މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
މިޑްލް ސްޕޯޓްސް ކްލަބްއިން ދިއްދޫގައި ބެހެއްޓި ޑަސްބިންތައް ކައުންސިލާއި ހަވާލުކޮށްފި 📍 ހއ. ދިއްދޫ

މިޑްލް ސްޕޯޓްސް ކްލަބްއިން ދިއްދޫގައި ބެހެއްޓި ޑަސްބިންތައް ކައުންސިލާއި ހަވާލުކޮށްފި

މިޑްލް ސްޕޯޓްސް ކްލަބްގެ ފަރާތުން ހއ. ދިއްދޫގައި ބެހެއްޓި ޑަސްބިންތައް އެރަށު ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި ޑަސްބިންތައް ހަވާލުކޮފައިވަނީ މިއަދު އެ ކްލަބްގެ މެންބަރުންނާ ކައުންސިލާއެކު އެ ރަށު ކައުންސިލް އިދާރާގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ. އެ ކްލަބްގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދު އާންމު ކުރި ޕޯސްޓެއްގައި ބުނި ގޮތުން، ކްލަބްގެ ފަރާތުން މިއަދު އެރަށު ބަނދަރުގައި 07 ޑަސްބިން ވަނީ ބަހައްޓާފައެވެ. މި ޑަސްބިންތަށް ރަސްމީގޮތެއްގައި ކައުންސިލާއި ހަވާލުކޮށްދެއްވީ މިޑްލް ސްޕޯޓްސް...

އަޙްމަދު އަރުޝަމް
ތަރައްގީގެ ޕްލޭނަކީ ފަސްއަހަރު ކައުންސިލް ދަތުރުކުރަން ރައްޔިތުން ކޮށައިދިން މަގެއް: ދިއްދޫ ރައީސް 📍 ހއ. ދިއްދޫ

ތަރައްގީގެ ޕްލޭނަކީ ފަސްއަހަރު ކައުންސިލް ދަތުރުކުރަން ރައްޔިތުން ކޮށައިދިން މަގެއް: ދިއްދޫ ރައީސް

އަލަށް އެކުލަވާލެވޭ ހއ. ދިއްދޫގެ ތަރައްގީ ޕްލޭނަކީ ކުރިއަށް އޮތް ފަސް އަހަރަށް ކައުންސިލް ދަތުރުކުރަންވީ މަގު ކޮށައިދިން ޕްލޭނެއް ކަމަށް ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ. ދިއްދޫގެ ތަރައްގީގެ ޕްލޭން އެކުލަވާލުމަށް ކުރެވޭ މަސައްކަތާއި ގުޅިގެން “ތިލަދުން” އަށް ދެއްވި ބަސްދީގަތުމެއްގައި ރަޝީދު ވިދާޅުވީ، ދިއްދޫ ތަރައްގީގެ ޕްލޭންގެ 90 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ. މި ޕްލޭން ހެދުމުގައި ދިއްދޫ ރައްޔިތުންގެ ޚިޔާލު ވަރަށް ފުޅާ ދާއިރާއެއްގައި ހޯދިފައިވާކަ...

ޙުސައިން ޝަހުދީ
ތަކަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި 📍 ހއ. ތަކަންދޫ

ތަކަންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

ހއ .ތަކަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތްތައް މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެންޑަބްލިއުއެސްސީ) އިން ފަށައިފިއެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތްކުރުމުގެ މަސައްކަތްތަކެވެ. އަދި ފެނާއި ނަރުދަމާނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ގެންގޮސްފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަ...

އަޙްމަދު ވަހީދު
ހއ. އަތޮޅުގެ ރަށްތަކަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހއ. އަތޮޅުގެ ރަށްތަކަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ

ހޫނު މޫސުމުގައި ހއ. އަތޮޅުގެ ރަށްތަކަށް ބޯފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ހއ. އަތޮޅު ކައުންސިލުން އިޢުލާންކޮށްފި އެވެ. ބޯފެނަށްޖެހޭ ރަށްރަށަށް ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަނީ 1 އަހަރު ދުވަހުގެ މުއްދަތަށެވެ. ފެން ފޯރުކޮށްދި ނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލީ އެކައުންސިލުން ކުރި އިޢުލާނެއްގަ އެވެ. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 15 ވަނަ ދުވަހުން ފެށިގެން އެ ކައުންސިލްގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށް އެކައުންސިލުން ބުނެއެވެ. އަދި މި ބީލަމާ […]

