މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ހއ. އަތޮޅު (ތިލަދުންމަތީ އުތުރުބުރި) (2,981 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
2,981 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ހއ. އަތޮޅުގެ ޚަބަރުތައް

2981 ޚަބަރުގެ ތެރެއިން
ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނަން ނިންމައިފި 📍 ހއ. ފިއްލަދޫ

ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަލުން ދައްޕަރު ހިމަނަން ނިންމައިފި

ކުރިންވެސް އޮތްގޮތަށް ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި ދައްޕަރު އަލުން ހިމަނަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ދައްޕަރުގެ މައްސަލާގައި ފިއްލަދޫ ކައުންސިލާއި މަޝްވަރާތައް ކުރެވުނު ކަމަށެވެ. ފިއްލަދޫ ރައްޔިތުން އެ މައްސަލާއި މެދު ދެކޭގޮތާމެދު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގައި އަނބުރާ ދައްޕަރު ހިމަނަން ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވާ...

ޙުސައިން ޝަހުދީ
އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ބަނދަރުގެ 66 އިންސައްތަ މަސައްކަތް ނިންމާލައިފި

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އއެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހުގެ ޝިޕްމަންޓް މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 284 މީޓަރުގެ […]

އަޙްމަދު ވަހީދު
އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ފަށަނީ

ހއ.އިހަވަންދޫ ކައުންސިލާއި ކުލަބް ޕޯލްސްޓާގެ އިތުރުން ޕްރައިމް މޯލްޑިވްސް ގުޅިގެން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 06 އޮކްޓޯބަރ 2021 ވާ ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަތަރު ދުވަހުގެ ނިޔަލަށެވެ. މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައި ދިނުމަށް ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި ދަނޑުވަރެކަމަށް ތައްޔާރުވާނެ ގޮތާއި، ދަނޑުވެރިކަމަށް ބޭނުންވާ...

އިބްރާހިމް ޚަލީލް
ފިއްލަދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް 📍 ހއ. ފިއްލަދޫ

ފިއްލަދޫގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް

ހއ. ފިއްލަދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެރަށުގައި ބޭސިކް އަދި އެޑްވާންސް ފަހާ ކޯހެއް ހިންގުމަށް ނިންމައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފިއްލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނިގޮތުގައި މި ކޯސް އެރަށުގައި ހިންގަން ނިންމީ އެރަށުގެ އަންހެން ކަނބަލުންނަށް ގޭގައި ތިއްބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުންނެވެ. މި ކޯހުގައި އެކި އެކި ޑިޒައިންތަކަށް ހެދުމުގެ މޭމަތި އަދި ފަސްބައި ތައްޔާރު ކުރާނެގޮތާއި ބުރުގާއާއި...

ޔުމްނާ ޢަލީ
ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ އާލާކުރުމުގެ ހަރަކާތެއް 📍 ހއ. ވަށަފަރު

ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ އާލާކުރުމުގެ ހަރަކާތެއް

ހއ. ވަށަފަރު ފަޅުތެރޭ މުރަކަ އިންދާ، އާލާ ކުރުމުގެ ހަރަކާތަކާއި، އެރަށުގެ ގޮނޑުދޮށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. ވަށަފަރު ކައުންސިލުން ވިދާޅުވާ ގޮތުގައި މިހަރަކާތަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން އެ ކައުންސިލާއި، ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން އިންތިޒާމް ކުރި ހަރަކާތެކެވެ. އިއްޔެ ވަށަފަރުގައި ކުރިއަށްދިޔަ މި ހަރަކާތުގައި ރަށުގެ ގެސްޓް ހައުސްހިންގާ ފަރާތްތަކާއި، ރަށުގެ ރައްޔިތުންނާއި، މުއައްސަސާތަކުގެ އިތުރުން ސްކޫލް ދަރިވަރުން ވެސް ވަނީ ބައިވެރިވެ އެއްބާރު...

