރޭ 20:43 ގައެވެ. އަދި ސިއްޙީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށާއި ރަށް މޮނިޓަރ ކުރުމުގެ ގޮތުން، […]

އަޙްމަދު އަރުޝަމް
ހޯރަފުށީ އެއާޕޯޓު ރަންވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި 📍 ހއ. ހޯރަފުށި

ހޯރަފުށީ އެއާޕޯޓު ރަންވޭ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި

ތިލަދުންމަތީ ހޯރަފުށީ އެއާޕޯޓުގެ ރަންވޭގެ ހުޅަނގު ފަރާތުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ އެއާޕޯޓުގެ މަސައްކަތް ވެސް ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިމަސައްކަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މިއަހަރުގެ ޖޫން މަހުގެ 30ގައެވެ. މި މަސައްކަތް ނިންމަން 360 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ވަނީ ދީފައެވެ. މިއީ 90.5 މިލިއަނ...

އަޙްމަދު ވަހީދު
ޢީދަށް ދާންވީ ބާރަށަށް 📍 ހއ. ބާރަށް

ޢީދަށް ދާންވީ ބާރަށަށް

1442 ވަނަ އަހަރުގެ ބާރަށުގެ އަޟްޙާ ޢީދު ޝެޑިއުލް މިފަހަރު މި ފެނުނީ މާ ފަހުންނެވެ. މިހެން ހިތަށްނޭރިއްޔާ ދެރަތާއެވެ. ޢީދު ދުވަހުން ފަށައިގެން ޖުމްލަ ހަ ދުވަހުގެ ނިޔަލަށް އަތުރާލާފައިވާ ތަފާތު ކުޅިވަރުތަކާއި އެ ކުޅިވަރުތަކުގެ މާހައުލުގެ ހިތްގައިމު ފޮޓޯތައްފެނި މިކަމަށް ޢިތުރު ޝަޢުޤެއް އުފައްދައިފިއެވެ. ޢީދުދުވަހު ޢީދު ނަމާދުން ފޭބުމާއެކު ކުޅިވަރުތައް ފެށުނީއެވެ. ދެން ހަމަ ހުއްޓިލާ ހުންނާނެ ވަގުތެއް ނެތޭ ބުނުން ވެސް ދޮގަކަށް ނުވާނެއެވެ. ޢީދު ނަމާދަށް ފަހު ރަށުގެ ކުދިބޮޑު […]

އިބްރާހިމް ޚަލީލް