📍 ހއ. މުރައިދޫ
މުރައިދޫގައި ބިދޭސީ ނަރުހަކު ގެނބިއްޖެ
ހއ. މުރައިދޫގައި މިއަދު ހަވީރު މޫދަށް އެރިއުޅުނު ބިދޭސީ ނަރުހަކު ގެނބިއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:15 ހާއިރު ކަމަށް މުރައިދޫ ކައުންސިލުން ވިދާޅުވިއެވެ. ގެނބުނީ މުރައިދޫ ސިއްހީ މަރުކަޒުގައި ވަޒީފާ އަދާކުރަމުންދާ އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ ނަރުހެކެވެ. މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން “ތިލަދުން”އަށް ވިދާޅުވީ، މި ހާދިސާ ހިނގީ މިއަދު އެރަށުގައި އުޅޭ ބިދޭސީ ނަރުހުންނާއި، ޓީޗަރުން އެކުގައި މޫދަށް އެރިއުޅުމުގެ ތެރޭގައި ކަމަށެވެ. އެރަށުގައި މީހުން މޫދަށް […]