ޙުސައިން ޝަހުދީ
"އެންމެން އެކުގައި އާ މާރަންދޫއަކަށް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް 📍 ހއ. މާރަންދޫ

"އެންމެން އެކުގައި އާ މާރަންދޫއަކަށް" މި ނަމުގައި ހާއްސަ ޕްރޮގްރާމެއް

ހއ. މާރަންދޫ ކައުންސިލާއި، މާރަންދޫ ސްކޫލް ގުޅިގެން “އެންމެން އެކުގައި އާ މާރަންދޫއަކަށް” ނަމުގައި ހޭލުންތެރިކުރުވުމާއި، ހުނަރުވެރިކުރުވުން އަދި މަޢުލޫމާތު ތާޒާކޮށް ދިނުމުގެ ޕްރޮގްރާމް މިރޭ ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި ޕްރޮގްރާމަކީ ހޭލުންތެރިކަން އިތުރުކޮށް، ހުނަރު ލިއްބައިދީ އަދި މައުލޫމާތު ތާޒާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ދާނީ މިރެއިން ފެށިގެން މިފެށޭ އޮކްޓޯބަރުމަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް މާރަންދޫ ސްކޫލްގައެވެ. މާރަންދޫ ކައުންސިލްގެ ރައީސް ޖައިލަމް ހާރޫން “ތި...

ޙުސައިން ޝަހުދީ
ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް 📍 ހއ. ފިއްލަދޫ

ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް

ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި އެ ނިންމުން މުރާޖައާކޮށް ދެއްވުން އެދި އިލްތިމާސްކޮށް ހއ. އަތޮޅު ކައުންސިލްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފޮނުވައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން...

ޙުސައިން ޝަހުދީ
2023 ގައި ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ފެށޭނެ 📍 ހއ. ދިއްދޫ

2023 ގައި ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ފެށޭނެ

ބޭނުންފުޅުވަނީ މި އަންނަ އަހަރު ކޯސްތައް އިއުލާންކޮށް 2023 ވަނަ އަހަރު ފެށޭއިރު ދިއްދޫ ޖޫނިއާ ކޮލެޖްގައި ކޯސްތައް ހިނގަމުންދާތަން އާންމުންނަށް ފެނިގެން ދިޔުންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު، ދިއްދޫ ޖޫނިއާ ކޮލެޖާއި ގުޅިގެން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. މެންބަރު ވަހީދު ސުވާލުތައް ކުރައްވާފައި ވަނީ، ހއ. ދިއްދޫގައި ޖޫނިއަރ ކޮލެޖެއް ޤާއިމުކު...

ޙުސައިން ޝަހުދީ
ޝިޔާމްއަށް ކިޑްނީ އެއް ހަދިޔާކުރުމަށް އާއިލާގެ މެންބަރެއް ތައްޔާރު، ބޭނުންވަނީ މާލީ އެހީއެއް! 📍 ހއ. ދިއްދޫ

ޝިޔާމްއަށް ކިޑްނީ އެއް ހަދިޔާކުރުމަށް އާއިލާގެ މެންބަރެއް ތައްޔާރު، ބޭނުންވަނީ މާލީ އެހީއެއް!

ހއ. ދިއްދޫ، ހިމާލިޔާ، މުޙައްމަދު ޝިޔާމްގެ ދެ ކިޑްނީ ފެއިލްވެފައި ވަނީ 2016 ޑިސްމްބަރ މަހު ސިސްޓެމިކް ލޫޕަސް އެރިތުމަޓޯސަސް ނަމަކަށް ކިޔާ ބައްޔަކަށް ޑައިގްނޯސްކުރެވި ފަރުވާކުރަމުން ދަނިކޮށެވެ. ދެ ކިޑްނީ ފެއިލްވެފައިވާކަން ޔަޤީންވެގެން ގޮސްފައި ވަނީ މި އަހަރުގެ ޖަނަވަރީ މަސްތެރޭ ހެދި ޓެސްޓްތަކުންނެވެ. އެ ބަލީގެ ސަބަބުން ދެ ކިޑްނީ ފެއިލްވެ ޝިޔާމް މިހާރު އަންނަނީ ހަފްތާއަކު ތިންފަހަރު ޑައިލިސިސް ހަދަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައު ޝިޔާމްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށްޓަކައި ބޭނުންވާ ކިޑ...