އިބްރާހިމް އަސްވާޤް
އިހަވަންދޫ ބިން ހިއްކާ ސައިޓުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބިން ހިއްކާ ސައިޓުގައި މަސައްކަތް ކުރާނެ މީހުން ހޯދަނީ

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކުރާ ސައިޓުގައި ދުވަހު މުސާރައަށް މަސައްކަތް ކުރާނެ މީހުން ހޯދަން އިއުލާންކޮށްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރި އިއުލާނެއްގައި ބުނީ އެ މަސައްކަތަށް ބޭނުންވަނީ ހީވާގި، މަސައްކަތަށް ޝައުގުވެރިކަން ހުރި މީހުން ކަމަށެވެ. އެގޮތުން 4 މަގާމަކަށް މީހުން ހޯދަން ވަނީ އިއުލާން ކޮށްފައެވެ. އެމްޓީސީސީން ހޯދަނީ ދުވަހު މުސާރައަށް މަސައްކަތް ކުރާނެ ލޭބަރުންނާއި މޭސަނުންނާއި ކާޕެން...

އަޙްމަދު ވަހީދު
ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު 📍 ހއ. ދިއްދޫ

ފަޟީލް ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ކުރެވުނު އޮޕަރޭޝަން ކާމިޔާބު

ހއ. ދިއްދޫ ފެހިފަތް، މުޙައްމަދު ފަޞީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް މިއަދު ކުރެވުނު އޮޕަރޭޝަން ކާމިޔާބު ކަމުގައި، ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ފައިސާ ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެ ރަށު ޖަމްޢިއްޔާއެއް ކަމުގައިވާ މިޑްލް ސްޕޯޓްސް ކުލަބުން ހާމަކޮށްފިއެވެ. އެ ކުލަބުން ހާމަކޮށްފައިވާ ގޮތުގައި ފަޟީލްގެ ހާލުވެސް އަދި ކިޑްނީ ހަދިޔާކުރި އޭނާގެ ބޭބެގެ ހާލުވެސް ރަނގަޅެވެ. ފަޟީލްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އިންޑިއާގެ މިއޮޓް ހޮސްޕިޓަ...

އިބްރާހިމް ޚަލީލް
ދިއްދޫ އަންހެނުންގެ ކޮމިޓީން އެރަށު ޕްރީ ސްކޫލަށް ކާޕެޓް ހަދިޔާ ކޮށްފި 📍 ހއ. ދިއްދޫ

ދިއްދޫ އަންހެނުންގެ ކޮމިޓީން އެރަށު ޕްރީ ސްކޫލަށް ކާޕެޓް ހަދިޔާ ކޮށްފި

ހއ. ދިއްދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ (އ.ތ.މ) ކޮމިޓީން އެރަށު ޕްރީސުކޫލަށް ސިންތެޓިކް ކާޕެޓް ހަދިޔާ ކޮށްފި އެވެ. ދިއްދޫ ކައުންސިލްގެ ބެލުމުގެ ދަށުން ހިންގަމުންދާ ޣާޒީ މުޙައްމަދު ޕްރީސުކޫލުގެ އެދިލެއްވުމުގެ މަތިން އިއްޔެ ވަނީ އެ ސްކޫލުގެ ކޮންމެ ކްލާހަކަށް 6 ފޫޓޫ 6 ފޫޓުގެ ކާޕެޓް ހަދިޔާކޮށްދީފައެވެ. އެރަށު އ.ތ.މ ކޮމިޓީގެ ރައީސް އާމިނަތު ނަހުލާ “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިކަމަކީ އެ ކޮމިޓީގެ އެދިލެއްވުމުގެ މަތިން ސްކޫލާއެކު ބޭއްވި […]

އަޙްމަދު އަރުޝަމް
ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓް ޚިދުމަތް އަލުން ފަށައިފި