އިބްރާހިމް ޚަލީލް
އިހަވަންދޫ ސްކޫލްގައި ހުރި ބެލެނިވެރިންގެ ހިޔާ ނަގަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ ސްކޫލްގައި ހުރި ބެލެނިވެރިންގެ ހިޔާ ނަގަނީ

ހއ. އިހަވަންދޫ ސްކޫލުގެ އެދުމުގެ މަތިން އެ ސްކޫލުގައި ހުރި ބެލެނިވެރިންގެ ހިޔާ ނެގުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ. އެ ކައުންސިލުން މިއަދު ނެރުއްވި އިއުލާނެއްގައި ވިދާޅުވީ އިހަވަންދޫ ސްކޫލުގެ ހުޅަނގުފަރާތުގައި ހަދާފައިވާ ބެލެނިވެރިންގެ ހިޔާ ނެގުމަށް ނިންމީ، ތައްޔާރުކުރެވިފައިވާ ގޮތުން އެބިނާގެ ފުރާޅުން ސްކޫލްގެ ހުޅަނގުފަރާތައް ވިއްސާރަ ދުވަސްވަރު ފެންއެޅި ހަޑިވަމުން ދާތީ ކަމަށެވެ. މީގެއިތުރުން އެ ހިޔާ ހެދުމަށް ޖަހާފައިވާ ތަނބުތަކުން ސްކޫލްގެ ނަންޖެހުމަށް ޙާއްސަ ކުރެވިފައިވާ ތަނުގެ ދޭހައ...

އަޙްމަދު އަރުޝަމް
ކޮމެންޓްކޮށް އެންމެ ގިނަ ރިއެކްޝަން ހޯދައިގެން، ކެލާ ބަލާލަން ދިއުމުގެ ފުރުޞަތު! 📍 ހއ. ކެލާ

ކޮމެންޓްކޮށް އެންމެ ގިނަ ރިއެކްޝަން ހޯދައިގެން، ކެލާ ބަލާލަން ދިއުމުގެ ފުރުޞަތު!

ފަތުރުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 2 މީހަކަށް 2 ދުވަހުގެ އޯލް އިންކްލޫސިވް ޕެކޭޖެއް ދިނުމަށް ހއ. ކެލާ ކައުންސިލުން ނިންމައިފި އެވެ. ކެލާ ކައުންސިލުން އާންމުކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ ކެލާގެ ހިތްގައިމު މޫދާއި ގޮނޑުދޮށްތައް ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން، ކެލާގެ ހިތްގައިމުކަން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކުން ކައުންސިލްގެ ޕޯސްޓަށް ކޮމެންޓު ކުރުމަށް ވަނީ ހުޅުވާލާފައެވެ. އަދި ކުރާ ކޮމެންޓުތަކުގެ ތެރެއިން ކެލާގައި 2 ރޭ މަޑުކުރުމުގެ ފުރ...

އަޙްމަދު އަރުޝަމް
ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް ހުޅުވާލައިފި، 1 ވަނަ އަށް -/5000 ރުފިޔާ

ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް ހުޅުވާލައިފި، 1 ވަނަ އަށް -/5000 ރުފިޔާ