ހއ. އަތޮޅު ކައުންސިލުން ދެމުންއައި ޓްރާންސްޕޯރޓު ޚިދުމަތް އަލުން ފަށައިފި އެވެ. އެކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ މިދިޔަ ޖުލައި މަހުގައި ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން ހއ. ދިއްދޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން ހުއްޓިފައި އޮތް ޓްރާންސްޕޯޓު ޚިދުމަތްތައް، އެރަށް މޮނިޓަރިންގ އިން އުވާލުމައި ގުޅިގެން މިއަދުން ފެށިގެން އެ ޚިދުމަތްތައް އަލުން ފެށޭނެ ކަމަށެވެ. ދިއްދޫ ފްލޫ ކްލިނިކަށް ދެއްކި ޕޭޝެންޓެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު […]

އަޙްމަދު އަރުޝަމް
ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ ހުއްދަ ނެތި ދައްޕަރަށް އެރުން މަނާކޮށްފި

ހއ.ފިއްލަދޫގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެއް ކަމުގައިވާ ދައްޕަރަށް ފިއްލަދޫ ކައުންސިލްގެ ހުއްދަނެތި އެރުން މަނާކޮށްފިއެވެ. މިކަން އަންމު ކުރުމުގެ ގޮތުން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު 2010/7 ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 1-56 ވަނަ މާއްދާގެ ހ. ގައި ބަޔާންކޮށްފައިވާ ، ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ އުސޫލުގެ ދަށުން، 18 މާރޗް 2020 ވަނަ ދުވަހު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ގެޒެޓްކޮށް އ...

އިބްރާހިމް ޚަލީލް
ދިއްދޫ މަސްވެރިން ހޮވައިގެން ގެނައި ބޯޓެއްގެ ވެރިފަރާތް ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫ މަސްވެރިން ހޮވައިގެން ގެނައި ބޯޓެއްގެ ވެރިފަރާތް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ މަސްވެރިން ކަނޑުމަތިން ހޮވައިގެން ގެނައި ބޯޓެއްގެ ވެރިފަރާތް ހޯދުމަށް ދިއްދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ބުނެފައި ވަނީ އެ ރަށުގެ މަސްވެރިން ކަނޑުމަތިން ހޮވައިގެން އެ ރަށަށް ގެނެސް، ބަނދަރު ދެކުނު ހުރަސްތޮށީގައި މިހާރު ބާއްވާފައިވާ ބޯޓުގެ ވެރިފަރާތެއް ވާނަމަ، 19 އޮގަސްޓް 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން، އެ ކައުންސިލަށް އެންގުމަށެވެ. އެ ބޯޓުގެ ވެރިފަރާތް […]

އިބްރާހިމް ޚަލީލް
ޝަރުތުތަކަކާއި އެކު ދިއްދޫގެ މޮނީޓަރިން އުވާލާ ހުޅުވާލައިފި 📍 ހއ. ދިއްދޫ

ޝަރުތުތަކަކާއި އެކު ދިއްދޫގެ މޮނީޓަރިން އުވާލާ ހުޅުވާލައިފި

ކޯވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތުމަށް ފަހު، ޝަތުރު ތަކަކާއިއެކު އެރަށް އެ ހާލަތުން ނަގައި ހުޅުވާލައިފި އެވެ. ދިއްދޫއިން ކޯވިޑް-19 އަށް ބަޔަކު ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އެ ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު އެވެ. އެ ރަށުގައި ކޯވިޑްގެ ހާލަތު ރަނގަޅުވުމާއި ގުޅިގެން އެޗްޕީއޭ އިން އެ ރަށް މޮނީޓަރިން އިން ނެގިކަން އަންގާފައި ވަނީ 10 އޯގަސްޓް 2021 […]

އަލީ އާދިލް
އިހަވަންދޫއިން މަހާ ޖައްރާފަށް މަރުހަބާކީ ފަރިވަޅަކުން 📍 ހއ. އިހަވަންދޫ

އިހަވަންދޫއިން މަހާ ޖައްރާފަށް މަރުހަބާކީ ފަރިވަޅަކުން

ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްމޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާ ޖައްރާފު އެ ރަށަށް ބަނދަރުކޮށްފި އެވެ. މަހާ ޖައްރާފަށް މަރުހަބާ ކިޔުމަށް އިހަވަންދޫގައި ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ބައިވެރިވެވަޑައިގެންނެވި އެވެ. އިހަވަންދޫ ރައްޔިތުން މަހާ ޖައްރާފަށް މަރުހަބާ ކިޔުމުގެ ގޮތުން ވަނީ އެ ބޯޓުގެ ފަޅުވެރިންނަށް ފަރިވަޅެއް އަރުވައިފައެވެ. އިހަވަންދ...

އަޙްމަދު ވަހީދު
އެޗް.އާރް.އެފް ޔޫތް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފި 📍 ހއ. ހޯރަފުށި

އެޗް.އާރް.އެފް ޔޫތް މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފި

ހއ. ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ އެޗް.އާރް.އެފް ޔޫތް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެފްސީ ފްރިގޭޓަރ އިން ކާމިޔާބު ކޮށްފިއެވެ. ފްރިގޭޓަރ އިން މެޗް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި ކްލަބް ޑޮލްފިން ސިޓީ (ސީޑީސީ) އާއި ބައްދަލުކޮށް 2-1 ގެ ނަތީޖާއިން މެޗް ކާމިޔާބު ކޮށްގެންނެވެ. ފްރިގޭޓަރ އިން މިމުބާރާތުގެ ފައިނަލް އަށް ދަތުރު ކޮށްފައިވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ގޯލް ފްރިގޭޓާރ އަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ފޯވަރޑް […]

ތިލަދުން
އާރް.ވީ.ސްޕޯރޓްސް އެކެޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްފި 📍 ހއ. ހޯރަފުށި

އާރް.ވީ.ސްޕޯރޓްސް އެކެޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްފި

ހއ.ހޯރަފުށީގައި ފުރަތަމަފަހަރަށް ހުޅުވުނު ސްޕޯރޓްސް އެކެޑަމީ އާރް.ވީ. ސްޕޯރޓްސް އެކެޑަމީ ރަސްމީކޮށް އިފްތިތާޙް ކޮށްފިއެވެ. އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތު  ބާއްވާފައިވަނީ އެކެޑަމީގެ ފަރާތުން ރަށުގެ ހުރިހާ ކުޑަކުދިންނަށް ހާއްސަކޮށް ކޮށްގެން ބޭއްވުނު ކުޑަކުދިންގެ ހަވީރަކާ އެކުގައެވެ. އެކެޑެމީ ރަސްމީކޮށް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމް.އެސް. އެމް. އެކެޑެމީގެ ރައީސް އަދި ނިއުރޭޑިއަންޓް ކުރީގެ ރައީސް ހަސަން މަނިކް އަދި ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، ނައިބް ރައީސް އަޙްމަދް އި...

އިބްރާހިމް އަސްވާޤް
ތުރާކުނު ކައުންސިލް ދެ މެންބަރަކު ޕީޕީއެމްއަށް 📍 ހއ. ތުރާކުނު

ތުރާކުނު ކައުންސިލް ދެ މެންބަރަކު ޕީޕީއެމްއަށް

ހއ. ތުރާކުނު ކައުންސިލަރުންގެ ތެރެއިން ދެ ކައުންސިލަރަކު އިދިކޮޅު ޕީޕީއެމްއާއި ގުޅިއްޖެވެ. މިނިވަން މެންބަރުން ގޮތުގައި ތުރާކުނު ކައުންސިލަށް އިންތިޚާބުވި މި ދެ މެންބަރުން ޕީޕީއެމްއަށް ސޮއިކުރެއްވިކަން އެ ޕާޓީން ވަނީ މިއަދު ހާމަކޮށްފައެވެ. އެ ދެ ކައުންސިލަރުންނަކީ، ހުސްނާ އިބްރާޙީމްއާއި، ޠާހާ އަލީއެވެ. ތުރާކުނުގެ ދެ ކައުންސިލަރަކު ޕީޕީއެމްއަށް ސޮއިކޮށްފައިވާއިރު، އެ ޕަޓީން ގެންދަނީ “މަވެސް ޕީޕީއެމް” ނަމުގައި އެ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދަމުންނެވެ. HA. Thura...

ޖަލްވާން ޖާދުﷲ