ހއ. އަތޮޅު ކައުންސިލްގެ ސިއްކަ ފަރުމާކުރުމަށް އާންމުންނަށް ހުޅުވާލައިފި އެވެ. އަދި ފަރުމާކުރާ ސިއްކަ ތަކުގެ ތެރެއިން 1 ވަނަ އަށް ހޮވޭ ފަރާތަކަށް -/5000 ރުފިޔާ ދޭން އެކައުންސިލުނެ ވަނީ ނިންމާފައެވެ. މިފުރުސަތު ހުޅުވާލާފައިވަނީ އިއްޔެ ހއ. އަތޮޅު ކައުންސިލުން ނެރުއްވި އިއުލާނެއްގައެވެ. މި އިއުލާނުގައި ވަނީ ސިއްކަ ފަރުމާކުރުމުގައި ހުންނަންވާނެ ޝަރުތުތައްވެސް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން، ސިއްކަ ހުންނަން ވާނީ އެ އިދާރާގެ ތީމު ކުލަކަމަށްވާ ‘ފެހި’ ކުލައިގަ ކަމަށާއި އެ ސިއްކައިން ހއ. އަތޮޅަށް […]

އަޙްމަދު އަރުޝަމް
ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ފަށައިފި

ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ފަށައިފި

ހއ. ދިއްދޫގައި ބިޒްނަސް ސެންޓަރުގެ ޚިދުމަތް ދޭން ފަށައިފި އެވެ. ހއ. އަތޮޅު ކައުންސިލުން ހާމަކުރެއްވި ގޮތުގައި މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ އެކި ގިންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުމާއި، ވިޔަފާރި ކުރިއަށް ގެންގޮސް ދިނުމުގައި ފަންނީ އިރުޝާދު ދިނުމެވެ. ވިޔަފާރިއާ ގުޅުންހުރި ލޯން ނެގުމުގައި އެހީތެރިވުމާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގައި އެހީތެރިވުމާއި، ބިޒްނަސް ޕްލޭން، ބީއޯކިޔޫ ފަދަ ލިއުންތައް ތައްޔާރުކޮށް ދިނުން ހިމެނޭކަމަށްވެސް ހއ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ. މީގެ އިތުރުން...

އަޙްމަދު އަރުޝަމް
އިހަވަންދޫ ޕޮލިސް ސްޓޭޝަންނުން މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ ޕޮލިސް ސްޓޭޝަންނުން މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެ އަތޮޅު މާރަންދޫގައި ކޮމިއުނިޓީ އައުޓް ރީޗް ޕްރޮގްރާމެއް ބާއްވައިފި އެވެ. އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި މާރަންދޫ ކައުންސިލް އިދާރާ އާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މާރަންދޫ މަމްސް ޖަމިއްޔާ ގުޅިގެން ބޭއްވުނު މި ޕްރޮގްރާމްތަށް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެމްބަރ މަހުގެ 23 އިން 25 ވަނަ ދުވަހާ ހަމައަށެވެ. ފުލުހުން ވިދާޅުވީ މާރަންދޫގައި ކުރިއަށް ގެންދެވުނު މި ޕްރޮގްރާމްތަކުގެ ތެރެއިން އެ ރަށު […]

އަޙްމަދު އަރުޝަމް
އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީ މުބާރާތް އޮކްޓޯބަރު 13 ގައި ފަށަނީ 📍 ހއ. ކެލާ

އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީ މުބާރާތް އޮކްޓޯބަރު 13 ގައި ފަށަނީ

ހއ. ކެލާގައި އަންނަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ‘އެންޒެޑް އެމާ ކެލާ އިންވިޓޭޝަން’ ވޮލީ މުބާރާތް ފަށަން ތައްޔާރުވެއްޖެ އެވެ. މި މުބާރަތަކީ ކެލާގައި ހުންނަ އެމާ ފިހާރަ އަދި ޖާރޒީ އާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް އާއި ގުޅިގެން އިންތިޒާމް ކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އަންހެން ވޮލީބޯޅަ މުބާރާތެކެވެ. ‘ތިލަދުން’ އަށް މައުލޫމާތުދެމުން ކެލާގައި ހުންނަ އެމާ ފިހާރަ ހިންގުމާއި ހަވާލުވެ ހުރި އަލީ ޒިޔާމް […]

އަޙްމަދު އަރުޝަމް